ބަލިވިޔަސް އެއްވަނަ ލިވަޕޫލަށް، އެތުލާންޓާއާއި އެއްވަރުވެ ބާސާއަށް ދެވަނަ
އައު ފޯމެޓަށް ކުޅެމުން އަންނަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފަހުމެޗުގައި ރޭ ނެދަލޭންޑްސްގެ ޕީއެސްވީ އަތުން ލިވަޕޫލް ބަލިވެއްޖެއެވެ. ޕީއެސްވީ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލް ބަލިވީ 3-2 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. ރޭ މެޗަށް ނުކުތްއިރު ވެސް ލިވަޕޫލަށް އޮތީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައެވެ. ވުމާއިއެކު ރޭ މެޗުގައި އެ ޓީމުން ގިނައިން ބޭނުން ކޮށްފައި ވަނީ ރިޒާވްޓީމް […]