ދުބާއީ އެއަރޝޯގައި އިންޑިއާ ސިފައިންގެ ޖެޓެއް ވެއްޓި ޕައިލެޓު މަރުވެއްޖެ
ދުބާއީގައި މިހާރު ކުރިއަށްދާ ދުބާއީ އެއަރޝޯގައި އިންޑިއާގެ ވައިގެ ސިފައިންގެ ފައިޓަރ ޖެޓެއް ކަމަށްވާ ‘ތޭޖަސް’ މަތިންދާބޯޓެއް އޭރިއަލް ޑެމޮންސްޓްރޭޝަނެއް ދައްކަމުން ދަނިކޮށް ވެއްޓި، އެ ބޯޓު ދުއްވި ޕައިލެޓު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު ހަވީރު 2:00 ކަންހާއިރެވެ. އޮންލައިންކޮށް ފުޅާ ދާއިރާއެއްގައި ދައުރުވި ވީޑިއޯ ފުޓޭޖުތަކުން ދައްކާ ގޮތުގައި، ‘ތޭޖަސް’ މަތިންދާބޯޓު ބިމަށް ވެއްޓުމާއެކު ބޮޑު ގޮވުމެއް ގޮވައި، ގަދަ ދުންގަނޑެއް ވަނީ އުޑަށް އަރާފައެވެ. ދުބާއީ މީޑިއާ އޮފީހުން ވަނީ [...