މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,412 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1809 ވަނަ ޞަފްޙާ

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 45 އަށް

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 45 އަށް

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 72 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ. އެޗްޕީއޭ އިން ވިދާޅުވީ މިރޭ އައިޖީއެމްއެޗް އީއާރް އަށް ގެންދިޔަ 72 އަހަރުގެ އެމީހާ ނިޔާވީ އިރުއޮއްސި 06:36 ގައި ކަމަށެވެ. އޭނާ ނިޔާވުމާއި ގުޅިގެން  ރާއްޖޭގައި އޮންނަ ސިއްހީ ޕްރޮޓޮކޯލްގެ ދަށުން އޭނާ ކޮވިޑް އަށް ޓެސްޓް ކުރެވި ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ . މިރޭ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވުމުން ރާއްޖެ އިން […]

ޖަލްވާން ޖާދުﷲ
ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން: ރައީސް

ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން: ރައީސް

ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅު ވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނަށް ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުން ފޮނުއްވައި ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވަނީ ”މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓަވާށި.” ވިދާޅުވެ ދުޢާ ކުރަށްވާފަ އެވެ. ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އި...

ޝިއުނާ އާދަމް
ހޯރަފުށި އެއާޕޯޓަށް މުވައްޒަފުން ހޯދަން އިޢުލާން ކޮށްފި

ހޯރަފުށި އެއާޕޯޓަށް މުވައްޒަފުން ހޯދަން އިޢުލާން ކޮށްފި

ހޯރަފުށީ އެއާޕޯޓް ހިންގާ ރީޖަނަލް އެއާރޕޯޓްސް ކުންފުނިން ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ދާއިމީ މުވައްޒަފުން ހޯދުމަށް އިޢުލާން ކޮށްފިއެވެ. މަސައްކަތު މީހުންނާއި ޑިރެކްޓަރުން އަދި އެޑްމިން ދާއިރާގެ މުވައްޒަފުންނާއި އެކައުންޓްސްގެ އިތުރުން ޑްރައިވަރުންނާއި ފަޔަރ ފައިޓަރ ފަދަ ދާއިރާތައް ހިމެނޭގޮތުން ހޯރަފުށީ އެއާޕޯޓަށް ބާރަ ދާއިރާއަކުން ނަވާރަ މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ވަޒީފާތަކަށް ފޯމު ހުށައެޅޭނެ ސުންގަޑިއަކީ މި ހިނގާ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހު، 14:00 ގެ ކުރިން ރީޖަނަލް އެއާޕ...

އިބްރާހިމް ޚަލީލް
ބީއެމްއެލްގެ ޚިދުމަތަށް މިރޭވެސް ބުރޫއަރާނެ

ބީއެމްއެލްގެ ޚިދުމަތަށް މިރޭވެސް ބުރޫއަރާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޯރުކޮށްދެމުން އަންނަ ބައެއް ޚިދުމަތްތަކަށް މިރޭ ބުރޫއަރާނެކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. މިކަމާއި ގުޅިގެން ބީއެމްއެލްއިން މިރޭ 22:00 ގައި ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިރޭ ދަންވަރު 1 އަކުން ފަތިހު 4 ޖެހުމާއި ހަމައަށް މެއިޓެއިނެންސްގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެ ބޭންކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އިންޓަރނެޓް ބޭންކިންގް ޙިދުމަތާއި، އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުން ދޭ...

އިބްރާހިމް ޚަލީލް
"އާޗާ ޕްރިޕެއިޑް" ނަމުގައި އޫރިދޫެއިން ޕްރިޕެއިޑް ޕްލޭންތަކެއް

"އާޗާ ޕްރިޕެއިޑް" ނަމުގައި އޫރިދޫެއިން ޕްރިޕެއިޑް ޕްލޭންތަކެއް

ދިވެހިރާއްޖޭގައި މުޢާސަލާތީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމުގައިވާ އުރީދޫ މޯލްޑިވްސްއިން “އާޗާ ޕްރިޕެއިޑް” ގެ ނަމުގައި ޕްރިޕެއިޑް ޕްލޭންތަކެއް ތަޢާރަފް ކޮށްފިއެވެ. މިވަގުތު ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅުމުގައި އިންޓަނެޓްގެ ބޭނުން ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި އެ ކުންފުނީގެ ޕްރިޕެއިޑް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން ތަޢާރަފް ކޮށްފައިވާ އާޗާ ޕްރިޕެއިޑް ޕްލޭން ތަކުގެ ސަބަބުން ޕްރިޕެއިޑް ކަސްޓަމަރުންނަށް ގިނ...

އިބްރާހިމް ޚަލީލް
ޒަކާތު ފަންޑުން ދޭ ފައިސާގެ އެހީ 25 ޕްރީސްކޫލަކަށާއި 23 ޤުރުއާން ކުލާހަކަށް

ޒަކާތު ފަންޑުން ދޭ ފައިސާގެ އެހީ 25 ޕްރީސްކޫލަކަށާއި 23 ޤުރުއާން ކުލާހަކަށް

ޒަކާތު ފަންޑުން ދޭ ފައިސާގެ އެހީ 25 ޕްރީސްކޫލަކަށާއި 23 ޤުރުއާން ކުލާހަކަށް ހަވާލުކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނެފިއެވެ. އެ މިނިސްޓްރީއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޒަކާތު ފަންޑުން ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިއުނިޓީ ޕްރީސްކޫލްތަކަށް ދިނުމަށް ކަނޑައެޅި ފައިސާގެ އެހީ އެ ފަރާތްތަކާ ޙަވާލުކޮށްފައިވާކަމަށެވެ. އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުންވަނީ 1.5 މިލިއަން ރުފިޔާގެ ފައިސާގެ އެހީ، މިފަހަރު އެހީ ދިން 25 ޕްރީސްކޫލަކަށާއި 23 ޤުރުއާން ކުލާހަށް ދ...

ޔުމްނާ ޢަލީ
ވޭތުވި 2 އަހަރުތެރޭ ރާއްޖޭގެ 24 ސަރަޙައްދެއް ހިމާޔަތް ކޮށްފިން: ޑރ. ޙުސައިން

ވޭތުވި 2 އަހަރުތެރޭ ރާއްޖޭގެ 24 ސަރަޙައްދެއް ހިމާޔަތް ކޮށްފިން: ޑރ. ޙުސައިން

މި ސަރުކާރުގެ ވޭތުވި 2 އަހަރު ދުވަސް ތެރޭގައި ތިމާވެށީގެ ދާއިރާއިން ރާއްޖޭގެ 24 ސަރަޙައްދެއް ހިމާޔަތް ކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެ އެވެ. މިނިސްޓަރު، ޑރ. ޙުސައިން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދިން “ސަރުކާރަށް 2 އަހަރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު، ޑރ. ޙުސައިން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ތިމާވެށީގެ ދާއިރާއިން ވެފައިވާ އެންމެ ބޮޑު ވަޢުދަކީ ކޮންމެ އަތޮޅަކުން 1 […]

ޝިއުނާ އާދަމް
ލޯނެއް ނެގުމަށް ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން އުޅޭކަމުގެ ސިޓީއެއް

ލޯނެއް ނެގުމަށް ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން އުޅޭކަމުގެ ސިޓީއެއް

300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރުމަށް، އެ ހޮސްޕިޓަލްގެ ރަޖިސްޓަރީ ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރުމަށް ދަންނަވައިދޭން އެދިފައިވާ ސިޓީއެއް އާންމު ވެއްޖެއެވެ. އާންމުވެފައިވާ ސިޓީއަކީ ރައީސް ޞާލިޙަށް އެޑްރެސްކޮށް، ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ނަމުގައި ސޮއި ކޮށްފައިވާ ސިޓީއެކެވެ. އާންމުވެފައިވާ މި ސިޓީގައި ބުނެފައި ވަނީ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އިޝޫ ކުރުމަށް ބޭނުންވާ އެސެޓް (ދަރުމަވަންތަ ހޮސްޕިޓަލް) މިނިސްޓްރީ އޮފް ފިނޭންސް އަށް ރަ...

އަލީ އާދިލް
އެންމެބޮޑު އެއް އަމާޒަކީ، ރައްޔިތުންނަކީ ދީނަށާއި، ޤުރްއާނަށް ލޯބިކުރާ ބަޔަކަށް ހެދުން: ނައިބު ރައީސް

އެންމެބޮޑު އެއް އަމާޒަކީ، ރައްޔިތުންނަކީ ދީނަށާއި، ޤުރްއާނަށް ލޯބިކުރާ ބަޔަކަށް ހެދުން: ނައިބު ރައީސް

ރައީސް އިބްރާޙީމް މުޙައްމަދުގެ ޞާލިޙްގެ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ދިވެހިރައްޔިތުންނަކީ ދީނަށް ލޯބިކުރާ، އަދި ވަކިން ޚާއްޞަކޮށް ޤުރްއާނަށް ލޯބިކުރާ އަދި ރިވެތިކޮށް ޤުރްއާން ކިޔަވާ ބަޔަކަށް ހެދުން ކަމަށާއި އަދި އެއީ ވަރަށް މަތީ މަޤްޞަދެއް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި މޭރުމުން ވިދާޅުވީ ވަރޗުއަލްކޮށް ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ހެނދުނު އިސްލާމީ މަރުކަޒުގ...

ޔުމްނާ ޢަލީ
ދަގަނޑޭ އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލަށް، މަރުޙަބާ

ދަގަނޑޭ އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލަށް، މަރުޙަބާ

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލަށް ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ދަތުރުކޮށްފި އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަގަނޑޭ) މިފަހަރުވެރި ކާމިޔާބު ހޯދީ، އޭއެފްސީއިން ކުރިއަށް ގެންދާ ބްރެކެޓް ޗެލެންޖްގެ ކުއާޓަރ ފައިނަލުގައި ވިއެޓްނާމްގް އެންގުޔެން ވެން ކުއެޓްއާ ވާދަކޮށް ހަނި ތަފާތަކުން ކުރި ހޯދައިގެންނެވެ. އެކަމަށް ކުރިއަށް ދިޔަ ޕޯލްގައި ދަގަނޑޭ އަށް 51.45 އިންސައްތަ ލިބުނުއިރު ވިއެޓްނާގް ކުޅުންތެރިޔާއަށް ލިބުނީ 48.55 އިންސައްތަ އެވެ. ދަގަނޑޭ […]

Thiladhun
ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދު ﷲ ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ. އެ މައްސަލާގައި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވަކީލް އަސްއަދު ޝަރީފެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމަވައި، ހުސްވި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ހަލީމް ވިދާޅުވެފައި ވަނީ  ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް […]

އަލީ އާދިލް
އިތުބާރުގެ މައްސަލަ ވައްދާ ނަމަ މިނިސްޓަރު ބޭނުން ކުރީ ޤާނޫނުއަސާސީން ލިބިދޭ ހައްޤެއް ކަމަށްލިޔޭ: މަލީޙް

އިތުބާރުގެ މައްސަލަ ވައްދާ ނަމަ މިނިސްޓަރު ބޭނުން ކުރީ ޤާނޫނުއަސާސީން ލިބިދޭ ހައްޤެއް ކަމަށްލިޔޭ: މަލީޙް

އިތުބާރުގެ މައްސަލަ ވައްދާނަ މިނިސްޓަރު ބޭނުން ކުރީ ޤާނޫނުއަސާސީން ލިބިދޭ ހައްޤެއް ކަމަށް، އެމައްސަލަ ހުށަހަޅާ ލިޔުމުގައި ލިޔުން ރަނގަޅުވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަލީޙް މިހެން ވިދާޅުވީ، ”މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގާ ހުންނެވި މަލީހު ޖަމާލުގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފިން” ކަމަށް ވިދާޅުވެ، އެމްޑ...

އަލީ އާދިލް
ހޯރަފުށީ ރައްޔިތުންގެ ބަދަހި ގުޅުމުގެ އުފާވެރި ވަގުތުކޮޅު، ޓެސްޓް ފްލައިޓް ހޯރަފުށީ އެއާޕޯޓްގައި

ހޯރަފުށީ ރައްޔިތުންގެ ބަދަހި ގުޅުމުގެ އުފާވެރި ވަގުތުކޮޅު، ޓެސްޓް ފްލައިޓް ހޯރަފުށީ އެއާޕޯޓްގައި

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓަށް މިއަދު ހެނދުނު 9:10 ހާއިރު ޓެސްޓް ފްލައިޓް ޖެއްސި ވަގުތަކީ ތަރައްޤީއަށް އެދިގެން ރަށެއްގެ ރައްޔިތުން ދައްކަމުންދިޔަ ބަދަހިކަމާއި، އެކުވެރިކަމުގެ ނަތީޖާ ފެނިގެން ދިޔަ އުފާވެރި ވަގުތު ކޮޅެވެ. އެމަންޒަރު ދެކިލަން ހޯރަފުށީގެ އެތައް ރައްޔިތުންނެއް ތިބީ ހޯރަފުށީ އެއާޕޯޓް ސަރަޙައްދަށް ޖަމާވެފައެވެ. ޤައުމީ އެއާލައިންގެ ފްލައިޓް ހޯރަފުށީ އެއާޕޯޓްގައި ޖެއްސިވަގުތަކީ އެތައް އަހަރެއްވަންދެން އެމަންޒަރު ދުށުމުގެ އިންތިޒާރުގައި ތިބި ހޯރަފުށީގެ އެތައް ރައްޔި...

ޝިއުނާ އާދަމް
ކޯވިޑް-19ގެ އިތުރު މަރެއް، ޖުމްލަ 44 އަށް

ކޯވިޑް-19ގެ އިތުރު މަރެއް، ޖުމްލަ 44 އަށް

ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ ނިޔާވެފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިއީ ކޯވިޑު ބަލީގައި ރާއްޖެއިން މަރުވި 44 ވަނަ މީހާއެވެ. އަދި މި ބަލީގައި އިއްޔެ ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ. މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 37 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް […...

އަޙްމަދު ވަހީދު
ފެންބޮޑު ވެދާނެ ކަމަށް ލަފާކޮށް، ހދ. އަތޮޅުން ބ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ފެންބޮޑު ވެދާނެ ކަމަށް ލަފާކޮށް، ހދ. އަތޮޅުން ބ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ ގުގުރައި، ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް ހދ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. މިގޮތުން މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދުގެ ހުރިހާ ސަރަހައްދަކަށެވެ. މި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މެޓް އޮފީހުން ވަނީ މި ސަރަޙައްދުތަކަށް މިރޭ މެންދަމު 2:00 އިން ފަތިހު […]

އަޙްމަދު ވަހީދު
މަލީހު ވަކިކުރުމަށް ގިނަ ރައްޔިތުންތަކެއް އެދެމުންދާތީ އިތުބާރުނެތްކަމުގެ ވޯޓާއި ދިމާއަށް

މަލީހު ވަކިކުރުމަށް ގިނަ ރައްޔިތުންތަކެއް އެދެމުންދާތީ އިތުބާރުނެތްކަމުގެ ވޯޓާއި ދިމާއަށް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުން މަލީހު ޖަމާލު ވަކިކުރުމަށް ގިނަ ރައްޔިތުންތަކެއް ކެނޑިނޭޅި އެދެމުންދާތީ ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ މަޖިލިސް މެންބަރުން ފަށައިފި އެވެ. ގަލޮޅު ދެކުނުގެ ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އިސްވެ ހުންނަވައި ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. ސޮއި ކުރެއްވި 10 މެންބަރުންގެ ތެރޭގައި ހިމެނެނީގަލޮޅު ދެކުނުގެ ދާއިރާގެ މެމްބަރު މީކާއިލް ނަސީމް، މަޑަވެލި ދާއިރ...

ޔުމްނާ ޢަލީ
ސަލާހު ދިޔަ ކައިވެނީގެ ޙަފްލާގައި ގައިދުރުކަން އިސްކުރި - މިޞްރު

ސަލާހު ދިޔަ ކައިވެނީގެ ޙަފްލާގައި ގައިދުރުކަން އިސްކުރި - މިޞްރު

ލިވަޕޫލް ފުޓުބޯޅަ ކުލަބު އަދި މިޞްރުގެ ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު ޞަލާހު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ ހާޟިރުވި ކައިވެނީގެ ޙަފްލާގައި ގައިދުރުކަން އިސްކޮށްފައިވާ ކަމަށް މިޞްރުން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ، އޭނާ ނިޞްބަތްވާ އަވަށުގެ މޭޔަރެވެ. އޭނާ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އިނގުުމުގެ ކުރިން ހާޟިރުވެފައިވާ މި ކައިވެނީގެ ހަފްލާގައި ވަރަށް ބޮޑަށް ގައިދުރުކަން އިސްކޮށްފައިވާ ކަމަށް މިހާރު ވަނީ އެނގިފައެވެ. އެފްރިކާގެ އެންމެ މޮޅު ފުޓުބޯޅަ ކ...

މުޙައްމަދު މާއިލް ހަސަން
އެމްޓީސީސީގެ މި އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބާއްވައިފި

އެމްޓީސީސީގެ މި އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބާއްވައިފި

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓިސީސީ)ގެ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ މިއަދު ބާއްވައިފިއެވެ. “ފަހިވޯޓު” މެދުވެރިކޮށް ކުރިއަށް ދިޔަ މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ އެމްޓީސީސީގެ 14 ޙިއްސާދާރުންނެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 269 ޙިއްސާދާރުން ތަމްސީލް ކުރެވުނުކަމަށް އެމްޓީސީސީން ބުންޏެވެ. އެމްޓީސީސީން ބުނީ އެ ޖަލްސާގައި މުޅިއެކު ތަމްސީލްވީ 283 ޙިއްސާދާރުން ކަމަށާއި، އެއީ 5,577,217 ޙިއްސާ ކަމަށެވެ. ”ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއ...

ޔުމްނާ ޢަލީ