ހދ. ކުމުންދޫގެ ކަނޑޫފާވެސް މަރުވާން ފަށާފައިވާ ކަމުގެ ކަންބޮޑުވުން، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ފާޅުކުރަށްވައިފިއެވެ. އަމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުތުރުގެ ކަނޑޫފާތަކަށް ދިމާވެފައިވާ ކަނޑޫގަސް މަރުވުމުގެ މައްސަލަ ކުމުންދޫ ކަނޑޫފަލުންވެސް ފެންނަން ފަށާފައިވާ ކަމަށެވެ. ކުމުންދޫގެ ކަނޑޫފަލުގައި މިހާރު ބޮޑަށް ހެދިފައިވަނީ ތަކަފަތި އަދި ރަނޑޫ ގަސްތައް ކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް އެ ދެބާވަތުގެ ގަސްތަކުން ކަނޑޫ ގަސްތަކަށް ދިމާވާފަދަ މައްސަލައެއް ދިމާވެފައިވާކ...
ޙުސައިން ޝަހުދީ
ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޓޫރިޒަމުން ބީލަމަށް ހުޅުވާލައިފި އެވެ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހުޅުވާލާފައި ވަނީ، އެ ސަރަޙައްދުގެ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހު 13:00...
ޝިއުނާ އާދަމް
ހދ.ނައިވާދޫއަކީ ރީތި ދޮންވެލި އަތިރިމައްޗަކާއި ރީތި ތިލަ ނޫ ފަޅެއް ލިބިގެންވާ ހިތްގައިމު ރަށެކެވެ. ރަށުގެ ރީތިކަމާއި ރަށުގެ ތިލަ ފަޅުގެ ހިތްގައިމުކަން އިތުރަށް އިޝްތިހާރުކޮށް، ނައިވާދޫއަށް ޒިޔާރަތްކުރާ މީހުން އިތުރުކޮށް، ނައިވާދޫގައި މޫދުކުޅިވަރަށް ލޯބިކުރާ ފަރާތްތައް އިތުރުކޮށް، އެ ކުޅިވަރު ކުރިއެރުވުމަށްޓަކައި އެ ރަށު ޒަމާނީވިލާ މަންސޫރު އަލީ މިވަނީ އެ ރަށަށް މޫދު ކުޅިވަރު ތަޢާރަފް ކޮށްފައެވެ. މިވަގުތު ނައިވާދޫ ސިއްޙީ މަރުކަޒުގެ އެމްބިއުލާންސް ޑްރައިވަރުގެ ވަޒީފާ އަދާކުރަމުން އަންނަ މަންސޫރު އ...
އިބްރާހިމް ޚަލީލް
ޔުއެފާ ނޭޝަންސް ލީގުގައި ހޮނހިރު ދުވަހުގެ ރޭ ސްޕެއިންއާއި ސްވިޒަލެންޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޔޫރަޕުގެ ޤައުމަކަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑް ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް މުގުރާލައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ސްވިޒަލެންޑްގައި ކުޅުނު މި މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިން މޮޅަށް ކުޅުނު ނަމަވެސް މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްވިޒަލެންޑުންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި […]
އިބްރާހިމް ޚަލީލް
މަސްތުވާތަކެއްޗާއިއެކު ހދ. ކުރިނބީއިން ޒުވާނަކާއި އިތުރު 4 ރަށަކުން ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ކުރިނބީގައި ހިންގި އޮޕަރޭޝަނަކީ އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މި ނޮވެމްބަރ 14 ވަނަ ދުވަހު އެވެ. ކުރިނބީ ބަނދަރުމަތ...
ޝިއުނާ އާދަމް
ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާ...
މުޙައްމަދު އިނާން
ޗެކް މެދުވެރިކޮށް މުއާމަލާތުތައް ހިންގާއިރު، ސަމާލުކަން ދޭންވީ ވަރަށް މުހިންމު ކަންތައްތަކެއް ފުލުހުން ސަމާލުކަމަށް ގެނެސްފި އެވެ. “ޗެކް ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާކުރުމަށް ބަދަލުތަކެއް” މިސުރުހީގެ ދަށުން މިއަދު ފުލުހުންގެ ވެބްސައިޓުގައި އާންމު ކުރި ލިއުމެއްގައި ވަނީ މިކަންކަމަށް ވަރަށް ތަފްސީލްކޮށް އަލިއަޅުވާލައްވާފަ އެވެ. އެލިއުމުގައި ބުނެފައިވަނީ، 2020 މާރިޗު 15 ވަނަ ދުވަހުން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ޗެކު ބައުންސް މައްސަލަތަކުގައި...
ތިލަދުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށާއި ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ. މި މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވީ،...
ޔުމްނާ ޢަލީ
ކޯވިޑް19 އަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 79 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ އެވެ. މިއީ މިބަލީގައި ރާއްޖެ އިން ނިޔާވި 43 ވަނަ މީހާއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ ކޯވިޑް އަށް ފަރުވާ ހޯދަމުން ދިޔަ 57 އަހަރުގެ ފިރިހެނަކު އިއްޔެ ވެސް ވަނީ ނިޔާވެފަ އެވެ. މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ، 45 އަހަރުގެ އަންހެނަކުވެސް ނިޔާވެފަ އެވެ. އެޗްޕީއޭއިން ވިދާޅުވީ މިއަދު 10:50ގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 79 […]
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގައި ޤަވާއިދާއި ހިލާފަށް އެހެލާފައި ހުރި އޮޑިދޯނިފަހަރު ވަކި މުއްދަތެއްގެ ތެރޭގައި ނުނަގައިފިނަމަ ނައްތާލާނެ ކަމަށްތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާާއިން ބުނެފި އެވެ. އެކައުންސިލުން މިއަދު ނެރުނު އާންމު އިޢުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށި ބަނދަރާއި އޮޑިއެހެލާ ސަރަހައްދު، އަދި މިތަންތަނާއި އިންވެގެންވާ ސަރަހައްދުތަކުގައި މިފަދަ ތަންތަން ބެލެހެއްޓުމަށް ހެދިފައިވާ ޤަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އޮޑިދޯނިފަހަރު، މުދާ އަދި ތަކެތި ބަހައްޓާކަމާ، ޤަވައިދުތ...
ޔުމްނާ ޢަލީ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ރައްޔިތުންނަށް ބޮޑަށް ސިފަވެފައި އޮންނާނީ އިލޮށިފައްޗެއް ގޮތަށް އަދި ދަނޑި ބުރިއެއް ގޮތަށް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް 2021 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން، ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ހުދުމުހުތާރު ވެރިކަމަކުން ޑިމޮކްރަސީއަކަށް ދާއިރު ރައްޔިތުންނަށް ބޮޑަށް ބްރޮޑްކާސްޓް ކޮމިޝަން ސިފަވެފައި އޮންނާނީ އިލޮށިފައްޗެއް ގ...
އަލީ އާދިލް
އެމެރިކާގެ ރައީސް އަކަށް ދެން ހުންނަވާނެ ބޭފުޅެއް ވަގުތު އައިސް ޖެހުމުން އެނގޭނެކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅު ވެއްޖެއެވެ. ޓްރަމްޕްގެ ރާގު ދެކަފި ކުރަށްވާ މިހެން ވިދާޅުވީ ވައިޓްހައުސްގައި ބޭއްވި ހަފްލާއެއްގެ ތެރޭގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ޓްރަމްޕް މިހާތަނަށް ގެންދަވަނީ އިންތިޚާބުގެ ބަލި ޤަބޫލު ނުކުރަށްވާ ކަމަށް ވިދާޅު ވަމުންނެވެ. ވައިޓްހައުސްގައި ބޭއްވި ހަފްލާއެއްގެ ތެރޭގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ކުރިން އިންތިޚާބު ކާމިޔާބު ކުރެ...
ހުސައިން ހަބީބް
ތެދުވެރިކަމާއި އަމާނާތްތެރި ކަމަކީ ވަރަށް ރީތި ދެ ސިފައެވެ. އަދި އެއީ އަޚްލާޤު ރަނގަޅު މީހުންގެ ކިބައިގައި ހުންނަ އެންމެ މުހިއްމު ސިފަތަކުގެ ތެރޭގައި ހިމެނޭ ދެ ސިފަ އެވެ. އެއީ މާތް ﷲ ދެއްވާ އެންމެ މަތިވެރި އެއް ނިޢުމަތެވެ. ނަފްސުގެ ޒިނަތްތެރިކަމާއި އަޒުމުގެ މަތިވެރިކަމާއި، ރިވެތި އަޚްލާޤު އަށަގެންފައިވާކަމުގެ ޢަލާމާތްތަކެކެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އިންސާނާގެ އުނިކަންތައް ފޮރުވައިދީ ހެޔޮޢަމަލުތަކަށް ފިރުކާގަތުމަށް ފުރުޞަތުތައް ތަނަވަސް ކޮށްދޭ ދެސިފަ އެވެ. ތެދުވެރިކަމަކީ މަކާރިމުލް އަ...
އަޙްމަދު ޢާޞިމް އަބްދުﷲ
ތިލަދުންމަތީގައި މަސައްކަތް ކުރަށްވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އޮފިސަރުން ތަކެއް ދެ ވެލާ ސަލާމަތް ކޮށްފިއެވެ. ކަސްޓަމްސްގެ އޮފިސަރުންތަކެއް އިއްޔެ ހެނދުނު 8:45 ހާއިރު، މި ދެ ވެލާ ސަލާމަތް ކުރީ ކަނޑު މަތީގައި އޮޔާދާ ބޮޑު ދާގަނޑެއްގައި ތާށިވެފައި ތިއްބައެވެ. މި ވެލާ ސަލާމަތް ކުރުމުގައި ބައިވެރިވި ކަސްޓަމްސް އޮފިސަރުންނަކީ ކުޅުދުއްފުށީ ސިޓީގައި އާއި އަދި ހއ. އުލިގަމުގަމުގައި މަސައްކަތް ކުރަށްވާ ކަސްޓަމްސް އޮފިސްރުންނެވެ. އެ 2 ވެލާ ސަލާމަތް ކުރުމުގައި ބައިވެރިވި ކަސްޓަމްސް އޮފިސްރެއް […]
ޔުމްނާ ޢަލީ
ޗެލްސީގެ ކަންޓޭ ކާމިޔާބުކޮށްދިން ހަމައެކަނި ގޯލާއިއެކު އެންމެ ފަހުގެ ޔޫރޯ އަދި ނޭޝަންސް ލީގުގެ ޗެމްޕިއަނުން ކަމުގައިވާ ޕޯޗުގަލް ބަލިކޮށް ދުނިޔޭގެ ޗެމްޕިއަން ކަމުގައިވާ ފްރާންސްއިން ޔޫއެފާ ނެޝަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސްއިން ކަށަވަރުކޮށްފިއެވެ. މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން މޮޅުކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑުޖަހާނެ ފުރުޞަތުތަކެއް ލިބި ބޭކާރުވެފ...
އިބްރާހިމް ޚަލީލް
މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. މިއަހަރު 150 ރިސޯޓް އަދި ހޮޓެލްއާ 200 އޮޕަރޭޓަރުން ބައިވެރިވާ މި ފެއާގައި އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ ޓްރެވެލް ޓްރޭޑް ފެއާއެވެ. މިފެއާ ކުރިއަށް ގެންދަން ނިންމާފައި ވަނީ މި ނޮވެމްބަރު މަހުގެ 24 އިން 26 އަށް އަށެވެ. އަދި މިއަހަރުގެ ޓީޓީއެމް ޓްރެވެލް ސަމިޓް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގައެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި […]
އަޙްމަދު ވަހީދު
ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ފޭދޫ ސިއްޙީ މަރުކަޒުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. އެ ބިދޭސީ މީހާއަކީ މާލެއިން އެރަށަށް ގޮސް، 29 އޮކްޓޯބަރު 2020 ވަނަ ދުވަހު އެރަށުގައި ހޯމް ކަރަންޓީނުވި 15 ބިދޭސީންގެ ތެރެއިން ބިދޭސީއެއް ކަމަށް ވެސް ފޭދޫ ސިއްޙީ މަރުކަޒުން ބުންޏެވެ. ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވިއިރު، […]
ޔުމްނާ ޢަލީ
ހއ. އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައިވާއިރު، އެއީ ބިރުދައްކައިގެން ކައުންސިލް އިންތިޚާބު ކާމިޔާބުު ކުރުމަށް ކުރިކަމެއްގެ ގޮތުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ސިފަކުރަށްވައިފިއެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަށް 14 ނޮވެމްބަރ 2020 ހޮނިހިރު ދުވަހު (މިއަދު) ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކަކާއި ގުޅިގެން މި މަހު 8 ވަނަ ދުވަހު ބޭއްވި...
އަޙްމަދު ވަހީދު