ފުރުސަތު ގެއްލުނު ސޯމާލިޔާގެ ރެފްރީއަށް އުޖޫރަ ދިނުމަށް ފީފާއިން ނިންމައިފި
ފީފާ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު ސޯމާލިއާގެ ރެފްރީ އުމަރު އަބްދުލްގާދިރު އަރުތާން މުބާރާތުގައި ބައިވެރިނުވި ނަމަވެސް އޭނާއަށް ލިބެންޖެހޭ ފުރިހަމަ ފީ ދިނުމަށް ފީފާއިން ނިންމައިފިއެވެ. ބީބީސީ ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަރުތާން މުބާރާތުގައި އެއްވެސް ދައުރެއް އަދާނުކުރި ކަމުގައިވިޔަސް، އޭނާގެ މުސާރަ ދިނުމަށް ފީފާއިން ވަނީ އެއްބަސްވެފައެވެ. އުމުރުން 34 އަހަރުގެ އަރުތާން އަކީ ފީފާ ވޯލްޑް ކަޕެއްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބުނު ސޯމ...