މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1782 ވަނަ ޞަފްޙާ

އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް އެންމެ އިސްކަމެއް ދޭންޖެހޭ އެއް ދާއިރާއަކީ މަސްވެރިކަން: ރައީސް

އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް އެންމެ އިސްކަމެއް ދޭންޖެހޭ އެއް ދާއިރާއަކީ މަސްވެރިކަން: ރައީސް

ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކޯވިޑުން ރައްކާތެރިވުމުގެ ގޮތުން، ރާއްޖޭގެ ބ...

އަޙްމަދު ވަހީދު
ކުޑަ ކުދިންނަށް އަމާޒުކޮށްގެން ”ލަންދޫ ޕޮލިސް ފުޓްސަލް ޗެލެންޖް 2020″ ފަށައިފި

ކުޑަ ކުދިންނަށް އަމާޒުކޮށްގެން ”ލަންދޫ ޕޮލިސް ފުޓްސަލް ޗެލެންޖް 2020″ ފަށައިފި

ފުލުހުން އިސްނަގައިގެން ނ. ލަންދޫގައި ދިރިއުޅެމުންދާ 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ”ލަންދޫ ޕޮލިސް ފުޓްސަލް ޗެލެންޖް 2020″ ފަށައިފިއެވެ. ފުލުހުންނާއި ލަންދޫ ކައުންސިލް އަދި ލަންދޫގައި ހުރި މުއައްސަސާތައް ގުޅިގެން ބާއްވާ މި ފުޓްސަލް މުބާރާތް ފަށާފައިވަނީ ޑިސެމްބަރު 25 ވަނަ ދުވަހުކަމަށް ފުލުހުން ބުނެފައިވެއެވެ. ލަންދޫގައި މަސައްކަތްކުރާ ފުލުހުން އިސްނަގައިގެން ލަންދޫ ކައުންސިލާއި ލަންދޫގައި ހުރި މުއައްސަސާތައް ގުޅިގެން ބާއްވާ މިމުބާރާތަކީ 18 އަހަރުން ދަށުގެ ކުދިންނަށް ޕްރޮފެޝަ...

ޔުމްނާ ޢަލީ
ރައީސް ޔާމީނު ޖަލުގައި ބަހައްޓާފައި، މުޖުރިމު''ކަލޭގެ''ބަހައްޓާފައި އެހެރީ އެއާކޯނު ކޮޓަރީގައި: މުޙައްމަދު

ރައީސް ޔާމީނު ޖަލުގައި ބަހައްޓާފައި، މުޖުރިމު''ކަލޭގެ''ބަހައްޓާފައި އެހެރީ އެއާކޯނު ކޮޓަރީގައި: މުޙައްމަދު

ކުރީގެ ރައީސް ޢަބުދުﷲ ޔާމީނު ޢަބުދުއްޤައްޔޫމު ނުހައްޤުން ޖަލުގައި ބަހައްޓާފައި، ”މުޖުރިމު ކަލޭގެ” ބަހައްޓާފައި ހުރީ އެއާކޯނު ކޮޓަރިއެއްގައި ކަމަށާއި، އެކަމާއި ރައްޔިތުން ވިސްނުމަށް ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. މުޙައްމަދު މިހެން ވިދާޅުވީ، ރޭ އިދިކޮޅު ޕްރޮގްރޮއްސިވް ކޯލިޝަނުން މާލޭ ސިޓީ ކާނިވަލުގައި ބޭއްވި ”ވިސްނާ” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުޙައްމަދު ވަނީ ރައީސް މައުމޫންގެ ތިރީސް އަހަރުގެ ވެރިކަމަށް ވެސް ވަރަ...

އަލީ އާދިލް
ވެމްކޯއިން ރޭގަނޑު ކުނި ނަގަން ފެށުން، ޖެނުއަރީ 10 ވަނަދުވަހަށް އަވަސްކޮށްފި

ވެމްކޯއިން ރޭގަނޑު ކުނި ނަގަން ފެށުން، ޖެނުއަރީ 10 ވަނަދުވަހަށް އަވަސްކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރޭގަނޑު ކުރިނ ނަގަން ފަށާ ގޮތަށް ގެންނަ ބަދަލު ތަންފީޒުކުރާ ތާރީހު އަވަސްކޮށްފިއެވެ. ވެމްކޯއިން އިއްޔެ ބުނި ގޮތުގައި އެ ކޯޕަރޭޝަނުން ރޭގަނޑު ކުނި އުކާލުމުގެ މަސައްކަތް ފަށާނީ ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެމްކޯއިން ވަނީ ބުނެފައިވަނީ ޖެނުއަރީ 15 އިން ފެށިގެން ގެތަކުން ކުނި ނެރެން ޖެހޭނީ ރޭގަނޑު 10:00 އާއި މެންދަމު 12:00 އާ ދެމެދު ކަމަށެވެ. ނަމަވެސް އެ […]

އިބްރާހިމް އަސްވާޤް
ޤައުމީ އިނާމު ދެއްވައިފި

ޤައުމީ އިނާމު ދެއްވައިފި

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވައިފިއެވެ. މި އިނާމްތައް ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިފަހަރު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 24 ބޭފުޅަކަށް ލިބި ވަޑައިގަތެވެ. ޤައުމީ އިނާމަށ...

ޝިއުނާ އާދަމް
ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ޔުނައިޓެޑުން ނަގާލައިފި

ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ޔުނައިޓެޑުން ނަގާލައިފި

ިއިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުޞަތު އެ ޓީމުން ނަގާލައިފިއެވެ. ލެސްޓާ ސިޓީގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ […]

އިބްރާހިމް ޚަލީލް
އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ދެއްވާ ޚާއްޞަ މެޑެލް ދެއްވައިފި

އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ދެއްވާ ޚާއްޞަ މެޑެލް ދެއްވައިފި

ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ދެއްވާ ޚާއްޞަ މެޑެލް މިރޭ ދެއްވައިފިއެވެ. އެ މެޑެލްތައް ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް މިފަހަރު ހާސިލުކުރީ 4 ޙާފިޡުންނެވެ. އެ 4 ޙާ...

ޔުމްނާ ޢަލީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމު އިހަވަންދޫ ޢަލީ ސުޒޭނު އަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމު އިހަވަންދޫ ޢަލީ ސުޒޭނު އަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، ހއ. އިހަވަންދޫ، ކުދިމާގެ، ޢަލީ ސުޒޭނު އަށް ލިބިވަޑައިގެންފިއެވެ. ޢަލީ ސުޒޭނަށް އެ އިނާމު ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކ...

ޙުސައިން ޝަހުދީ
ދަނޑުވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މަރޮށި މުޙައްމަދު ވަޙީދު އަށް

ދަނޑުވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މަރޮށި މުޙައްމަދު ވަޙީދު އަށް

ދަނޑުވެރިކަމުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، ށ. މަރޮށި، އައްސޭރި، މުޙައްމަދު ވަޙީދު އަށް ލިބިވަޑައިގެންފިއެވެ. މުޙައްމަދު ވަޙީދަށް އެ އިނާމު ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދަނޑުވެރިކަމުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތް މުޙައް...

ޙުސައިން ޝަހުދީ
ނޫސްވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ކެލާ ސަމްޢާން އަށް

ނޫސްވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ކެލާ ސަމްޢާން އަށް

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަން ކުރިއެރުވުމާއި، މަޢުލޫމާތު ފެތުރުމުގެ ރޮނގުން ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ހއ. ކެލާ، ފެހިވިލާގެ، ޢަލީ ސަމްޢާންއަށް ލިބިވަޑައިގެންފިއެވެ. ސަމްޢާންއަށް އެ އިނާމު ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދ...

ޙުސައިން ޝަހުދީ
ދިވެހި ދައުލަތުގެ ޢިއްޒަތް 2 ބޭފުޅަކަށް އަރުވައިފި

ދިވެހި ދައުލަތުގެ ޢިއްޒަތް 2 ބޭފުޅަކަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.މ.ޝ.ޢ) މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާޢީލް ޢަލީއަށް، އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ދ.ޝ.ޢ) މައްޗަންގޮޅި ވިލުވެލި ބަދުރުއްނަޞީރަށް އަރުވައިފިއެވެ. މި ދެ ބޭފުޅުންނަށް ޢިއްޒަތް އެރުވުން އޮތީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ. އަ...

އިބްރާހިމް އަސްވާޤް
2028 ވަނަ އަހަރުގެ ކުރިން ޗައިނާއިން ދުނިޔޭގެ އިޤްތިޞާދުގެ 1 ވަނައަށް އަރާނެ: ރިޕޯޓު

2028 ވަނަ އަހަރުގެ ކުރިން ޗައިނާއިން ދުނިޔޭގެ އިޤްތިޞާދުގެ 1 ވަނައަށް އަރާނެ: ރިޕޯޓު

2028 ވަނަ އަހަރުގެ ކުރިން ޗައިނާއިން ދުނިޔޭގެ އިޤްތިޞާދުގައި ރަސްކަން ކުރާނެ ކަމަށާއި، މި ވަގުތު ކުރީގައިވާ އެމެރިކާއަށް ވުރެވެސް ކުރިއަށް ޖެހިލާނެ ކަމަށް ދަ ގާރޑިއަން ނޫސް މަޖައްލާއިން ރިޕޯޓުކޮށްފިއެވެ. ސެންޓަރ ފޯރ އިކޮނޮމިކްސް އެންޑް ބިޒްނަސް ރިސާރޗްއިން ޑޮލަރުން ހިސާބު ގުނަ ކުރާއިރު، މިހާތަނަށް ދައްކާގޮތުގައި، ޗައިނާއިން އެމެރިކާގެ އިޤްތިޞާދު2028 ވަނަ އަހަރުގެ ކުރިން ވައްޓާލާނެއެވެ. އެއީ މީގެ އަހަރެއް ކުރިން ތަޖުރިބާކާރުން އަންދާޒާކުރި ގޮތަށް ވުރެ 5 އަހަރު އަވަސް މުއްދަތެކެވެ. 193 […]

މުޙައްމަދު މާއިލް ހަސަން
ތިލަދުންމަތީ ހުނަރުވެރިން: ‎ފޮޓޯނަގާ ބާރަށު ނަޒީހް

ތިލަދުންމަތީ ހުނަރުވެރިން: ‎ފޮޓޯނަގާ ބާރަށު ނަޒީހް

ފޮޓޯނެގުމަށް ލޯބިކުރާ ޒުވާނުން އިތުރުވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ މޮޅެތި ކެމެރާތަކާއިއެކު ތަޢާރަފްވެގެންދިޔަ މޯބައިލް ފޯނުތަކެވެ. ނެގޭ ފޮޓޯތަށް ފަސޭހަކަމާއިއެކު އެހެން މީހުނަށް ހިއްސާ ކޮށްލުމަށް ލިބިގެންދިޔަ ސޯޝަލް ޕްލެޓްފޯމަތަކެވެ. އެ ފޮޓޯތަކަށް ލިބިގެން ދިޔަ ތަރުހީބެވެ. ހއ.ބާރަށަކީ ދިވެހި ތާރީޚުގެ މުހިންމު ސަފްހާތަކާއި ގުޅުންހުރި ތާރީޚީ ތަންތަން ހުރި ރަށެކެވެ. ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވުމަށް އުތީމު ތިންބެއިން ބެންނެވި ކަޅުއޮށްފުންމި ބެންނެވި އޮޑިވަޅާއި،...

އިބްރާހިމް ޚަލީލް
ފިއްލަދޫގައި ފުޓްބޯޅަ ކުޅެންހުރި ޒުވާނަކު ހާޓްއެޓޭކް ޖެހިގެން ނިޔާވެއްޖެ

ފިއްލަދޫގައި ފުޓްބޯޅަ ކުޅެންހުރި ޒުވާނަކު ހާޓްއެޓޭކް ޖެހިގެން ނިޔާވެއްޖެ

ހއ.ފިއްލަދޫ ފުޓްބޯޅަ ދަނޑުގައި ފުޓްބޯޅަ ކުޅެންހުރި ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން ނިޔާވެއްޖެއެވެ. 25 ޑިސެމްބަރ 2020 ވީ ހުކުރު ދުވަހު ނިޔާވެފައިވަނީ މުޙައްމަދު ހަލީމް ނަމަކަށް ކިޔާ ޒުވާނެކެވެ. ފިއްލަދޫއިން ވާހަކަ ދެއްކި މީހަކު ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އެ ޒުވާނާއަށް ހާޓްއެޓޭކް ޖެހިފައިވަނީ އިއްޔެގެ އިރުއޮއްސުމާއި ދާދިގާތްވެފައި ވަނިކޮށް އިތުރު ޒުވާނުންތަކަކާއި އެކު އެ ރަށު ފުޓްބޯޅަ ދަނޑުގައި ފުޓްބޯޅަ ކުޅެން ހުއްޓައި ކަމަށެވެ. އެ ޒުވާނާ އެ ރަށުގެ ސިއްހީ މަރުކަޒަށް […]

އިބްރާހިމް ޚަލީލް
"ހުސެއިން ރަޝީދުބެއާއި އެކު އެންމެން" އެހީތެރިވެ ދެއްވާ!

"ހުސެއިން ރަޝީދުބެއާއި އެކު އެންމެން" އެހީތެރިވެ ދެއްވާ!

ބައްޔަކަށް ފަރުވާ ހޯދުމަށް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އާންމުންގެ އެހީތެރިކަމަށް އެދެމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިންނަކީ ނަމޫނާ ބައެކެވެ. ދީލަތި ބައެކެވެ. އެހީ ހޯދުމަށް ހިންގުނު ކޮންމެ ހަރަކާތަކުން ފެނިގެން ގޮސްފައިވަނީ އެކަމެވެ. ހއ.އިހަވަންދޫ ނަސްފަރު ޙުސެން ރަޝީދަކީ ހެޔޮލަފާ ފިރިއެކެވެ. ނަމޫނާ ބައްޕައެކެވެ. އިމާމެކެވެ. އިހަވަންދޫއަށް ދީނީ އަދި އިޖްތިމާޢީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވި އަދި ކޮށްދެއްވަމުން އަންނަ ޚިދުމަތްތެރިއެކެވެ. ހުސެއިންގެ ދެ ކިޑްނ...

އިބްރާހިމް ޚަލީލް
ހޯރަފުށީ އެއާޕޯޓު ހެދީ 7 މަހުން، މަސްކިރަން ދިގު ފަރު 1 އަހަރުން ތަރައްގީ ކުރެވެންޖެހޭނެ: ރަޝީދު

ހޯރަފުށީ އެއާޕޯޓު ހެދީ 7 މަހުން، މަސްކިރަން ދިގު ފަރު 1 އަހަރުން ތަރައްގީ ކުރެވެންޖެހޭނެ: ރަޝީދު

ހއ. ހޯރަފުށީގައި އެއާޕޯޓު ތަރައްގީކޮށް ނިންމާލީ އެންމެ 7 މަހުން ކަމަށާއި، ހއ. އަތޮޅު ދިގު ފަރު، މަސްގަންނަ ރަށެއްގެ ގޮތުގައި ތަރައްގީކޮށް އެއް އަހަރު ދުވަހުގެ ތެރޭ ނިންމޭނެ ކަމަށާއި، އަދި އެކަން ކޮށްދޭން ޖެހޭ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ރަޝީދު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު އެރަށުގެ މަސްވެރި ޢާއިލާތަކުން އިންތިޒާމްކޮށް، އެރަށުގެ ބަނދަރުގައި ބޭއްވި އިހުތިޖާޖުގައި ބައިވެރިވެ، ވާހަކަ ދައްކަވަމުން ނެވެ. ރަޝީދު ވިދާޅުވީ ސަރުކާރު ތަކުން […]

ޙުސައިން ޝަހުދީ
ވާހަކަ: ނާ ބަންނަ އަޑިގަނޑު (2)

ވާހަކަ: ނާ ބަންނަ އަޑިގަނޑު (2)

ކުރީ ޢަދަދާއި ގުޅޭ: ބައްދަލުވާން ނިންމި ވަގުތު ޖެހުނު އިރު ތިން ކުދިން ވެސް ތިބީ ޙަސަންބޭމެންގެ ގޭ ދޮރުމަތީގައެވެ. އޭރު ޢިޝާ ނަމާދުން އައިސް ކައިގެން ދުފައިލަން ދިމާ އެނދުގައި ޖައްސާލައިގެން ޙަސަންބެ އިނެވެ. އުނގުމަތީގައި ހުޅުވައިލާފައި އޮތް މަޑިސީލައިން ހާވަހާވައިގެން އެކި އެއްޗެހި ނަގައި އަނގައަށް އަޅައި ދުފުންގަނޑު ވަރުކުރަމުން ގެންދެއެވެ. “އައްސަލާމް ޢަލައިކުމް.” ފާތިނާ ސަލާންގޮވައިލިއެވެ. މި އަޑަށް ދޮރާ ދިމާއަށް ޙަސަންބެ ބަލާލައިފިއެވެ. މުސްކުޅިވެ ލޯބޯ ކޮށިވެފައިވުމުގެ ސަބަބުން ދުރު އެހައި...

ޢާޠިފާ ޒަކަރިއްޔާ
2020 ވަނަ އަހަރު ހިނގާފައިވާ އާދަޔާ ޚިލާފު ބައެއް ކަންތައްތައް!

2020 ވަނަ އަހަރު ހިނގާފައިވާ އާދަޔާ ޚިލާފު ބައެއް ކަންތައްތައް!

2020 ވަނަ އަހަރަކީ. ހަމަ ޤައިމުވެސް ދުނިޔޭގެ ފަހުގެ ތާރީޚެއްގައި ހަނދާނުން ފޮހެވިގެން ނުދާނޭ އަހަރެކެވެ. ދުނިޔެ މިވަގުތު ދެކެމުންމިދާ ކޯވިޑް-19 ގެ ބަލިމަޑުކަމަކީ، ފަހުގެ ތާރީޚެއްގައި ދުނިޔެއެއްކޮށްހެން ހުއްޓުމަކަށް ގެނައި ވަބާއެކެވެ. މި އަހަރަކީ، ދުނިޔެއެއްކޮށްހެން “ބަންދުވެގެން” ނިމިގެންދާ އަހަރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް، މި ބަލިމަޑުކަމުގެ އިތުރުން، މި އަހަރުތެރޭގައި ތަފާތު އެތަކެއް ކަންތައްތަކެއް ހިނގައި އަޅުގަނޑުމެންގެ ލޯމަތިން ކައްސާލައިގެން ވަނީ ގޮސްފައެވެ. މި ލިޔުމުގައި ބަލ...

މުޙައްމަދު މާއިލް ހަސަން