މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ ރ.ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ދާދި ގާތަށް ގޮސްފައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހާމަކުރަމުން އެ ކުންފުނިން ބުނެފައިވަނީ ދުވާފަރު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. މިގޮތުން މިހާރު ތާރު އަޅަންޖެހޭ ހުރިހައި މަގެއްގައި ތާރުއަޅާ ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާނ...
އިބްރާހިމް ޚަލީލް
ހއ. މާރަންދޫ ކައުންސިލާއި، އެރަށުގެ ރައްޔިތުން ގުޅިގެން އެރަށުގެ އެއް ކުނިގޮނޑު ސާފުކޮށްފިއެވެ. އެރަށުގެ ދެވަނަ ކުނިގޮނޑު މިއަދު ސާފު ކުރާން ހަމަޖެހިފައިވާއިރު، މާރަންދޫ ކައުންސިލުން ވިދާޅުވީ، ކޯވިޑްގެ ކުރީން ވެސް އެރަށުގައި އޮންނަ ދެ ކުނި ގޮނޑުވެސް ސާފުކޮށް، ކުނި ނައްތާލުމުގެ މަސައްކަތް ކުރަނީ ރަށުގެ ރައްޔިތުން ކަމަށެވެ. މާރަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޙަސަން ”ތިލަދުން”އަށް ވިދާޅުވީ، ކޯވިޑްގެ ސަބަބުން މިދިޔަ ހައެއްކަ މަހެއްހާ ދުވަހު އެ ރަށުގެ ކުނިގޮނޑުތައް ސާފު ކުރުމުގެ މަސައްކަތް ކުރަމުނ...
ޙުސައިން ޝަހުދީ
ދުނިޔޭގެ އެންމެ އާބާދީބޮޑު ޗައިނާއިން އެގައުމުގެ 22.8 މިލިއަން މީހުންނަށް ކޯވިޑް-19 ވެކްސިން ދީފިއެވެ. ޗައިނާގެ ހެލްތު ދާއިރާގެ އޮފިޝަލުންނާއި ހަވާލާދީ ބައިނަލް އަގްވާމީ ނޫސް އެޖެންސީ ”ރޮއިޓާސް”އިން ބުނީ ކުރިއަށް އޮތް ފެބްރުއަރީ މަހު ފެށޭ އެގައުމުގެ އާ އަހަރުގެ ބަންދާއި ދިމާކޮށް، ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް އެގައުމުގެ ސަރުކާރުންވަނީ ފަށާފަވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެގައުމުގެ 22.8 މިލިއަން މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވާ ކަމަށް އެ ނޫހުގައި […]
ހުސައިން ހަބީބް
ށ.މާއުނގޫދޫގައި ފާނަބަސަނދު ފެތުރޭތީ އާންމުން އެކަމަށް ސަމާލުވެ ތިބުމަށް އެ ރަށު ސިއްޙީ މަރުކަޒުން އިލްތިމާސް ކޮށްފިއެވެ. މި ބައްޔަކީ ވައިރަހެއްގެ ސަބަބުން ޖެހޭ އަދި ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވެފައި، ފާއިތުވި ދެ ހަފްތާގެ ތެރޭގައި މި ބަލި ޖެހިފައިވާ ދެ މީހަކު އެ ރަށު ސިއްޙީ މަރުކަޒަށް ދައްކާފައި ވުމުން އެ ބަލި އިތުރަށް ފެތިރިދާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން އެކަން އެ ސިއްހީ މަރުކަޒުންވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. […]
އިބްރާހިމް ޚަލީލް
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު މާލޭ ސިޓީގައި ކުރަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން ހައްޔަރުކުރި ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ އާއި، އެޕާޓީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު މިރޭ ދޫނިދުއަށް ބަދަލުކޮށްފިއެވެ. މީގެއިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިރޭ ހައްޔަރު ކުރުމަށްފަހު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ. އަދުރޭއާއި ޝުޖާއު ހައްޔަރު ކުރީ އިންޑިއާއިން ރާއްޖެ...
އަލީ އާދިލް
ހއ. އިހަވަންދޫ ގާޒީ ފުޓްބޯޅަ ދަނޑުގެ ސަބުބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތުގެ އެއްބަސް ވުމުގައި ސޮއި ކުރެވުނީ 29 އޮކްޓޯބަރު 2020 ގައެވެ. އަދި ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެވެ. އިހަވަންދޫ ގާޒީ ފުޓްބޯޅަ ދަނޑުގެ ސަބުބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދިޔުމާއި ގުޅިގެން އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ”ތިލަދުން”އަށް ވިދާޅުވީ، އިހަވަންދޫ އަކީ ގިނަ ޢަދަދެއްގެ ކުޅިވަރުކުޅޭ […]
ޔުމްނާ ޢަލީ
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން މިރޭ މާލޭ ސިޓީގައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅުން މިރޭ އިދކޮޅުން ކުރަމުން ގެންދާ އިހުތިޖާޖުގެ ތެރެއިން ސަލްމާން މިސްކިތް ކައިރިން ބޮޑު ތަކުރުފާނު މަގުންނެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން ޕީޕީއެމް ތަމްސީލް ކު...
އަޙްމަދު ވަހީދު
ވެލާ ރިސޯޓުން ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި 4079.10 ޑޮލަރު ދީފި އެވެ. ރާއްޖޭގެ ރިސޯޓު މުވައްޒަފުންގެ ހައްގަށް މަސައްކަތް ކުރާ ރިސޯޓް ވޯކާސް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި މިމަހު އެރިސޯޓުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް 4079.10 ޑޮލަރުވަނީ ދީފަ އެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 15.42 ގެ ރޭޓުން ފަސްދޮޅަސް ދެ ހާސް އަށްސަތޭކަ ނުވަދިހަ އަށް ރުފިޔާ / އަށާރަ ލާރި އެވެ. މިވަގުތު ކަޅުބާޒާރުގައި ޑޮލަރު ލިބެންހުރީ 18.90 ގެ […]
ޔުމްނާ ޢަލީ
ހއ. ހޯރަފުށީގައި އައިސް ޕްލާންޓެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ވަރޗުއަލްކޮށް މިއަދު ހަވީރު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ. ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލްގައި ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއުއަކީ ޗަންޕާ ބްރަދަރސްއިން ފައިނޭންސް ކުރަން ހަމަޖެހިފައިވަނީ މަޝްރޫޢުއެކެވެ. މި އެއްބަސް ވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރ...
ޔުމްނާ ޢަލީ
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްތައް ކުރުމަށް މިނިސްޓްރީ އޮފް ހެލްތް އާއި އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. ހެލްތު މިނިސްޓްރީއިން މިޕްރޮޖެކްޓާއިގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ އަތޮޅުތެރޭގެ 5 ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮޖެކެޓްގެ ދަށުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ލެވެލްއަށް ތަރަޢްޤީ ކުރުމުގެ ދަށުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެއްކަމަށެވެ. މި ޕްރޮޖެކް...
އަލީ އާދިލް
ައިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ އާއި، އެޕާޓީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދެ ބޭފުޅުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅުން މިއަދު މާލޭ ސިޓީގައި ކުރަމުން ދިޔަ އިހުތިޖާޖުގެ ތެރެއިން ދަރުބާގޭ ސަރަޙައްދުންނެވެ. އެ އިހުތިޖާޖުގައި ބައިވެރިވި، އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް ތަމްސީލް ކުރަށްވާ ކައުންސިލް މެންބަރަކު ”ތިލަދުން”އަށް ވިދާޅުވީ، އެ ދެބޭފުޅުން ފުލުހުންގެ ބެލުމުގެ […]
އަލީ އާދިލް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހީވާގި މުވައްޒަފުން، މަސްތުވާތަކެތި ބޭނުންކުރާ ބަޔަކު ދިރިއުޅެމުން ދިޔަ ގޮނޑު ވެފައިވާ ކުރީގެ ”މެޓްރޯ ކެފޭ” ސާފު ކޮށްފިއެވެ. މިގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސް ގުޅިގެން ރޭ ނެރުނު ނޫސް ބަޔާނުގައި ވެސް ވަނީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ފަރާތްތަކެއް ދިރިއުޅުނު މެޓްރޯ ކެފޭގެ އިމާރާތް ވެމްކޯގެ އެހީތެރިކަމާއެކު ސާފުކުރުމުގެ މަސައްކަތް ކު...
ޝިއުނާ އާދަމް
ހދ.ނެއްލައިދޫ ކޮމިއުނިޓީ ޕާކް ސަރަހައްދުގައި ވިޔަފާރި އުސޫލުން ރެސްޓޯރެންޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވަނީ އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 03 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް އެ ކައުންސިލަށް ވަޑައިގެން ރެޖިސްޓަރީ ކުރައްވަމުން ގެންދިއުމަށެވެ. ރަޖިސްޓަރ...
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ސިޓީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް އެ ޓީމުން ޖެހިލައިފިއެވެ. އަންގާރަ ދުވަހުގެ ރޭ ވެސްޓް ބްރޯމްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުޅި މެޗުގައި ވެސް ސިޓީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި 74 އިންސައްތަ ބޯލް ޕޮޒިޝަން އެ ޓީމުން ހިފެހެއްޓިއިރު […]
އިބްރާހިމް ޚަލީލް
މާލޭ ގެޔެއްގެ ތެރޭ ސިޑިގޮޅީގައި ބަހައްޓާފައިހުރި އޭސީ ވަގަށް ނެގި 2 ވަގުން ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދެފި އެވެ. މިދެވަގުންގެ ވީޑީއޯ އާންމު ކުރަމުން ފުލުހުން ބުނެފައިވަނީ މާފަންނު ގެއެެއްގެ ސިޑިގޮޅިތެރޭގައި ބަހައްޓާފައިހުރި އޭސީ އިންޑޯ ޔުނިޓަކާއި އައުޓްޑޯ ޔުނިޓެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުންކަމަށެވެ. ފުލުހުން ބުނެފައިވަނީ މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝ...
ޔުމްނާ ޢަލީ
މާލޭގައި ދިރިއުޅެން ދަތިވާ އާއިލާތައް، ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާކަމަށާއި ޖެންޑަރ މިނިސްޓްރީއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޑރ.އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ މިހެން ވިދާޅުވީ ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑް-19 ގެ މިހާލަތުގައި ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުން އަންނައިރު މިހާލަތުގައި އަމި...
އަލީ އާދިލް
ހަތަރު މީހުންނާއެކު ސ. ހިތަދޫ ނެރު މައްޗަށް ދޯންޏެއް އުރިއްޖެ އެވެ. ނޫސްވެރިންނަށް މަޢުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން ބުނީ، މިއީ ފަރުމަސްވެރިކަން ކުރަން އުޅުނު “ކޯމަސް” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 9:35 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އެ ދޯނި ފުންކޮށްދިނުމަށް އެމްއެންޑީއެފް ސަދާން އޭރިއާ ކޯސްޓް ގާޑު ސްކޮޑްރަންގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުންޏެވެ. 4 meehunnaa eku farumasverikan kuramundhiya “Koamass" nama...
އަލީ އާދިލް
މަސްތުގެ ހާލުގައި މަގުމަތީގައި ވެއްޓިފައި ތިބޭ މީހުންނާއި، މަސްތުގެ ހާލުގައި ވެއްޓެމުން ތެދުވަމުން ހިނގާ މީހުންނާއި، މަސްތުގެ ހާލުގައި ސައިކަލް ދުއްވާ މީހުންގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު ދަޢުރު ނުވި ނަމަވެސް އެ މަންޒަރުތަކަކީ މި ރާއްޖޭގައި މިހާރު ހަމަ އާންމު މަންޒަރު ތަކެކެވެ. ހާއްސަކޮށް ވެރިރަށް މާލޭގައެވެ. މަސްތުވާތަކެތި ރާއްޖޭގައި ފެތުރިފައިވާ މިންވަރުން، އެ ބޭނުން ކުރާ މީހުންގެ އުނދަގޫ ސީދާގޮތުން ނުކުރާ އާއިލާއެއް މި ރާއްޖޭގައި މިހާރު މަދުވާނޭ ނުވަތަ […]
އިބްރާހިމް ޚަލީލް