ޣައްޒާގައި އިސްރާއީލުން 206 ވަނަ ނޫސްވެރިޔާ ޝަހީދުކޮށްލައިފި
ޣައްޒާގައި އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި އަނެއްކާވެސް އިތުރު ނޫސްވެރިޔަކު ޝަހީދުވެފައިވާއިރު މިއީ އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި 206 ވަނަ ނޫސްވެރިޔާއެވެ. ފަލަސްޠީނު ނޫސްވެރިންގެ ފޯރަމުން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ޣައްޒާގައި އެންމެ ފަހުން ޝަހީދުވި ނޫސްވެރިޔާ ޝަހީދުވެފައިވަނީ އިސްރާއީލުން ދިންހަމަލާތަކަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން އެންމެފަހުން ޝަހީދުވި ނޫސްވެރިޔަކީ އަލްއާ ހާޝިމްއެވެ. މި އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން ބައިނަލްއަ...