12 މަހަށްވުރެ ގިނަ ދުވަހު ދިރިހުރުން ނާދިރުކަމަށް ޚާއްޞަ ޑޮކްޓަރަކު ކަނޑައަޅާ ބަލިމީހުންނަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު (ހަސަނާ) އެވެ. މެމްބަރު ހަސަނާގެ އިސްލާޙްގައިވާގޮތުން މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިއަކު ޓަރމިނަލް އިލްނަސް ހާލަތެއްގައި އޭނާގެ ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކޮ...
ޝިއުނާ އާދަމް
ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް ގުޅިއްޖެއެވެ. ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރ. ޑރ. އަލީނާ ޢަލީ އެ މަރުކަޒުގެ ޚިދުމަތާއި ގުޅުންކަން ހާމަކޮށް ހަނިމާދޫ ސިއްހީ މަރުކަޒުން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ހުސްވި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ވަނީ ފިޒިޝަނެއް ވެސް ގުޅިފައެވެ. ކުރިން ދެ މެޑިކަލް އޮފިސަރުން ޚިދުމަތްކުރަމުން އައި ހަނިމާދޫ ސިއްހީ މަރުކަޒަށް މި ސަރުކާރުން ވަނީ އަންހެނުންގެ […]
ޔުމްނާ ޢަލީ
ގެދޮރު ގަތުމަށާއި، ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް ވެސް ބޭނުންވާ ޑައުންޕޭމަންޓް ފައިސާދެއްކުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ. ޕެންޝަނާ ބެހޭ ޤާނޫނުގައި މިހާރު އޮންނަގޮތުން ޢިމާރާތްކޮށް ނިންމައި، އަދި ޢާންމުކޮށް ހުޅުވާލައިގެން ވިއްކާ ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓްގެ ފައިސާ،...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޚާއްޞަ ޖަލްސާއެއް ބާއްވަން އަންނަ ހޯމަ (މާދަމާ އަށް) ދުވަހަށް ތާވަލުކޮށްފިއެވެ. މާދަމާ ހެނދުނު 9:00 ގައި ފަށާ މި ޖަލްސާގެ އެޖެންޑާ މިހާރު މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައިވާއިރު، މާދަމާގެ ޖަލްސާގައި ތިން ބިލެއް މަޖިލީހަށް ތަޢާރަފްކޮށް، އެ ބިލުތަކުގެ އިބުތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ނިންމާފައެވެ. އެ ބިލުތަކަކީ، ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއ...
ޔުމްނާ ޢަލީ
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙެވެ. މަޖިލީހުގެ މެޖޯރިޓީ ލިޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް ހުށަހެޅުއްވި މި އިސްލާހުގެ ދަށުން، އާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށޭ ތާރީޚަކީ ކޮންމެ ފަސް އަހަރަކުން އެއ...
ޔުމްނާ ޢަލީ
ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ، މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ރ.ކިނޮޅަހާ ދިމާ ބޭރުންނެވެ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:24 އެހާކަންހާއިރުއެވެ. މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުނ...
ޔުމްނާ ޢަލީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި 9 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިތުރު ދައުވާތަކެއް ސާބިތުވެއްޖެ އެވެ. ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާކުރީ ފީފާއިން އެފްއޭއެމަށް ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) ބޭނުންކޮށްގެން އަމިން އެވެނިއުގެ ޕެންޓްހައުސްއެއް ގަތް ކަމަށް […]
ހުސައިން ހަބީބް
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު ރާއްޖޭގައި މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި މިފަހަރު ވެސް އޮތީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. 2 ޖުލައި 2025 ގައި އީސީން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު ޕީއެންސީގައި 68،665 މެންބަރުން ތިބިއިރު، އީސީން އިއްޔެ އާންމުކުރި މައުލޫމާތު ދައްކާގޮތުން ޕީއެންސީގައި މިވަގުތު 74،048 މެންބަރުން އެބަތިއްބެވެ. އެއީ ހަ މަސް ދުވަހުގެ ތެރޭގައި 5383 މެމްބަރުންގެ އި...
ޔުމްނާ ޢަލީ
2025 ވަނަ އަހަރު ހދ.އަތޮޅުގައި ޖުމްލަ 393 ވަރިކައިވެނިކޮށްދީފައިވާކަން ”ހދ. ޖުޑީޝަލް ދާއިރާގެ ތަފާސްހިސާބު – 2025” އިން ދައްކައިފިއެވެ. މި ތަފާސްހިސާބުން ފެންނަ ގޮތުގައި މިދިޔަ އަހަރު ހދ.އަތޮޅުގެ ކުޅުދުއްފުށީ ސިޓީ ހިމެނޭހެން އަނެއް 12 ރަށުގައި ޖުމްލަ 225 ކައިވެނި އަދި 168 ވަރި ސާބިތުކޮށްފައިވެއެވެ. މި ހިސާބުން ފެންނަގޮތުގައި ހަތަރު ރަށެއްގައި ކައިވެންޏަށްވުރެ ވަރި އިތުރެވެ. އެއީ ނޭކުރެންދޫ، ހިރިމަރަދޫ، މަކުނުދޫ އަދި ކުރިނބީއެވެ. ނޭކުރެންދޫގައި މިދިޔަ އަހަރު 7 ކައިވެނިކޮށްދީފައިވާއިރު 8 […]
ޔުމްނާ ޢަލީ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިންތިޚާބަށް ބޭނުންވާ 7000 އެއްހައި އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މިމަހުގެ 11 ވަނަ ދުވަހު ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެއެވެ. މި ތަމްރީނު ޕްރޮގްރާމަށް ބޭނުންވާ ޓްރެއިނަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވަނީ ސީއެޗްއެސްސީގައި ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ޓްރެއިނަރުން ތަމްރީނު ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ....
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެއްޗާއި ބަނގުރަލުގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ޑިސެމްބަރު 31 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ފަލަސް، ޢަލީ ޔާމީން ޙަސަން (23އ) އާއި ހދ. ކުޅުދުއްފުށި / މަލުތެރޭގެ، އަޙްމަދު މުޙައްމަދު (29އ) އެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ދެ މީހުންނަކީ ވެސް މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ. މީގެ […]
ޔުމްނާ ޢަލީ
އުމުރުން 20 އަހަރުގެ ފަލަސްތީނުގެ ބަތޫލް އަބޫ ޝާވިޝްގެ ބައްޕައާއި، މަންމައާއި، ދެ ބޭަފުޅުންނާއި ދެ އަންހެން ކޮއްކޮ އާއި މުޅި އާއިލާ ހިމެނެނީ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލި 71,250 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންގެ ތެރޭގައެވެ. ބަތޫލް އާ އަހަރާ ކުރިމަތިލަނީ އެންމެ ކަމަކަށް އެދެމުންނެވެ. އެއީ އޭނާގެ އާއިލާއާއެކުވުމެވެ. އޭނާގެ ހިތްފަޅައިގެންދާ ފަދަ މި ބޮޑު ގެއްލުން ކުރިމަތިވީ އަހަރު ނިމެން އެންމެ މަހަކަށް ވެފައި ވަނިކޮށް، ނޮވެމްބަރު 22 ގައެވެ. ހަނގުރާމަ […]
ނާޒިމާ އަލީ
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބަޔަކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނިގޮތުގައި ޑިސެމްބަރު 31 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައިފާސްކުރިއިރު، އެ އުޅަނދުން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވެއެވެ. އެގޮތުން 10...
ޔުމްނާ ޢަލީ
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ގ. މާވަނި، ޙުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ހުށަހެޅީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކަމަށެވެ. ކްރިމިނަލް ކޯޓުން...
ޔުމްނާ ޢަލީ
ހދ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހިންގަން ބޭރުގެ ބަޔަކަށް ދޭން އުޅޭކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ސަރުކާރުން ރަސްމީކޮށް ދޮގުކޮށްފިއެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ސިޔާސަތު ހާމަކުރައްވާފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ ‘ދަ ހިންދޫ’ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓު މެނޭޖު ކުރުމުގައި އިންޑިއާގެ އެހީތެރިކަމަށް ރާއްޖެއިން ވަނީ އެދިފައެވެ. އަދި އެކަމާ ގުޅިގެން ދިރާސާތައް ކުރުމަށް އިންޑިއާގެ އ...
ޔުމްނާ ޢަލީ
އިންސާނާ މި ދުނިޔެއަށް ފޮނުއްވުނީ ވަކި މަޤްޞަދެއްގައެވެ. އެއީ މާތް ﷲ އަށް އަޅުކަންކޮށް، އެކަލާނގެ އެންގެވި މަގުން ހިނގުމަށެވެ. ދުނިޔޭގެ ޙަޔާތަކީ ވަގުތީ އުފަލާއި ތަޖުރިބާތަކެއްގެ މައިދާނެކެވެ. ނަމަވެސް، މިއަދު އަހަރެމެން ކުރިމަތިލާ ކޮންމެ އިމްތިޙާނަކަށް ވުރެ މާ ބޮޑު، މާ ނުރައްކާތެރި އަދި މާ މުހިންމު އިމްތިޙާނެއް ކުރިމަތީގައި އެބައޮތެވެ. އެއީ އާޚިރަތް ދުވަހުގެ ބޮޑު އިމްތިޙާނެވެ. މިއަދު ރާއްޖޭގައި ދެވުނު ހުކުރު ޚުޠުބާއެއްގައި ވެސް މިކަން ވަނީ ވަރަށް ބޮޑަށް ހަނދާންކޮށްދީފައެވެ. ”މާތް […]
ޔުމްނާ ޢަލީ
2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއާއި ބޭރުދުނިޔޭގައި ހިނގައިދިޔަ އެންމެ މުހިންމު ޚަބަރުތަކާއި ހާދިސާތައް އެއް ފޮތަކުން ފެންނާނެހެން ތައްޔާރުކުރި “ނިމުނު 52 ހަފުތާ 2025” ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތް ނެރެދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ. މި ފޮތަކީ އަހަރުގެ ކޮންމެ ހަފުތާއެއްގައި ހިނގައިދިޔަ އެންމެ މުހިންމު ކަންކަން އެއްކޮށްލައިގެން، ޕީއެސްއެމް ނިއުސްގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތް ތައްޔާރުކުރުމުގެ މައިގަ...
ޔުމްނާ ޢަލީ
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން، “މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް” ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. މި އޮފީސް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. މީގެ އިތުރުން، ވިޔަފާރީގެ ދާ...
ޔުމްނާ ޢަލީ