ޒަކާތުގެ ޤާނޫނު ޢަމަލުކުރަން ފެށުމާއެކު ޒަކާތު ހައުސް ތާރީހުގެ ތެރެއަށް
މިއަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ މުހިންމު ދުވަހެކެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޚާއްޞަ ޤާނޫނެއް ވުޖޫދުކޮށް، އެއަށް ޢަމަލުކުރާން ފެށުމަކީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ނިޒާމަށް އަންނާނެ ބޮޑު ބަދަލެކެވެ. 3 ޑިސެމްބަރު 2025 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލަކީ، ޒަމާނީ އޮނިގަނޑެއްގެ ތެރެއިން ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު އެންމެ ވަރުގަދަ ފިޔަވަޅެވެ. ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ފެށުން ރައީސް މުޢިއްޒުގެ ވެ...