މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,409 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 392 ވަނަ ޞަފްޙާ

ޗައިނާއިން ވެނެޒުއެލާގައި ފްލޯޓިންގ ތެޔޮ ޕްލެޓްފޯމެއް ގާއިމުކޮށްފި

ޗައިނާއިން ވެނެޒުއެލާގައި ފްލޯޓިންގ ތެޔޮ ޕްލެޓްފޯމެއް ގާއިމުކޮށްފި

ޗައިނާގެ ކޮންކޯޑް ރިސޯސަސް ކޯޕަރޭޝަން (ސީސީއާރްސީ) އިން 1 ބިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ދަށުން ވެނެޒުއެލާގެ ދެވަނައަށް އެންމެ ބޮޑު ތެޔޮ އުފައްދާ ސަރަހައްދު ކަމުގައިވާ މަރަކައިބޯ ކަނޑުގައި ފުރަތަމަ ފަހަރަށް ފްލޯޓިންގ ތެޔޮ ޕްލެޓްފޯމެއް ގާއިމުކޮށްފިއެވެ. އަލޫލާ ނަމަކަށް ކިޔާ މި ޕްލެޓްފޯމަކީ އެއްތަނުން އަނެއްތަނަށް އުފުލޭ އޮފްޝޯ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ޗައިނާގެ ޒޯޝަން ބަނދަރުން ގެނެސް، މަރަކައިބޯ ކަނޑުގެ ބްރިޖުގެ ދަށުން ލަގުނިއްލާސްއަށް ގެންގޮސްފައިވަނީ ޓަގް ބޯޓެއްގެ އެހީގައެވެ. ސީސީއާރްސީއިނ...

އަލީ އާދިލް
ކުޅުދުއްފުށީގައި މަސްބާނާ ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

ކުޅުދުއްފުށީގައި މަސްބާނާ ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

ކުޅުދުއްފުށި ސިޓީގައި މަސްބާނާ ޕްލެޓްފޯރމެއް ޤާއިމްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ ވަރަށް ގިނަ ޒުވާނުންނާއި އާންމުން ބޭނުންވާކަމަށް ވާތީ، މަސްބާނާ ޕްލެޓްފޯރމެއް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން ސިޓީ ކައުންސިލުން ވަނީ 3 ސެޕްޓެމްބަރ 2025 ގައި، މި މަސައްކަތުގެ އިންޖިނިއަރިންގ، އަރކިޓެކްޗަރަލް، ޕްލޭނިންގ އަދި ތިމާވެށީގެ ލަފާ ހޯދުމަށް ޝެރެޓް ސްޓޫޑިއޯ އާއި ހަވާލުކޮށްފައެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޝެރެޓް ސްޓޫޑިއޯއާއި ވަނީ މަސްބާނާ ޕްލެޓ...

އައިޝަތު އައިނީ އާމިރު
އުރުދުން އެހީ ތެރިކަމަށް އެދި ރަސްގެފާނުގެ އަރިހުގައި ޣައްޒާގެ ސިއްހީ ވުޒާރާ އިން އާދޭސް ދަންނަވައިފި

އުރުދުން އެހީ ތެރިކަމަށް އެދި ރަސްގެފާނުގެ އަރިހުގައި ޣައްޒާގެ ސިއްހީ ވުޒާރާ އިން އާދޭސް ދަންނަވައިފި

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމް އެއްކޮށް ފުނޑުފުނޑުވެފައިވާތީ،  ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ އާދީއްތަ ދުވަހު އުރުދުން (ޖޯޑަން)ގެ ރަސްގެފާނު އަބްދުالله ދެވަނަ އަށް އަވަސް އިލްތިމާސެއް ކޮށްފިއެވެ. މި އިލްތިމާސްގައި އެދިފައިވަނީ، ޣައްޒާގައި ޤާއިމުކޮށްފައިވާ އުރުދުންގެ ވަގުތީ ހޮސްޕިޓަލްތައް އަލުން ހިންގައިދޭން ފެށުމަށެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ނެރުނު އާދޭހުގެ ދެންނެވުމުގައި، އިސްރާއީގެ އަނިޔާވެރި ހަނގުރާމައިގެ ސަބަބުން ގާ...

ނާޒިމާ އަލީ
ޤައުމީ ފުޓްބޯޅަ ޓީމަށް ރައީސް ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފި

ޤައުމީ ފުޓްބޯޅަ ޓީމަށް ރައީސް ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފި

ސްރީލަންކާގައި މިހާރު ކުރިއަށްދާ “ސައުތު އޭޝިއަން ސުޕަރ ކަޕް 2025” ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފިއެވެ. ސްރީލަންކާގައި އިއްޔެ ކުޅުނު ސައުތު އޭޝިއަން ސުޕަ ކަޕްގެ މެޗްގައި ލަންކާއާ ދެކޮޅަށް ކުޅެ ރާއްޖެއިން ވަނީ 3-0 އިން ބޮޑު މޮޅެއް ހޯދައި، މޮޅު ކުޅުމެއް ދައްކާފައެވެ. ރައީސް އޮފީހުން މިއަދު ބުނީ ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) […]

ޔުމްނާ ޢަލީ
އިސްރާއީލުގެ ދިފާޢީ ނިޒާމު ފޫއަޅުވާލައި ޔަމަނުގެ ޑްރޯން ހަމަލާއެއް ރާމޯން ވައިގެ ބަނދަރަށް

އިސްރާއީލުގެ ދިފާޢީ ނިޒާމު ފޫއަޅުވާލައި ޔަމަނުގެ ޑްރޯން ހަމަލާއެއް ރާމޯން ވައިގެ ބަނދަރަށް

ޔަމަނުގެ ހޫތީން، ވަން ވޭ އެޓޭކް ޑްރޯނެއް ބޭނުންކޮށްގެން އިސްރާއީލުގެ އައިލާތުގެ އުތުރުގައި އޮންނަ ރަމޮން އެއާޕޯޓަށް ހުކުރު ދުވަހު ހަމަލާއެއްދީފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ޙަމަލާއާ ގުޅޭގޮތުން ޔަމަނުން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. މި ހަމަލާއާއި ގުޅޭގޮތުން އިސްރާއީލުގެ ސިފައިން (އައި.ޑީ.އެފް.) އިން ވަނީ މި ޙަމަލާ ކަށަވަރުކޮށްދީފައެވެ. އަދި ޙަމަލާގެ އަންނަކަން އިސްރާއީލްގެ ދިފާއީ ނިޒާމަށް ދެނެގަނެވިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާއާއި ގުޅިގެން އިސްރާއީލުގެ...

ނާޒިމާ އަލީ
ތިލައުތުރު ރަންތާޖު މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި

ތިލައުތުރު ރަންތާޖު މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ތިލައުތުރު ރަންތާޖު މުބާރާތް މިއަންނަ 2026 ވަނަ އަހަރު ބޭއްވުމަށް ފަސްކޮށްފިއެވެ. އެގޮތުން ހއ. އަތޮޅު ކައުންސިލުން މި ނިންމުން ނިންމާފައިވަނީ، އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 167 ވަނަ އާންމު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ހއ އަތޮޅު ކައުންސިލުން ވަނީ، ތިލައުތުރު ރަންތާޖު މުބާރާތް އެކި ފަހަރު މަތިން ފަސްވެފައިވާތީ ޤައުމީ މުބާރާތުގެ ޤަވާއިދަށް އަންނަ ބަދަލުތަކަށް ރިއާޔާތްކުރުމަށް ފަހު އަންނަ އަހަރު މި މުބާރާތް ބޭއްވުމަށް […]

އައިޝަތު އައިނީ އާމިރު
މިފްކޯގެ ކުރީގެ ސީއީއޯ ޝަމާހު ސްޓެލްކޯގެ އެމްޑީ ކަމަށް

މިފްކޯގެ ކުރީގެ ސީއީއޯ ޝަމާހު ސްޓެލްކޯގެ އެމްޑީ ކަމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކުރުމަށްފަހު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު އެ މަގާމަށް މިއަދު އައްޔަންކޮށްފައިވެއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިކަން އިއުލާންކޮށްފައިވަނީ މިއަދުއެވެ. ފަހުމީ އަކީ ސްޓެލްކޯގައި 25 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޔޫތު އެޑްވޮކަސީ ގައިޑް ވޯކްޝޮޕް ނިންމާލައިފި

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޔޫތު އެޑްވޮކަސީ ގައިޑް ވޯކްޝޮޕް ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ “ޔޫތް އެޑްވޮކަސީ ގައިޑް ވޯރކްޝޮޕް” ނިންމާލައިފިއެވެ. މި ސެޕްޓެމްބަރ މަހު 3 އިން 4 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޔުނިސެފް މޯލްޑިވްސް އާއި ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ޖުމްލަ 15 ބައިވެރިން މި ވޯކްޝޮޕުގައި ބައިވެރިވެފައިވާއިރު، މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވާފައިވަނީ ނޭޕާލްގައި ޔޫތް އެޑްވޮކަސީ ޓްރެއިނިންގ ފުރިހަމަކުރައްވާފައިވާ، ޔޫތް އެޑްވޮކޭޓުން އަދި ޔުނިސ...

އައިޝަތު އައިނީ އާމިރު
މަޝްހޫރު ޕްރެޒެންޓަރ ޝިފްޒާ މިފްކޯގެ މަގާމަކަށް

މަޝްހޫރު ޕްރެޒެންޓަރ ޝިފްޒާ މިފްކޯގެ މަގާމަކަށް

މަޝްހޫރު ޕްރެޒެންޓަރ ޝިފްޒާ މުސްތަފާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީނިއަރ މެނޭޖަރ ޕަބްލިކް ރިލޭޝަންސްގެ މަގާމަށް ހަމަޖައްސައިފިއެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ޝިފްޒާ އެ މަގާމަށް ހަމަޖައްސާފައިވާކަމަށް ބުނެފައެވެ. އަދި ޝިފްޒާ އަށް މަރުޙަބާ ކިޔާފަވެއެވެ. ޝިފްޒާ އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ ސަންގު ޓީވީގައެވެ. ޝިފްޒާ ވަނީ މިއަހަރު ޖެނުއަރީ މަހު ހުސްވި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ދެ މެމްބަރުން...

ޔުމްނާ ޢަލީ
ނައިވާދޫ ބަނދަރު މަރާމާތުގެ މަސައްކަތުގެ 39 އިންސައްތަ ނިމިއްޖެ

ނައިވާދޫ ބަނދަރު މަރާމާތުގެ މަސައްކަތުގެ 39 އިންސައްތަ ނިމިއްޖެ

ހދ. ނައިވާދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ 39 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފިއެވެ. މި ވަގުތު ބަނދަރުގެ ސަރަހައްދުގައި ބަނދަރު ތޮށިލުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި ހަދަމުންދާ މި ބަނދަރުގެ މަސައްކަތުގެ ތެރޭގައި 72،257.88 ކިއުބިކް މީޓަރުގެ ފުންކުރުމާއި، ކޮނުމުގެ މަސައްކަތް ހިމެނެއެވެ. މ...

އަލީ އާދިލް
ބައްސާމްގެ ޝަރީޢަތުގެ ފަހު އަޑުއެހުން މިމަހު ބާއްވަނީ

ބައްސާމްގެ ޝަރީޢަތުގެ ފަހު އަޑުއެހުން މިމަހު ބާއްވަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާތަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ކުރާ ދެ ދައުވާގެ ޝަރީއަތުގެ އެންމެފަހު އަޑުއެހުން މިމަހު ބާއްވަން ހަމަޖައްސައިފިއެވެ. ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 10,000 ޑޮލަރު 2018 ވަނަ އަހަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް, އަމިއްލަ ކަންކަމަށް ބޭނުންކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމ...

ހުސައިން ހަބީބް
މިރޭ ފުރިހަމަ ކޭތައެއް 1 ގަޑިއިރާއި 22 މިނިޓް ވަންދެން ފެންނާނެ

މިރޭ ފުރިހަމަ ކޭތައެއް 1 ގަޑިއިރާއި 22 މިނިޓް ވަންދެން ފެންނާނެ

މިރޭ ހިފާ ހަނދުކޭތަ 1 ގަޑިއިރާއި 22 މިނިޓް ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނަން ހުންނާނެކަން މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ހާމަކުރި މައުލޫމާތުން އެނގިއްޖެއެވެ. މެޓް އޮފީހުން ބުނިގޮތުގައި މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:28 ގައެވެ. ނަމަވެސް ލޮލަށް ފެންނަން ފަށާނީ 9:30 ގައި ކަމަށް މެޓުން ބުންޏެވެ. ”ފުރިހަމަ ކޭތައެއް ގޮތުގައި ފެންނާނީ 10:30 އިން ފެށިގެން 11:52 އާ ހަމައަށް” […]

ޔުމްނާ ޢަލީ
ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ގެންގޮސް، ބަރަހަނާކޮށް ފޭރުނު ދެމީހަކު ހައްޔަރު

ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ގެންގޮސް، ބަރަހަނާކޮށް ފޭރުނު ދެމީހަކު ހައްޔަރު

މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ދެމީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ލ. ގަން / ތުނޑި. އަރާއިރު، ޢަލީ ހައިސަލް (37އ) އެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައަކީ، ފޭސްބުކް މެސެންޖަރ މެދުވެރިކޮށް މީހަކާ ވާހަކަދައްކައި، އެ މީހާގެ ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1 އަށް ގެންގޮސް، […]

އަލީ އާދިލް
ސީއެސްސީ އަށް ތިން މެމްބަރަކު ޢައްޔަނުކޮށްފި

ސީއެސްސީ އަށް ތިން މެމްބަރަކު ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އަށް ތިން މެމްބަރަކު މިއަދު ޢިއްޔަނުކުރަށްވައިފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސް މިއަދު ސީއެސްސީ އަށް ޢައްޔަނުކުރެއްވި މެމްބަރުން ތެރެއިން އެއްބޭފުޅަކީ މިހާރު ވެސް އެ ކޮމިޝަންގެ ރައީސްގެ ގޮތުގައި ހުންނެވި، މ. ފަލްކަންގެ، މުޙައްމަދު ނާޞިޙް އެވެ. ނާސިޙް އަލުން ކޮމިޝަންގެ މެމްބަރަކުކަމަށް ޢައްޔަނުކުރެއްވީ އޭނާގެ ފުރަތަމަ ދައުރު ހަމަވުމުން، އައު ދައުރަކަށެވެ. ރައީސް ސީއެސ...

ޔުމްނާ ޢަލީ
ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ރެހެންދި ސްކޫލްގައި

ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ރެހެންދި ސްކޫލްގައި

ހުޅުމާލެ 1ގައި ހުންނަ ރެހެންދި ސްކޫލްގައި ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ހެނދުނު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ ލިބުނު މައުލޫމަތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ރެހެންދި ސްކޫލްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ”ފުލުހުންނަށް ލިބުނު މައުލޫމަތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ރެހެންދި ސްކޫލްގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން” ފުލުހުންގެ މެސެޖުގައި ބުނެފަވެއެވެ. މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް ފުލު...

ޔުމްނާ ޢަލީ
"ކަނބުލޮ" ބަލާފައި ނުކުމެ މާރާމާރީ ހިންގައިފި

"ކަނބުލޮ" ބަލާފައި ނުކުމެ މާރާމާރީ ހިންގައިފި

އައްޑޫ ސިޓީގައި “ކަނބުލޮ” ފިލްމު ބަލާފައި ނުކުތް ދެ އަންހެނެއްގެ ދެމެދު މާރާމާރީ އެއް ހިނގައިފިއެވެ. މި މާރާމާރީގެ މަންޒަރު ފެންނަ ވީޑިއޯ އިން ފެންނަ ގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ ޒުވާން ދެ އަންހެންކުދިންގެ ދެމެދުގައެވެ. މި މާރާމާރީ ހިންގަން ފެށުމުން އެ ދެ މީހުން ދުރުކުރީ އެތަނުގައި ތިބި އެހެން މީހުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެމްބިއުލާންސް ގެނެސް މީހަކު އެމްބިއުލާންސަށް އަރުވާތީ ވެސް ފެނެއެވެ. އެ ވީޑިއޯގެ ޕޯސްޓް ކުރި […]

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (6)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (6)

ކުރީގެ އަދަދާއި ގުޅޭ: މިހާރު އަހަންނަކީ އޭނާއަށް ބަލާއަކަށް ވީއޭ ހިތަށް އެރުމާއެކު އެތެރޭގައި ހިފެހެއްޓިފައި ހުރި ނޭވާ، ދޫވެއްޖެއެވެ. އަވަސް އަވަހަށް އަހަރެން  ހުރި ތަނަށް  ތިރިވީމެވެ. ޒިޔާދުގެ ބަސްތަކުން އަހަރެން ވަރަށް ހިތުގައި ޖެހުނެވެ. އަހަރެން ދައްކާ ވާހަކަ އޭނާއަށް އަޑު އިވެނީ ދިމާ އިދިކޮޅަށް ހެއްޔެވެ؟ އޭނާއަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟ އަނެއްކާ އަހަންނަށް ބުނެވޭ ގޮތް ކަމުނުދަނީ ހެއްޔެވެ؟ ޝަކުވާތަކުން އަހަރެންގެ ބޮލަށް އުނދަގޫ ވާން ފެށިއެވެ. ހިތަށް ތަސައްލީއެއް ލިބޭތޯ ބަލަން، […]

ސަލާމާ ޢަބްދުލް ޢަލީމް
ދި-ފައުންޑޭޝަނުން ދިއްދޫގައި ދާއިމީ ގޮތެއްގައި 4 ތެރަޕީއެއްގެ ހިދުމަތްދޭން ފަށަނީ

ދި-ފައުންޑޭޝަނުން ދިއްދޫގައި ދާއިމީ ގޮތެއްގައި 4 ތެރަޕީއެއްގެ ހިދުމަތްދޭން ފަށަނީ

ދި-ފައުންޑޭޝަނުން ހއ.ދިއްދޫގައި ދާއިމީ ގޮތެއްގައި 4 ތެރަޕީއެއްގެ ހިދުމަތް ފެށުމަށުމަށް ވާންޖެހޭ ރައްޔާރީތައް ފަށައިފިއެވެ. ހއ.އަތޮޅާއި ދިއްދޫގައި ތެރަޕީގެ ހިދުމަތް ބޭނުންވާ ފަރާތްތައް ތިބި އަދަދު ދެނެގަތުމަށްޓަކައި ދި-ފައުންޑޭޝަނާއި ބްލޫސްޕަން ކެއާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުން ހަވަނަ ދުވަހުގެ ނިޔަލަށް ވަނީ، ތެރަޕީ ދިނުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. އެ ކޭމްޕްގައި ހަތަރު ތެރަޕީއެއްގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އެ ތެރަޕީތަކުގެ ތެރޭގައި ހިމެނެނީ ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރ...

އިބްރާހިމް ޚަލީލް