މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 584 ވަނަ ޞަފްޙާ

ފެބުރުއަރީ 6 ވާ ބުރާސްފަތި ދުވަސް ބަންދު

ފެބުރުއަރީ 6 ވާ ބުރާސްފަތި ދުވަސް ބަންދު

6 ފެބުރުއަރީ 25 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. ރައީސް އޮފީހުން ބުނީ، ރައީސް މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އި...

ޔުމްނާ ޢަލީ
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

އެމްޑީޕީގެ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ. ފުލުހުން މިއަދު ބުނީ ރޭ 00:59 ހާއިރު، މާލޭގެ ޗާންދަނީމަގުގައި ހުންނަ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮޖެހި މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މިތަނަށް ކަޅުތެޔޮ ޖަހާފައިވާއިރު، މި ޖަގަހައިގެ ބޭރު ފާރުގައި ވެރިކަންކުރާ ޕީއެންސީގެ ބައެއް މެމްބަރުންގެ ފޮޓޯ އިއްޔެޖަހާފައިވެ އެވެ. އެ މެމްބަރުންނަކީ ވަގު ފޯމުތައް ލައިގެން ޕީއެންސީއަށް މެންބަރުން އިތުރ...

ޔުމްނާ ޢަލީ
މާލެއިން ޒަޚަމްތަކަކާއެކު އޮތް މީހަކު ފެނިއްޖެ

މާލެއިން ޒަޚަމްތަކަކާއެކު އޮތް މީހަކު ފެނިއްޖެ

މާލޭގެ ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒަޚަމްތަކަކާއެކު އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ، މިއަދު ހެނދުނު ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒަޚަމްތަކަކާއެކު އޮތް ދިވެހި ފިރިހެނަކު ފެނިގެން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ވަގުތުން ފުލުހުން އެ ސަރަޙައްދަށް ދިޔަ ކަމަށެވެ. އަދި ޒަޚަމްވެފައި އޮތް މީހާ ފަރުވާ ދިނުމަށްޓަކައި ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާ ހިނގި ސަރަޙައްދުގައި ފުލުހ...

ޔުމްނާ ޢަލީ
ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލުން އެއްބަސްވެއްޖެ

ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލުން އެއްބަސްވެއްޖެ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަމާސް އަދި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކާ ކައިރިވެފައިވާކަމަށް މަސްދަރުތަކުން ބުނެފިއެވެ. އެމެރިކާގެ، އަރަބި އަދި އިސްރާއީލުގެ އިސް ވެރިންނާ ހަވާލާދީ ސީބީއެސް ނިއުސްއިން ބުނެފައިވަނީ މި އެއްބަސްވުމުގެ ފަހު ތަފްސީލުތައް މި ހަފްތާގެ ތެރޭގައި ނިންމައި، އިސްރާއީލުގެ ސަރުކާރުން މިއަށް ވޯޓުދީފިނަމަ، މި އެއްބަސްވުން ތަންފީޒުކުރަން ފެށިދާނެކަމަށް އެމެރިކާ އަދި...

އަޙްމަދު ދާއޫދު
ޓިކްޓޮކް ބަންދުކުރާތީ އެމެރިކާގެ 700،000 ޔޫޒަރުން އެހެން އެޕަކަށް

ޓިކްޓޮކް ބަންދުކުރާތީ އެމެރިކާގެ 700،000 ޔޫޒަރުން އެހެން އެޕަކަށް

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ނިންމުމާ ގުޅިގެން ގިނަ އަދަދެއްގެ އެމެރިކާ ޔޫޒަރުން ޗައިނާގެ ސޯޝަލް މީޑިއާ އެހެން އެޕެއް ކަމަށްވާ “ރެޑްނޯޓު” އަށް ބަދަލުވަމުން އެބަދެއެވެ. އެގޮތުން ވޭތުވެދިޔަ 2 ދުވަހުގެ ތެރޭގައި 700،000 އަށްވުރެ ގިނަ އައު ޔޫޒަރުން ރެޑްނޯޓުގައި އެކައުންޓް ހަދާފައިވެއެވެ. ޓިކްޓޮކާ ގުޅޭގޮތުން އެމެރިކާ ސަރުކާރުގެ ކަންބޮޑުވުންތަކާ ހެދި ޓިކްޓޮކް ވިއްކާލުމަށް ނުވަތަ ބަންދުކުރުމަށް ދީފައިވާ ސުންގަޑިއަކީ މި މަހުގެ 19 އެވެ. މިހާރު 170 މިލިއަން އެމެރިކާ ރައްޔިތުން ޓިކްޓޮކް […]

އަޙްމަދު ދާއޫދު
ފޮރެސްޓުން އަނެއްކާ ވެސް ލިވަޕޫލް ހުއްޓުވައިފި

ފޮރެސްޓުން އަނެއްކާ ވެސް ލިވަޕޫލް ހުއްޓުވައިފި

އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. ރޭ މެޗާއި ފޮރެސްޓުން ކުރިމަތިލީއިރު އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ހުރިހާ މުބާރާތެއް ހިމެނޭހެން އެންމެ ފަހުން ކުޅުނު ހަތް މެޗު ވެސް ކާމިޔާބު ކޮށް ރަނގަޅު ފޯމެއްގައި އޮތުމެވެ. ސެޕްޓެމްބަރ މަހު ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގައި ފޮރެސްޓުން ވަނީ […]

އިބްރާހިމް ޚަލީލް
ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 41 އިންސައްތަ އިތުރުވެދާނެ: ރިޕޯޓް

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 41 އިންސައްތަ އިތުރުވެދާނެ: ރިޕޯޓް

އިޒްރޭލުގެ ނިރުބަވެރި ސިފައިން ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް ރިޕޯޓުކުރެވިފައިވާ އަދަދަށްވުރެ 41 އިންސައްތަ އިތުރުވެދާނެކަމަށް ލޭންސެޓް މަޖައްލާގައި ޝާއިޢުކޮށްފައިވާ އައު ދިރާސާއަކުން ދައްކައިފިއެވެ. މި ބޮޑު ތަފާތު ފާހަގަކުރެވުނީ “ޕެލެސްޓައިން ދިސް ވީކް” ޕްރޮގްރާމުގައި މި ދިރާސާގެ ނަތީޖާތައް ދިރާސާކުރަމުންދަނިކޮށެވެ. މި ޕްރޮގްރާމުގައި ބަހުސްކުރެވުނު އެހެން މުހިންމު މައުޟޫތަކުގެ ތެރޭގައި އިޒްރޭލުން ޣައްޒާގެ ތަޢުލީމީ ނިޒާމު ފުނޑުފުނޑުކޮށްލުމާ ގުޅޭގޮތުން...

އަޙްމަދު ދާއޫދު
ރާއްޖެ-އެސްޓޯނިއާ: ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާއިގުޅޭ މަޝްވަރާކޮށްފި

ރާއްޖެ-އެސްޓޯނިއާ: ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާއިގުޅޭ މަޝްވަރާކޮށްފި

ދިވެހިރާއްޖެ އާއި އެސްޓޯނިއާ އާއި ދެ ޤައުމުން ބައިވެރިވެގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި ކުރެއްވި ބައްދަލުކުރެއްވުމުގައެވެ. އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ވަނީ ރައީސް މުޢިއްޒު އަށާއި ދިވެހި ވަފުދަށް ޚާއްޞަ ފަރިއްކޮޅެއް ދެއްވާފައެވެ. މި ފަރިއްކޮޅު އޮތީ އިއްޔެ އެ...

ޔުމްނާ ޢަލީ
އެލްއޭގެ އަލިފާނުގެ ހާދިސާ: 250 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުން

އެލްއޭގެ އަލިފާނުގެ ހާދިސާ: 250 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުން

ކެލިފޯނިއާގެ ދެކުނު ސަރަޙައްދުގައި މިހާރު ރޯވެފައިވާ އަލިފާނުގެ ސަބަބުން 250 ބިލިއަން ޑޮލަރާއި 275 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ގެއްލުން ވެއްޖެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. މިއީ ފާއިތުވި އަހަރު އައި ހަރިކޭން ހެލީންއާއި 2023 ވަނަ އަހަރު މައުއީގައި ހިނގި އަލިފާނުގެ ހާދިސާއަށްވުރެ ބޮޑު ގެއްލުމެކެވެ. އެކްޔުވެދަރގެ ޗީފް މީޓިއޮރޮލޮޖިސްޓް ޖޮނަތަން ޕޯޓަރ ވިދާޅުވީ މިއީ ކެލިފޯނިއާގެ ތާރީޚުގައި އެންމެ ގެއްލުންބޮޑު އަލިފާނުގެ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ ކަމަށެވެ. އިތުރު އިމާރާތްތަކަށް ގެއް...

އަޙްމަދު ދާއޫދު
ރައީސް އެސްޓޯނިއާގެ ސިއްހަތާބެހޭ ވަޒީރާއި ބައްދަލުކުރަށްވައިފި

ރައީސް އެސްޓޯނިއާގެ ސިއްހަތާބެހޭ ވަޒީރާއި ބައްދަލުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާގެ މިނިސްޓަރ އޮފް ހެލްތު، ރީނާ ސިކުޓް އާއި ބައްދަލުކުރަށްވައިފިއެވެ. ރައީސް މިހާރު އެޤައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެސްޓޯނިއާއިން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ. އެސްޓޯނިއާގެ ހެލްތު މިނިސްޓަރ ވަނީ އެ ޤައުމުގައި ޑިޖިޓަލައިޒޭޝަންގެ ސަބަބުން ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޚިދ...

ޔުމްނާ ޢަލީ
ރައީސް ''އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް'' ޒިޔާރަތްކުރަށްވައިފި

ރައީސް ''އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް'' ޒިޔާރަތްކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ. އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ މި ސެންޓަރަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރގެ ހެޑް، ޓްރިން ޔޯސާރެއާއި އިންޓަނޭޝަނަލް ސަރވިސަސް ޑިވިޜަންގެ އެކްޓިންގ ހެޑް އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީ، އެންޓަރޕްރައިޒް އެސްޓޯނިއާގެ ޑިރެކްޓަރ، ޔޯނަސް ވަންޓޯއެވެ. މި ޒިޔާރަތުގައި، ރައީސް މުޢިއްޒު އަށާއި، ދިވެހި ވަފުދަށް އެސްޓޯނިއާގ...

ޔުމްނާ ޢަލީ
ވައްކަން ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ރެންޗަކުން ހަމަލާދީފި

ވައްކަން ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ރެންޗަކުން ހަމަލާދީފި

ހުޅުމާލެ ފޭސް ދެއެއްގައި ހުރި ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ރެންޗަކުން ހަމަލާދީ ބޯފަޅާ ލައިފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ މިކަން މިޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. މިރޭ ހިނގި އެ ހާދިސާގައި އަނިޔާވި މުވައްޒަފަށް މިހާރު އަންނާނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އެ މުވައްޒަފަށް ހަމާލާދިން ދެ މީހުން ކުރެއް އެކަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. ޓްރާންސްފޯމަރަކުން ވައްކަން ކުރުމުގެ ސަބަބުނ...

އިސްމާއިލް މޫސާ
އުތީމު ޓީމަށް ހިތްވަރު ދިނުމަށް އެރަށު ރިސޯޓު މުވައްޒަފުންގެ ހަދިޔާއެއް

އުތީމު ޓީމަށް ހިތްވަރު ދިނުމަށް އެރަށު ރިސޯޓު މުވައްޒަފުންގެ ހަދިޔާއެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވާ އުތީމު ފުޓްސަލް ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެރަށަށް ނިސްބަތްވާ ރައްޔިތުންގެ ފަރާތުން ފައިސާގެ އެހީއެއް ދީފިއެވެ. އުތީމު ކައުންސިލުން ވަނީ އެކަން ފާހަގަކޮށް، އެކަމުގައި އިސްކޮށް އުޅުނު އެރަށު ފީރޯޒްގެ އާދަމް ރަމީޒަށާއި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެރަށު ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އުތީމު ފުޓްބޯޅަ ކްލަބްގެ ފަރާތުން ވެސް ވަނީ އެކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. ރިސޯޓުތަކުގައި ވަޒީފާ އ...

ޔުމްނާ ޢަލީ
ތޮއްޑޫ އިހުރު ބަޒާރުން ހަޓު ކުއްޔަށް ދޫކުރަނީ

ތޮއްޑޫ އިހުރު ބަޒާރުން ހަޓު ކުއްޔަށް ދޫކުރަނީ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އއ. ތޮއްޑޫގައި ޤާއިމްކޮށްފައިވާ އިހުރު ބާޒާރު މާރުކޭޓުން 6 ހަޓު ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ. ބީސީސީއިން ބުނީ ހަޓުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީސީސީން ހާމަކުރި ގޮތުގައި މާރުކޭޓެއް ޤާއިމުކުރުމުގެ މައިގަނޑު މަޤުސަދަކީ ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމާއި، ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއު...

އިސްމާއިލް މޫސާ
ސްޓެލްކޯގެ ޓްރާންސްފޯމަރުތަކަކަށް ގެއްލުންދެނީ، މިފަހަރު ކެމެރާތަކަށް

ސްޓެލްކޯގެ ޓްރާންސްފޯމަރުތަކަކަށް ގެއްލުންދެނީ، މިފަހަރު ކެމެރާތަކަށް

ހުޅުމާލެ 2 ގައި ހުރި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޓްރާންސްފޯމަރުތަކަކަށް ގެއްލުންދިން މައްސަލަ އެއް ބަލަމުންދާ ކަމަށް ވިދާޅުވެފައިވަނިކޮށް ޓްރާންސްފޯމަރަކާ ގުޅިފައިވާ އޮޕްޓިކް ފައިބަރ ކަނެކްޝަންތަކަށް ގެއްލުން ދީ، ސީސީޓީވީ ނިޒާމް ކަނޑާލަން ބަޔަކު މަސައްކަތްކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ މިއަދު ކުރި ޓުވީޓެއްގައި ވަނީ ޓްރާންސްފޯމަރުތައް ހުންނަ ސަރަހައްދެއްގައި ހަރުކޮށްފައިވާ ކެމެރާތަކަށް ބަޔަކުގަސްތުގައި ގެއްލުން ދިނުމަށް މަސ...

އިބްރާހިމް އަސްވާޤް
އާއަހަރާ ދިމާކޮށް އީޓުކުރި އިންޓަރނޭޝަނަލް އިން ބޮޑު ޕްރޮމޯޝަނެއް!

އާއަހަރާ ދިމާކޮށް އީޓުކުރި އިންޓަރނޭޝަނަލް އިން ބޮޑު ޕްރޮމޯޝަނެއް!

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީޓުކުރި އިންޓަރނޭޝަނަލްއިން އާ އަހަރާ ދިމާކޮށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ. އީޓުކުރިން ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން މިމަހުގެ 31 އާ ހަމައަށް ގެންނަ މުދަލުގެ ބަރުދަނުން ނަގާ ޗާޖުން 25 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށެވެ. އެމެރިކާގެ އޮންލައިން ފިހާރަތަކުން މިވަގުތު ކުރިއަށްދާ “ނިއު އިއަރ ސޭލް” އަދި “ހޮލިޑޭ ސޭލް” ފަދަ ބޮޑެތި ޑިސްކައުންޓް ސޭލްތަކާ ދިމާކޮށް އިއުލާންކޮށްފައިވާ މި ޕްރޮމޯޝަނަކީ، ވިޔަފާރިވެރިންނާއި އަމިއްލަ ބޭނުމަށް އޮތެންޓިކް ތަކެތި ގަންނަނ...

އަލީ އާދިލް
ކުޅުދުއްފުށީގައި ޔޫތު މެންޓަލް ހެލްތު ސެންޓަރެއް އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށީގައި ޔޫތު މެންޓަލް ހެލްތު ސެންޓަރެއް އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށީ ނޮލެޖް ސެންޓަރގައި ޔޫތު މެންޓަލް ހެލްތު ސެންޓަރއެއް ތަރައްޤީކުރުމަށް އިއްޔެ ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމެޓެޑު އާއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި، މި މަސައްކަތުގެ ތެރެއިން ނޮލެޖް ސެންޓަރ އިމާރާތުގެ އެ ސަރަހައްދު ރިނޮވޭޓް ކުރުމާއިއެކު ދެ ކޮންސަލްޓޭޝަން ރޫމާއި، ފާހާނާ އަދި ލޮބީ އޭރިއާ ތަރައްޤީކޮށް ފަރުނީޗަރ ލައި ފުރިހަމަކުރެވޭނެ ކަމަށެވެ. ގިބްސް ލޮޖިސްޓިކްސް އާއި މި މަސައްކަތް ހަވާ...

ޔުމްނާ ޢަލީ
ވަށަފަރާއި މާރަންދޫ އަދި ކެލާ، ސެމީގެ ފުރުސަތު ބޮޑުކޮށްފި

ވަށަފަރާއި މާރަންދޫ އަދި ކެލާ، ސެމީގެ ފުރުސަތު ބޮޑުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް މާރަންދޫއާއި ކެލާ އަދި ވަށަފަރުން ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ. ރޭ ގްރޫޕް އޭގައި މާރަންދޫއިން ވަނީ 3-0 ގެ ނަތީޖާއިން ހޯރަފުށި ބަލިކޮށްފައެވެ. މި މެޗުގައި މާރަންދޫއަށް ލަނޑުތައް ޖަހައިދިނީ އަހްމަދު މުހައްމަދު، ހަމްދާންގެ އިތުރުން އާދަމް ހަބީބްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މާރަންދޫގެ ހުމައިދު ހުސެއިންއެވެ. ރޭ ގްރޫޕް […]

އިބްރާހިމް ޚަލީލް