ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން މިއަދުގެ ނިޔަަލަށް 83 މީހެއްގެ ގަޔަށް ކޯވިޑް ވެކްސިން ޖަހައިފިއެވެ. ކޭއާރުއެޗް އިން ވިދާޅުވީ މިއަދު އެ ހޮސްޕިޓަލުން 53 މީހަކަށް ކޮވިޝީލްޑް ވެކްސިން ދީފައިވާ ކަމަށެވެ. އަދި މިއަދުގެ ނިޔަަލަށް މިހާތަނަށް 83 މީހަކަށް ވަނީ އެ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ރާއްޖޭގައި އިއްޔެ ކޯވިޑް ވެކްސިން ދިނުމުގެ ގައުމީ ހަރަކާތް ”ކޯވިޑް-19 ދިފާޢު” ފަށާފައިވާއިރު، މި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނީ އައިޖީއެމްއެޗްގެ […]
ޙުސައިން ޝަހުދީ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސް އިއުލާން ކޮށްފިއެވެ. މި ބަދަލާއެކު ތިލަފުއްޓާއި މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ ސްޓޭޝަންތައް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ހުޅުވާފައި ހުންނާނީ ހެނދުނު 8:30ން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ ހެނދުނު 8:30ން މެންދުރު 11:00އަށް އަދި މެންދުރު 2:00ން ރޭގަނޑު 8:00 އަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ކޯލް ސެންޓަރުތައް […]
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީން ދެ މީހަކު އަދި ހދ. މަކުނުދޫން އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ ކުޅުދުއްފުށީ ސިޓީން ޕޮޒިޓިވްވި ދެ މީހުންނަކީ ނިމުނު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މާލެއިން އެ ސިޓީއަށް ދިޔަ ދެމީހުން ކަމަށެވެ. އެ ދެމީހުން ކޯވިޑް ޓެސްޓްކުރީ މާލެއިން ޕޮޒިޓިވްވި ބަޔަކާ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނުމުން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެ އެވެ. އަދި އެ ދެމީހުންގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ […]
ޔުމްނާ ޢަލީ
ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އަޅާފައިވާ ރައްކާތެރިމަކުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އަނެއްކާ ވެސް ގޯސްވެ، ނަމްބަރުތައް މައްޗަށް ދާން ފަށާފައިވާއިރު، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ގިނަ ފިޔަވަޅުތަކެއް ކުރިއަށްވުރެ ވަރުގަދަކޮށް މިއަދު އާންމު ކޮށްފައެވެ. ހުރިހާ ރަށެއްގައި މާސްކު އަޅަން މަޖުބޫރު މިފިޔަވަޅުތަކުގެ ދަށުން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެ...
ޝިއުނާ އާދަމް
އެމްޓީސީސީން ރާއްޖެއަށް އެތެރެ ކުރާ ސުޒުކީ ބްރޭންޑުގެ 20 ހޯސްޕަވަރުގެ އިންޖީނުން 10،000ރ. ކުޑަކޮށްފިއެވެ. މިއަދު އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނީ މިހާރު މި އިންޖީނުތައް ލިބެން ހުންނާނީ 71،600ރ. އަށްކަމަށެވެ. ކުރިން މި އިންޖީނު ވިއްކަމުން އައީ 82،000ރ. އަށެވެ. ސުޒުކީ ބްރޭންޑުގެ އިންޖީނަކީ ތެލުގެ ޚަރަދު ކުޑަވެފައި އަށު މަޑު އިންޖީނުތަކެކެވެ. އަދި އެހެން އިންޖީނުތަކާ އަޅާ ބަލާއިރު ސުޒުކީ އިންޖީނު ލުއިކަންވެސް ފާހަގަކުރެވެއެވެ. ސުޒުކީ 20 ހޯސްޕަވަރުގެ އިންޖީނު މާބޮޑަށް ވެސް އަގުހެޔޮވެއްޖެ! […]
އަޙްމަދު ވަހީދު
ށ. ފޭދޫއަށް ހޭންޑްބޯލް ތަޢާރުފުކުރުމުގެ ޕްރޮގްރާމެއް ފަށަން، އެރަށު ކައުންސިލުން ނިންމައިފިއެވެ. މިގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ފޭދޫ ކައުންސިލާއި، ހޭންޑްބޯލް މޯލްޑިވްސްއާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވިއެވެ. ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމާއި ގުޅޭގޮތުން ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރު ”ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ އެރަށަށް ހޭންޑް ބޯލް ތައާރަފްކޮށް، އެރަށުގެ ކަނބަލުންގެ މެދުގައި މަގްބޫލް ކުޅިވަ...
ޙުސައިން ޝަހުދީ
ވެރިރަށް މާލޭގެ ގެއަކުން ވައްކަން ކުރި 2 މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ. ފުލުހުން ވިދާޅުވީ އެ 2 މީހުންނަކީ މާފަންނު ގެއަކުން ވައްކަންކުރި މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ 2 މީހުން ކަމަށެވެ. މީގެ އިތުރުން ފުލުހުން ވަނީ މި 2 މީހުން ވައްކަން ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފަ އެވެ. މި ވީޑިއޯ އިން ފެންނަ ގޮތުން އެ 2 […]
ޖަލްވާން ޖާދުﷲ
ޑރ ޝިރާނީ އާއި ޑރ މުޙައްމަދު އަލީ، ކުޅުދުއްފުށީގެ ރައްޔިތުންނަށް ދެރައެއް ލިބޭ ފަދަ ނަސޭހަތެއް ނުދޭނެކަމަށްކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ކޯވިޑް19 އާއި ދެކޮޅަށް ރާއްޖޭގައި ވެކްސިން ދޭން އިއްޔެ ފަށާފައިވާއިރު އެކަމަށް އިޝާރާތްކުރައްވާ މީސްމީޑިޔާގައި ޔާސިރު ކުރެއްވި ޕޯސްޓެއްވިދާޅުވީ، ކޯވިޑް-19 އާ ދެކޮޅަށް ކުރަމުން މި ގެންދާ ހަނގުރާމައިގައި އިއްޔެއަކީ ވަރަށް ތާރީޚީ ދުވަހެއްކަމަށެވެ. މީގެ އިތުރުން ޔާސިރު ވިދާޅުވީ، 200 އަށް ވުރެ ގިނަ މީހުންނަށް އިއްޔެ ވެ...
އިބްރާހިމް އަސްވާޤް
މީގެ ޒަމާންތަކެއް ކުރީން ރާއްޖެ ދުއް ބޮޑު ރޯގާ، “ސްޕެނިޝް ފްލޫ” އަކީ ދުނިޔޭގެ ތިން ބައިކުޅަ އެއްބައި މީހުނަށް ޖެހި، 60 މިލިއަނާ 100 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ހުމެކެވެ. 1918 ވަނަ އަހަރު ޖަނަވަރީ މަހު ކަރައިގައި ފެތުރެން ފެށިކަމަށް ބުނާ މި ބޮޑުރޯގާ ދުނިޔެ ތަޖުރިބާ ކުރިތާ 102 އަހަރުގެ ފަހަށް ސޮއްސާލާފައި ވާއިރު، ދުނިޔެ ކުޑަ ކަކޫ މައްޗަށް ތިރިކޮށްލީ 2019 ވަނަ އަހަރު […]
Thiladhun
ރ.މީދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ އުންމީދު ޖަމްޢިއްޔާއިން އިސްނަގައިގެން އެ ރަށުގައި “އުންމީދު ސްޕޯޓްސް އެކަޑަމީ” ގެ ނަމުގައި އެކަޑަމީއެއް ހުޅުވައިފިއެވެ. ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން އުންމީދު ޖަމްޢިއްޔާގެ ޖެނެރަލް ސެކެއްޓަރީ ހަސަން ފަވާޒް ބުނެފައިވަނީ، ގިނަ ކުޅިވަރު ތަކެއް ހިމެނޭ ސްޕޯޓްސް އެކަޑަމީއެއް ރަށުގައި ހުޅުވުމުގެ އެންމެ ބޮޑު މަޤުޞަދަކީ ރަށުގެ ކުދިންގެ މެދުގައި ކުޅިވަރުގެ ހުނަރު އިތުރު ކުރުމާއި، ކުޅިވަރުގެ ތެރެއިން އަޚުލާގު ކުރިއެރުވުމުގެ އިތުރުން ސިއްހީ ގޮތުން ރަނގަޅ...
އިބްރާހިމް ޚަލީލް
އިންޑިއާގެ އެއާލައިން، އިންޑިގޯއިން މާލެ އާއި ބެންގަލޫރާ ދެމެދު ދަތުރުތައް ފަށައިފިއެވެ. އިންޑިގޯއިން މި ދަތުރުތައް ފެށުމާއެކު ކޮންމެ ދުވަހަކު ބެންގަލޫރަށް ޑައިރެކްޓު ފްލައިޓެއް އޮންނާނެއެވެ. މިއީ އެ އެއާލައިނުން ރާއްޖެއާ އިންޑިއާ ދެމެދު ދަތުރު ފަށާ ހަތަރުވަނަ މަންޒިލެވެ. އެ އާލައިނުން މިހާރުވެސް މުމްބާއީއަށް ދުވާލަކު ދަތުރެއް ކުރަމުން އަންނައިރު ދިއްލީ އާއި ކޮޗިންއަށް ހަފުތާއަކު ހަތަރު ދަތުރު ކުރެއެވެ. ކޮވޑް-19ގެ ސަބަބުން އިންޑިގޯއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަނީ މަދުކޮށްފަ އެވެ. ނަ...
އަޙްމަދު ވަހީދު
ރާއްޖެއާއި ކައިރީގައި އޮންނަ ޗާގޮސް ރަށްތަކަށް އިނގިރޭސިވިލާތަށް ބާރު ނުފޯރުވޭނެ ކަމަށާއި އެއީ މޮރިޝަސްގެ ރަށްތަކެއް ކަމަށް އދ ގެ “އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ” އިން ހުކުމްކޮށްފިއެވެ. މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އިނގިރޭސިވިލާތުން މިހާރު ބައިނަލްއަގުވާމީ ގާނޫނުތަކަށް އަމަލު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ގާނޫނުތަކާ ޚިލާފަށް ޗާގޮސް ރަށްތަކަށް ބާރުފޯރުވުން ވަގުތުން ހުއްޓާލައި އެ ރަށްތަށް މޮރިޝަސްއާ ހަވާލު ކުރުމަށް […]
އަޙްމަދު ވަހީދު
މަގުތައް ހަދާ ނިމޭއިރު އިތުރަށް މަގު ކޮންނަން ނުޖެހޭނެ ކަމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ. އާރުޑީސީން ކުރި ޓްވީޓެއްގައި މިހެން ބުނީ ކުރީ ސަރުކާރުތަކުގައި މާލޭގެ މަގުތައް ހަދައި ނިމޭއިރު އަލުން އެ މަގުތައް މަރާމާތު ކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުންދާތީއެވެ. މާލެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހުރިހާ މަގެއްވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށް، މަގުތައް ހަދާ ނިމޭއިރު އިތުރަށް މަގު ކޮންނާކަށް ނުޖެހޭނެ އެ ކުންފުނިން […]
އަޙްމަދު ވަހީދު
އަނެއްކާވެސް ސްކޫލްތައް ބަންދުކޮށް، ގައުމުގެ ބޯޑަރ ބަންދުކުރާ ހާލަތަށް ދިއުމަށް ފުރުޞަތު ނުދީ، ކޯވިޑް ކޮންޓްރޯލް ކުރުމަށް އަވަހަށް ވެކްސިން ޖެހުމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދި ވަޑައިގެންފިއެވެ. އެމަނިކުފާނު މިގޮތަށް އެދި ވަޑައިގަތީ ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ ”އަނެއްކާ ސްކޫލްތައް ބަނދުކޮށް، ބޯޑަރު ބަންދު ކުރުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫން” ކަމަށެވެ. ”އަވަހަށް ވެކްސިންޖަހާ ކޯވިޑް ކޮންޓްރޯލް ކުރުން ވަރަށް ބޭނުންތެރި، މިއީ ހެލްތ...
އަލީ އާދިލް
ހއ. އަހަވަންދޫ ކައުންސިލުން އެރަށުގައި ކުނިއުކުމުގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ކުނި އުކާލުމުގެ ޚިދުމަތް ހޯދުމަތް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީވި، އެރަށު ”މޫރިތިގޭ” ކައިރީގައެވެ. އެ ޚިދުމަތް ފައްޓަވައި ދެއްވީ އިހަވަންދޫ ކައުންސިލް ރައީސް މުޙައްމަދު ރަޝީދެވެ. އިހަވަންދޫ ކައުންސިލުން ވަނީ މި މަސައްކަތަށް އެރަށުގެ ރައްޔިތުންގެ ތެރެއިން 5 މީހުން ވަޒީފާއަށް ނަގާފައެވެ. އެހެންކަމުން މި ޚިދުމަތް ދިނުމުގައި މަސައްކަތް ކުރާނީ ސަތޭކަ އިންސައްތަ...
ޙުސައިން ޝަހުދީ
ޗައިނާ ސަރުކާރުން، ޕާކިސްތާނަށް ހަދިޔާކުރި ކޯވިޑް19 ވެކްސިން އެ ގައުމަށް ފޮނުވައިފި އެވެ. ޕާކިސްތާނުގެ އަސްކަރީ މަތިންދާ ބޯޓެއްގައި، ޗައިނާއިން އެ ގައުމަށް ހަދިޔާކުރި ވެކްސިންގެ ޝިޕްމަންޓް ވެރިރަށް އިސްލާމްއާބާދަށް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ބައިނަލްއަގްވާމީ ނޫސް އޭޖެންސީ ”ރޮއިޓާސް”ގައި ރިޕޯޓްކޮށްފައިވާ ގޮތުން ޗައިނާއިން ޕާކިސްތާނަށް ހަދިޔާކޮށްފައި ވަނީ އެ ގަމުމުގެ ސަރުކާރުގެ ސިނޮފާރމްއިން ތަރައްގީކޮށް އުފެއްދި ކޯވިޑް ވެކްސިންގެ 500،000 ޑޯޒެވެ. މި ޝިޕްމަންޓް ލިބުމާއި ގުޅިގެން ޕާ...
ހުސައިން ހަބީބް
ކޯވިޑް-19 ގެ ސަބަބުން ހީނަރުކަން ކުރިމަތިވެފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމުގައި ބައިވެރިވެ، ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކޮށްދިނުމުގެ ގޮތުން އުރީދޫ އިން ކުރިއަށް ގެންދާ “ވިޒިޓް މޯލްޑިވްސް ނައު” ބައިނަލްއަގުވާމީ ކެމްޕޭންގެ ދަށުން ކުވައިތުގެ 2.5 މިލިއަނަށްވުރެ ގިނަ އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރަން ޚާއްޞަ ހަރަކާތެއް ފަށައިފި އެވެ. އުރީދޫއިން ފަށާފައިވާ “ވިޒިޓް މޯލްޑިވްސް ނައު” ކެމްޕޭން، އެ ކުންފުނި އޮޕަރޭޓުކުރާ 10 ގައުމެއްގެ 117 މިލި...
އަޙްމަދު ވަހީދު
ބޮޑުތިލަދުންމަތީގައި ގާއިމުކުރާ ހައި-ސްޕީޑް ފެރީގެ ޚިދުމަތް މިއަހަރު ނޮވެމްބަރުމަހު ފަށަން ނިންމައި، ޚިދުމަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިގޮތުން ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ އިންޓަރގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާރކްގެ ފުރަތަމަ ފިޔަވަހީގެ ޚިދުމަތުގެ އެއްބަސްވުމުގެ ދަށުން ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގައި ހައި-ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރ...
ޝިއުނާ އާދަމް