މާލެ ތެރޭގައި ނުރައްކާތެރި ކުށްތަކެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ހެންވޭރުގައި ހުންނަ ގެއަކުން ތޫނު ހަތިޔާރު ފެނިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ، މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނު...
ޔުމްނާ ޢަލީ
ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ފޯމިއުލާ ރަށުގެ ބޮޑުމިނަށް ރިޢާޔަތްކުރާ ގޮތަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވ...
ޔުމްނާ ޢަލީ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) ތަކުގެ ބަޖެޓު ދެގުނަ ބޮޑުކޮށް، ރޯދަ އިނާޔަތް ކައުންސިލް ބަޖެޓުން ދިނުމަށް އެ ބަދަލުތައް ގެނައުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ޢިއުލާންކުރައްވައިފިއެވެ. ރައީސް މިރޭ އެ މަނިކުފާނުގެ މީސްމީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، ދެ ބަދަލެއް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތުން ފުރަތަމަ ބަދަލަކީ، އަންހެ...
ޔުމްނާ ޢަލީ
މީހުންގެ އިއްޒަތު ނަފްސަށް އަރައިގަނެ އަބުރު ނަގައިލަމުން މިއަދު ދަނީ ހުދޫދެއްނެތި ކަމަށާއި، މިކަން ނުހުއްޓުވިއްޖެނަމަ މުޖުތަމަޢު ހަލާކުވެދާނެކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، މެންދުރު ޓީވީން ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން “ބޮޑުސައްލާ” ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ލަތީފް ވިދާޅުވީ، މީޑިއާ ބިލުގައި (މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖ...
ޔުމްނާ ޢަލީ
ސިނަމާލެ ބްރިޖް ހައިވޭގައި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވަމުން ދިޔަ ޕިކަޕެއް މިއަދު ފުރޮޅާލައި، އެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު މެންދުރު 12:40 ހާއިރު ހިނގި މި ހާދިސާގައި ޕިކަޕު ފުރޮޅާލާފައިވަނީ އެ އުޅަނދުގެ ފުރޮޅު ފަޅައިގެން ގޮސް ޑިވައިޑާގައި ޖެހުމުގެ ސަބަބުން ކަމަށެވެ. “އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވޭ. އެކަމަކު ޕިކަޕަށް ވަރަށް […]
އަލީ އާދިލް
މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ، ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ ގެއްލިގެން އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ޝަހުމުﷲ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށް އޭނާގެ އާއިލާ އިން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 3 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ޝަހުމުﷲ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. ޝަހުމުﷲ...
ޔުމްނާ ޢަލީ
އެންމެ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި، އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރު ގަވިން ނިއުސަމްގެ މަޤްބޫލުކަން، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވުރެ މަތިވެފައިވާކަމަށް ނިއުސްވީކްގެ ރިޕޯޓެއްގައި ބުނެފިއެވެ. ދެ ސާވޭ އަކާއި ހަވާލާދީ ނިއުސްވީކުން ރިޕޯޓްކޮށްފައިވާގޮތުން، އެ ދެ ސާވޭ ދައްކާގޮތުގައި ކެލިފޯނިއާގެ ގަވަރުނަރު ނިއުސަމްގެ މަޤްބޫލުކަން ޓްރަމްޕަށްވުރެ 5 އިންސައްތަ އުޅެނީ މަތީގައެވެ. ނިއުސަމް އަށް ލިބުނު މި ކުރިއެރުމަކީ ފަހަކަށް އައިސް އޭނާގެ ސިޔާސީ ޕްރޮފައިލް މަތިވުންކަމަށް ރިޕޯޓްގައި ފާހަގަކޮށ...
ނާޒިމާ އަލީ
ނޭޕާލުގެ ސަރުކާރުން އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުތަކަށް އަންގައިގެން ފޭސްބުކާއި، އިންސްޓަގްރާމާއި، ޔޫޓިއުބާއި، އެކްސް ފަދަ މައިގަނޑު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކްކުރަން އަންގައިފިއެވެ. މިގޮތުން ޖުމްލަ 26 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބްލޮކްކުރުމަށް ނޭޕާލްގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ނޭޕާލް ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީއަށް ވަނީ އަންގައިފަ އެވެ. މި ފިޔަވަޅު އަޅައިފައިވަނީ “ޑައިރެކްޓިވްސް ފޮރ މެނޭޖިންގ ދަ ޔޫސް އޮފް ސޯޝަލް ނެޓްވަރކްސް، 2023” ގެ ދަށުން ރަޖި...
އަލީ އާދިލް
ފްރާންސްގެ ލިމޯޖް ސިޓީގައި ހުންނަ އެޑްރިއަން ޑުބޫޝް ނެޝަނަލް މިއުޒިއަމުން ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (9.5 މިލިއަން ޔޫރޯ) އަގުކުރެވޭ، ޤައުމީ ތަރިކައިގެ ގޮތުގައި ކަނޑައަޅާފައިވާ ތިން ފަށުވި އެތި، ބުރާސްފަތި ދުވަހުގެ ފަތިހު ވަގަށް ނަގައިފިއެވެ. މިކަން މިއުޒިއަމުން ވަނީ ހާމަކޮށްފައިވާއިރު، މި މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ދިން، ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން އޭއެފްޕީއަށް ބުނެފައިވާ ގޮތުގައި، މިވައްކަން ހިންގާފައިވަނީ ފަތިހު 3:15 ހާއިރުއެވެ. ވަގުން ވަނުމަށްޓަކައި މިއުޒިއަމްގެ ކުޑަދޮރ...
ނާޒިމާ އަލީ
ށަވިޔަނި އަތޮޅު ކައުންސިލްގެ މަސައްކަތްތަކަކީ އެހެން ކައުންސިލްތަކަށް ނަމޫނާ ދައްކުވައިދޭފަދަ މަސައްކަތްތަކެއް ކަމަށް، އެ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޝިޔާމްގެ ވާހަކާގައި ވިދާޅުވީ، އަތޮޅާއި ރަށްތަކަށް ވަރަށް ގިނަ ކަންތައް ކުރެވި، އެކުވެރިކަމާއި އެއްބައިވަންތަކަން ހިފެހެއްޓިފައިވާ ކަމަ...
ޔުމްނާ ޢަލީ
އެމެރިކާގެ މަޝްހޫރު ހާވާޑް ޔުނިވަރސިޓީއަށް ދޭންޖެހޭ 2 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފެޑެރަލް ރިސާރޗް ގްރާންޓްތައް ހިފެހެއްޓުމަށް ޓްރަމްޕްގެ އިދާރާއިން ކުރި މަސައްކަތަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް، އެ ޤައުމުގެ ފެޑެރަލް ފަނޑިޔާރު އެލިސަން ބަރޯސް، ބުދަ ދުވަހު ނިންމަވައިފިއެވެ. މި ނިންމުމަކީ ފެޑެރަލް ސަރުކާރާއި ހާވާޑާ ދެމެދު ހިނގަމުންދިޔަ ދިގު ހަނގުރާމައެއްގައި ޔުނިވަރސިޓީއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ފަރާތުން އައްޔަންކޮށްފައިވާ އެމެރިކާގެ ޑިސްޓް...
ނާޒިމާ އަލީ
ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެއްކަމަށާއި މިކަން ޤުރުއާނާއި ސުންނަތުން ސާބިތުވާކަމަށް ޚުޠުބާގައި ބަޔާންކޮށްފިއެވެ. ޚުޠުބާގައި ފާހަގަކުރި ގޮތުގައި ކީރިތި ރަސޫލާ ﷺ ރަސޫލުކަމާއިގެން ވަޑައިގަތުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ އަނދިރީގައެވެ. އަނިޔާއާއި އިންސާފު ނެތް މާހައުލެއްގައި، މުޖުތަމައު އޮތީ ތަފާތު ފަންތިތަކަކަށް ބެހިފައެވެ. ރިބާ ކެއުމާއި، ބުދަށް އަޅުކަން ކުރުމާއި، ޣައިބު ދަންނަކަމަށް ދައުވާކުރުން އޮތީ އިންތިހާއަށް ފެތުރިފައިކަން ފާހަގަކުރެވުނެވެ. އަދި ޚުޠު...
އަލީ އާދިލް
ހއ. އުލިގަމު މަގުތަކުގައި އައު މަގުބައްތިޖެހުމާއި، މިހާރު ހުރި މަގު ބައްތި ތަކަށް އަލުން ކޭބަލް އެޅުމާއި ބޭނުންވާ ތަކެތި ފޯރުކޮށްދީ މަގުމަތީ ކޭބަލް އަޅާ ބައްތި ޖަހާ މީޓަރު ފޮށި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އުލިގަމު ކައުންސިލުން އިއުލާނުކޮށްފިއެވެ. އުލިގަމު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ސެޕްޓެމްބަރ 2025 އިން 11 ސެޕްޓެމްބަރ 2025 އަށް ބަންދު ނޫން ކޮންމެ […]
އައިޝަތު އައިނީ އާމިރު
ސްޓެލްކޯ އިން ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ދަރިވަރުންނަށް ސައިޓް ވިޒިޓް އަދި ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ހިންގައިފި އެވެ. މި ޕްރޮގްރާމް ހިންގާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ. ސީއެޗްއެސްއީގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ސްޓެލްކޯގެ މުވައްޒަފުން ވަނީ އެ ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފަ އެވެ. މީގެ އިތުރުން ކުންފުނީގެ މަސ...
އިބްރާހިމް އަސްވާޤް
ހއ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗު ތެރަޕީގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފެށުމާއި ގުޅިގެން ހއ އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ، މި ޚިދުމަތް ފެށުމުން ހއ އަތޮޅުގައި ޚިިދުމަތް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ވާނެކަމަށާއި، މިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގައި މި ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، އިސްނަގައިގެން ސްޕީޗު ތެރަޕިސްޓެއް ހޯދައިދީފައިވަނީ ހއ. ދިއްދޫ ދިއްގާ ފައުންޑޭޝަނުންނެވެ. މި ފައުންޑޭޝަނުން ކޮށްދިނ...
އައިޝަތު އައިނީ އާމިރު
ހަމަސްދުވަހުގެ މުއްދަތަށް ހއ.ކެލާގައި ބާއްވާ ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ކެލާ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގުޅިގެން ކެލާ ރައްޔިތުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ކެލާ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 14:00ގެ ކުރިން ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހައްވ...
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ. ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި މި ސަމިޓްގައި ބައިވެރިވެވަޑައިގެން އެހެންް ޤައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މަންދޫބުންނާއެކު އެސްސީ.އޯ ޕްލަަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައިވެސް ބައިވެރިވ...
ޔުމްނާ ޢަލީ
ރައްޔިތުންގެ އިތުބާރު ލިބިފައި ވަނީ ހަތަރު ނޫހަކަށްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެޖޯރިޓީ ލިޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް މިފަދައިން ވިދާޅުވީ، މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ފަލާހް ވިދާޅުވެފައި ވަނީ، ސުލްޙައަށްލޯބިކޮށް ތެދުޚަބަރާ މަޢުލޫމާތު ހަޤީޤަތާއި އެއްގޮތަށްގެނެސްދޭ ރައްޔިތުންގެ އިތުބާރުލިބިފައިވަނީ 4 ނޫހަކަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ނޫސްތަކ...
ޔުމްނާ ޢަލީ