ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދަ ދެނީ
ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖެއްސުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނިންމައިފިއެވެ. މި ނިންމުމާއެކު އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ ނުވަތަ ލިޔެދޭ އައިނުތަކަށް އާސަންދައިގެ އެހީ ލިބިގެންދާނެއެވެ. މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ނިންމެވި ނިނ...