ރައީސް ޞާލިޙް ކުވައިތުގެ އައު އަމީރަށް ތަހުނިޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުވޭތުގެ އައު އަމީރު ޝައިޚް ނަވާފް އަލް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. ކުވޭތުގެ އައު އަމީރަށް ތަހުނިޔާ ވިދާޅުވެ ރައީސް ޞާލިޙް ފޮނުއްވެވި މެސެޖުގައި، އެ ޤައުމުގެ ކުރީގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. ރައީސް ޞާލިޙްގެ އެ މެސެޖުގައި އިތުރަށް ވިދާޅުވެފައި...