މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,415 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 463 ވަނަ ޞަފްޙާ

ޔުމްނު ވައްޓާލި ކަމަކަށް ނުބެލެވޭ: ރިޔާސީ ކޮމިޝަން

ޔުމްނު ވައްޓާލި ކަމަކަށް ނުބެލެވޭ: ރިޔާސީ ކޮމިޝަން

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި, ބަޔަކު އޭނާ އިމާރާތުން ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފިއެވެ. މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެ މައްސަލަ ބެލުމަށްޓަކައި އުފެއްދެވި ކޮމިޝަންގެ ރިޕޯޓް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވުމުން އެ ރިޕޯޓް ވަނީ އާންމުކޮށްފަ އެވެ. ކޮމިޝަންގެ ރިޕޯޓުގައިވަނީ […]

ހުސައިން ހަބީބް
ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގައި ގިނަ ދަޢުވާތަކެއް އަނބުރާ ގެންދަނީ

ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގައި ގިނަ ދަޢުވާތަކެއް އަނބުރާ ގެންދަނީ

2022 ވަނަ އަހަރުގެ ޖޫން 21 ވަނަ ދުވަހު ގަލޮޅު ބޯޅަދަނޑު ސަރަހައްދުގައި ބޭއްވި ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ގިނަ ދަޢުވާތަކެއް އަނބުރާ ގެންދިއުމަށް ނިންމާފައިވާކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން މިއަދު ހާމަކޮށްފި އެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ދަޢުވާ ލިބިފައިވާ ފަރާތްތަކުން އެދުމުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މައްސަލަ މުރާޖަޢާކޮށްފައި ކަމަށެވެ. “މުރާޖަޢާގ...

އިބްރާހިމް އަސްވާޤް
ނަޝީދާއި މުޅި ޑިމޮކްރެޓްސް އެމްޑީޕީއާ ގުޅެނީ

ނަޝީދާއި މުޅި ޑިމޮކްރެޓްސް އެމްޑީޕީއާ ގުޅެނީ

މަޖިލިސްގެ ކުރީގެ ރައީސް، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނު އިސްކޮށް ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ހުރިހާ މެމްބަރުން އަނބުރާ އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގުޅެން މިއަދު ނިންމައިފިއެވެ. ދަ ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ މައުލޫމާތުދިން ގޮތުގައި މިގޮތަށް ނިންމާފައި ވަނީ އެ ޕާޓީން މިއަދު ބޭއްވި ނުރަސްމީ ނެޝަނަލް އެސެމްބްލީގައެވެ. އެ ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ހުރިހާ މެމްބަރުން އެނބު...

ޔުމްނާ ޢަލީ
އާރުޓީއެލްގެ ނަމުގައި ސްކޭމެއް، ސަމާލުވޭ!

އާރުޓީއެލްގެ ނަމުގައި ސްކޭމެއް، ސަމާލުވޭ!

އާރުޓީއެލްގެ ނަމުގައި ސްކޭމްތަކެއް ކުރިޔަށްގެންދާތީ ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން އިލްތިމާސްކޮށްފިއެވެ. އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކުގެ ނަމުގައި ހިންގާ ސްކޭމްތަކެއް އިތުރުވަމުންދާއިރު، އެ ކުންފުނިގެ ދަށުން ހިންގަމުން އަންނަ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ނަމުގައި ވެސް ސްކޭމެއް ހިންގަމުންގެންދާކަން ފާހަގަވެފައިވާ ކަމަށެވެ. މި ސްކޭމް ހިންގާ ފަރާތުން ދަނީ “މޯލްޑިވްސް ޕަބްލިކް ޓްރާންސ...

އަޙްމަދު ވަހީދު
ކައުންސިލަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަތީބުންގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

ކައުންސިލަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަތީބުންގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

ރަށްރަށުގެ ކައުންސިލަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ފުރުސަތު ދިނުމަށް ނިންމާފައި ވަނީ 50 ބައިވެރިންނަށެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ، އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ތިން މަސް ދުވަހުގެ ކޯހެއް ފުރިހަމަ ކުރުމުންނެވެ. ކޯސ...

އިބްރާހިމް ޚަލީލް
ޔުމްނު މައްސަލާގައި ކޮމިޝަނުން އެކުލަވާލި ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި

ޔުމްނު މައްސަލާގައި ކޮމިޝަނުން އެކުލަވާލި ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އެ އޮތްގޮތަށް އާންމުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ. ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މިހާރު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ރިޕޯޓް އެއްކޮށް، އެއްވެސް އުނިއިތުރެއް ނުގެނެސް އާންމުކުރުމަށް ކޮމިޝަނަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. Re...

ޔުމްނާ ޢަލީ
ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހަނިމާދޫއަށް ބަނބުކެޔޮ ގަސް ހަދިޔާކޮށްފި

ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހަނިމާދޫއަށް ބަނބުކެޔޮ ގަސް ހަދިޔާކޮށްފި

ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ފަރާތުން ހދ. ހަނިމާދޫ ކައުންސިލަށް ބަނބުކެޔޮ ގަސް ހަދިޔާކޮށްފިއެވެ. ހަނިމާދޫ ކައުންސިލަށް މި ގަސްތައް ހަދިޔާކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ހދ. އަދި ހއ ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ހަނިމާދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ބުނީ ރާއްޖޭގައި ކާނާގެ...

ޔުމްނާ ޢަލީ
ޝަމްއާން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ނިންމަނީ

ޝަމްއާން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ނިންމަނީ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލާގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް, ހައްޔަރުކުރި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގ...

ހުސައިން ހަބީބް
ހުޅުމާލެއިން ޑްރަގާއެކު ޒުވާނަކު ހައްޔަރުކޮށްފި

ހުޅުމާލެއިން ޑްރަގާއެކު ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު 22 އަހަރުގެ ޒުވާނަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި / ފުނަމާގެ، މުޙައްމަދު ޢާލިމް (22އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 00:41 އެހާކަންހާއިރު ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 7 ގެ ގްރައުންޑް ފްލޯ ޕާކިންގ ޒޯނަށް ސައިކަލެއްގައި ވަދެ ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލް ޕާކްކޮށްފައި ދާން މަސައްކަތްކުރުމުން އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަ...

ޔުމްނާ ޢަލީ
މުސްލިމް 21 ޤައުމަކުން އިސްރާއީލްގެ ޢަމަލުތައް ކުށްވެރިކޮށް ހަމަލާތައް ހުއްޓާލަން ގޮވާލައިފި

މުސްލިމް 21 ޤައުމަކުން އިސްރާއީލްގެ ޢަމަލުތައް ކުށްވެރިކޮށް ހަމަލާތައް ހުއްޓާލަން ގޮވާލައިފި

އަރަބި އަދި މުސްލިމު 21 ޤައުމުތަކަކުން އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތައް ކުށްވެރިކޮށް، އަދި ސަރަޙައްދީ ހަމަޖެހުމަށާއި، “އިސްތިސްނާއެއް ނެތި” ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނަށް އިޙްތިރާމްކުރުމަށް ގޮވާލައި ގުޅިފައިވާ ބަޔާނެއް ނެރެފިއެވެ. މިޞްރުގެ ރަސްމީ ނޫސް އޭޖެންސީ މީނާއިން ރިޕޯޓްކޮށްފައިވާގޮތުގައި މި ބަޔާނަކީ މިޞްރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުއްލަޠީފް، ސަރަޙައްދުގެ އެކި ޤައުމުތަކުގެ އޭނާގެ އެކުވެރިންނާ މަޝްވަރާކުރުމަށްފަހު  މިސްރުގެ އިސްނެގުމުގެ މަތީން ނ...

ޔުމްނާ ޢަލީ
އީރާނުން ރޭ ދިނީ މިހާތަނަށް ދިން އެންމެ ''ވޭންދެނިވި'' ވަރުގަދަ ހަމަލާ

އީރާނުން ރޭ ދިނީ މިހާތަނަށް ދިން އެންމެ ''ވޭންދެނިވި'' ވަރުގަދަ ހަމަލާ

އިސްރާއީލުން އީރާނާއި ދެކޮޅަށް ފެށި ހަނގުރާމައިގެ ޖަވާބުގައި އީރާނުން އިސްރާއީލަށް ރޭގައި ދިނީ މި ހަނގުރާމާގައި ދިން އެންމެ ވަރުގަދަ ރައްދު ހަމަލާތައްކަމަށް ރިޕޯޓްތައް ބުނެފިއެވެ. އަލްޖަޒީރާއިން ސިފަކޮށްފައިވާގޮތުގައި އީރާނުން އިސްރާއީލަށް ރޭ ދިން ރައްދު ހަމަލާއަކީ “އެންމެ ބޮޑު އަދި އެންމެ ވޭންދެނިވި” ހަމަލާ އެވެ. އިރާނުން ވަނީ އިސްރާއީލަށް އަމާޒުކޮށް އައު ޑްރޯން އާއި މިސައިލްތަކުން ހަމަލާދީފައެވެ. މި ހަމަލާތަކާއި ގުޅިގެން އަލްޖަޒީރާގެ ދޯސާ ޖައްބާރީ ބުނެފައިވަނީ މިއީ ހުކުރު ދުވަހުން ފެށިގެން އިރ...

ޔުމްނާ ޢަލީ
އިސްރާއީލުން 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 68 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުން 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 68 މީހުން ޝަހީދުކޮށްލައިފި

24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 68 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެންމެ ފަހުގެ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 68 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، މަދުވެގެން 182 މީހުން ޒަޚަމްވެ ހޮސްޕިޓަލްތަކަށް ގެންދެވިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ޞިއްޙީ ވުޒާރާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފަ...

ޙުސައިން ޝަހުދީ
ހަނިމާދޫގައި ފުޑްސެކިއުރިޓީއަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހަނިމާދޫގައި ފުޑްސެކިއުރިޓީއަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހދ. ހަނިމާދޫގައި ފުޑްސެކިއުރިޓީއަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއި ހަނިމާދޫ ކައުންސިލާއެކު މިއަދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ހދ. އަދި ހއ ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގެން މިއަދު ހަނިމާދޫ ކައުންސިލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ މިއަދު ހަނިމާދޫ...

ޔުމްނާ ޢަލީ
ލަންކާ އާއި ބަންގުލަދޭސްގައި ހިންގި ދެ ބިލިޔަން ޑޮލަރުގެ "އެމްޓީއެފްއީ ސްކޭމް" ގެ ވާހަކަ!

ލަންކާ އާއި ބަންގުލަދޭސްގައި ހިންގި ދެ ބިލިޔަން ޑޮލަރުގެ "އެމްޓީއެފްއީ ސްކޭމް" ގެ ވާހަކަ!

މިއީ ދާދިފަހުން، ސްރީލަންކާ އާއި ބަންގްލަދޭޝްގެ އޮތޯރިޓީތަކުން ބުނާގޮތުން، އެ ޤައުމުތަކުގެ ފަސް ލައްކައެއްހާ މީހުންގެ އަތުން 2 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ޕިރަމިޑް ސްކީމެއްގެ ވާހަކަ އެވެ. މެޓާވާރސް ފޮރިން އެކްސްޗޭންޖް ގްރޫޕް އިންކް (އެމްޓީއެފްއީ) ތަޢާރަފުކޮށްފައިވަނީ އިތުބާރުހުރި އޮންލައިން ޓްރޭޑިންގ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ މައި މަރުކަޒަކީ ކެނެޑާގެ އޮންޓޭރިއޯގެ މާކަމްގެ އެޑްރެހެއްގަ އެވެ. އައި އެއީ ދުބާއީ ބޭސް އެޕް އެއްކަމަށްވެސް ބ...

ތިލަދުން
އީރާނުން އަދި ބޭނުންކުރަމުން ދަނީ އަސްކަރީ ގާބިލުކަމުގެ މިންވަރެއް

އީރާނުން އަދި ބޭނުންކުރަމުން ދަނީ އަސްކަރީ ގާބިލުކަމުގެ މިންވަރެއް

އިޒްރޭލަށް ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި އީރާނުން އަދި އެ ޤައުމުގެ ހުރިހާ އަސްކަރީ ޤާބިލިއްޔަތެއް ބޭނުންކޮށްފައިނުވާކަމަށް އީރާންގެ ތެހެރާން ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ޕްރޮފެސަރ ފުއާދު އިޒާދީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި އީރާނުން އިޒްރޭލަށް ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި އީރާނުން އަދި އެ ޤައުމުގެ ހުރިހާ އަސްކަރީ ޤާބިލިއްޔަތެއް ބޭނުންކޮށްފައެއް ނުވެއެވެ. “މި މެސެޖަކީ އިޒްރޭލުން ހަނގުރާމަ ހުއްޓާލުމަށް އީރާނުން އުންމީދުކުރާކަމުގެ މެސެޖެއް، އަދި މިއީ އިޒްރޭލުން ހ...

ޔުމްނާ ޢަލީ
ރާއްޖޭގެ އާބާދީގެ ހަތް އިންސަތަ މީހުން ނުކުޅެދުންތެރިކަން ހުރޭ

ރާއްޖޭގެ އާބާދީގެ ހަތް އިންސަތަ މީހުން ނުކުޅެދުންތެރިކަން ހުރޭ

ދިވެހިރާއްޖޭގެ އާބާދީގެ 7 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ތަފާސްހިސާބުތަކާއި ހަވާލާދީ އެ ވުޒާރާއިން ބުނީ، ދިވެހިރާއްޖޭގެ އާބާދީގެ ހަތް އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށެވެ. ނުކުޅެދުންތެރިކަމަކީ، މީހާގެ ޤާބިލުކަމަށް އޭގެ ސަބަބުން އަސަރުފޯރާ ކަމެއްކަމަށާއި، އަދި ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށްވުމަކީ މުޖުތަމަޢުއިން އެމީހަކު ބާކީކުރުވާ ސަބަބަކަށް ވެގެންދާ ޙާލަތްތައް ވެސް އަންކަމަށް އެ ވުޒާރާއި...

ޔުމްނާ ޢަލީ
ދިއްދޫ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިއްދޫ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ދިއްދޫ ކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތް” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިއްދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫއަށް ނިސްބަތްވާ ކުލަބް ޖަމިއްޔާތަކަށެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގެ ކުލަބް ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ދިއްދޫގެ ޒުވާނު...

އައިޝަތު އައިނީ އާމިރު
ތެލުގެ އަގު އިތުރަށް މައްޗަށް އުފުލިދާނެކަމުގެ ބިރު

ތެލުގެ އަގު އިތުރަށް މައްޗަށް އުފުލިދާނެކަމުގެ ބިރު

އިސްރާއީލުން އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑާއި ޓެހުރާނުގައި ހުރި ތެޔޮ ރިފައިނަރީއަކަށް ހަމަލާދިނުމާ ގުޅިގެން، ތެލުގެ އަގު އިތުރަށް އުފުލިއްޖެ އެވެ. އީރާނަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ގުދުރަތީ ގޭސް އަދި ތިންވަނައަށް އެންމެ ގިނައިން ތެޔޮ ލިބޭ ޤައުމެވެ. މި ހަމަލާތަކާ ގުޅިގެން، އީރާނުގެ ތެލުގެ އުފެއްދުންތެރިކަމަށް ބުރޫއަރާފާނެކަމުގެ ބިރު އޮތްނަމަވެސް، މިހާތަނަށް އުފެއްދުންތެރިކަމާއި އެކްސްޕޯޓް ކުރުމުގެ ޤާބިލުކަމަށް އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ. މި ހަމަލާތަކާ ގުޅިގެން ތެލުގެ އަގ...

އިބްރާހިމް އަސްވާޤް