ރައީސްގެ އެސްޓޯނިއާ ދަތުރުފުޅު ނިންމަވާލައްވައިފި
އީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިރޭ ނިންމަވާލައްވައިފިއެވެ. އެ ޤައުމަށް ހޯމަ ދުވަހު ރައީސް ފެއްޓެވި މި ދަތުރުފުޅު މިއަދު ނިންމަވާލައްވާފައިވާއިރު، މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ތާރީޚީ ދަތުރުފުޅަކީ ދިވެހި ރައީސަކު ބޯލްޓިކް ޤައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ އެސްޓޯނިއާގެ އިސް ވެރިންނާއެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި އެސްޓ...