ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުން ކުށްވެރިކޮށްފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭގޮތަށް ވާހަކަދައްކާފައިވާކަމަށް ބުނެ، އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމްޑީޕީގެ ފަރާތުން މާލޭގައި ކުރަމުންދާ މުޒާހަރާތައް އެ ކޮމިޝަނުން ވަނީ މޮނިޓަރ ކުރަމުންނެވެ. މިގޮތުން މި މަހުގެ 12 ވަނަ ދުވަހު އެ ޕާޓީން ކުރިއަށްގެ...