އެކަނި ކުރި މަސައްކަތުން ހޯދުނީ މުހިންމު ކާމިޔާބީއެއް: ޕީއެންސީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެންޑިޑޭޓު އަޙްމަދު ސަޢީދަށް އެ ދާއިރާގެ ރައްޔިތުން ކުރެއްވި އިތުބާރާއި ދެއްވި ތާއީދަށްޓަކައި ޕީއެންސީން ޝުކުރު އަދާކޮށްފިއެވެ. މިއަދު ބޭއްވުނު އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭގޮތުން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓު އަޙްމަދު ސަޢީދަށް ގިނަ އަދަދެއްގެ ވޯޓު ދެއްވައި، ޕާޓީއަށް އޮތް ތާއީދު ދައްކުވައިދެއްވީތީ ހިތަދޫ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުންނ...