ތިނަދޫ ސިޓީ ކައުންސިލަށް ހެޔޮ ބަދަލެއް ބޭނުންވޭ: އަޖީބު
ތިނަދޫ ސިޓީ ކައުންސިލަށް ހެޔޮ ބަދަލެއް ގެންނަން ޖެހޭ ކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބް ވިދާޅުވެއްޖެ އެވެ. ތިނަދޫ ސިޓީގެ މާލޭ ސަރަހައްދުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޖީބް ވިދާޅުވީ މާޒީއަށް ވިސްނުމަށް ފަހު ތިނަދޫ ސިޓީއަށް ގެންނަންޖެހޭނީ ހެޔޮ ބަދަލެއް ކަމަށެވެ. “އެ ބަދަލު ވެގެންނުވާނެ މާޒީ އިޔާދަވެގެންދާނެ ބަދަލަކަށް. ތަފާތު ބަދަލަކަށް ވާންޖެހޭނެ. މީގެކުރިން ތިނަދޫގައި ތަކުރާރުވަމުން އައި...