މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން ދައުލަތުން ހަތަރު ފަރާތަކާއެކު ހަދާފަައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ ހަތަރު ފަރާތަކާއެކު އެ އޮފީހުން ހަދާފައިވާ އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް 19 ޖަނަވަރީ 2025 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ. އެ ފަރާތްތަކަކީ، ހ. ސާމަރާ،އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މ. ލޭންޑް އޮފް ގާރޑެން،އަޙްމަދު އިޝްފާޙް ޢަލީ މ. ސެސް...
ޔުމްނާ ޢަލީ
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ، މުޙައްމަދު އާރިފް މިއާ (31އ) އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. އަދި އެމީހާ މިހާރު ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ މި ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ މާލޭގައި ހިންގި މި އޮޕަރޭޝަނެއ...
ޔުމްނާ ޢަލީ
ފެމިލީކޯޓުގައި ވޭތުވި 2024 އަހަރު ފެމިލީ 2485 ކައިވެނި އަދި 1326 ވަރީގެ މައްސަލަތައް ނިންމާފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުން ދައްކައިފިއެވެ. ފެމިލީ ކޯޓުގެ 2024 ވަނަ އަހަރުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް އެ ކޯޓުން އިއްޔެ އާންމުކޮށްފައިވާއިރު، އެ ކޯޓުން ބުނެފައި ވާގޮތުގައި 2024 ވަނަ އަހަރު ކުރެވުނު މަސައްކަތާއި ދެވުނު ޚިދުމަތްތަކާމެދު އެ ކޯޓުން ހިތްހަމަ ޖެހެއެވެ. އެ ކޯޓުން ބުނީ، ފެމިލީ ކޯޓަކީ ހަމައެކަނި ކައިވެންޏާއި ވަރީގެ ކޯޓެއް ނޫންކަމަށެވެ. އަދި […]
ޔުމްނާ ޢަލީ
ހުޅުމާލެއިން ރޭ ކަރަންޓް ކެނޑުނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެންކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ. ރޭ 10:45 ހާއިރު ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ވަނީ ކަރަންޓް ކެނޑިފައެވެ. މިކަމާއި ގުޅިގެން ސްޓެލްކޯ އިން މިއަދު ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ރޭ މެދުކެނޑިފައިވަނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައް...
ޔުމްނާ ޢަލީ
ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާއާއި ދެކޮޅަށް ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް ނަތީޖާއާއި މެދު ހިތްހަމަ ނުޖެހޭކަމުގައި އާސެނަލްގެ ކޯޗް އާޓޭޓާ ބުނެފިއެވެ. ރޭ އަމިއްލަ ދަނޑުގައި އާސެނަލްއާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ އާސެނަލުންނެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި މާޓިނެލީ ޖަހައިދިންއިރު، ދެވަނަ ލަނޑު […]
އިބްރާހިމް ޚަލީލް
އަމީނީމަގު ތަރައްގީ ކުރުމުގެ އެއްބަސްވުމާއި ތަފްސީލުތައް ހާމަކުރަން ކޮމިޝަނަރުގެ އޮފީހުން އެންގީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރަން ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމާއި އެ މަގުގެ ކުރެހުންތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ކުރީގެ ސަރުކާރުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް 2023 ވަނަ އަހަރު ނިންމީ އެ މައުލޫމާތު ދޭން ޖެހޭނެ […]
ހުސައިން ހަބީބް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ޑާވިން ނުނޭޒް ޖެހި ދެ ލަނޑުން ލިވަޕޫލް މޮޅުވެއްޖެއެވެ. މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލުން މި މެޗުގައި ވެސް ވަނީ މޮޅަށް ކުޅެ ވަރަށް ގިނަ ހަމަލާ އުފައްދާފައެވެ. މެޗުގައި ލިވަޕޫލަށް ލީޑު ނަގައިދޭން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ […]
އިބްރާހިމް ޚަލީލް
ދުނިޔޭގެ އެއްވެސް ހިސާބަކުން މީގެކުރިން ފެނިފައިވާކަމަށް ރެކޯޑް ކުރެވިފައިނުވާ މަހެއް ރާއްޖެއިން ފެނިއްޖެއެވެ. އެ މަހަށް ދީފައިވާ ދިވެހި ނަމަކީ ”ރަކި ބުރެކި” އެވެ. މެރީން ޖާނަލް ޖާނަލް މޯލްޑިވްސްއިން ބުނީ މި މަސް ފެނިފައިވަނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުން ކަމަށެވެ. އަދި އެއީ 100 މީޓަރާއި 125 މީޓަރު ދެމެދު ފުނުން ކަމަށް ވެސް ބުނެފަވެއެވެ. މެރީން ޖާނަލް ޖާނަލް މޯލްޑިވްސް އިން ފާހަގަކޮށްފައިވާ ގޮތުގައި މި މަސް ފެނުނު ފުންމިނަކީ ތަފާތު […]
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: “ދާންވީތަ ދުރަށް؟ ބުނެބަލަ!” އަރޫޝާގެ މޫނާ ދިމާލަށް ބޯ ތިރިކޮށްލަމުން ދާއިން ސުވާލު ކުރިއެވެ. އަރޫޝާގެ ނޭވާގެ ހިނގުން އޭރު ވަނީ ނުހަނު އަވަސް ވެފައެވެ. ހިތް އެދެނީ ދާއިންގެ މޭމަތީ ބޯ އަޅާލުމަށެވެ. ނަމަވެސް އޭނާގެ ޟަމީރު ހަމަ ހިލާ އެކަމަކަށް އެއްބަހެއް ނުވިއެވެ. ސިކުނޑި އިންޒާރު ދެމުން ދަނީ ދާއިންއާ ދުރަށް ދިޔުމަށެވެ. ނަމަވެސް ދާއިންގެ ލޮލުގެ ތެރެއިން ފެންނަ ވިދުވަރުން، އަރޫޝާގެ ކިލަނބު ވެފައިވާ ހިތަށް އަލިކަން ވެރިވެއްޖެއެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ޓިކްޓޮކަށް އިތުރު 90 ދުވަހުގެ މުއްދަތެއް ދޭން ގަސްތުކުރައްވާކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، ޓިކްޓޮކް އެމެރިކާގައި ބޭނުންކުރުން މަނާކުރުމުގެ ކުރިން އިތުރު 90 ދުވަހުގެ މުއްދަތެއް ދެއްވުމަށް ވަރަށް ބޮޑަށް ގަސްތުކުރައްވާ ކަމަށެވެ. އެންބީސީ ނިއުސްގެ “މީޓް ދަ ޕްރެސް” އަށް ހޮނިހިރު ދުވަހު ދެއްވި ފޯނު އިންޓަވިއުއެއްގައި، މިކަމާ މެދު އަދި ވަކި ގޮތެއް ނިންމަވާފައި ނުވިނަމަވެސް، އާދިއްތަ ދުވަހުގެ ސުންގަޑީގެ ކުރިން ޗައިނާގެ ކުންފުންޏަކުން ނޫ...
އަޙްމަދު ދާއޫދު
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އެއްވަރުވެ، އެތުލެޓިކޯ މެޑްރިޑް ބަލިވުމާއި ގުޅިގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް ފަހިވެއްޖެއެވެ. ރޭ ރަށުން ބޭރުގައި ބާސާއާއި ގެޓާފޭ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބާސާއަށް މޮޅެއް ލިބިފައި ނުވެއެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބާސާއިންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ގެޓާފޭ އޭރިއާ ތެރެއިން ތަނަވަސްވީ […]
އިބްރާހިމް ޚަލީލް
އެމެރިކާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ސްޓޭޓެއް ކަމަށްވާ މެސެޗޫސެޓްސްގައި 200 އަށްވުރެ ގިނަ ބަލިމީހުންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ޑޮކްޓަރެއްގެ މައްޗަށް ދައުވާކޮށްފިއެވެ. މިޑްލްސެކްސް ޑިސްޓްރިކްޓް އެޓާރނީ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 200 އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާތަކެއް ޑރ. ޓޮޑްގެ މައްޗަށް ކުރެވިފައިވާ ކަމަށެވެ. ބަލިމީހުންނަށް ބޭނުންނުވާ ޕެލްވިކް ފްލޯ ތެރަޕީ، ބްރެސްޓް އެގްޒެމިނޭޝަން، ޓެސްޓިކިއުލަރ އެގްޒެމިނޭޝަން އަދި އެހެނިހެން މެޑ...
އަޙްމަދު ދާއޫދު
ޗައިނާއިން ސްރީލަންކާ އަށް 10 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ގެންދަން ތައްޔާރަށް އޮތްކަމަށް ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ. ލަންކާގެ ”ޑެއިލީ މިރަރ” އިން އެ ނޫހަށް ލިބިފައިވާ މަޢުލޫމާތާއި ހަވާލާދީ ބުނެފައި ވަނީ ލަންކާގެ ރައީސް އަނުރާ ކުމާރަ ދިސަނާޔަކޭގެ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން، ސްރީލަންކާއަށް ގާތްގަނޑަކަށް 10 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ޗައިނާގެ ކުންފުނިތަކުން ގެނައުމުގެ ފުރުޞަތު ވަނީ ލިބިގެން ގޮސްފައެވެ. ލަންކާގެ ރައީސް ދިސަނާޔަކޭ، ޗަ...
ޔުމްނާ ޢަލީ
އީރާނުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ބަޑިޖަހާ މަރާލައިފިއެވެ. ހޮނިހިރު ދުވަހުގެ ހެނދުނު އީރާނުގެ ސުޕްރީމް ކޯޓަށް މީހަކު ވަދެ، ފިސްތޯލައެއް ބޭނުންކޮށްގެން އިސް 2 ފަނޑިޔާރުން މަރާލައިފާވާއިރު، މި ހާދިސާގައި އިތުރު އެކަކަށް ވަނީ ޒަޚަމްތަކެއް ލިބިފައެވެ. މަރާލެވުނު ފަނޑިޔާރުންނަކީ ހޮއްޖަތުލް އިސްލާމް ރަޒީނީ އާއި ހޮއްޖަތުލް އިސްލާމް މުސްލިމީން މޮޣީޝެހްއެވެ. ޝަރުއީދާއިރާގެ ތަރުޖަމާނު އަސްޣަރު ޖަހާންގީރު ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ ހެނދުނު 10:00 ގައެވެ. އޭނާ ވިދާޅުވި ގޮތުގައި ޕިސްތޯލައެއް ހިފަ...
އަޙްމަދު ދާއޫދު
ޓެނިކަލް މައްސަލައެއް ދިމާވެ ކަރަންޓް ކެނޑުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓްދީ، ބާކީ ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލެއަށް ކަރަންޓު ދޭ ފީޑަރ ތަކުގެ ތެރެއިން ފީޑަރެއް ޓްރިޕް ވުމާއި ގުޅިގެން ކަމަށެވެ. ސްޓެލްކޯއިން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 3 ޓްރާންސްފޯމަރެއް މިހާރު އެނަޖައިޒްކޮށް ކަރަންޓުދީފައިވާ ކަމަށެވެ. އަދި ހުޅުމާލޭގ...
ޔުމްނާ ޢަލީ
ޓެނިކަލް މައްސަލައެއް ދިމާވެ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާކަމަށެވެ. މައްސަލަ ދެނަގަނެ ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލުކޮށް ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން...
ޔުމްނާ ޢަލީ
ދިވެހި ސަރުކާރުން ކުރިއަށް ގެންދާ “އޮޕަރޭޝަން ކުރަނގި” މާލެ ސަރަހައްދުގައި އިތުރަށް ފުޅާކޮށްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވި ގޮތުގައި މިހާތަނަށް މި އޮޕަރޭޝަންގެ ދަށުން 25,483 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނަގާފައިވެއެވެ. މީގެ ތެރޭގައި 1,455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓް ކ...
ޔުމްނާ ޢަލީ
މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގި ބިދޭސީންތަކެއް ޑީޕޯޓްކޮށްލަން ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު ވިދާޅުވީ، އިއްޔެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ވަނީ ތިން ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ. މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ޝަމްޢާން ވިދާޅުވިއެވެ. ”އާންމު މަސްލަހަ...
ޔުމްނާ ޢަލީ