މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,424 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 568 ވަނަ ޞަފްޙާ

ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި

ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “ހިރިމަރަދޫގެ ރައްޔިތުން އެދުނު ގޮތަށް” އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ މިހާރު ވަނީ އެތައް އަހަރެއް ވެފައެވެ. އެކަމާ...

އިބްރާހިމް ޚަލީލް
މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓް ދީފި

މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓް ދީފި

ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓް ދީފިއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ، މުޅި މާލެއިން ކަަރަންޓް ކެނޑުނީ ހެނދުނު 11:37 ހާއިރު އެވެ. މިހެން ދިމާވީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށް ސްޓެލްކޯއިން ބުނެފަވެއެވެ. 12:58 ގައި މީޑިއާތަކަށް ފޮނުވި މަސެޖެއްގައި އެ ކުންފުނިން ބުނީ، ދިމާވި މައްސަލަ ހައްލުކޮށް މުޅިމާލެއަށް އަލުން ކަރަންޓު ދީފައުވާ ކަމަށެވެ. ކަރަންޓުގެ ހިދުމަތް ނުލިބޭ ފަރާތެއް ވާނަމަ އެ ކުންފުނީގ […]

ޔުމްނާ ޢަލީ
ދެ ވުޒާރާ އެއްކޮށްލައި، ވަޒީރަކަށް ތޯރިގް

ދެ ވުޒާރާ އެއްކޮށްލައި، ވަޒީރަކަށް ތޯރިގް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް (ތޯބެ) މިއަދު ޢައްޔަނުކުރައްވައިފިއެވެ. ތޯރިގް މި މަގާމަށް ޢައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ...

ޔުމްނާ ޢަލީ
ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއްގައި މާލޭގެ އިންޖީނުގެ ނިވިގެން: ސްޓެލްކޯ

ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއްގައި މާލޭގެ އިންޖީނުގެ ނިވިގެން: ސްޓެލްކޯ

މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މިހާރު އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާއެކު، ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނިން ބުންޏެވެ. ”މި ވަގުތު މާލޭގެ 75 އިންސައްތަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ވަނީ އަލުން ފޯރުކޮށްދެވިފައި. ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސަ...

ޔުމްނާ ޢަލީ
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް

މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް

ގައުމީ އެއާލައިން މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ބުކިން ޚިދުމަތަށް ބުރޫއަރައިފިއެވެ. އެ ކުންފުނިން ބުނީ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެހެންވެ، ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަކަމަށް މޯލްވިއަނުން ބުންޏެވެ. އެ ކުންފުނިން ބުނީ އެ މައްސަލަ ހައްލު ކުރެވެންދެން މޯލްޑިވިއަންގެ ހޮޓްލައިން 1671 ނުވަތަ އެ ކުންފުނީގެ އީ-މެއިލް cc@iasl.aero އަށް މެއިލް ކޮށްގެން ބުކިން ހެދުމުގެ ކަންކަން ކުރިއަށް ގެންދ...

ޔުމްނާ ޢަލީ
ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ

މުޅި މާލެއިން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނީ، ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ. ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

ޔުމްނާ ޢަލީ
އެމްޑީޕީން އިންތިޒާމުކުރި ހިނގާލުން ބާއްވައިފި

އެމްޑީޕީން އިންތިޒާމުކުރި ހިނގާލުން ބާއްވައިފި

އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމްކޮށްގެން ވެރިރަށް މާލޭގައި ރޭ ހިނގާލުމެއް ބާއްވައިފިއެވެ. މި ހިނގާލުމަށް އެމްޑީޕީން ގެންގުޅުނު ޝިއާރަކީ ”ފުދިއްޖެ، ފުނޑިއްޖެ”އެވެ. އެމްޑީޕީގެ ރައީސް ކުރީގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު އާއި އެ ޕާޓީގެ ޗެއާޕާސަން ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޟު އިސްމާއީލް އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ލީޑްކުރެއްވި މި ހިނގާލުމުގައި އެމްޑީޕީގެ އެހާރާއި މިހާރުގެ […]

ޔުމްނާ ޢަލީ
ބްރިޖު މަތީ ހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންގައި މީހަކު ނިޔާވެއްޖެ

ބްރިޖު މަތީ ހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންގައި މީހަކު ނިޔާވެއްޖެ

ސިނަމާލެ ބްރިޖުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މިއަދު މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ، މިއަދު ހެނދުނު 8:19 ހާއިރު ބްރިޖުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ކޯނަކީ ބްރިޖުގެ ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދިނުމަށް ބަހައްޓާފައި...

ޔުމްނާ ޢަލީ
އޭއައި މެދުވެރިކޮށް ދޭ ސައިބަރ ހަމަލާތައް އިތުރުވެއްޖެ: އެފްބީއައި

އޭއައި މެދުވެރިކޮށް ދޭ ސައިބަރ ހަމަލާތައް އިތުރުވެއްޖެ: އެފްބީއައި

އޭއައި ބޭނުންކޮށްގެން ދެވޭ ސައިބަރ ހަމަލާތައް އިތުރުވަމުންދާ ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އިންޒާރު ދީފިއެވެ. އެފްބީއައި އިން ބުނާ ގޮތުގައި މިހާރު އެންމެ ބޮޑަށް އަމާޒުވަމުންދަނީ “ފޭންޓަމް ހެކަރ” ހަމަލާތަކަށެވެ. މި ހަމަލާތަކުގައި، ބޭންކުގެ ނަމުގައި ގުޅާ މީހަކު، ކަސްޓަމަރުގެ ފައިސާ ވަގަށް ނަގަން އުޅޭ ކަމަށް ބުނެ، އެ ފައިސާ ރައްކާކުރުމަށް ޓަކައި އެހެން އެކައުންޓަކަށް ޓްރާންސްފަރ ކުރުމަށް އެދެއެވެ. މިގޮތަށް ގުޅާއިރު، ބޭންކުގެ ނަންބަރު ދައްކާ ގޮތަށް […]

އަޙްމަދު ދާއޫދު
ޓްރަމްޕްގެ އާ ޓެރިފްތަކަށް އުތުރު އެމެރިކާއިން ތައްޔާރުވެއްޖެ

ޓްރަމްޕްގެ އާ ޓެރިފްތަކަށް އުތުރު އެމެރިކާއިން ތައްޔާރުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކެނެޑާ އަދި މެކްސިކޯއިން އެތެރެކުރާ މުދަލަށް 25 އިންސައްތައިގެ ޓެރިފް ތަޢާރަފުކުރުމަށް ނިންމާފައިވާތީ، އުތުރު އެމެރިކާގެ ކުންފުނިތަކާއި، ވިޔަފާރިވެރިންނާއި ދަނޑުވެރިން އެކަމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. މި ޓެރިފްތަކުގެ ސަބަބުން އަހަރަކު 1.6 ޓްރިލިއަން ޑޮލަރުގެ ވިޔަފާރިއަށް އަސަރުކުރާނެ ކަމަށް މާހިރުން ލަފާކުރައްވައެވެ. ޓްރަމްޕް މި ޓެރިފްތައް ތަޢާރަފުކުރަން ނިންމާފައިވަނީ ކެނެޑާ އަދި މެކްސިކޯއިން އެމެރިކާއަށް ޤާނޫނާ ޚިލާފަށް މީހުން...

އަޙްމަދު ދާއޫދު
އެމެރިކާގެ ކޮންގްރެސްގެ މުވައްޒަފުން ޑީޕްސީކް ބޭނުންކުރުން މަނާކޮށްފި

އެމެރިކާގެ ކޮންގްރެސްގެ މުވައްޒަފުން ޑީޕްސީކް ބޭނުންކުރުން މަނާކޮށްފި

އެމެރިކާގެ ކޮންގްރެސްއިން މުވައްޒަފުންގެ ފޯނުތަކާއި ކޮމްޕިއުޓަރުތަކުގައި ޑީޕްސީކް އިންސްޓޯލްކުރުން މަނާކޮށްފިއެވެ. ޗައިނާގެ އޭއައި ޗެޓްބޮޓެއް ކަމަށްވާ ޑީޕްސީކް އެމެރިކާގެ ކޮންގްރެސްގެ އޮފީސްތަކުގައި ބޭނުން ކުރުން މަނާކޮށްފައިވާއިރު، އޭއައި ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުމާއެކު ކޮންގްރެސްއަށް ސަލާމަތީ އަދި އިދާރީ ގޮތުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވާތީ، ހައުސްގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު ވަނީ މިކަމާ ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. އެމެރިކާގެ ނޫސް އެޖެންސީ އެކްސިއޯސްއިން ހޯދ...

އަޙްމަދު ދާއޫދު
މަކިޓާ ބްރޭންޑުގެ ފޭކު ޓޫލްސްތަކެއް ދައުރުވާތީ ސަމާލުވުމަށް އެދިއްޖެ

މަކިޓާ ބްރޭންޑުގެ ފޭކު ޓޫލްސްތަކެއް ދައުރުވާތީ ސަމާލުވުމަށް އެދިއްޖެ

މަކިޓާ ބްރޭންޑުގެ ފޭކު އުފެއްދުންތަކެއް ބާޒާރުގައި ދައުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އެ ބްރޭންޑުގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިލްތިމާސްކޮށްފިއެވެ. މަކިޓާ ބްރޭންޑުގެ ފޭކު އުފެއްދުންތަކެއް ބާޒާރުގައި ދައުރުވަމުން އަންނާތީ އެސްޓީއޯ އިން އިއްޔެ ވަނީ ޕަބްލިކް އެޑްވައިޒަރީއެއް ނެރެފައެވެ. އެ ބަޔާނުގައި އެސްޓީއޯއިން ވަނީ އެ ކުންފުންޏަކީ ދިވެހިރާއްޖޭގައި ވިއްކާ މަކިޓާ ބްރޭންޑްގެ އުފެއްދުންތަކުގެ ހަމައެކަނި އެކްސްކްލޫސިވް ޑިސްޓްރިބި...

ޔުމްނާ ޢަލީ
”ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ އުޖާލާ މާދަމާއަކަށް މަސައްކަތްކުރުމަކީ އެންމެ އިސް ޤައުމީ ވާޖިބު“

”ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ އުޖާލާ މާދަމާއަކަށް މަސައްކަތްކުރުމަކީ އެންމެ އިސް ޤައުމީ ވާޖިބު“

ޤައުމަށްޓަކައި ޝަހީދުވި ބަތަލުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ އުޖާލާ މާދަމާއަކަށް ހިތްމަތްކުރުމަކީ އެންމެ އިސް ޤައުމީ ވާޖިބު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، ޝަހީދުންގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ރައީސް ވިދާޅުވީ، ދިވެހީންގެ މިނިވަންކަމުިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރި ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ، މި ވަޠަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިތްމަތްކުރުމަކީ...

ޔުމްނާ ޢަލީ
ފޭރުނު ދެ މީހަކު ހައްޔަރުކޮށް، ބަންދަށް 10 ދުވަސް

ފޭރުނު ދެ މީހަކު ހައްޔަރުކޮށް، ބަންދަށް 10 ދުވަސް

މާލޭގައި ބިދޭސީއެއްގެ އަތުން ފައިސާ ފޭރިގަތް ކަމުގެ ތުހުމަތުގައި ދެ މީހަކު ރޭ ހައްޔަރުކޮށްފައި ވާއިރު، އެ ދެމީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ދީފިއެވެ. ފުލުހުންގެ މަޢުލޫމާތު ދިންގޮތުގައި، ރޭ 2:12 ހާއިރު މާލޭގެ ގުލާބީ ގޯޅިގައި ދެމީހަކު ވެގެން ބިދޭސީއެއްގެ އަތުން 33,500 ރުފިޔާ ފޭރިގަތް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ހ. ރެޑަން، ފަވާޒް ކަޅުތުއްތު (36 އަހަރު) އާއި ތ. ތިނަރަފުށި، ލަކީ ހައުސް، ސޮފްވާން ޢަލީ (36 […]

ޔުމްނާ ޢަލީ
ސިނގިރޭޓު އުފައްދާކަމަށް ތުހުމަތުވާ އޮފީހުން 103 ފޮށިގަނޑު އަތުލައިގެންފި

ސިނގިރޭޓު އުފައްދާކަމަށް ތުހުމަތުވާ އޮފީހުން 103 ފޮށިގަނޑު އަތުލައިގެންފި

ސިނގިރޭޓް އުފައްދާކަމުގެ ތުހުމަތުގައި ރޭ ބަލާފާސްކުރި އޮފީހުން ދުންފަތް ހިމެނޭ 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މާލޭގެ ހެންވޭރުގައި ހުންނަ  ހުޅުގަލި ނަމަކަށް ކިޔާ ގެއެއްގައި ހިންގަމުން އަންނަ އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގިރޭޓް އުފައްދާކަމަށް ލިބުނު މައުލުމާތަކާއި ގުޅިގެން އެތަން ބަލާފާސްކުރަމުން އަންނަކަމަށް ފުލުހުން ބުނީ ރޭގައެވެ. ފުލުހުން މިއަދު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ ރޭ ހިންގި ސިނގިރޭޓު އޮޕަރޭޝަންގައި 103 ކާޑުބޯޑު ފޮށިގަނޑު...

ޔުމްނާ ޢަލީ
ގެވެށި އަނިޔާ އަކީ ކޮބާ؟

ގެވެށި އަނިޔާ އަކީ ކޮބާ؟

ގެވެށި އަނިޔާއަކީ އާއިލާގެ ތެރޭގައި ނުވަތަ ގާތް ގުޅުމެއް އޮންނަ ދެމީހުންގެ ދެމެދުގައި ހިނގާ އަނިޔާވެރި އަމަލުތަކެވެ. މިއީ މުޖުތަމައުގައި ވަރަށް ބޮޑަށް ފެތުރިފައިވާ، ނަމަވެސް ގިނަފަހަރު ވަންހަނާކޮށް ބޭއްވޭ މައްސަލައެކެވެ. ގެވެށި އަނިޔާ އަކީ ޖިސްމާނީ އަނިޔާއަކަށް ވާކަށް ނުޖެހެއެވެ. އޭގެ ތެރޭގައި ނަފްސާނީ އަނިޔާ، މުދަލަށް ގެއްލުންދިނުން، ޖިންސީ ފުރައްސާރަ، އަނގަބަހުން ފުރައްސާރަކުރުން، މާލީގޮތުން ދަތިކުރުން އަދި ބިރުދެއްކުންފަދަ އެތައް ކަމެއް ހިމެނެއެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަކީ ގި...

އަޙްމަދު ވަހީދު
ޓެސްލާއިން ރޮބޯޓެކްސީ ޚިދުމަތް މިއަހަރު ފަށަނީ

ޓެސްލާއިން ރޮބޯޓެކްސީ ޚިދުމަތް މިއަހަރު ފަށަނީ

މަހުޖަނު އީލޮން މަސްކްގެ ޓެސްލާއިން ރޮބޯޓެކްސީ ޚިދުމަތް މިއަހަރު ފަށާނެ ކަން ހާމަކޮށްފިއެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އީލޯން މަސްކް ވަނީ ޓެސްލާއިން މިއަހަރުގެ ތެރޭގައި އެމެރިކާގެ ކެލިފޯނިއާ އަދި އެހެނިހެން ސަރަޙައްދުތަކުގައި ރޮބޯޓެކްސީ ޚިދުމަތް ތަޢާރަފުކުރާނެ ކަމަށް އިޢުލާނުކޮށްފައެވެ. ފޯޗޫން މަޖައްލާއިން ރިޕޯޓުކުރި ގޮތުގައި، މި ޚިދުމަތުގައި ބޭނުންކުރާނީ “އަމިއްލައަށް ދުއްވޭ” ކާރުތަކެވެ. އަދި ޖޫން މަހުގެ ތެރޭގައި ޓެކްސާސްގެ އޯސްޓިން ސިޓީގައި މި ޚިދުމަތް ފީއަކާ އެކު ލިބެ...

އަޙްމަދު ދާއޫދު
ޔޫރޮޕާ ލީގު: ޔުނައިޓެޑާއި ޓޮޓެންހަމް އަނެއް ބުރަށް

ޔޫރޮޕާ ލީގު: ޔުނައިޓެޑާއި ޓޮޓެންހަމް އަނެއް ބުރަށް

ޔޫރޮޕާ ލީގުގެ ލީގު ބުރުގެ ފަހު މެޗުތަކުން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް، މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފިއެވެ. ރޭ ރަށުން ބޭރުގައި ބުކަރެސްޓް އާއި ދެކޮޅަށްކުޅެ ޔުނައިޓެޑް މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ޔުނައިޓެޑަށް ލަނޑުތައް ޖަހައިދިނީ، ދެ ވަނަ ހާފުގެ އަށް މިނިޓްގެ ތެރޭގައި ޑިއޯގޯ ޑަލޯ އާއި ކޯބީ މައިނޫއެވެ. ޑަލޯ ގޯލު ޖަހާފައިވަނީ މައިނޫގެ އެހީތެރިކަމާއިއެކުއެވެ. ރޭ ޓޮޓެންހަމް އިން އަމިއްލަ ދަނޑުގައި ވަނީ 3-0 […]

އިބްރާހިމް ޚަލީލް