މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1756 ވަނަ ޞަފްޙާ

އުތުރުން ފުރަތަމަ ކޯވިޑް ވެކްސިން ޖެހީ ކޭއާރުއެޗްގެ މެނޭޖަރު

އުތުރުން ފުރަތަމަ ކޯވިޑް ވެކްސިން ޖެހީ ކޭއާރުއެޗްގެ މެނޭޖަރު

ރާއްޖޭގެ ތިން ސަރަޙައްދެއްގައި މިއަދު ކޯވިޑް-19 ވެކްސިން ދޭން ފަށާފައިވާއިރު، އުތުރުން މި ވެކްސިން ޖަހަންފެށި ކުޅުދުއްފުށީ ސިޓީން، އެންމެ ފުރަތަމަ ވެކްސިން ޖެހީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ މެނޭޖަރު އަހްމަދު ދާއޫދެވެ. ކޭއާރުއެޗްގެ މެނޭޖަރު ދާއޫދަށްފަހު، އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު މުހައްމަދު ފައިސަލް ވެކްސިން ޖަހާފައިވާއިރު، ހެލްތް ވޯކަރުންނަށާއި ނަރުހުން އަދި ލެބޯޓްރީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 30 މީހަކަށް މިއަދު ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމ...

ޝިއުނާ އާދަމް
އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިއްޖެ

އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 40 އިންސައްތަ މަސައްކަށް ނިންމާލެވިފައިވާ ކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެއެވެ. އެ ކުންފުނިން އިތުރަށް ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 68 އިންސައްތަ ފުންކޮށް ނިންމާލެވިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކޮށް ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 21،295 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގ...

އިބްރާހިމް ޚަލީލް
ވެކްސިން ޖެހުމުގެ ގައުމީ ހަރަކާތް ފަށައިފި

ވެކްސިން ޖެހުމުގެ ގައުމީ ހަރަކާތް ފަށައިފި

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ހަރަކާތް ފަށައިފި އެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝިލްޑް ވެކްސިންގެ ރާއްޖެއިން ފުރަތަމަ ޖަހާފައި ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. ޝިރާނީ އަބްދުއްރަހީމްއަށެވެ. ދެވަނައަށް މި ވެކްސިން އާރު އެން ކާތިކޭން އާއި، ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށްވާ އިބްރާހިމް ނަސީރު ވަނީ ޖަހާފަ އެވެ. މިހަރަކާތުގެ ތެރެއިން ދައުލަތުގެ ތިންބާރުގެ ވެރިން ވެކްސިން ޖައްސަވާފައިވާއިރު، މިގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، މަޖިލިސް ރައ...

ޔުމްނާ ޢަލީ
ނަރުދޫ ފެނަކަ މުވައްޒަފުން: އިޖުތިމާއީ ކަންކަމުގައި ވެސް ނަމޫނާއެއް

ނަރުދޫ ފެނަކަ މުވައްޒަފުން: އިޖުތިމާއީ ކަންކަމުގައި ވެސް ނަމޫނާއެއް

ށ. ނަރުދޫ ފެނަކަ ބްރާންޗް މުވައްޒަފުން ވެގެން ގޮސްފައި މި ވަނީ، އެ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ އިތުރުން އެ ރަށުގައި އިޖުތިމާއީ ގޮތުން ވެސް ހަރަކާތްތެރި ވަމުންއަންނަ ނަމޫނާ މުވައްޒަފުން ތަކަކަށެވެ. މިގޮތުން އެ މުވައްޒަފުންގެ އިސްނެގުމުގެ މަތިން އިއްޔެ ވަނީ ނަރުދޫގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ހިންގާފައެވެ. މި ހަރަކާތް ހިންގާފައި ވަނީ ރަށުގެ އެހެން މުއައްސަސާތަށާއި، ރައްޔިތުންނަށް ވެސް ދަޢުވަތުދީ، އެފަރާތްތަކާއި ވެސް ގުޅިގެންނެވެ. 2021: ނަރުދޫ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ނަރުދޫ […...

ޙުސައިން ޝަހުދީ
ދިއްދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ، އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް އެދި ޕެޓިޝަނެއް!

ދިއްދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ، އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް އެދި ޕެޓިޝަނެއް!

ހއ. ދިއްދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ، އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް އެދި ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެޓީޝަން ހުށަހެޅުމުގައި އިސްކޮން ހަރަކާތްތެރިވިފަރާތްތަކުން “ތިލަދުން” އާއި މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، މި ޕެޓިޝަންގައި ރައްޔިތުންގެ ފަރާތުން 409 މީހަކު ސޮއި ކޮށްފައިވާކަމަށެވެ. އެފަރާތުން އިތުރަށް މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، އެރަށުގައި އަލަށް އިމާރާތް ކުރަމުން އަންނަ އިންޖީނުގޭގެ މަސައްކަތް ކުރިއަށްގެންދަނީ ރައްޔިތުންގެ ނިންމު...

ތިލަދުން
އައިޑީކާޑު މުއްދަތު ހަމަވެފައި އޮތް ނަމަވެސް ވޯޓު ލެވޭގޮތް ހަދައިފި

އައިޑީކާޑު މުއްދަތު ހަމަވެފައި އޮތް ނަމަވެސް ވޯޓު ލެވޭގޮތް ހަދައިފި

އައިޑީކާޑު މުއްދަތު ހަމަވެފައި އޮތް ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓު ލެވޭގޮތަށް ހަމަޖައްސައިފިއެވެ. ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނީ މިހާރު މާލޭ ސަރަހައްދުގައި ކޯވިޑްގެ ހާލަތު ހުރި ގޮތުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަގަޅު ކަމެއްކަމުގައި ނުފެންނާތީ، ކުރިޔެކޭވެސް އެއްގޮތަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑު 2021 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭގޮތ...

ޔުމްނާ ޢަލީ
މަރޮށިން މީދާ މަދުކުރުމަށް ގޭގެއަށާއި ހޭޅިފަށަށް "މީދާބޭސް" ލަނީ

މަރޮށިން މީދާ މަދުކުރުމަށް ގޭގެއަށާއި ހޭޅިފަށަށް "މީދާބޭސް" ލަނީ

ށ. މަރޮށީގައި މީދާ ގިނަވެ، މީދަލުގެ ސަބަބުން ރައްޔިތުންނަށް އުދަގޫ ވަމުންދާކަމުގެ ސަކުވާ ބޮޑުވުމާއި ގުޅިގެން ގޭގެއަށާއި ހޭޅިފަށަށް “މީދާބޭސް” ލުމުގެ ހަރަކަތެެއް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށް މަރޮށީ ކައުންސިލްގެ އިދާރާއިން ބުނެފި އެވެ. އެއިދާރާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ގޭގެއަށާއި ހޭޅިފަށަށް “މީދާބޭސް” ލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ހަވީރު ކަމަށެވެ. އެކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވަނީ “މީދާބޭހަކީ” ވަރަށް ބޮޑު ވިހައަކަށް ވާތީ، ރައްޔިތުން މިކަމަ...

އިބްރާހިމް އަސްވާޤް
ކަރަންކާ ރަޝީދު އަވަހާރަވެއްޖެ

ކަރަންކާ ރަޝީދު އަވަހާރަވެއްޖެ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ (ނ.ޢ..ޢ.ވ) ލަޤަބް އަރުވައިފައިވާ ހެންވޭރު ޒޮނޭރިއާ އިބްރާހީމް ރަޝީދު (ކަރަންކާ ރަޝީދު) މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. އެމަނިކުފާނު އަވަހާރަވީ މާލޭގައެވެ. އަވަހާރަވީއިރު ރަޝީދުގެ އުމުރުފުޅަކީ 92 އަހަރުފުޅެވެ. އެމަނިކުފާނު 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ. ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއާއި ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި އިބްރާހީމް ރަޝީދު، ސަރުކާރުގ...

ޝިއުނާ އާދަމް
ވެކްސިން ސިޔާސީ ނުކުރުމަށް އީސީއިން އެދިއްޖެ

ވެކްސިން ސިޔާސީ ނުކުރުމަށް އީސީއިން އެދިއްޖެ

  ކޯވިޑް-19 އާ ގުޅިގެން، ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާ މި ދަނޑިވަޅުގައި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި، ދިވެހިރާއްޖޭގައިވެސް ވެކްސިން ދިނުމަށް ތައްޔާރުވަމުންދާ އިރު، ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ ވެކްސިން ސިޔާސީ ނުކުރެއްވުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ޕާޓީގެ މެންބަރުންނަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސް ކޮށްފި އެވެ. އީސީއިން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ، ކޯވިޑް19 އިން ރައްކާތެރިވުމަށް ދެވޭ ވެކްސިނާއި މެދު ރައް...

ޔުމްނާ ޢަލީ
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދުވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މިރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހަ...

ޔުމްނާ ޢަލީ
ދުޢާއަކީ ކޯވިޑް ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ މަގުފަހިވެގެން ދިޔުން: ރައީސް

ދުޢާއަކީ ކޯވިޑް ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ މަގުފަހިވެގެން ދިޔުން: ރައީސް

‏ރާއްޖޭގެއި މާދަމާ ކޯވިޑް-19ގެ ވެކްސިން ދޭން ފަށާއިރު، ދުޢާއަކީ މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިޔުމުގެ މަގުފަހިވެގެން ދިޔުން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މާދަމާ ކުޅުދުއްފުށީ ސިޓީގެ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އާއި، މާލެ ސިޓީ އަދި އައްޑޫ ސިޓީގައި ކޯވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީއިން މިއަދު ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގައި ދޭން ނިންމާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 “ކޮވިޝީލްޑް” ވ...

ޙުސައިން ޝަހުދީ
ށ. ފުނަދޫ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ށ. ފުނަދޫ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ށ. ފުނަދޫ ސްކޫލުގެ ދަރިވަރުންނަށް ފޮރެންސިކްސް އާގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ. މި ޝެޝަން ކުރިއަށް ގެންގޮސްފައިވަނީ ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށެވެ. ފުނަދޫ ސްކޫލުގައި ރޭ ކުރިއަށް ގެންދިޔަ މި ސެޝަނަކީ އެސްކޫލުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން ކިޔަވަމުންދާ “ބައެލޮޖީ” މާއްދާގައި ހިިމެނޭ ފޮރެންސިކް ބައިގެ ތެރެއިން ދަރިވަރުންނަށް އިތުރު މަޢުލޫމާތު ހޯދައިދިނުމާއި، ފޮރެންސިކްސް އާ ގުޅޭގޮތުން ނޭނގޭ އެކިއ...

ޔުމްނާ ޢަލީ
ސަރވޭ ދަތުރެއްގައި އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖޭގެ އުތުރަށް

ސަރވޭ ދަތުރެއްގައި އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖޭގެ އުތުރަށް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ފެށުމަށް ރޭވިފައިވާ، ރާއްޖޭގެ ނެވިގޭޝަން ޗާޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އިންޑިއަން ނޭވީ ޝިޕް “ދަރްޝަކް”، މިއަދު ރާއްޖެ އަތުވެއްޖެއެވެ. އެމްއެންޑީއެފްއިންބުނީ މި ސަރވޭ ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެކަމަށާއި، މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށްކަމަށެވެ. މި ސަރވޭގައި ހދ. ކުޅުދުއްފުށި އިން...

ޔުމްނާ ޢަލީ
މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހއ. ދިއްދޫގައި ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ، މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ. މިގޮތުން އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިއްދޫގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް ހުޅުވާލާފައިވާ ކަމަށް އެ ކްލަބުން ބުނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއަދުން ފެށިގެން މިފެށޭ ފެބްރުއަރީ މަހުގެ 10ވާ ބުރާސްފަތި ދުވަހުގެ ރޭ 21:0...

ޙުސައިން ޝަހުދީ
މާދަމާ ކޭއާރުއެޗްގައި ވެކްސިން ދޭންފަށަނީ

މާދަމާ ކޭއާރުއެޗްގައި ވެކްސިން ދޭންފަށަނީ

މާދަމާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކޯވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ. ކޭއާރުއެޗްގެ މެނޭޖަރ އަޙްމަދު ދާއޫދު “ތިލަދުން” އަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ވިދާޅުވީ ވެކްސިން މިއަދުގެ ވަގުތެއްގައި އެހޮސްޕިޓަލަށް ގެނެވިފައިވާކަމަށެވެ. ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ އެހޮސްޕިޓަލުގެ ސްޓާފުންނަށް އަޙްމަދު ދާއޫދު ވިދާޅުވި އެވެ. ވެކްސިން ދިނުމާއި ގުޅޭގޮތުން އެހޮސްޕިޓަލުގައި އިއްޔެވަނީ އޮންލ...

އިބްރާހިމް އަސްވާޤް
ފުނަދޫގައި ފެހުމާއި ކޭކުއަޅަން ދަސްކޮށްދޭ ކޯސްތަކެއް ފަށަނީ

ފުނަދޫގައި ފެހުމާއި ކޭކުއަޅަން ދަސްކޮށްދޭ ކޯސްތަކެއް ފަށަނީ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ފަންނީ މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޓޮޕްސީ ޓްރެއިނިން ސެންޓަރާއި ށ. ފުނަދޫ އިޖްތިމާއީ މަރުކަޒު ގުޅިގެން، ފުނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ފެހުމާއި ކޭކު އަޅަން ދަސްކޮށްދިނުމުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯސްތައް 15 ފެބްރުއަރީ 2021 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފެހުމުގެ ސެޓްފިކެޓް ލެވެލް އެކެއް އަދި ދެއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކުގައި އެއް ގޮތަކަށް ފަހަން ނޭނގޭ ފަރާތްތަކަށް ވެ...

އިބްރާހިމް ޚަލީލް
އެމްޓީސީސީން ބިލެތްފަހި ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

އެމްޓީސީސީން ބިލެތްފަހި ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ށ. ބިލެތްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެރަށުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އިއްޔެ ފަށައިފިއެވެ. އެ ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން ބޮޑު ހިލަ ބޭނުންކޮށްގެން 376 މީޓަރ ބޭރު ތޮށި ހެދުމާއި، 98 މީޓަރ އެއްގަމު ތޮށި ހެދުމާއި އަދި 05 މޫރިން ބުލޮކް ލުމާއި، އަދި 11 ބަނދަރު ބައްތި ހަރުކޮށް، 2 ނެރުބައްތި ހަރުކުރާނެއެވެ. މީގެއިތުރުން 1150 ސްކެއަރ މީޓަރ […]

އަޙްމަދު ވަހީދު
ލެވަންޓޭ އަތުން ބަލިވެ ރެއާލް މެޑްރިޑަށް ހުރަސްތަކެއް

ލެވަންޓޭ އަތުން ބަލިވެ ރެއާލް މެޑްރިޑަށް ހުރަސްތަކެއް

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ލެވަންޓޭ ބައްދަލު ކުރި މެޗުން ރެއާލް ބަލިވެ އެ ޓީމް ލީގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ލެވަންޓޭއިންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ރެއާލްގެ ބްރެޒިލް ޑިފެންޑަރ އެޑަރ މިލިޓާއޯއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ލެވަންޓޭގެ ފޯވާޑް ސާޖިއޯ […]

އިބްރާހިމް ޚަލީލް