މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (03:15 އިން 08:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,339 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2143 ވަނަ ޞަފްޙާ

ޖަލާލުއްދީން ސްކޫލް އިނާމްދިނުމުގެ ޖަލްސާ ބާއްވައިފި

ހދ. ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލް ހޯލުގައި އޮތް މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދެވެ. މި ޖަލްސާގައި މިދިޔަ އަހަރު އެ ސްކޫލުގެ މަތީ ސަނާވީ ގްރޭޑްތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ މުހައްމަދު އަހުމަދު އެވެ. އޭނާ ވަނީ މަތީ ސާނަވީ އިމްތިހާނުގެ ގައުމީ ގަދަ ދިހައެއްގެ 8 ވަނާގައިވެސް ހިމެނިފަ […]

އަފްރާހް އަބްދުލް ރަޝީދު

އޯ ލެވެލް އިމްތިހާން ފަށައިފި

މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފި އެވެ. މި އަހަރު ރާއްޖޭގެ 194 ސްކޫލަކުން 7000 އަށްވުރެ ގިނަ ދަރިވަރުން ވަނީ އިމްތިހާނުގައި ބައިވެރިވެފައެވެ. މީގެ އިތުރުން އަމިއްލަ ސެންޓަރުތަކުން ވެސް ވަނީ އިމްތިހާނުގައި ބައިވެރިވެފައި ވެ އެވެ. ނޮވެމްބަރު 12ގެ ނިޔަލަށް ކުރިއަށް ދާ މި އިމްތިހާނުގައި މިއަދު އޮތީ އިސްލާމް ޓެސްޓެވެ.އޯލެވެލް އިމްތިހާނު މިއަދު ފެށިއިރު އަންނަ މަހުގެ ހަ ވަނަ ދުވަހު އޭލެވެލް އިމްތިހާނު ވެސް ފަށާނެ އެވެ. […]

އަފްރާހް އަބްދުލް ރަޝީދު
އެއްޗެއް ނުހެރޭ ކަމަށް ބުނެ ކުޅުދުއްފުށި ހޮސްޕިޓަލުން ފޮނުވާލި ޒުވާނާގެ އަތުން ނެގީ އިލޮށިކޮޅެއް!

އެއްޗެއް ނުހެރޭ ކަމަށް ބުނެ ކުޅުދުއްފުށި ހޮސްޕިޓަލުން ފޮނުވާލި ޒުވާނާގެ އަތުން ނެގީ އިލޮށިކޮޅެއް!

ހދ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ އަދި ށ ގެ ރަށްތަކުން ކޮންމެ ދުވަހަކު އެތައް ސަތޭކަ ރައްޔިތުންގެ ހިދުމަތް ހޯދާ ތަނެކެވެ. މާލެ ފިޔަފައި އެންމެ ގިނަ ރައްޔިތުންގެ ޚިދުމަތް ހޯދާ ހޮސްޕިޓަލެވެ. ކަން މިހެން އޮތްއިރު އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދައްކަމުގެ ވާހަކައާއި ދޯދިޔާކަމުގެ ވާހަކަ ދައްކާ ދައްކާ ކޮޅަކު ނުޖެހުނެވެ. ކުޅުދުއްފުށި ހޮސްޕިޓަލުގެ ފެންވަރު ދައްކަމުގެ ވާހަކަ ދައްކަން ފެށީ އިއްޔެއަކު ނޫނެވެ. […]

އަފްރާހް އަބްދުލް ރަޝީދު
11 ސްކޯލަޝިޕް އާއި 100 އަށްވުރެ ގިނަ އިންޓާންޝިޕް - ޓޫރިޒަމް ޖޮބްފެއާއިން

11 ސްކޯލަޝިޕް އާއި 100 އަށްވުރެ ގިނަ އިންޓާންޝިޕް - ޓޫރިޒަމް ޖޮބްފެއާއިން

ޓޫރިޒަމް ދާއިރާގެ ޖޮބްފެއާ ފަރުކޮޅު ފުށީގައި އިއްޔެ ފެށިއިރު ސްކޯލަޝިޕްގެ 11 ފުރުސަތާއި 100 އަށްވުރެ ގިނަ އިންޓާންޝިޕް ފުރުސަތު އޮންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. އިއްޔެ ފަރުކޮޅުފުށީގައި ފެށި މި ޖޮބްފެއާ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާއިރު ސްކޯލާޝިޕްތަކާއި އިންޓާންޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޓޫރިޒަމް ދާއިރާގެ 67 ރިސޯޓް ބައިވެރިކޮށްގެން ފެށި މި ފެއަރގައި ފެއާގައި ދިވެހިންނަށް ހާއްސަކޮށްގެން 500 އަށްވުރެ ގިން ވަޒީފާ ވަނީ ހުޅުވ...

އިބްރާހިމް އަސްވާޤް
އަންނަމަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިޢުލާން ކުރަނީ

އަންނަމަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިޢުލާން ކުރަނީ

އަންނަ މަހުގެ 3 ވަނަ ދުވަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިއުލާން ކުރަނާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މިހެން ވިދާޅުވީ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ޖޮބް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، އަންނަ އަންގާރަ ދުވަހުގެރޭ ބާއްވާ ފަތުރުވެރިކަމުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް ޢިއުލާންކުރައްވާ...

ޔުމްނާ ޢަލީ
ޢާއިލީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭ ސިމްޕޯޒިއަމް ފަށައިފި

ޢާއިލީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭ ސިމްޕޯޒިއަމް ފަށައިފި

ޢާއިލީ ޢަދުލުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލުހޯދުމަށް ޓަކައި “ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް”ގެ ނަމުގައި ސިމްޕޯޒިއަމެއް މިއަދު ފަށައިފިއެވެ. ޖުޑީޝަލް އެކެޑަމީ އާއި ޔުނިސެފް މޯލްޑިވްސްއާއި ފެމިލީ ކޯޓާއި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން، ބަނޑޮސް މޯލްޑިވްސްގައި މި މަހުގެ 27 އިން 30 އަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމް އިފްތިތާޙްކޮށް ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީއެވެ. 3 […]

އިބްރާހިމް އަސްވާޤް
ފަތުރުވެރިކަމުގެ ދުވަސް: "ރިސޯޓް ބޯއީ" ގެ އުދާސްތައް!

ފަތުރުވެރިކަމުގެ ދުވަސް: "ރިސޯޓް ބޯއީ" ގެ އުދާސްތައް!

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހު ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްޤުތައް ކޮބައިތޯ ސުވާލުކޮށްލުމަކީ ނެއްކަމެއް ނޫނެވެ. ފާއިތުވި އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޓުއަރިޒަމް ދާއިރާއިން އަދި ސަރވިސް ޓެކްސް ގެ ގޮތުގަ 4182.8 މިލިއަން ރުފިޔާ ގައުމުގެ ރައުސުލްމާލަށް ވަނީ ލިބިފައެވެ. މާނަ އަކީ ރާއްޖެ އަށް އެންމެ ގިނަ ބޭރުފައިސާ ވައްދަނީ ޓޫރިޒަމް ދާއިރާގެ ތެރެއިންލާފަކަމެވެ. އަހަރެމެން ރިސޯޓް މުވައްޒަފުންނަކީ މުޅި މި ގައުމުގައި ތަންބު ތަކެއްގެ ގޮތުގައި ގައުމުގެ ޖީޑީޕީ ހިފަހައްޓައިގެނ...

ހުސައިން ހަބީބް

ދީނަށް ފުރައްސާރަކުރާ ޕޭޖެއް ފެނިއްޖެނަމަ ކަންތައް ކުރާނީ ކިހިނެތް؟

ދީނަށް ފުރައްސާރަކުރާ ޕޭޖެއް ފެނިއްޖެނަމަ ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ. މިއީ މިދުވަސއވަރު ކޮންމެ ހެން އިނގެން ޖެހޭކަމެކެވެ. މަދުބަޔަކު ކުރާ ލާދީނީ ކަންކަމާއި ނާތަހުޒީބް އަމަލުހިންގާ ފަރާތް ތަކުން އެހިންގާ ކަންކަން މިއަދު އަހަރުމެން އެންމެން އެއްބައިވެއްޖެ ނަމަ އެކަންކަން ހުއްޓުވާލުމުގެ ފުރުޞަތު އެބައޮތެވެ. ތިރީގައި މިވަނީ ދީނަށް ފުރައްސާރަކުރާ ޕޭޖެއް ފެނިއްޖެނަމަ ކަންތައް ކުރާނެގޮތުގެ ވީޑިއޯއެކެވެ.

އިބްރާހިމް އަސްވާޤް
އެކްސްޕޯޓް ކުރާ ދެ ބާވަތެއްގެ ހުއިފިލަނޑާ ނެތިހިނގައިދާނޭ ބާވަތްތަކުގެ ގޮތުގައި ހިމަނައިފި

އެކްސްޕޯޓް ކުރާ ދެ ބާވަތެއްގެ ހުއިފިލަނޑާ ނެތިހިނގައިދާނޭ ބާވަތްތަކުގެ ގޮތުގައި ހިމަނައިފި

ނެތިހިނގައިދާނޭ ކަމުގެ ބިރުއޮތް ދިރުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލު ކުރުމުގެ މުއާހަދާ ނުވަތަ ” ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޯރާ ” (ސައިޓީސް) ގެ 18 ވަނަ ކޮންފަރަންސް އޮން ޕާރޓީސް (ކޮޕް18) ގައި ރާއްޖެއިން އާންމުގޮތެއްގައި އެކްސްޕޯރޓްކުރާ ހުއިފިލަނޑާގެ ދެބާވަތެއް ކަމުގައިވާ ފަޅުބަޓާއި ކަނޑުބަޓު ހިމެނޭ ގޮތަށް 3 ބާވަތެއްގެ ހުއިފިލަނޑާ ސައިޓީސް ކޮންވެންޝަންގެ އެޕެންޑިސް 2 ގައި ލިސްޓް ކުރަން ނިންމައިފިއެވެ. މިނިންމުން […...

ޔުމްނާ ޢަލީ
ކުޑަ ކުޑަ ކުއްޖާގެ ބޯޑުން ބުނެދެނީ ބޮޑު ބޮޑު ވާހަކައެއް

ކުޑަ ކުޑަ ކުއްޖާގެ ބޯޑުން ބުނެދެނީ ބޮޑު ބޮޑު ވާހަކައެއް

މި ދުވަސްވަރު އެންމެ އަޑުގަދަ ވާހަކައަކީ މިއީއެވެ. ގިނަ ބަޔަކު ދައްކަމުންދާ ވާހަކައަކީވެސް މިއީއެވެ. ފޭސްބުކް ސްޓޭޓަސްތަކުން ފެށިގެން ގޮސް، އިންސްޓަގްރަމް ސްޓޯރީގައިވަނީވެސް ހަމަ މި ވާހަކައެވެ. މީގެކުރިން، މި ވާހަކައަށް މި ވަރުގެ ސަމާލުކަމެއްވެސް ނުލިބެޔޭ ބުނުމަކީ ދޮގެއް ނޫނެވެ. ރާއްޖޭގައިވެސް، އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް، މި ދުވަސްވަރު ހަމަ މި ވާހަކައެވެ. އާނ އެކެވެ. “ކްލައިމެޓް ޗޭންޖް” ގެ ވާހަކައެވެ. “ކްލައިމެޓް އެކްޝަން” އާއި “ކްލައިމެޓް ސްޓްރައިކް” ގެ ވާހަކައެވެ. މޫސުމަށް އަންނަމު...

Thiladhun

ފަރުދުންގެ އިޤްތިޞާދަށް "ރަށު ފަތުރުވެރިކަން" އިތުރަށް ފުޅާކުރަންޖެހޭ: ރައީސް

މިހާރު ދިވެހިންގެ އަމާޒަކަށް ވާންވީ، ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަޤްބޫލުކަމުގެ ފައިދާ، މިހާރަށްވުރެވެސް ފުޅާ ގޮތެއްގައި، ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައި، ފަރުދުންގެ އިޤްތިޞާދަށް އެނގުންވާނެ ފަދައިން ރަށު ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތ...

އިބްރާހިމް އަސްވާޤް
ޓީމް ފިނޭއިން ވައިކަރަދޫ މައްޗަށް ކުރި ހޯދައިފި

ޓީމް ފިނޭއިން ވައިކަރަދޫ މައްޗަށް ކުރި ހޯދައިފި

މިހާރު ކުރިއަށްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގައި ރޭ ވައިކަރަދޫ އިންސްޕިރޭޝަން ފޮރ އެންވަޔަރމަންޓް އެންޑް ސްޕޯރޓްސް ޓީމާއި ޓީމު ފިނޭ ބައްދަލުކުރި މެޗު ސީދާ ތިންސެޓުން މޮޅުވެ ޓީމު ފިނޭ ކާމިޔާބުކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގައި ރޭ ކުޅެވުނު މިމެޗުގެ ފުރަތަމަ ސެޓު ޓީމުފިނޭ ކާމިޔާބުކުރީ 25-18 ޕޮއިންޓުންނެވެ. ދެވަނަ ސެޓު ކާމިޔާބުކުރީ 25-22 ޕޮއިންޓުންނެވެ. 3 ވަނަ ސެޓު ކާމިޔާބުކުރީ 25-23 ޕޮއިންޓުންނެވެ. މިމެޗްގެ […]

ޔުމްނާ ޢަލީ
ރިޒޯޓުތަކުގެ މޫދު ކޮޓަރިތަކުގެ ފަހަތުގައި ހުރި ނެއްލައިދޫ އަލިބެ!

ރިޒޯޓުތަކުގެ މޫދު ކޮޓަރިތަކުގެ ފަހަތުގައި ހުރި ނެއްލައިދޫ އަލިބެ!

ހދ. ނެއްލައިދޫ ބަށިމާގޭ އަލީ އަހުމަދަކީ ކޮންސްޓްރަކްޝަން ދާއިރާއިން މިއަދު ރާއްޖޭގެ ގިނަބަޔަކު ދަންނަ މޫނެވެ. ހާއްސަކޮށް ރިޒޯޓްތަކުގައި ހުންނަ “މޫދު ވިލާ” ހެދުމުގައި އަލިބެއަކީ ނަން މަޝްހޫރު މީހެކެވެ. މިހާރު އުމުރުން 49 އަހަރުގެ އަލިބެ، މި ދާއިރާއަށް ނިކުތީ އުމުރުން އެންމެ 17 އަހަރުގައެވެ. ތިލަދުންއަށް އަލިބެ ކިޔައިދިން ގޮތުގައި އަލިބެގެ އާއިލާގެ އެންމެންނަކީވެސް ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ މީހުންނެވެ. އެގޮތުން، ގަލޮޓު ސްޓޭޑިޔަމް ހެދި އިރު، އެންމެ ފުރަތަމަ އަލިބެ މަސައްކަތަށް ނިކު...

Thiladhun

ރާއްޖޭގެ ޓޫރިޒަމްގެ ނަފާ ދުނިޔޭގެ ބޮޑެތި މަހުޖަނުންނަށް!

މިއަހަރުގެ އޮގަސްޓްމަހުގެ ފަހުކޮޅު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ރައީސް ޓަކިހީކޯ ނަކާއޯ ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކަފުޅުކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާމީހެއްގެ ހައިސިއްޔަތުން ވިސްނާ ފިކުރު ކުރި ވާހަކަ ކޮޅެކެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ ފައިދާ މިހާރު ކުރަނީ ދުނިޔޭގެ ބޮޑެތި ހޮޓެލް ޗެއިން ހިންގާ ފަރާތްތަކަށް ކަމަށް  ވިދާޅުވުމެވެ. މިވާހަކަ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހު ވިސްނާލަންޖެހޭ ކަމެކެވެ.   ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ އެކު ބޭއްވި ޕްރެސް ކޮ...

ހުސައިން ހަބީބް
ފައިނަލުގެ ފަހުޖާގަ ޓީމު ކުޅުދުއްފުއްޓަށް

ފައިނަލުގެ ފަހުޖާގަ ޓީމު ކުޅުދުއްފުއްޓަށް

މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ސެމީފައިނަލު ދެވަނަ ޖާގަ ޓީމު ހަނިމާދޫގެމައްޗަށް 4-1 ސެޓުން ކުރި ހޯދައި ޓީމު ކުޅުދުއްފުށި ކަށަވަރުކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ މިއަދު ހަވީރު މެޗުގެ ފުރަތަމަ ސެޓު 25-21 ޕޮއިންޓުން ކާމިޔާބުކުރީ ޓީމު ހަނިމާދޫއެވެ. ނަމަވެސް ބާކީ ތިންސެޓު ވާދަވެރި ކުޅުމަކަށްފަހު ތަފާތު ބޮޑުނޫން ނަތީޖާއަކުން ކާމިޔާބުކުރީ ޓީމު ކުޅުދުއްފުއްޓެވެ. ދެވަނަ ސެޓު ޓީމު ކުޅުދުއްފުށި ކާމިޔާބުކުރީ 26-24 ޕޮއިން...

ޔުމްނާ ޢަލީ

ތިންސެޓުން މޮޅުވެ ނޮޅިވަރަންފަރު ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި

މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ސެމީފައިނަލު ފުރަތަމަ މެޗުގައި މިއަދު ހަވީރު ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބާއި ނޮޅިވަރަމް ޒުވާނުންގެ ގުޅުން ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅުވެ، ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބު މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލު ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ މިއަދު ހަވީރު މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބު ކާމިޔާބުކުރީ 15-25 ޕޮއިންޓުންނެވެ. ދެ...

ޔުމްނާ ޢަލީ
ޔާސިރު ޢަބްދުއްލަޠީފް ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ޔާސިރު ޢަބްދުއްލަޠީފް ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ޔާސިރު ޢަބްދުއްލަޠީފް ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ. ޔާސިރު ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރުން އޮތީ ރޭ ހދ އޭއީސީ ގައެވެ. މިބައްދަލުކުރެއްވުމުގައި ހދ. އަތޮޅުކައުންސިލްގެ ރައީސް އަދި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަދި ގިނައަދަދެއްގެ ޒުވާނުންނާއި ރައްޔިތުން ބައިވެރިވިކަން ފާހަގަކޮށްލެވެ. މިބައްދަލުވުމުގައި ޔާސިރުގެ ވާހަކަފުޅަށްފަހު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝުއޫރު ފާޅުކުރެއްވުމާއި މެންބަރާއި ސުވާލުކުރެއްވުމުގެ ފުރުޝަތުވަނީ ހުޅުވާލާފައެވެ. އަދި ބައްދަލުވުން...

ޔުމްނާ ޢަލީ

އުރީދޫ އިން ޕްރީޕެއިޑަށް ހާއްސަ އިންޓަނެޓް ޕެކޭޖުތަކެއް

އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް، އިންޓަނެޓްގެ ވަރަށް ހާއްސަ ހަތަރު އޮފާއެއް ތައާރަފްކޮށްފި އެވެ. އުރީދޫ އިން ބުނީ ޕްރީޕެއިޑް އަދި މިކްސް ކަސްޓަމަރުންނަށް އަލަށް ތައާރަފްކުރެވިފައިވާ ވޮއިސް ޕެކްގެ އިތުރުން އަންލިމިޓެޑް ކޯލްސް، އިތުރު ލޯކަލް މިނެޓް އަދި އިތުރު ޑޭޓާ އެލަވެންސް ހިމެނޭ ކޮމްބޯ ޕެކް މިހާރު ބޭނުންކުރެވޭނެ ކަމަށެވެ. “އަންލިމިޓެޑް ވޮއިސް ޕެކް”ގެ ދަށުން 15 ރުފިޔާ އަށް 24 ގަޑިއިރު ބޭނުންކުރެވޭ އެޑްއޮން، 75 ރުފިޔާ އަށް ހަފްތާއެއްގެ މުއްދަތަށް ބޭނުންކުރެވޭ […]

އިބްރާހިމް އަސްވާޤް