''ހިޖުރީ އައު އަހަރެއް ފެށުމަކީ ނަފްސު ހިސާބުކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއް''
ހިޖުރީ އައު އަހަރެއް ފެށުމަކީ ތިމާއަށް ކުރެވުނު ކަންކަމާމެދު ފުންކޮށް ވިސްނައި، ނަފްސު ހިސާބުކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއް ކަމަށް ދީނީ އިލްމުވެރިޔާ ސައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ. މާދަމާ އިސްލާމީ އައު އަހަރެއް ފެށުމާ ގުޅިގެން ސައިޚް މިހެން ވިދާޅުވީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ސައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވީ، ހިޖުރީ އަހަރެއް ނިމި އައު އަހަރެއް ފެށުމަކީ، އެކަމަށްޓަކައި ޝަރުޢީގޮތުން ޚާއްޞަ މާތްކަމެއް ނުވަތަ ވަކި ޚާއްޞަ އަޅުކަމެއް ކަނޑައެޅިފައިވާ […]