އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޓީޗަރުންނަށް އިރުމަތީ ގުދުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، އެ ސިޓީގެ މަދުވެގެން 25,000 ދަރިވަރުން ކިޔެވުން ހުއްޓާލައި އިހުތިޖާޖުގައި ބައިވެރިވާން ފަށައިފިއެވެ. މި އިހުތިޖާޖަށް ގޮވާލާފައިވަނީ ގުދުސްގައި ހުންނަ ނަސާރާ ތައުލީމީ މުއައްސަސާތަކުގެ ޖެނެރަލް ސެކްރެޓޭރިއަޓުންނެވެ. އަދި ފަހުން އިރުމަތީ ގުދުސްގެ ހުރިހާ އަމިއްލަ ސްކޫލްތަކަކުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ. މި ހަރަކާތް ފެށުނީ ހުޅަނގު އައްސޭރީގެ ޓީޗަރުންނަށް މަސައްކަތް ކުރުމުގެ ހުއްދަ ދޭ ދ...
ނާޒިމާ އަލީ
އިސްލާމީ އުންމަތް ބައިބައިކޮށް ބަލިކަށިކޮށް އިސްލާމީ ގައުމުތަކުގެ މުއްސަނދިކަން ފޭރިގަތުމަކީ ޒަމާނުއްސުރެ އިސްލާމްދީނުގެ އަދުވުއްވުންކަން ކުރަމުން އައިމަގެވެ. މިކަން ހާސިލް ކުޅައުމަށް ހަތިޔާރު އުފުލާ ކޮށްފައިވާ ހަނގުރާމަތަކާއި، ފިކުރީ ހަނގުރާމަތަކާއި، އޭޖެންޓުން މެދުވެރިކޮށް ހިންގާފައިވާ ބަޣާވާތްތައް ތާރީޚްގެ ސަފްޙާތަކުގައި ލިޔެވިފައިވެއެވެ. ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި މުސްލިމުން ނިކަމެތި ކުރަމުން އަންނަ އަދުއްވުންނަށް އެ ދޮރު ހުޅުވިގެންދިޔުމުގައި އަމިއްލަ އެދުމުން ފޯވެފައިތިބި...
އަލީ އާދިލް
އިންޑިއާގެ ލޯކްސަބާގެ ރައީސް ޝްރީ އޯމް ބިރްލާ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުުއްރަހީމް އަބްދުﷲ އާ ބައްދަލުކުރައްވައި، ބަރުލަމާނީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އޯމް ބިރްލާ ވަނީ މިހާރު ކުރިއަށްދާ ކޮންފަރެންސްގައި ދިވެހި ވަފުދުން ބައިވެރިވީތީ އެކަން ފާހަގަކުރައްވައި ތައުރީފު ކުރައްވާފައެވެ. ”ސްޕީކަރ އޮފް ލޮކްސަބާ” ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮ...
ޔުމްނާ ޢަލީ
ށ. މާއުނގޫދޫ ބަނދަރު ސަރަޙައްދުގައި ހުރި ރައްޔިތުންގެ ރުއްތައް ވަރުވާއަށް ދޫކުރުމަށް އެ ރަށު ކައުންސިލް އިދާރާއިން މިއަދު އިޢުލާނުކޮށްފިއެވެ. މާއުނގޫދޫ ކައުންސިލުން ބުނީ، ބަނދަރުގައި ހުރި ރައްޔިތުންގެ 11 ރުއް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ކަމަށެވެ. މި ރުއްތައް ވަރުވާއަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މި ރުއްތައް ވަރުވާއަށް ދޫކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ އަހަރަކަށް 2,000.00 (ދެހާސް) ރުފިޔާ […]
ޝިއުނާ އާދަމް
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން ނޮޅިވަރަމަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަމް، އެލްޕަސޯ، އަޙްމަދު ފަޒީން (35އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ޖަނަވަރީ 12 ވ...
ޝިއުނާ އާދަމް
އީރާނުގައި ކުރިއަށްދާ ވަރުގަދަ މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަރުކަށި އިންޒާރުތަކެއް ދެއްވަމުން ގެންދަވަނިކޮށް، ވޮޝިންޓަނާ އެކު މުއާމަލާތް ކުރުމުގެ މަގުތައް ހުޅުވިފައިވާ ކަމަށް ތެހެރާނުން ހޯމަ ދުވަހު ބުނެފިއެވެ. 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް ފަހު އީރާނުގެ ދީނީ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު މި ގޮންޖެހުމާ ގުޅިގެން، އެމެރިކާއިން ދަނީ ރައްދު ދޭނެ ގޮތްތަކަކާ މެދު ވިސްނަމުންނެވެ. އިގްތިސާދީ އާ ފިޔަވަ...
ނާޒިމާ އަލީ
ހދ. ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބޭއްވި “ޑަބްލިޔު.ޑީ.ސީ އެކްސްޕޯ 2026” ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަހުގެ 10 ވީ ހޮނިހިރު ދުވަހު ކުޅުދުއްފުށީ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައި ކުރިއަށްދިޔަ މި އެކްސްޕޯއަށް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި އެކްސްޕޯގައި ޖުމްލަ 25 ސްޓޯލަކުން ކުޅުދުއްފުށީގައި ހިންގަމުން އަންނަ ތަފާތު އެކިއެކި އަމިއްލަ ވިޔަފާރިތަކާއި މަސައްކަތްތެރ...
އިބްރާހިމް އަސްވާޤް
މަރުވުން، ނިޔާވުން، އަވަހާރަވުން، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުން، ފުރައުއްތަވުން، ސުވަރުގެވަޑައިގަތުން މިއިން ކޮންމެ ލަފުޒަކުން ބުނެދެނީ މަރުވިކަމެވެ. އެ މީހަކު މަރުވެއްޖެކަމެވެ. ތަފާތު ލަފުޒުތައް ބޭނުންކުރަނީ ތަފާތު ދަރަޖަތަކުގެ މީހުންނަށެވެ. ދިވެހި ބަހުގައި ބޭނުންކުރާ ދަރަޖަތަކުގެ ތެރޭގައި އާދައިގެ ގޮތާއި މާތްގޮތާއި އެންމެ މާތްގޮތް އޮވެއެވެ. އަދި ރަސޫލު ބޭކަލުންނަށް ބޭނުން ކުރެވޭ ދަރަޖައަކާއި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަ ލަފުޒުތަކެއް ވެސް ދިވެހިބަހުގައި ހުރެއެވެ. މީގެ އެއް މިސާލަކީ...
ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަލްމަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ނައީމް އަވަހާރަވުމާ ގުޅިގެން ރައީސް ވަނީ އެ އާއިލާއަށާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ރަނިންގ ޓްރެކެއް ޤާއިމުކުރުމުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައެވެ. މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޟްއެވެ. އަދި މަސައްކަތުގެ ކޮންޓްރެކްޓަރ، ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެޗް.އާރް މެނޭޖަރ އާދަމް ފަޙުނުއެވ...
ޔުމްނާ ޢަލީ
2026 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިކަން ރަސްމީކޮށް އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ. މި ދުވަހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ ދުވަހެވެ. ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ބިންގާ އެޅުއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާ ކަމަށްވާ، ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު މުޙައްމަދު ނަޢީމް ޙުސައިން ނިޔާވެއްޖެއެވެ. ނަޢީމަކީ ދިވެހިރާއްޖޭގެ އޭވިއޭޝަން ތާރީޚުގައި ފާހަގަކޮށްލެވޭ ވަރުގަދަ ޝަޚްޞިއްޔަތެއްގެ އިތުރުން، ރާއްޖެ ދުނިޔޭގެ ފަތުރުވެރިކަމުގެ މަރުކަޒަކަށް ބަދަލުވުމަށް މަގުފަހިކޮށްދިން ސަލާމަތީ އަދި އޮޕަރޭޝަނަލް މިންގަނޑުތައް ގާއިމުކުރުމުގައި އިސްނެންގެވި ބޭފުޅެކެވެ. ދިވެހި އޭވިއޭޝަންގެ ފެށުމާއި ފުރަތަމަ ކޮންޓ...
ޔުމްނާ ޢަލީ
ޗައިނާގެ އިންޓެލިޖެންސް އޮފިސަރަކަށް މަނަވަރުތަކުގެ ޓެކްނިކަލް އަދި އޮޕަރޭޓިން މެނުއަލްތަކާއި އޮޕަރޭޓިން ސިސްޓަމްތަކުގެ މައުލޫމާތު ވިއްކިކަން ސާބިތުވި އެމެރިކާގެ ކުރީގެ ނޭވީ ސިފައިންގެ މީހަކު 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހޯމަ ދުވަހު ހުކުމްކޮށްފި ކަމަށް ޕްރޮސެކިއުޓަރުން ބުނެފިއެވެ. ސެން ޑިއޭގޯގެ ފެޑަރަލް ފަނޑިޔާރަކު އުމުރުން 25 އަހަރުގެ ޖިންޗާއޯ ވޭގެ މައްޗަށް ހުކުމްކުރީ 200 މަސްދުވަހުގެ ޖަލު ހުކުމެކެވެ. ޖާސޫސްކުރުން ހިމެނޭހެން ހަ ކުށެއް ވޭގެ މައްޗަށް ސާބިތުވާކަމަށް ފެޑަރަލް ޖޫރީ...
ނާޒިމާ އަލީ
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ވާދަކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހއ. ދިއްދޫގެ ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރުތަކަށް ބަޔަކު އާދީއްތަ ދުވަހު ރޭ ގެއްލުން ދީފިއެވެ. ދިއްދޫ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރަށް ގެއްލުންދީފައި ވަނީ ޕޯސްޓަރުން ދެ ކެންޑިޑޭޓެއްގެ ފޮޓޯ ކަފާލައިގެންނެވެ. ކަފާލާފައި ވަނީ ދިއްދޫ ކައުންސިލްގެ އަންހެން ގޮނޑިއަށް ވާދަކުރާ އެ...
ޝިއުނާ އާދަމް
އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ގަދީމީ ޒަމާނުގެ ފިރުޢައުނެއްގެ ގޮތުގައި ސިފަކޮށްދޭ ކުރެހުމެއް އާންމުކުރައްވައި، މާޒީގައި އުޅުނު އަނިޔާވެރި ވެރިންނަށް ކުރިމަތިވި ފަދަ ނިމުމަކާ އޭނާވެސް ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ. ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ކުރެހުން އާންމުކުރައްވާފައިވަނީ ހޯމަ ދުވަހު ޚާމަނާއީގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައެވެ. އެމެރިކާގެ ސޯޝަލް މީޑިއާ ކުންފުނި ‘އެކްސް’ ގައި ހިއް...
ނާޒިމާ އަލީ
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބާ ދިމާކޮށް، ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގާނަމަ އެކަން ރިޕޯޓްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ. އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިޚާބުތަކުގައި ރިޝްވަތު ދިނުމާއި ހިފުމަކީ ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލި، މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރު...
ޔުމްނާ ޢަލީ
މެދުއިރުމަތީގެ ސިޔާސީ މަސްރަހު މިހާރު އޮތް ނުތަނަވަސް ހާލަތަށް ބަލާއިރު، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ދުނިޔޭގެ ސަމާލުކަން ކުޑަކުރުމަށްޓަކައި އެކި އުކުޅުތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ އީރާނުގެ ދާޚިލީ މަސްރަހުގެ ބޭނުން ހިފައިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ލޯތައް އެހެން ދިމާއަކަށް އަނބުރާލުމަށް ކުރާ މަސައްކަތެވެ. ކޮލަމްބިއާ ޔުނިވަރސިޓީގެ ޕްރޮފެސަރ ހާމިދު ދަބާޝީ ފަދަ އިލްމީ ބޭފުޅުން ވަނީ މިކަމާ ގުޅޭގޮ...
ނާޒިމާ އަލީ
މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީ ލޯންޑަރިން ހުއްޓުވުމަށް ފުލުހުން ހިންގާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން ޖެނުއަރީ 11 ވަނަ ދުވަހު ގއ. އަތޮޅާއި މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ކަމަށް ފުލުހުން ބުނެފިއެވެ. މި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 28 އަހަރާއި 35 އަހަރާ ދެމެދުގެ...
ޔުމްނާ ޢަލީ