ޤާސިމްގެ ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވައިފި
ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމްގެ ބައްޕާފުޅުގެ ހަނދާނުގައި ޤާސިމްގެ ރަށް އދ. މާމިގިލީގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ. މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ޤާސިމް ބައްޕާފުޅުގެ ނަމަށް ނިސްބަތްކުރަށްވާ ‘’މަސްޖިދު އިބްރާހީމް’’ގެ ނަމުގައި ބިނާކުރެއްވި މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. މ...