މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1783 ވަނަ ޞަފްޙާ

އިހަވަންދޫ މަސްވެރިންވެސް އިހުތިޖާޖު ކުރަންފަށައިފި

އިހަވަންދޫ މަސްވެރިންވެސް އިހުތިޖާޖު ކުރަންފަށައިފި

ހއ. އިހަވަންދޫ މަސްވެރިންވެސް އިހުތިޖާޖު ކުރަންފަށައިފިއެވެ. އެރަށު މަސްވެރިން އިހުތިޖާޖު ފަށާފައިވަނީ މިއަދު މެންދުރުފަހު 14:00 އިން ފެެށިގެންނެވެ. މިގޮތުން އެރަށުގެ ގިނަ އަދަދެއްގެ މަސްވެރިން ދަނީ އިހަވަންދޫ ބަނދަރު ސަރަޙައްދުގައި ތިބެ ޝުއޫރު ފާޅު ކުރަމުންނެވެ. އެ އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން، މަސްވެރިންގެ ހައްގުތައް ދިނުމަށް ގޮވާލައި އަޑު އުފުލަމުން ދާއިރު، ބައެއް މަސްވެެރިން ހިފަހައްޓައިގެން ތިބި ބޯޑު ތަކުގައި “މަސްވެރިންނަށްވީ ވަޢުދު ކޮބާ؟”، “ދިވެހިންގެ ލޭ ނާރާ ނުކުޅޭތި”، “މި ސަރުކާ...

ޔުމްނާ ޢަލީ
އެމްސީއެސްއިން ހިންގި ތިން ޕްރޮގްރާމެއްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

އެމްސީއެސްއިން ހިންގި ތިން ޕްރޮގްރާމެއްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން އޮފިސަރުންނަށް ހިންގި ތިން ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ޕްރޮގްރާމްތަކުގެ ނިމުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ، މާފުށީ ޖަލުގައެވެ. މިއީ އެމްސީއެސްއާއި، ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެއް ކަމަށް އެމްސީއެސްއިން ބުންޏެވެ. ޑިސެމްބަރު 11 އިން 22 އަށް ކުރިއަށް ގެންދިޔަ މި ތިން ޓްރޭނިންގ ޕްރޮގްރާމަކީ 19 އޮފިސަރުން ބައިވެރިވި “ޔޫއެނ...

ޝިއުނާ އާދަމް
ޓާގެޓަކީ ފަތިސް ނަމާދަށް މާލޭ ރައްޔިތުން ހޭލަންވާއިރަށް، ރީތި މަގެއްގަ ހިނގާލާފަ ނަމާދަށް ދެވޭވަރުކުރުން: އާދަމް

ޓާގެޓަކީ ފަތިސް ނަމާދަށް މާލޭ ރައްޔިތުން ހޭލަންވާއިރަށް، ރީތި މަގެއްގަ ހިނގާލާފަ ނަމާދަށް ދެވޭވަރުކުރުން: އާދަމް

ފަތިސް ނަމާދަށް މާލޭ ރައްޔިތުން ހޭލަންވާއިރަށް، ރީތި މަގެއްގަ ހިނގާލާފަ ނަމާދަށް ދެވޭވަރުކުރުމަކީ ޓާގެޓެއްކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ. މާލޭ ސިޓީއަށް ދެމުން ގެންދާ ކުނި އުކާލުމުގެ ވަގުތައް ބަދަލު ގެނައުމަށް އިއްޔެ ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ޓާގެޓަކީ ފަތިސް ނަމާދަށް މާލޭ ރައްޔިތުން ހޭލަންވާއިރަށް މާލޭގެ މަގުތަކުގެ ހުރި ކުނި ނަގާ، ކުނި ކ...

އިބްރާހިމް އަސްވާޤް
އެއްވަނާގައި އޮތް އެތުލެޓިކޯއާއި ޕޮއިންޓްގެ ގޮތުން ރެއާލް ހަމަހަމަކޮށްފި

އެއްވަނާގައި އޮތް އެތުލެޓިކޯއާއި ޕޮއިންޓްގެ ގޮތުން ރެއާލް ހަމަހަމަކޮށްފި

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ގްރެނާޑާ ބައްދަލުކުރި މެޗުން ރެއާލް މޮޅުވެ މި ވަގުތު ސްޕެނިޝް ލީގުގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައެ 38 ވަނަ މިނެޓުގައި ފައިގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ރެއާލަށް ކުޅެމުން އަންނަ ބްރެޒިލްގެ 19 އަހަރުގެ ވިންގަރ ރޮޑްރިގޯ […]

އިބްރާހިމް ޚަލީލް
ޒަހާ މިފަހަރު ހިސާބު ޖެހީ އަދުރޭގެ ކަލްކިއުލޭޓަރުން: ނާޒިމް

ޒަހާ މިފަހަރު ހިސާބު ޖެހީ އަދުރޭގެ ކަލްކިއުލޭޓަރުން: ނާޒިމް

ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދު މިފަހަރު ހިސާބު ޖެއްސެވީ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދު ﷲ (އަދުރޭ) ގެ ކަލްކިއުލޭޓަރުން ކަމަށް ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އަދުރޭ ޖެއްސެވި ހިސާބަކާއި ގުޅުވައިގެން، މީހުން ޖަހާ “ދެކޮޅު ނުޖެހޭ ހިސާބުތަކަށް” އަދުރޭގެ ހިސާބުކަމަށް މީހުން މިސާލު ޖަހާއުޅެއެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ)ގެ ސެކެރެޓަރީ ޖެނެރަލް ކަންވެސް ކުރަށްވާ ނާޒިމް މި...

އަލީ އާދިލް
އިދިކޮޅުގެ "ވިސްނާ" ޖަލްސާ ބާއްވަން ހުއްދަދީފި

އިދިކޮޅުގެ "ވިސްނާ" ޖަލްސާ ބާއްވަން ހުއްދަދީފި

އަންނަނިހިރު ދުވަހުގެ ރޭ މާލޭ ސިޓީގައި އިދިކޮޅު ޕްރްގްރެސިވް ކޯލިޝަނުން ބާއްވަން ނިންމި ޖަލްސާ ބާއްވަން ހުއްދަ ދީފިކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ކާނިވަލުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދީފައިވާ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން “ވިސްނާ” ނަމުގައި ޖަލްސާއެއް ބާއްވަން ނިންމައި، އެކަން ޢިއުލާން ކުރަމުން މިދިޔަ ހޯމަ ދުވަހު އެ ކޯލިޝަނުން ބުނީ […]

ޝިއުނާ އާދަމް
މިއީ ޒަމާނީ މަސްވެރިކަމުގެ ސިނާއަތެއް  ބިނާ ކުރަންވީ ވަގުތު: ސައުދު

މިއީ ޒަމާނީ މަސްވެރިކަމުގެ ސިނާއަތެއް ބިނާ ކުރަންވީ ވަގުތު: ސައުދު

މިއީ ޒަމާނީ މަސްވެރިކަމުގެ ސިނާއަތެއް ބިނާ ކުރަންވީ ވަގުތު ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ. ސައުދު މިހެން ވިދާޅުވީ، “މިފްކޯ އުވާލާ ސަރުކާރަށް މަސްގަންނާނެ ކަމެއް ނެތް” މި ސުރުޚީގެ ދަށުން ނޫހަކުން ގެނެސްދީފައިވާ ރިޕޯޓެއް ޓުވީޓާގައި ހިއްސާ ކުރަށްވަމުންނެވެ. ސައުދު ވިދާޅުވީ، ސަރުކާރުން މަސްގަތުން ހުއްޓާލުމަކީ އަދި ހައްލެއް ނޫން ކަމަށެވެ. އަދި މިއީ ޒަމާނީ މަސްވެރިކަމުގެ ސިނާއަތެއް ބިނާ ކުރަންވީ ވަގުތު ކަމަށް ސައުދު ވިދާޅުވިއެވެ. ސަރުކާރު ކުންފުނިތަކުން ބޮޑު […]

އަލީ އާދިލް
ވެމްކޯއިން ކުނި ނަގާ ގަޑިއަށް ބަދަލެއް

ވެމްކޯއިން ކުނި ނަގާ ގަޑިއަށް ބަދަލެއް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން މާލޭ ސިޓީއަށް ދެމުން ގެންދާ ކުނި އުކާލުމުގެ ވަގުތައް ބަދަލު ގެނެސްފިއެވެ. މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ޓާގެޓަކީ ފަތިސް ނަމާދަށް މާލޭ ރައްޔިތުން ހޭލަންވާއިރަށް މާލޭގެ މަގުތަކުގެ ހުރި ކުނި ނަގާ، ކުނި ކަހާފަ ބޭއްވުން ކަމަށެވެ. “ރީތި މަގެއްގަ ހިނގާލާފަ ނަމާދަށް ދެވޭ ވަރަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށް ޔަގީންކަން އެބަ އޮތް،” އާދަމް މުހައްމަދު ވިދާޅުވި […]

އަޙްމަދު ވަހީދު
މާރާމާރީގެ މައްސަލައަކާއި ގުޅިގެން "އަލަމިން މިއާ" ހޯދަނީ

މާރާމާރީގެ މައްސަލައަކާއި ގުޅިގެން "އަލަމިން މިއާ" ހޯދަނީ

މާރާމާރީގެ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. މިގޮތުން އެ މައްސަލާގައި ހޯދަމުން ދަނީ ބަންގްލަދޭޝްގެ އުމުރުން 40 އަހަރުގެ އަލަމިން މިއާ ކަމަށް ފުލުހުން ވިދާޅުވިއެވެ. “އަލަމިން މިއާ އާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791674 އަށް ގުޅުއްވައި ހިއްސާކު...

ޔުމްނާ ޢަލީ
ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފި

ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފި

މަސްވެރިކަމުގައި އުޅެނިކޮށް ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެހާދީސާގައި މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ 40 އަހަރު ދިވެހި މަސްވެރިއަކަށްކަމަށެވެ. ޅ. ފާދޫ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅުނު “ޒިކުރާ” ނަމަކަށް ކިޔާ ދޯނީގައި މަސްވެރިކަމު އުޅެނިކޮށް އެ މަސްވެރިޔާ ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް އޭނާ ގައިގާ ހިފާ ޒަޚަމްކޮށްލާފައި ވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިމިހާއަށް ލިބިފައިވާ ޒަޚަމްގެ މާ ބޮޑު ތަފްސީލެއް އަދި...

ޝިއުނާ އާދަމް
ހުޅުމާލޭ ސްވިމިންގ ޕޫލް އާންމުންނަށް ހުޅުވާލައިފި

ހުޅުމާލޭ ސްވިމިންގ ޕޫލް އާންމުންނަށް ހުޅުވާލައިފި

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މެނޭޖްކުރަމުން އަންނަ ހުޅުމާލޭ ސްވިމިންގ ޕޫލް މެންބަރޝިޕް އުޞޫލުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ނިންމައިފި އެވެ. ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފައިވަނީ، ސްވިމިންގ ޕޫލު ހުޅުވާލާފައިވަނީ މެންބަރޝިޕް ފީ ނަގާ އުޞޫލެއްގެ ދަށުން ކަމަށެވެ. އެގޮތުން ދިވެހިންގެ އަތުން މެންބަރޝިޕް ފީ އެއްގެ ގޮތުގައި މަހަކު 1500.00 (ފަނަރަސަތޭކަ) ރުފިޔާ އެވެ. ނުވަތަ ދުވާލަކު އެއް ގަޑިއިރަށް 150.00 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ. ބިދޭސީންގެ މެން...

އިބްރާހިމް އަސްވާޤް
އެމްޑީއެންގެ ތަޙްޤީޤު ނުނިމޭތީ، 20 ޝައިހަކު ކަންބޮޑުވުންފާޅުކޮށް ސިޓީއެއް

އެމްޑީއެންގެ ތަޙްޤީޤު ނުނިމޭތީ، 20 ޝައިހަކު ކަންބޮޑުވުންފާޅުކޮށް ސިޓީއެއް

އެމްޑީއެންގެ ތަޙްޤީޤު ނުނިމޭތީ ދީނީ ވަޢުޛު ބުނުމުގެ ހުއްދަ ދެއްވާފައިވާ 20 ޝައިޙަކު ކަންބޮޑުވުންފާޅުކޮށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހީރު ޢަލީއަށް ސިޓީއެއް ފޮނުއްވައިފި އެވެ. އިއްޔެ ފޮނުވި އެސިޓީގައި ބުނެފައިވަނީ، 19 ޑިސެމްބަރ 2019 ގައި މިނިސްޓްރީ އޮފް ޔޫތުއިން އެޖަމްޢިއްޔާގެ ނަން ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުގެ ދަފްތަރުން އުނިކޮށް އުވާލިފަހުން 365 ދުވަސް ފާއިތުވިއިރުވެސް އެ ރިޕޯޓު ލިޔުނު ފަރާތްތަކާއި މެދު އެއްވެސް ތަޙްޤީޤެއް ހިންގައި ނިންމިކަމެއް ޕޮލިހުން ހާމަކޮށްފ...

އަލީ އާދިލް
''މިއަދު އާދަން ނަސީރުބެ، މާދަމާ ކާކުބާ؟'' އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅުއަޅާ: ޓީމް

''މިއަދު އާދަން ނަސީރުބެ، މާދަމާ ކާކުބާ؟'' އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅުއަޅާ: ޓީމް

ކަނޑިންމަ ރިސޯޓުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ކޯވިޑް ބަލީގައި ނިޔާވެފައިވާ، މަރްޙޫމް އާދަމް ނަސީރާއިމެދު އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ގޮވައިލާ ފަށާފައިވާ ކެމްޕެއިންގެ އަޑު ނުކެނޑެއެވެ. މަރުޙޫމް އާދަމް ނަސީރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ ފަރާތްތަކުން ދަނީ އަދިވެސް އެކަމަށް ގޮވައިލަމުންނެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން މިއަދު ޓުވީޓާގައި އާންމުކުރި މެސެޖާއިއެކު، އިތުރަށް މިވަނީ މި ކެމްޕެއިންގެ...

ޙުސައިން ޝަހުދީ
ސަފުހަދާފައި ފެލިވަރަށް ދާންޖެހޭނީ ދައުލަތުގެ އިސް މީހުން: ރުކުމާ

ސަފުހަދާފައި ފެލިވަރަށް ދާންޖެހޭނީ ދައުލަތުގެ އިސް މީހުން: ރުކުމާ

ދިވެހި މަސްވެރިންގެ ހުރި ކަންބޮޱވުންތައް އަޑުއެހުމަށް، ސަފުހަދާފައި ފެލިވަރަށް ދާންޖެހޭނީ ދައުލަތުގެ އިސް މީހުންކަމަށް، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ. 18 ވަނަ މަޖިލިސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނި ވަޑައިގެންނެވި، މިހާރުވެސް އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވި ރުކުމާ މިހެން ވިދާޅުވީ ޝީލްޑް ތަކެއް ހިފައިގެން ހިނގާފައިދާ ފުލުހުންތަކެއް ފެންނަ ފޮޓޯއެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައެވެ. މީސްމީޑިއާގައި ކުރިން ދައުރުވި ފޮޓޯ...

އަލީ އާދިލް
އިތުރު 2 ބިލެއް ރައީސް ތަޞްދީޤުކުރައްވައިފި

އިތުރު 2 ބިލެއް ރައީސް ތަޞްދީޤުކުރައްވައިފި

އިތުރު 2 ބިލެއްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު  ތަޞްދީޤުކުރައްވައިފި އެވެ. އެގޮތުން މިއަދު ރައީސް ތަޞްދީޤުކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 7/2010) އަށް ނުވަވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2006/2) އަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 7/2010) އަށ...

އިބްރާހިމް އަސްވާޤް
މޭޖަރ ޖެނެރަލް، ޝިޔާމްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ފޮނުވައިފި

މޭޖަރ ޖެނެރަލް، ޝިޔާމްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ފޮނުވައިފި

ކުރީގެ ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް، އަޙްމަދު ޝިޔާމްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނު އެ މައްސަލާގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އެކޮމިޝަނުން މިއަދު ބުނެފައިވަނީ، ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ، ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް)ގެ ކުރީގެ ޗީފް އޮފް ޑިފެންސްފޯސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބ...

ޔުމްނާ ޢަލީ
ލީގުގައި ޔުވެންޓަސް ބަލިވެއްޖެ

ލީގުގައި ޔުވެންޓަސް ބަލިވެއްޖެ

އިޓާލިއަން ސީރިއާ އޭގައި އަންގާރަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާއި ފިއޮރެންޓީނާ ބައްދަލު ކުރި މެޗުން ޔުވެންޓަސް ބަލިވެ އެ ޓީމު މި ސީޒަންގައި ލީގުގައި ބަލިނުވެ އޮތްއިތުން ނިމުމަކަށް އައިސްފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވެފައިވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ފިއޮރެންޓީނާއިން ވަނީ ލަނޑުޖާފައެވެ. މި ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ފްރޭންކް ރިބެރީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު […]

އިބްރާހިމް ޚަލީލް
ދުވާފަރު ސިއްޙީ މަރުކަޒުގެ ޝުކުރު އެމްޓީސީސީއަށް

ދުވާފަރު ސިއްޙީ މަރުކަޒުގެ ޝުކުރު އެމްޓީސީސީއަށް

ރ. ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވާތީ، އެ ސިއްޙީ މަރުކަޒުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ޝުކުރު އަދާކޮށްފިއެވެ. ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވާތީ، އެކަން ފާހަގަކޮށް ދުވާފަރު ސިއްޙީ މަރުކަޒުން ޝުކުރު އަދާކުރީ އެ މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖާއި، ޓުވީޓާ މެދުވެރިކޮށެވެ. އެމްޓީޓީސީން ‏ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވަނީ، އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ...

ޝިއުނާ އާދަމް