އީރާނުން ރައްދުގައި އިސްރާއީލަށް ދޭ ހަމަލާތަކުގެ 12 ވަނަ ބުރު ކުރިއަށްދާއިރު، މިސައިލް ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނެކަމަށާއި އަދި ޔަހޫދީންގެ މައްޗަށް ނަރަކައިގެ ދޮރުތައް ހުޅުވާލާފައިކަމަށް އީރާނުން ބުނެފިއެވެ. އީރާންގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލަށް ދޭ މިސައިލް ހަމަލާތައް “އަމާޒުކުރެވިގެން އަދި މެދުނުކެނޑި” ކުރިއަށްދާނެ ކަމަށެވެ. އައިއާރުޖީސީ އިން ބުނެފައިވަނީ އިސްރާއީލަށް ދޭ ހަމަލާތަކުގެ 12 ވަނަ ބުރުގައި ވަރަށް ދުރަ...
ޔުމްނާ ޢަލީ
ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުންކަމަށާއި، އެހެންކަމުން އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުންކަމަށް ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ، ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދުގެ ސަބަބުން، ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ، މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، ދިވެހި ފައިސާ އިން ދޭން ރާއްޖޭ ބައެއް ރިސޯޓުތަކުން އަންނަނީ […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ގދ. ތިނަދޫ، މަލަ ޒަމްޢަތު އަޙްމަދު ވަޙީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ޒަމްޢަތު އަޙްމަދު ވަޙީދު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ. ޒަމްޢަތު ބްރޯޑްކޮމްއަށް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ 16 ޖޫން 2025 ގައެވެ. ޒަމްޢަތު ވަނީ 2022 ވަނަ އަހަރު އި...
ޔުމްނާ ޢަލީ
އިސްރާއީލުން އިސްވެ އީރާނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމާގައި އެމެރިކާގެ ބައިވެރިވުމަކީ އިސްރާއީލުގެ ބަލިކަށިކަމުގެ ނިޝާނެއްކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ. ހާމަނާއި މިފަދައިން ވިދާޅުވީ އީރާންގެ ރައްޔިތުންނާއި މުޚާތަބުކުރަށްވައި ދެއްވި ބަޔާނެއްގައެވެ. މި ބަޔާނުގައި މައިގަނޑު ތިންކަމެއް އޭނާ ވަނީ ފާހަގަކުރަށްވާފައެެވެ. ފުރަތަމަ، އޭނާ ވިދާޅުވީ، އިސްރާއީލުގެ ފުރަތަމަ ހަމަލާތައް ހިންގީ އީރާން އެމެރިކާއާއެކު ނުސީދާކޮށް ނިއުކްލިއަރ މަޝްވަރާތަކުގައި ބައިވ...
ޔުމްނާ ޢަލީ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ. ކެލާ ގްރީން ހައުސްއަށް ޒިޔާރަތް ކުރައްވައިފިއެވެ. ކެލާ ގްރީން ހައުސް އަކީ މެޕް ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ އެކި ރައްތަކުގައި ގެންދާ ދަނޑުވެރިކަމުގެ ޕައިލެޓް ޕްރޮޖެކްޓުތަކުގެ ތެރެއިން ކެލާ ގައި ގާއިމްކޮށްފައިވާ ތަނެކެވެ. އެތަނުގައި ހައްދާފައިވަނީ މިރުހާއި ކެޕްސިކަމް އެވެ. ވަޒީރު ޒިޔާރަތްކުރެއްވީ ހދ. އަދި ހއ ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ކެލަޔަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވ...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ހދ. އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ، މުޅި އަތޮޅުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި އަތޮޅުގެ ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އަތޮޅުގައި ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާކަމާއި، އަތޮޅުގ...
އިބްރާހިމް ޚަލީލް
ސްރީލަންކާގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ބަލަހައްޓާ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން (ޓިވެކް)ގައި ރަޖިސްޓްރީކޮށްފައިވާ ބައެއް މަތީ ތައުލީމުދޭ މަރުކަޒުތައް ސަސްޕެންޑުކޮށްފައިވާ އެތަންތަނުގައި ކިޔަވަން ނުފެށުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެމްކިއުއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާގެ ޓިވެކް ގައި ރަޖިސްޓަރީކޮށްފައިވާ ބައެއް މަތީ ތައުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާކަމުގެ މައުލޫމާތު އެ އޮތ...
އިބްރާހިމް ޚަލީލް
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ. އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް, ހައްޔަރުކުރި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާ...
ހުސައިން ހަބީބް
ރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހުރިހާ ޙައްޖުވެރިން ރާއްޖެ އަނބުރާ އަތުވެއްޖެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާދެއްވި މަޢުލޫމާތުގައިވާ ގޮތުން، ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ދެވަނަ ގްރޫޕް މިމަހުގެ 14 ވަނަ ދުވަހު ރާއްޖެ އައިއިރު، ތިންވަނަ ގްރޫޕް އައީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ. މިއަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި […]
ޔުމްނާ ޢަލީ
އޫރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް-ޙަމާދީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި އިއްޔެ ބޭއްވި މި ބައްދަވުމުގައި، އާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމާގުޅޭގޮތުންނާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އުރީދޫ އަައި ފުލުހުންނާ ދެމެދު އިތުރަށް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މ...
އަޙްމަދު ވަހީދު
ޖައްބާރު އިސްރާއީލުން ޣައްޒާ ބަންދުކޮށް ކާބޯތަކެއްޗާއި އެހީ ފޯރުކޮށްދެވޭނެ ދޮރުތައް ވެސް ބަންދުކޮށް އެތައް ދުވަހެއް ގުނެމުންދާއިރު، ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ރައްޔިތުން ގުނަމުންދާ ކޮންމެ ދުވަހަކީ ބަނޑުހައިހޫނުކަމުގެ ހިތްދަތި ދުވަހެކެވެ. އެ ރައްޔިތުން މާތްﷲގެ ރަޙްމަދަށް އުންމީދު ކަނޑާނުލައި އިސްރާއީލުން ފުނޑުފުނޑުކޮށްލާފައި ޣައްޒާގެ މަގުތަކާއި އިމާރާތްތަކުގެ ކައިރީ ހިނގާބިވެ އުޅެމުން ދަނީ ކާލާނެ އެއްޗެއް ލިބޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. މި ހިތްދަތި މަންޒަރު ބައިނަލްއަގްވާމީ ބައެއް ނޫސްތަކ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައެވެ. ހިއްސާއަަކަށް 2 ރުފިޔާ ބަހަން ފާސްވީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި 99.5 އިންސައްތަ ހިއްސާދާރުންގެ ވޯޓުންނެވެ. މި ޖަލްސާގައި ޖުމްލަ 156 ހިއްސާދާރުން ބައިވެރިވިއެވެ. އެމްޓީސީސީގެ ފައިދާއަށް 2 ރުފިޔާ ބަހަން ނިންމި އިރު، އެ ކުންފުނީގެ ފައިދާ […]
އަޙްމަދު ވަހީދު
ފިލިޕީންސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގައި އުރީދޫ ނޭޝަން އަދި ފިލިޕީނޯސް އިން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (ފިމްބާ)ގެ ފަރާތުން ފޯރިގަދަ އެމްއެލްބީބީ ކޮމިއުނިޓީ ކްލޭޝް މުބާރާތެއް ބާއްވައިފިއެވެ. ފިލިޕީންސް ކޮމިއުނިޓީގެ 150 އަށް ވުރެ ގިނަ މީހުން ބައިވެރިވި މިނިވަންދުވަހުގެ މި ހަރަކާތުގައި ސަގާފީ ހަރަކާތްތަކާއި ލަކީޑްރޯ އަދި އީސްޕޯޓްސްގެ އެކި ހަރަކާތްތައް ކުރިއަށްދިޔައެވެ. ކޮމިއުނިޓީ ޑްރިވެން އީސްޕޯޓްސް މުބާރާތުގެ އެއް ވަނަ ހޯދުމަށް 70 އަށް...
އަޙްމަދު ވަހީދު
ސްރީލަންކާގެ ޖެނެރަލް ހޮސްޕިޓަލަށް ބޭސް ހޯދުމަށް ގަސްދުގައި އިހުމާލުވެ، ޚިދުމަތް ހޯދަން އަންނަ މީހުންނަށް ބޭހަށް ދަތިކޮށް އަމިއްލަ ފާމަސީތަކުގައި ބޮޑު އަގުގައި ބޭސް ވިއްކި މައްސަލާގައި އެ ގައުމުގެ މަޝްހޫރު ނިއުރޯ ސަރޖަން ޑރ. މަހޭޝީ ވިޖެރަތްނެ އިއްޔެ ހައްޔަރުކޮށްފިއެވެ. ލަންކާ މީޑިއާގައި ބުނާގޮތުގައި މި މައްސަލާގައި ޑރ. ވިޖެރަތްނެ ގެ އިތުރުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ސްރީ ޖަޔަވަރުދަނަޕުރަ ޖެނެރަލް ހޮސްޕިޓަލްގެ ނަން މަޝްހޫރު ނިއުރޯ ސަރޖަން ޑރ. ވިޖެރަތްނެ އާއި އިތުރު […]
ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުން ދިޔަ ނޭކުރެންދޫ އަންހެންކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ހދ. ނޭކުރެންދޫ އަށް ނިސްބަތްވާ 18 އަހަރުގެ ޢައިޝަތު ލަމިޔާއެވެ. ލަމްޔާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ލަމްޔާ ފެނުނީ މާލެއިންނެވެ. ލަމްޔާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ. ނޭކުރެންދޫ ކުއްޖަކު މާލެއިން ގެއްލިގެން ހޯދަނީ ނޭކުރެންދޫ ކުއްޖަކު މާލެއިން ގެއްލިގެން ހޯދަނީ ލަމިޔާ ގެއްލުނީ 16 ޖޫން 2025 ވަނަ ދުވަހުގެ ރޭ 8:30 ގައި ފިހާރައަކަށް […]
ޔުމްނާ ޢަލީ
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ދިވެހިރާއްޖޭގެ މުރަކަތަކާއި އެއާ ގުޅުންހުރި ތިމާވެށި ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ކެޓެނޭޓް މަޝްރޫޢުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢަކީ ޤައުމީ އަދި ދުނިޔޭގެ ފެންވަރުގައި މުހިންމުކަން ދެވިފައިވާ މުރަކަތައް ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. “މުރަކަތަކަކީ އަޅުގަނޑުމެންގެ ޤައުމުގެ ތިމާވެށްޓަށާއި އިޤްތިޞާދަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް. މި މަޝްރޫޢުގެ ސަބަބުން އަޅުގަނޑުމެންނަށް މި މުހިންމު ވަސ...
ޔުމްނާ ޢަލީ
އިސްރާއީލުގެ ޖައްބާރު ސިފައިން ބަޑިން ހަމަލާދީ ޣާޒާގެ އެހީ ފޯރުކޮށްދެމުން ދިޔަ ސަރަހައްދެއްގައި ފުށް ހޯދުމަށް މަޑުކޮށްގެން ތިބި ފަލަސްތީނުގެ 51 މީހަކު ޝަހީދުކޮށްލައިފިއެވެ. ޣައްޒާ އާއި އެނޫން ވެސް ބައެއް ފަލަސްތީނުގެ ސިޓީތަކުގައި އެހީ ފޯރުކޮށްދޭ މަރުކަޒުތަކަށް ކާބޯތަކެތި ހޯދަން ގޮސްތިބޭ ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް ހަމަލާދީ ޝަހީދު ކުރުމަކީ އިސްރާއީލުން މިފަހަކަށް އައިސް އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. މަންޒަރުދުއް މީހުންނާއި އެހީ ބެހުމުގައި މަސައްކަތްކުރާ މީހުންނާއި ހަވާލާދީ ބީބީސީނ...
ޔުމްނާ ޢަލީ
ހދ. ނޭކުރެންދޫ ކުއްޖަކު މާލެއިން ގެއްލިގެން ހޯދަމުންދާ ކަމަށް އެރަށު ކައުންސިލުން މިރޭ އިޢުލާންކޮށްފިއެވެ. ގެއްލިގެން ހޯދަމުންދަނީ އެރަށު 18 އަހަރުގެ ޢައިޝަތު ލަމިޔާއެވެ. ނޭކުރެންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ލަމިޔާ ގެއްލުނީ 16 ޖޫން 2025 ވަނަ ދުވަހުގެ ރޭ 8:30 ގައި ފިހާރައަކަށް ދިޔުމަށްފަހުއެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ލިބިފައި ނުވާކަމަށެވެ. “ތިލަދުންް” އަށް މަޢުލޫމާތު ދެމުން އެކުއްޖާގެ ބޭބެ ބުނެފައިވަނީ ލަމިޔާ އެންމެ ފަހުން […]
އަލީ އާދިލް