4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އަލުން ވެރިފައިކުރަނީ
ކުރީ ސަރުކާރުން ތަޢާރަފުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރަމުންދާ 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އަލުން ވެރިފައިކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާންކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި، ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންދާނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު އާންމުކުރި ލިސްޓަށެވެ. “އަޅުގަނޑުމެން މިހާރު ނިންމާފައިވާނީ ފްލެޓަށް އެދިފައ...