މިއީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް، ޖަވާބުދާރީ ކުރުވާނީ ގާނޫނު އަސާސީގައި ބުނާގޮތަށް: މުހައްމަދު
ރާއްޖޭގައި ވެރިކަން ކުރަމުންދަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ކަމަށާއި ގާނޫނު އަސާސީގެ ތަރަހައިގެ ބޭރުން އެއްވެސް ބަޔަކަށް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ނޯންނާނެކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދޭންވީ ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން މެމްބަރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވާ ކެންޑިޑޭޓުންނަކީ ސަރުކާރު ޖަވާބ...