ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ “ކޮވިޑް ހުއްޓުވާނީ އަހަރެން” ގައުމީ ކެމްޕޭނުގެ ލަވަ މިއަދު ލޯންޗް ކޮށްފިއެވެ. އެގާރަ ކަޑި ހިމެނޭ މި ލަވައިގައި ރާއްޖޭގެ ކޮވިޑްގެ ހާލަތާއި، އާއިލާތައް ތަހައްމަލު ކުރަމުންދާ ވޭނާއި ކެކުޅުން ގެނެސްދީފައި ވެއެވެ. އަދި ރާއްޖޭގެ އިގުތިސޯދަށް ދިމާވެފައިވާ ހީނަރުކަމާއި، ކޮވިޑްގެ މިހާލަތުގައި ސިއްހީ އެހީތެރިން ވަމުންދާ ގުރުބާނީއާއި އެކިއެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި “ގައުމުގެ އިހުސާސް” ވަރަށް ފުރިހަމައަށް ގެނެސްދީފައި ވެއެވެ. “ކޮވިޑް ހުއްޓުވާނީ އަހަރެން”...
ތިލަދުން
ނ.އަތޮޅު ހޮސްޕިޓަލުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ގުޅިގެން ކުރިއަށް ގެންދެވުނު އައުޓް ރީޗް ޕްރޮގުރާމްގެ ދަށުން ފުރަތަމަ ފަހަރަށް ކަށީގެ ހާއްސަ ދެ އޮޕަރޭޝަން ނ.އަތޮޅު ހޮސްޕިޓަލްގައި ކޮށްފިއެވެ. 8 ސެޕްޓެމްބަރ 2020 ވީ އަންގާރަ ދުވަހު އެ ހޮސްޕިޓަލްގައި ކުރިއަށް ގެންދެވިފައި ވަނީ ޢުމުރުން 57 އަހަރުގެ ފިރިހެނެއްގެ އަތުގެ “ކަރޕަލް ޓަނަލް” ރިލީސްކުރުމަށް ކުރެވުނު އޮޕަރޭޝަނެއްގެ އިތުރުން 52 އަހަރުގެ އަންހެނެއްގެ އަތުގައި އުފެދިފައިވާ “ގޭންގްލިއަން ސިސްޓް” ނުވަތަ ލަމްޕް ނެގުމުގެ އޮޕަރޭޝަނެކެވެ....
އިބްރާހިމް ޚަލީލް
އަތޮޅުތެރޭގައި ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފި އެވެ. ރައީސް މިހެން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް މިއަދު ކުރެއްވި ޒިޔާރަތުގައި ހެލްތް އިމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވީ، މި ދުވަސްވަރު މާލެ ސަރަ...
ޔުމްނާ ޢަލީ
ބ. އަތޮޅު ކުޑަރިކިލު، ދޮންފަނު އަދި ކިހާދޫގެ ލަފާފުރުމުގެ ޒަމާންވީ މައްސަލަ ހައްލުކުރުމަށް އެރަށްތަކުގެ ބަނދަރު ހެދުމުގެ މަޝްރޫޢުތަކުގެ މަސައްކަތް އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ. މިއަދުން ފެށިގެން 381 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ޖުމުލަ 108.3 މިލިޔަން ރުފިޔާ ހަރަދުކޮށް ހިންގާ މިމަޝްރޫއުތަކުގެ 77 ޕަސެންޓް ފައިސާ ހަމަޖެހިފައި ވަނީ އޮފިޑުން ކަމަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ނިސްޓްރީން ވަނީ ބުނެފަ އެވެ. ދިވެހި ސަރުކާރުން މި މަޝްރޫޢުތަކުގެ […...
ޔުމްނާ ޢަލީ
ކުނި ނަގަން ކަނޑައަޅާފައިވާ ވަގުތުތައް ނޫން ވަގުތު ތަކުގައި ބައެއް ފަރާތްތަކުން މަގުމައްޗަށް ކުނި ނެރެމުން އަންނާތީ އެކަން އެގޮތައް ނުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިލްތިމާސް ކުރައްވައިފި އެވެ. ވެމްކޯގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެމްކޯގެ ވޭސްޓް ކަލެކްޝަން މޭނޭޖަރު މުހައްމަދު ޝާން ވިދާޅުވީ ވެމްކޯ އިން ދަނީ އެއްވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ކަމަށާއި ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެންގެ ރައްކައުތެރި ކަމަށ...
އިބްރާހިމް އަސްވާޤް
ހދ. ހަނިމާދޫއިން ދިރިއުޅުމަށް ގޯތި ދޫކުރެވޭތޯ މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ. ހަނިމާދޫ ކައުންސިލުން މިއަދު ބުނީ، އެ ކައުންސިލުން ގޯތި ނުދީ ތިބީކަމަށް ބަޔަކު ރަށުތެރޭގައި ދޮގު މަޢުލޫމާތު ފަތުރަމުން އަންނަ ކަމަށާއި، 2018 ވަނަ އަހަރުން ފެށިގެން ހަނިމާދޫން ގޯތި ދޫކުރެވޭތޯ އެކައުންސިލަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އެކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލުން މިއަދު މައުލޫމާތު އާންމުކުރަމުން ބުނެފައިވަނީ ހަނިމ...
އަޙްމަދު ވަހީދު
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ރާއްޖެއަށް ހަދިޔާކުރި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އަދި މެޑިކަލް ސަޕްލައިސްއާ ދިވެހި ސަރުކާރުން ހަވާލުވެއްޖެއެވެ. މިތަކެއްޗާއި ހަވާލުވުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. ޕީޕީއީ ހަވާލުކޮށްދެއްވީ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ޕްރޮޖެކްޓް މެނޭޖަރ ލީ ހުއާންބިން އާ...
ޔުމްނާ ޢަލީ
ބޮޑުތަކުރުފާނު ވެސް ދޮންބަންޑާރައިން ވެސް ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މެމްބަރުން ހިމެނޭ ގްރޫޕަކަށް ފޮނުއްވާފައިވާ މެސެޖެއްގައި ނަޝިދު ވިދާޅުވީ “މިހެން ބުނާއިރު މިނިވަން ކަމަކީ ކޮބައިކަން މިނަން ޖެހޭނެ. އިންޑިއާ، އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާގެ ސިފައިން ރާއްޖޭގައި ތިބެގެން މިނިވަންކަން ގެއްލިދާނެ ކަމަކަށް ނުދެކެން. ބޮޑުތަކުރުފާނު ވެސް ދޮންބަންޑާރައިން ވެސް ބޭރުގެ ސިފައިން ރާއް...
އަޙްމަދު ވަހީދު
ކޯވިޑް-19 ބަލިމަޑު ކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ތިން މަސްދުވަހަށް ވުރެ ގިނަދުވަހު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހިނގާ ސެޕްޓެމްބަރު މަހުގެ އަށަކާހަމައަށް ރާއްޖެ އައިސްފައިވަނީ 11629 ފަތުރުވެރިން ކަމުގައި ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މި ހިނގާ ސެޕްޓެމްބަރު 9 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އިތުރުން ކުރުމުއްދަތަށް ރާއްޖެ އަންނަ މީހުން ރާއްޖެ އައުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓު […]
އިބްރާހިމް ޚަލީލް
މިއަހަރުގެ ޤައުމީ އިނާމަށް 94 ފޯމު ހުށަހަޅާފައިވާކަން ޤައުމީ އިނާމާބެހޭ ކޮމިޓީން ބުނެފިއެވެ. މައިގަނޑު 33 ދާއިރާއަކުން މިއަހަރުވެސް ގައުމީ އިނާމު ދޭން ނިންމާފައިވާއިރު، ކޮމެޓީ ހާމަކޮށްފައިވާ ގޮތުގައި އިނާމަށް މިއަހަރު ހުށަހެޅި 94 ފޯމު ހުށަހަޅާފައިވަނީ މި 33 ދާއިރާގެ ތެރެއިން 26 ދާއިރާއަކަށެވެ. އެ ކޮމެޓީ އިން ބުނީ މިހާރު ކުރިއަށްދަނީ އިނާމަށް ހުށަހެޅި ފަރާތްތަކުގެ ޝަރުޠު ހަމަވޭތޯ ބަލައި ފޯމުތައް ދިރާސާ ކޮށް ޕޮއިންޓު ދިނުމުގެ މަސައްކަތް ކަމަށެވެ. ސަރުކާރުން ދެއްވަމުން ގެންދަވާ […]
ޝިއުނާ އާދަމް
ރާއްޖޭގެ މަސްވެރިކަން ބޭރު ދުނިޔޭގައި އިސްތިހާރު ނުކުރެވެންވީ ކީއްވެ ހެއްޔެވެ. ދިވެހި މަސްވެރިކަން ވެސް، ބިލިއަން ޑޮލަރަށް އަރުވަން މަސައްކަތް ނުކުރަނީ ކީއްވެ ހެއްޔެވެ. ފަތުރުވެރިކަން އިސްތިހާރު ކުރާ މިންވަރާ ގާތަށް ނަމަވެސް މަސްވެރިކަން އިސްތިހާރު ނުކުރަނީ ކީއްވެ ހެއްޔެވެ. ކޯވިޑް-19އާ އެކު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އެތައް ބިލިއަން ޑޮލަރުގެ ޓޫރިޒަމް އިންޑަސްޓްރީ މި އޮތީ އެކީހެން ހުއްޓިފަ އެވެ. މިއިންޑަސްޓްރީ އަލުން ކޮޅަށް ޖެހޭނެ ދުވަހެއް ބުނާކަށް ނޭނގެ އެވެ. ނަމަވެސް މަސްވެރިކަން އޭގެ ނިސް...
ހުސައިން ހަބީބް
ފުލުހުންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ. މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ 30 ޖާގަ އަށެވެ. ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ ހުޅުވާލާފައިކަމަށް ފުލުހުން އިއްޔެ ގެޒެޓްކޮށްފައިވާ އިޢުލާނުގައި ބުނެފައިވެ އެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބޭނުންތެރި ފަންނީ ދާއިރާއަކުން 3 […]
އަޙްމަދު ވަހީދު
ހދ. ކުމުންދޫ “ވެހިސަރާ”: ކުމުންދޫ ކުޅި ސަރަހައްދުގައި އާދައިގެ ހަޓެއް އެޅުމަށް ފެށި މަސައްކަތް ފުޅާވަމުންގޮސް ކުމުންދޫގެ ހާއްސަ ލޭންޑް މާކް އަކަށް “ވެހިސަރާ” ބަދަލުވެގެން ދިޔައީ ކުމުންދޫގެ ޒުވާނުންތަކެއްގެ މިންނަތް މަސައްކަތުންނެވެ. ކުރިން އަޅާނުލެވި ދޫކޮށްލެވިފައި އޮތް ކުމުންދޫގެ ކުޅި ސަރަހައްދު ފުރިހަމަ ޕާރކެއްގޮތުގައި ތަރައްޤީކޮށް މިހާރު އެވަނީ އަތް ދޫކޮށްލާފައެވެ. ކުމުންދޫ ރައްޔިތުން ފަހުރުވެރިވާ ފަދަ ތަނެއްގެ ގޮތުގައި އެމަސައްކަތްކޮށް ނިންމާލިއިރު އެތަން ފެނި މުޅި ރާއްޖެވެސް ވަނީ އާޝޯހުކޮށް...
އަލީ އަހުސަން
ޖަލުތަކަށް ފޯނާއި، ސިމް ކާޑާއި އަދި ޑްރަގް ވައްދާ ވިޔަފާރިކުރާ ފަރާތްތައް ހޯދެން ނުޖެހޭ ސަބަބެއް ނެތް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. ނިހާދު މިހެންވިދާޅުވީ “ޖަލުތަކުގެ މުވައްޒަފުން ވިސްލްބްލޯކުރުމާބެހޭ ޤާނޫނުނަށް އަހުލުވެރި ކުރުވަނީ” ސުރުޚީ ދަށުން ގެނެސްފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައި އެވެ. ނިހާދު ވިދާޅުވީ ޖަލުތަކަށް އެފަދަ ތަކެތި ވައްދައި ވިޔަފާރިކުރާ މީހުން ހޯދެން ނުޖެހޭ ސަބަބެއް ނެތްކަމަށާއި، ކިޔައި އުޅެނީ އެ ވިޔަފާރިއަކީ ޖަލު ބަލަހައްޓާ ވެ...
އަލީ އާދިލް
ޕްރޮފެޝަނަލް ޓީޗަރސް އޮފް މޯލްޑިވްސް (ޕީޓީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ “ޤައުމީ މަންހަޖުގެ ހިޔަލުގައި ފުރިހަމަ ފިލާވަޅެއް ރޭވުން” ސެޝަނަށް ބޮޑު ތަރުހީބެއްލިބި، ތަޢުލީމީ ދާއިރާގެ އިތުރު ފަރާތްތަކަށް ވެސް އެ ސެޝަންގައި ބައިވެރިވޭގޮތަށް ފަހިކޮށްދީފިއެވެ. މި ސެޝަން ބާއްވަން ޕީޓީއެމްއިން ނިންމާފައި ވަނީ 11 ސެޕްޓެމްބަރ 2020 ދުވަހުގެ ރެއެވެ. މިހާރު ހުޅުވާލާފައިވާ ފުރުޞަތަށް ބޮޑުތަރުހީބެއް ލިބިފައިވާއިރު، އެ ސެޝަންގައި ބައިވެރިވުމަށް އެދި 600 އަށްވުރެ މުދައްރިސުން ވަނީ މިހާ...
ޔުމްނާ ޢަލީ
އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ފަތުރުވެރިން ގެނައުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާއި، އިންޑިއާއިން ރާއްޖެއަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއާއެކު ބޭއްވި ބައްދަލު ކުރެއްވުމެއްގައެވެ. އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި އޮތް އެ ބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއިން ބުނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާއި، އިންޑިއާއިން ރާއްޖެއަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރ...
ޝިއުނާ އާދަމް
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން 260 ނަރުހުން ހޯދަން އިއުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތު އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީއިން ހިންގާ މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ރެޖިސްޓަރޑް ނަރުހުންނާއި، ސީނިއަރ ރެޖިސްޓަރޑް ނަރުހުން އަދި ކްލިނިކަލް ނަރުހުން ހޯދަން ބޭނުންވާ ކަމަށެވެ. މި މަޤާމުތަކަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ ލެވެލް 5ގެ ރެޖިސްޓަރޑް ނަރުހަކަށް 9060 ރުފިޔާ، ލެވެލް 7،8ގެ ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް 9670 ރުފިޔާ، ލެވަލް 9ގެ ކްލިނިކަލް […]
ޝިއުނާ އާދަމް
ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އިންސާނީ ވަޞީލަތް ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭގޮތުން ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބައެއް މުހިންމު ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރިންގެ އަދަދު އެކަށީގެންވާ މިންވަރަށްވުރެ މަދުކ...
ޔުމްނާ ޢަލީ