އަންނަނިހިރު ދުވަހުގެ ރޭ މާލޭ ސިޓީގައި އިދިކޮޅު ޕްރްގްރެސިވް ކޯލިޝަނުން ބާއްވަން ނިންމި ޖަލްސާ ބާއްވަން ހުއްދަ ދީފިކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ކާނިވަލުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދީފައިވާ ކަމަށެވެ.

Ad
rt

އިދިކޮޅު ކޯލިޝަނުން "ވިސްނާ" ނަމުގައި ޖަލްސާއެއް ބާއްވަން ނިންމައި، އެކަން ޢިއުލާން ކުރަމުން މިދިޔަ ހޯމަ ދުވަހު އެ ކޯލިޝަނުން ބުނީ އެ ޖަލްސާ ބާއްވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކާއި ސަރުކާރުން ހަދާފައިވާ ގޯސްތަކާއި ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ކަމަށެވެ.

އެ ޖަލްސާގައި ވަރަށް "ސަޕްރައިޒިން" ކަންތަތައްތަކަށް ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

މި ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި އެރޭ 8:30 ގައި ކަމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.