ކަމަރު ބަންނަންވީ ރައީސް މުޢިއްޒުއަށް 2028 ކާމިޔާބުކޮށް ދިނުމަށް: އަބުދުއްރަހީމް
އުންމީދު އައުކޮށް ކަމަރު ބަންނަންވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް 2028 ކާމިޔާބުކޮށް ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބުއްރަހީމް މިފަދައިން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު 2026 ގައި ސަރުކާރު ހިންގާ ޕީއެންސީއަށް އއ. ހިމަންދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ މާލޭގައި ހުންނަ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ. ހިމަންދ...