މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,388 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1924 ވަނަ ޞަފްޙާ

އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހަކު ހައްޔަރުކޮށްފި

އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހަކު ހައްޔަރުކޮށްފި

ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މީޑިޔާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އިއްޔެގެ 24:45 ހާއިރު މިމައްސަލަ ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ. އެހާދިސާއާއި ގުޅިގެން ފުލުހުން ވަނީ 32 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ. އެގޮތުން މައްސަލަ ހުށަހެޅުމާއެކު އެ ސީންއަށް ގޮސް އަނިޔާ ލިބުނު މީހާ އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ […]

ޝިއުނާ އާދަމް
އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވަނީ

އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވަނީ

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކުޑަކުރެއްވުމަށްޓަކައި 2020 މާރިޗު 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ނުހުޅުއްވާގޮތަށް ހަމަޖައްސަވާފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، 2020 ޖުލައި 5 ވާ އާދީއްތަ ދުވަހުން ފެށިގެން، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވައިގެން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. އަދި ސަރުކާރުގެ އިދާރާތައް ހުޅުވާފައި ހުންނާނީ ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް...

ޔުމްނާ ޢަލީ
ތިލަދުންމަތީގެ އަޑު އިނގިރޭސި ބަހުން އިއްވުމަށް "ތިލަދުންމަތި ޓައިމްސް"

ތިލަދުންމަތީގެ އަޑު އިނގިރޭސި ބަހުން އިއްވުމަށް "ތިލަދުންމަތި ޓައިމްސް"

ތިލަދުންމަތީގެ އަޑު އިނގިރޭސި ބަހުން އިއްވުމަށް “ތިލަދުން” ނޫހުގެ ކުޑައިގެ ދަށުން ނެރޭ އިނގިރޭސި އެޑިޝަން ފަރުމާކޮށް މިއަދުން ފެށިގެން، އިނގިރޭސި ޚަބަރުތަކާއި ރިޕޯޓްތައް ގެނެސްދޭން ފަށައިފި އެވެ. ތިޔަ އެންމެހާ ކިޔުންތެރިންނަށްވެސް “ތިލަދުން” ނޫހުގެ ކުޑައިގެ ދަށުން ނެރޭ އިނގިރޭސި އެޑިޝަން އަށް މަރުޙަބާ ކިޔަމެވެ. “ތިލަދުންމަތީ ޓައިމްސް” ގެ ނަމުގައި ނެރެންފެށި މިވެބްސައިޓްގައި ދިވެހި ބަހުން ލިޔެފައި ހުންނަ ޚަބަރުތައް އިނގިރޭސިބަހަށް ތަރުޖަމާކުރުމުގެ ބަދަލުގައިި، އިނގިރޭސި ބަހުން އޮރިޖިނަލް ކޮންޓެން...

ތިލަދުން
ކުޅުދުއްފުށިން ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދައި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށިން ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދައި މީހަކު ހައްޔަރުކޮށްފި

ހދ.ކުޅުދުއްފުށިގައި މަސައްކަތް ކުރަމުންދާ ސައިޓަކުން ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދައި، މިތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ. މި މައްސަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީމީހާއަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން މި ހިނގާ ޖުލައި މަހު 01 ވަނަ ދުވަހުގެ ވަގުތެއްގައެވެ.  ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދާ...

ޔުމްނާ ޢަލީ
ނާގޯށި ނިންމަން އެމްޓީޑީސީ އާއިއެކު އައު ލީސް އެގްރިމެންޓެއްގައި ސޮއިކޮށްފި

ނާގޯށި ނިންމަން އެމްޓީޑީސީ އާއިއެކު އައު ލީސް އެގްރިމެންޓެއްގައި ސޮއިކޮށްފި

ހދ. ނާގޯށީގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން ފެށުމަށް މިއަދު ލީސް އެގްރިމެންޓުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި އެކު ސޮއިކޮށްފިއެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނު 10:00 ގައި ޓޫރިޒަމް މިނިސްޓްރީގައެވެ. މިއެއްބަސްވުމާއި ގުޅޭ ތަފްސީލް މަޢުލޫމާތު ޓޫރިޒަމް މިނިސްޓްރީއިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެގްރީމެންޓުގައިވާގޮތުން ރިސޯޓު ނިންމާ 36 ހަމަސް (3 އަހަރު) ދުވަސް ތެރޭގައި ހުޅުވަނ...

އަލީ އާދިލް
ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ޤާއިމްކުރުމަށް ފެނަކަ އާއިއެކު އެއްބަސްވުމެއް

ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ޤާއިމްކުރުމަށް ފެނަކަ އާއިއެކު އެއްބަސްވުމެއް

ހއ. ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހޯރަފުށީ ކައުންސިލްއާއި ދެމެދު ސޮއިކޮށްފިއެވެ. މި ސޮއިކުރެވުނު މިޕްރޮޖެކްޓަކީ ހޯރަފުށީ ކައުންސިލުގެ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ އުސޫލުން، ބޯފެން އުފައްދައި، ފުޅީގައި ބަންދުކުރާ ޕްލާންޓެއް ޤާއިމްކޮށް ހިންގުމުގެ ޕްރޮޖެކްޓެކެވެ. މި އެއްބަސްވުމުގައި ފެނަކަ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދެވެ. އަދި ހޯރަފުށީ ކައުންސިލުގެ ފަރާތުން މި އެއްބަސްވ...

އިބްރާހިމް ޚަލީލް
އަނެއްކާވެސް 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

އަނެއްކާވެސް 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

މެދު ރާއްޖެ ތެރޭގެ ރަށެއްގައި އިތުބާރުހިފޭ މަޤާމެއްގައި ހުރި މީހަކު އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ބުނެފައިވަނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގެ އަތޮޅުގެ ރަށެއްގައި (ކ.އއ.އދ.ވ) އިއްޔެ ކަމަށެވެ. މިމައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނެފައިވަނީކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ ވަަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ...

ޝިއުނާ އާދަމް
އެމްޓީސީސީއިން މާވަރުލު އެއާރޕޯޓުގެ މަސައްކަތްތައް ނިންމާލައިފި

އެމްޓީސީސީއިން މާވަރުލު އެއާރޕޯޓުގެ މަސައްކަތްތައް ނިންމާލައިފި

މާވަރުލުގައި ސަރުކާރުން ތަރައްޤީކުރި ޑޮމެސްޓިކް އެއާރޕޯޓުގެ ހުރިހައި މަސައްކަތްތަކެއް ނިންމާލެވިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މިކަން ހާމަކުރައްވައި މިއަދު އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި އާންމު ކޮށްފައިވާ މަޢުލޫމާތުގައިވަނީ މާވަރުލު އެއާރޕޯޓް ބިލްޑިންގ ފޭސް 2 ގާއިމްކުރުމުގެ މަސައްކަތް 30 ޖޫން 2020 ގައި ވަނީ ނިންމާލެވިފައި ކަމަށެވެ. މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓ...

އިބްރާހިމް ޚަލީލް

އަމީރު އަމީން ސްކޫލްގެ 5 މަހުގެ ފީ އެއްފަހަރާ ދައްކަން އެންގުމުން ބެލެނިވެރިންގެ ފާޑުކިއުން

އަމީރު އަމީން ސްކޫލް ދަރިވަރުންގެ 5 މަހުގެ ފީ އެއްފަހަރާ ދައްކަން އެންގުމުން ކުޅުދުއްފުށީ ކައުންސިލް އަށް ފާޑުކިއުން އަމާޒުވެއްޖެއެވެ. އަމީރު އަމީން ސްކޫލުން މިއަދު ބެލެނިވެރިންގެ ސަމާލުކަމަށް ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރޯގާއާ ގުޅިގެން ސްކޫލްގެ ކިޔެވުން މެދުކަނޑާލައި ސަރުކާރު އޮފީސްތައް ބަންދުކުރުމާއި ގުޅިގެން އެ ސުކޫލް ދަރިވަރުންގެ ފީ ބަލައިގަތުން ވެސް ވަނީ މާރިޗު 2020 އިން ފެށިގެން މެދުކަނޑާ ލެވިފައިކަމަށެވެ. މި ދެންނެވުމުގައި ބުނެފައި...

އަލީ އާދިލް
ކެންޕޭނުތަކުގައި ބައިވެރިވެފައިވާތީ ޤާޟީ ޙަސަން ނަޖީބު ވަކިކުރަން ޖޭއެސްސީ އިން ނިންމައިފި

ކެންޕޭނުތަކުގައި ބައިވެރިވެފައިވާތީ ޤާޟީ ޙަސަން ނަޖީބު ވަކިކުރަން ޖޭއެސްސީ އިން ނިންމައިފި

ކްރިމިނަލް ކޯޓްގެ ޤާޟީ ޙަސަން ނަޖީބުގެ ފަނޑިޔާރުންގެ ސުލޫކާ ހިލާފަށް އަމަލުކޮށްފައިވާތީ އޭނާ ގާޟީކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޤާޟީ ޙަސަން ނަޖީބުގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށައަޅާފައިވަނީ އަމިއްލަ ފަރާތަކުންހުށައެޅި މައްސަލަ ނިންމާ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ޤާޟީ ޙަސަން ނަޖީބާ ގުޅޭ ގޮތުން ހުށައެޅި މައްސަލަ ބެލިބެލުމުން ޤާޟީ ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމާއި ގާނޫނާ ހިލާފަށް އަމުރ...

ޔުމްނާ ޢަލީ
ޕޯޓުތައް ހުންނަ ސަރަހައްދުގެ ރައްތަކުގައި މުދާ ގުދަންތައް ހުންނަތަން ދެކެން ބޭނުން: މެމްބަރު ރާޢީ

ޕޯޓުތައް ހުންނަ ސަރަހައްދުގެ ރައްތަކުގައި މުދާ ގުދަންތައް ހުންނަތަން ދެކެން ބޭނުން: މެމްބަރު ރާޢީ

ރާއްޖޭގެ މައި ޕޯޓު އެމްޕީއެލް ހުންނަ މާލޭގެ އިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމު ކުރެވިފައިވާ ދެ ޕޯޓުގެ ވަށައިގެންވާ ރަށްރަށުގައި ވިޔަފާރިވެރިން މުދާ ގުދަން ކުރާ، ގުދަންތައް ހެދިގެންދާތަން ދެކެން ބޭނުންވާ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނާއި، ކުދި ވިޔަފާރިތަކަށްވެސް އެކަމުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ދެކެވަޑައި ގަންނަވާ ކަަމަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. އިއްޔެގެ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގަމު ދާއިރާގެ މެންބަރު މުޙައްމަދު...

ޝިއުނާ އާދަމް
ކަރަންޓުބިލު ބޮޑުތަނުން ބޮޑުވެފައިވާތީ ސްޓެލްކޯ ޖަވާބުދާރީ ކޮށްދިނުމަށް އެދި މަޖިލިސްއަށް

ކަރަންޓުބިލު ބޮޑުތަނުން ބޮޑުވެފައިވާތީ ސްޓެލްކޯ ޖަވާބުދާރީ ކޮށްދިނުމަށް އެދި މަޖިލިސްއަށް

ފާއިތުވެދިޔަ ޖޫންމަހުގެ ކަރަންޓުބިލު އާދަޔާ ޚިލާފަށް ބޮޑުވެފައިވާތީ އެކަން ބަލައިދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އެޑްރެސް ކުރައްވައި މީކާއީލް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ މާލޭގެ ގޭގެއަށް މިދިޔަ މަހުގެ ކަރަންޓު ބިލު އައިއިރު އެބިލުތަތައް އާދަޔާޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުނ...

އިބްރާހިމް ޚަލީލް
ކޯވިޑް19: ފަރުވާ ދެމުން ދިޔަ 92 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޯވިޑް19: ފަރުވާ ދެމުން ދިޔަ 92 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ރާއްޖޭގައި ކޯވިޑް-19 އަށް ދަރުމަވަންތަ ހޮސްޕިޓަލު (ޑީއެޗް11)ގައި ފަރުވާ ދެމުން ދިޔަ 92 އަހަރުގެ ދިވެއްސަކު މަރުވެއްޖެއެވެ. މިމީހާ މަރުވެފައި ވަނީ މިރޭ 11:54 ހާއިރުގައި ކަމަށާއި، މިމީހާ އަކީ 92 އަހަރުގެ ފިރިހެނެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވާފައި ވެއެވެ. Tonight at 11:54 pm, a 92-year-old Maldivian male admitted at DH11 has passed away. This is the 10th #COVID19 death in the […]

އިބްރާހިމް އަސްވާޤް
ހއ. އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް

ހއ. އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް

ހއ. އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގުމުން ތިއޭޓަރ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މިއަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:21 ހާއިރުގައެވެ. އަލިފާން ރޯވެފައިވަނީ ސީލިންގުމަތީގައި އަޅާފައިވާ ކަރަންޓު ވައިރު ތަކުގައެވެ. ފުލުހުންނާއި އާންމުން ވެގެން މި އަލިފާންގަނޑު ނިންވާލާފައިވަނީ ސީލިންގު ހަލާކުކޮށްލައިގެން އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަލިފާނުގެ ހާދިސާ ހިނގިއިރު އެތިއޭޓަރުގައި ދި...

އިބްރާހިމް އަސްވާޤް
ނައިބު ރައީސްގެ ޝުކުރު ޕްރިންސިޕަލުންނަށް!

ނައިބު ރައީސްގެ ޝުކުރު ޕްރިންސިޕަލުންނަށް!

ކޯވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާ ދުވަސްތަކުގައި ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ގެއްލިގެންދިޔަ ނުދިނުމަށް ކުރެއްވި އަގުހުރި މަސައްކަތްތަކަށާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޕްރިންސިޕަލުން ކުރަށްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ނައިބު ރައީސް ފައިޞަލް ނަސީމް ޝުކުރު އަދާކުރަށްވައިފިއެވެ. ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ހަވީރު ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސް ބޭފުޅުންނާއި، އަދި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުންނާއިއެކު ބައްދަލުކުރައްވާފައެވެ. އ...

ޝިއުނާ އާދަމް
ވެމްކޯ ސައިޓުތަކުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ވެމްކޯ ސައިޓުތަކުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ކޯވިޑް-19 އާއި ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަނދަށް ލުއިދިނުމަށް ނިންމެވުމާއި (ތިން ވަނަ މަރުހަލާ) ގުޅިގެން ވެމްކޯގެ ސައިޓްތަކުން ހިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ބަދަލުގެނެސްފިއެވެ. މި ބަދަލުތަކަށް ވެމްކޯއިން އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެންކަމަށް އެކުންފުނިން ހާމަކުރެއެވެ. ވެމްކޯއިން އަލަށް ގެންނަ ބަދަލާއެކު ވެމްކޯގެ ތިލަފުށި ސައިޓު ފިޔަވައި އެހެން ހުރިހާ ސައިޓުތަކުން (މާލެ، ވިލިމާލެ، ހުޅުމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ސ. ހުޅުމީދޫ އަދި ރ. ވަންދޫ) ހަފުތާއަކު ކޮންމެ ދުވަހަކު ވ...

އިބްރާހިމް އަސްވާޤް
ސާނޭ ބަޔާން އާއި ގުޅެން އެއްބަސްވެއްޖެ

ސާނޭ ބަޔާން އާއި ގުޅެން އެއްބަސްވެއްޖެ

މެންޗެސްޓާ ސިޓީއަށް ކުޅެމުންއަންނަ ޒުވާން ޖަރުމަނު ފޯވާޑް ލިއޮރީ ސާނޭ ބަޔާން މިއުނިކް އަށް ސޮއެކުރަން އެއްބަސްވެއްޖެއެވެ. ސާނޭ ސިޓީ އާއި ގުޅުނީ 2016 ވަނަ އަހަރު ޖަރުމަނުގެ ޝާލްކޭ އިންނެވެ. ސިޓީ އިން އޭނާ ގަނެފައި ވަނީ 37 މިލިއަން ޕައުންޑަށް ކަމަށްވާއިރު ސާނޭ ވިއްކާލުމުން އެ ކުލަބަށް 17 މިލިއަން ޕައުންޑުގެ ފައިދާއެއް ވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ފާއިތުވެދިޔަ 4 އަހަރު ސާނޭ ވަނީ ސިޓީގައި މޮޅުކުޅުމެއް ދައްކާފައެވެ. “ވިންގަރެއް” ނުވަތަ “ވިންގް […]

ޒިޔާން އަމްޖަދު
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ހަތަރު ތަނެއް ބަލައި ފާސްކުރަނީ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ހަތަރު ތަނެއް ބަލައި ފާސްކުރަނީ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއި ގުޅިގެން ހަތަރު ތަނެއް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ފުލުހުންނާއި، އޭސީސީ، ޕީސީސީއާރް އަދި މީރާ ގުޅިގެން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ބުނެފައިވެއެވެ. އެގޮތުން މި އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ ހަތަރު ތަނެއް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ދެއްވާނީ އޭސީސީން ކަމަށްވެސް އޮފިޝަލް ބުނެފައިވެއެވެ....

ޔުމްނާ ޢަލީ