5. ޞަޙާބީންނާއި މާތް ސަލަފުން ކީރިތި ޤުރްއާނާ ދެމެދު ޢަމަލުކުރެއްވި ގޮތާއި، އެބޭބޭކަލުންގެ ޙަޔާތް، ޤުރްއާނާ ގުޅިފައިވީ މިންވަރު އަންގައިދޭ ވާހަކަތައް ކިޔައި، ކުދިންނަށް އެފަދަ ވާހަކަތަށް ކިޔައި ދޭށެވެ. އެކުދިން މިޘާލެއްގެ ގޮތުގައި ބަލަންވީ، އުންމަތުގެ އެންމެ މާތް ބޭބޭކަލުން ކީރިތި ޤުރްއާނާއެކީގައި އުޅުއްވިގޮތް އެނގުމަކީ އެކުދިންވެސް އެފަދަ ބަޔަކަށް ވުމަށް އަދި އެފަދައިން ޤުރްއާނާމެދު ޢަމަލުކުރުމަށް ލިބޭނެ ހިތްވަރަކަށް ވާނެއެވެ. އަލީ ރަޟިޔަﷲ ޢަންހުގެ ދަރިކަލުން ޙަސަން ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާމީހުންގެ އަދަދު އިތުރުވަމުން އަންނާތީ ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކޮށްފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ނެރެފައިވާ އެންގުމުގައިވަނީ ބުނެފައިވަނީ މިއަދުން ފެށިގެން މާލެއާއި ހުޅުމާލެއާއި، ވިލިމާލޭގައި ޕާޓީތަކާ، ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފައިވާކަމަށާއި ވަކި ވަގުތެއްގައި މާލޭ ސަރަހައްދުގައި ކާފިޢު ހިންގަން ނިންމާފައިވާކަމަށެވެ. އެގޮތުން މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރު 12 އިން ފެށިގެން...
ޔުމްނާ ޢަލީ
ކުޑަކުދިން ތަކަކަށް ހަމަލާދީފައި ސުވަރުގެ ނުވަދެވޭނެ ކަމަށް ޒުވާނުންނާއި، ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ. މަޙްލޫފް މިހެން ވިދާޅުވީ، ތ. ތިމަރަފުށީގެ ދަރިވަރުންތަކެއް އޯލެވެލް އިމްތިޙާން ހަދަމުންދިޔަ ތަނެއް ގޮއްވާލަން 8 މީހަކު އުޅުނުކަމަށް މިއަދު ފުލުހުން އާންމުކުރެއްވި މައުލޫމާތާއި ގުޅިގެން މީޑިއާއަކުން ގެނެސްދީފައިވާ ޚަބަރެއް މީސް މީޑިއާގައި ހިއްސާ ކުރަށްވަމުންނެވެ. މަޙްލޫފް ވަނީ ޒުވާނުންގެ ސިކުނޑިތައް ދޮވެލަން ޖާގަ ނުދެއްވުމަށް ގޮވާލަށްވާފަ އެވެ. “އެއީ ބައެއްގެ ވިޔަފާރި،...
ޔުމްނާ ޢަލީ
ކަނޑުގެ ދިރުންތައް ދިރާސާ ކުރައްވާ ސައިންޓިސްޓެއް ކަމަށްވާ، މަލިކަށް އުފަން އަލީ މަނިކުފާނަށް އިންޑިޔާ ސަރުކާރުގެ ފަރާތުން ދެމުން އަންނަ ޕަދްމާ ޝްރީ އެވޯރޑް ލިބިވަޑައިގެންފިއެވެ. އިންޑިޔާގައި ދެވޭ އެންމެ މަތީ ފަންތީގެ އެވޯރޑެއްކަމަށްވާ ޕަދްމާ ޝްރީ އެވޯރޑު އަލީ މަނިކުފާނު ހާސިލުކުރައްވާފައިވަނީ ‘ގްރާސްރޫޓް އިނޮވޭޝަންސް”ގެ ދާއިރާއިންނެވެ. މުރައިދުގަނޑުވަރު އަލީ މަނިކުފާނަކީ މުޅި މަލިކަށް މަޝްހޫރު، ބޮޑު ޢިލްމުވެރިއެކެވެ. އެ މަނިކުފާނުގެ ބައްޕާފުޅަކީވެސް މަލިކަށް މަޝްހޫރު ބޭކަލެކެވެ. އަލީ މަނިކުފާނަ...
މުޙައްމަދު މާއިލް ހަސަން
ޗައިނާގެ މައިނެއްގައި މަސައްކަތް ކުރަނިކޮށް ތާށިވެފައިވާ 2 މީހުން 2 ހަފްތާއަށްފަހު އެ ޤައުމުގެ ސަލާމަތީބާރުތަކުން ސަލާމަތްކޮށްފިއެވެ. ޗައިނާގެ ޝެންޑޮންގް ޕްރޮވިންސްގައި ހުރި މި މައިނުގައި ގޮވި ގޮވުމެއްގައި، 22 މީހުން ވަނީ ތާށިވެފަ އެވެ.އެމީހުން ވަނީ ވަގުތުން ސަލާމަތްކޮށްފައެވެ. ދެމީހުން ތާށިވެފައިވަނީ ބިމުން ފެށިގެން އެތައްސަތޭކަ މީޓަރު އަޑީގައެވެ. ސަލާމަތްކުރެވުނު 2 މީހުންގެ ތެރެއިން އެކަކު ގާތު ކުރެވޭ އިހުސާސްތައް ނޫސްވެރިން އެހުމުން ބުނެފައިވަނީ “އަލުން ދުނިޔެއަށް އާދެވުނު” ފަދަ އިހުސާސްތަކެއ...
މުޙައްމަދު މާއިލް ހަސަން
ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ އާއި އިންޑިއާގެ ކޮޗިން އާއި ދެމެދު ދަތުރުތައް ފަށަން ނިންމައިފިއެވެ. އެ އެއާލައިނުން މިއަދު ބުނީ ކޮޗިން އާއި މާލެ އާއި ދެމެދު ކުރާ ދަތުރުތައް ހަފްތާ އަކު ތިން ދުވަހު ބާއްވާނެ ކަމަށެވެ. އެ ތިން ދުވަހަކީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ. އަދި ބެގެޖް އެލަވެންސަށް 30 ކިލޯ ލިބޭނެ ކަމަށް ވެސް […]
ޙުސައިން ޝަހުދީ
ނޫސްވެރިންގެ ކަންބޮޑުވުންތަކާއިއެކު ހެލްތު މިނިސްޓަރާއި ބައްދަލުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އެދިއްޖެއެވެ. އެމްއެމްސީން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ބާއްވާ އެކިއެކި އިވެންޓުތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކަށް މީޑިއާތަކަށް ދަޢުވަތު ދިނުމާއި އެ އިވެންޓްތަކާއި ގުޅިގެން ނޫސްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި، އެކިއެކި މީޑިއާތަކާއިމެދު ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. އަދި އެކަން ހައްލު...
އަޙްމަދު ވަހީދު
ރާއްޖޭގައި ހިންގާ ޓްރެވަލް އެޖެންސީތަކުން މި ހިނގާ ޖެނުއަރީ މަހުގެ ނިޔަލަށް، އެކުންފުނިތަކުގެ އަހަރީ ރިޕޯޓު ހުށަހެޅުމަށް އަންގައިފި އެވެ. ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ޤަވާއިދު (ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވާއިދު)ގެ 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހޭކަމަށެވެ. މިއަހަރީ ރިޕޯޓު ހުށަނާޅައިފިނަމަ އެކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރެ...
އަލީ އާދިލް
އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރުމަށް ހަޒް އިންވެސްޓްމަންޓާއި މިއަދު ހަވާލުކޮށްފި އެވެ. މިގޮތުން އެ ޞިއްޙީމަރުކަޒުން ބުނީ އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ އެ މަރުކަޒަށް ގެނެސްފައިވާ ބެކްއަޕް ޖަނަރޭޓަރު ބެހެއްޓުމަށް އިމާރާތެއް ހެދުމާއި އަދި އިތުރު ލޯންޑަރީއެއް ހެދުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން އެ މަރުކަޒުގެ ކަރަންޓްވަޔަރިން ރަނގަޅުކުރުމުގެ މަސައްކަތުގެ އިތުރުން އެ މަރުކަޒުގެ ގުދަނާއި އައިސީޔޫގެ ބައެއް މަސައްކަތްތައް ވެސް އެ ކުންފުންޏާއި...
ޔުމްނާ ޢަލީ
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. މިއަދު ކުރިއަށްދިޔަ އީސީގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވުމަށްޓަކައި، އިންތިހާބު ބާއްވާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލ...
އަޙްމަދު ވަހީދު
ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނު އަށް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސްކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމުގައި ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ. ޓެރަރިޒަމް ހަމަލާއެއް ދޭން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމާއި ގުޅިގެން ތ.ތިމަރަފުއްޓާއި މާލެއާއި އަދި ކަނޑުމަތީގައި ހިނގި ހާއްސަ އޮޕަރޭޝަންގައި 11 ނޮވެމްބަރ 2020 ގައި ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މި އަށް މީހުންގެ ތެރެއިން 6 މީހެކެވެ. ނަމަވެސް މިމައްސަލައާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހ...
އިބްރާހިމް ޚަލީލް
ހޯރަފުށީ ބަނދަރުގެ ފަޅުތެރެއަށް ގޮހޮރާއި އެނޫންވެސް ކުނިވާ ޒާތުގެ ތަކެތި އަޅާނަމަ ޖޫރިމަނާކުރާނެކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެބަނދަރުގެ ފަޅުތެރޭގެ ފެންގަނޑު ގަރަބުވެ ރަށުތެރެއަށާއި އެސަރަޙައްދުގައި ހުރި މުއައްސަސާތަކާއި މީހުން ދިރިއުޅޭ ގެތަކަށާއި އިޙްލާސް މިސްކިތަށް ނަމާދަށްދާ ފަރާތްތަކަށް އުނދަގޫވާ ކަމުގެ ޝަކުވާ އާންމުން ކުރަމުންއަންނަކަމަށެވެ. މިކަމަކީ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދުގައިވެސް މަނާކޮށްފައިވާ ކަމަކަށްވާއިރު އ...
ޔުމްނާ ޢަލީ
“އަހަރެން މާލޭގައި ދިރިއުޅެނީ އެ ނޫން ގޮތެއް ނެތީމައެވެ.” މިއީ ވަރަށް ގިނައިން އަޑު އިވޭ ޖުމްލައެކެވެ. ރަނގަޅު ވާހަކައެކެވެ. ޤަބޫލުވެސް ކުރަމެވެ. ނަމަވެސް އެންމެންގެ މިސްރާބު ހުރިހައި ގޮތަކުން ވެސް ބޮއްސުން ލާފައި އޮތް ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފަރުދީ ގޮތެއްގައި މިވަނީ ވިސްނަން ޖެހިފައެވެ. މަސައްކަތް ކުރަން ޖެހިފައެވެ. ސިޔާސީ ހޮޅި ވަޢުދުތަކުން އުފެދިގެން އަންނަ ވެރިކަމުގެ ތެރެއިން ހައްލު ހޯދައިދޭނެ ކަމުގައި ޤަބޫލުކޮށްގެން މާލޭގައި ގަނޑަތެޅި އުމުރު ހުސްކޮށްލު...
އިބްރާހިމް ޚަލީލް
ކޯވިޑް19 ގެ ސަބަބުން ވަޒީފާތަކަށް ކުރާ އަސަރު މި އަހަރުގެ ބޮޑުބަޔަކަށްވެސް ދެމިގެންދާނެ ކަމަށް ބެލެވޭކަމަށް ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވެއްޖެ އެވެ. ފާރިސް އެޗް މިހެން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެ އަށް ދެމުންގެންދާ އެހީ ފުޅާކުރުމަށްޓަކައި އި...
އަލީ އާދިލް
އެއާޕޯޓް ވިޔަސް، ދެންހުރި ކަމެއްވިޔަސް މި ލިބެނީ ”ރާއްޖެ ޓީވީ” ދާއިރާއަށް ކަމަށް ވިދާޅުވެ، ހއ. ކެލާގައި ގެސްޓްހައުސްގެ ވިޔަފާރިއަށް ބިން ދޫކުރުން ލަސްވާތީ، ހއ. އަތޮޅު ކައުންސިލްގައި ކެލާ ދާއިރާ ތަމްސީލް ކުރަށްވާ، ހއ. އަތޮޅު ކައުންސިލް ޕީޕީއެމް މެންބަރު ޢަބުދުﷲ އިންފާޒް ރަޝީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. ހއ. ހޯރަފުށީގައި ގެސްޓްހައުސް ތަރަގީކޮށް ހިންގަން އެރަށުގެ ކައުންސިލުން 7 ބިމެއް ބީލަމަށް ހުޅުވާލާފައި ވަނިކޮށް، ކެލާއަށް ނިސްބަތްވެ ވަޑައިގަންނަވާ އިންފާޒް ވިދާޅުވީ، ކެލާގައި ގެސްޓްހައުސް ތަރައ...
އަލީ އާދިލް
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެ އަށް ދެމުންގެންދާ އެހީ ފުޅާކުރުމަށްޓަކައި އިތުރު 21.6 މިލިއަން ޑޮލަރު ދިނުމަށް ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ފާސްކޮށްފި އެވެ. ވާލްޑް ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިތުރަށް ހަމަޖެއްސި މި ފައިސާ ހަރަދުކުރާނީ، 12.8 މިލިއަން ޑޮލަރުގެ ފައިސާއާ އެކު މިދިޔަ އަހަރުގެ ޖޫން މަހު ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ...
އަލީ އާދިލް
ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓެނެންޓް ކާނަލްގެ މަޤާމަށް އަންހެން ސިފައިން ރޭންކްކޮށްފިއެވެ. މި އަންހެން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވާފައިވަނީ، ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެއްވުމަށް އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި ރޭންކަށް 3 އަންހެން ބޭފުޅަކަށް މަޤާމުގެ ކުރިއެރުން ދެއްވާފައިވާއިރު، މި ތިން ބޭފުޅުންނަކީ ވެސް ކުރިން މޭޖާ ރޭންކުގައި ތިއްބެވި ސިފައިންނެވެ. އެއީ މޭޖާ ހައްވާ ޝެނީން އާއި މޭޖާ ޑރ. ފާތިމަތު ތަހުސީނާ އާއި މޭޖާ ޑރ. އައިމިނަތު […]
ޝިއުނާ އާދަމް
ށ. ފޭދޫއިން ދަނޑުވެރިކަމަށް ބިން ދޫކުރަން އެރަށުގެ ކައުންސިލުން ހުޅުވާލައިފި އެވެ. އެރަށުން ދަނޑުވެރިކަމަށް ބިން ދޫކުރަން ނިންމައި، ފޭދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ ދަނޑުވެރިކަން ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ދެ އަހަރު ދުވަހުގެ މުއްދަތަށް އެރަށުން ދަނޑުބިން ދޫކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތުން މިފަހަރު 2500 އަކަފޫޓުގެ 80 ބިން ދޫކުރަން ނިންމާފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުނެފައި ވެއެވެ. މި ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ފެބްރުއަރީ މަހުގެ 3 […]
ޙުސައިން ޝަހުދީ