"ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އުފެއްދެވި ކުންފުންޏަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު އުފައްދައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި ބުނެފައިވަނީ، މި ކުންފުނީގެ ހުއްދަ ކުރެވިފައިވާ ރައުސުލްމާލަކީ 10 ރުފިޔާގެ 200 މިލިއަން ހިއްސާގެ މައްޗަށް ބަހާލާފައިވާ ދެ ބިލިއަން ރުފިޔާ ކަމަށެވެ.
އަދި މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި، ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ އަދި ވަކި ސިއްކައެއް އޮންނަ ގާނޫނީގޮތުން ޝަހުސެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
“ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް” އުފައްދަވާފައި ވަނީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ
މާއްދާއިން ރައިސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.
ރާޢްޖޭގެ އެކިކަންކޮޅުތަކުގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 16 އެއަރޕޯޓް ތަރައްޤީކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، އިންޓަރނޭޝަނަލް 4 އެއަރޕޯޓާއި، ރީޖަނަލް 6 އެއަރޕޯޓެވެ.
މިއެއަރޕޯޓްތަކުގެ ތެރެއިން ބައެއް އެއަރޕޯޓް ހިނގަމުންދަނީ، އަމިއްލަ ކުންފުނިތަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!