ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކޮށް، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާއިރު، އަތޮޅުގެ ފަތުރުވެރިކަމުގެ ކުރިމަގުގެ ލަގަން ދޯހަޅި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއްގެ މުށު ތެރޭ ހައްޔަރުވެފައި އޮންނަތަން ދެކެން ނުތިބެވޭނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. މެންބަރު ރާޢީ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓްވީޓްގައި ވަނީ އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއްގެ ސުރުޚީގެ ސްކްރީން ސޮޓެއް ހިމަނާފައެވެ. އެ ސުރުޚީގައި...
އަލީ އާދިލް
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން މިހާތަނަށް ރާއްޖޭގެ 149 ރިސޯޓެއް ހުޅުވައި ޚިދުމަތް ދެމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޮކްޓޫބަރު މަހުގެ 15 ގައި ވަނީ ގެސްޓްހައުސްތައް ވެސް ހުޅުވާލާފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން […]
ޔުމްނާ ޢަލީ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޯޑަށް ހއ. ހޯރަފުށީ/ނަސީމީ ހައުސް، މުޙައްމަދު ނިޒާމް އައްޔަނުކޮށްފިއެވެ. އެސްޓީއޯ އިން އިއްޔެ ބުނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން، ނިޒާމް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ކަމަށެވެ. ނިޒާމް މިހާރު ވެސް ހުންނެވީ އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މަގާމުގަ އެވެ. އެސްޓީއޯގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމުވެސް ފުރުއްވި ނިޒާމަކީ އެކައުންޓިން ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ތަޖު...
ޝިއުނާ އާދަމް
އިދިކޮޅު ކޯލިޝަންގެ މައިޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕީޕީއެމް ޖޫރިމަނާކުރީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މުޒާހަރާ ކޮށްފައި ވާތީ އެ ޕާޓީއަށް ޖަވާބުދާރީ ވުމަށް ދިން ފުރުސަތުގައި ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަށް ނިންމުމަށް ފަހު ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު “ކޮބާ މަގޭ ފްލެޓް” ގެ ނަމުގައި ޕީޕީއެމްއިން މާލޭގައި ކުރިއަށް ގެންދިޔަ […]
ޝިއުނާ އާދަމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ރައީސް ފުރަތަމަ ވަޑައިގަތީ ގަތަރަށެވެ. މި ދެ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސް ޞާލިޙް ގަތަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީގުޅުން މި ސަރުކާރުގައި އަލުން ޤާއިމުކުރުން...
ޔުމްނާ ޢަލީ
ހެޔޮކަމުން ފުރިގެންވާ، އަޅުކަމުގެ ބަހާރު މޫސުމެއް އަޅުގަނޑުމެންނާ ކުރިމަތިވަނީއެވެ. ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ދުނިޔެއާއި މަލަކޫތީ ޢާލަމް ތައްޔާރުވަމުން ދާހިނދު މިމަހަށް ތައްޔާރުވުމަށް އަހަރެމެންވެސް ގަދައަޅައި މަސައްކަތް ކުރަން އެބަ ޖެހެއެވެ. އެގޮތުން ޝަޢުބާން މަހަކީ ރަމަޟާން މަހަށް ތައްޔާރު ވުމަށް އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް މުހިންމު މަހެކެވެ. ރަމަޟާން މަހުގައި އަޅުކަންކޮށް، ﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި ގިނަގިނައިން ޤުރްއާން ކިޔަވައި، ފަރުޟު ނަމާދުތަކުގެ އިތުރުން ސުންނަތް ނަމާ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކޯވިޑް ކޭސްތަކަކާއި ގުޅިގެން، ހއ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެވުނުތާ 17 ދުވަސް ފަހުން އެރަށް އެ ހާލަތުން ނަގައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގާފައި ވަނީ މިރޭ އިރުއޮއްސި 18:17 ގައެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި ބުނެފައި ވަނީ، އެ ރަށް އެ ހާލަތުން ނެގީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ […]
ޙުސައިން ޝަހުދީ
ދިވެހިރާއްޖެއާއި، ބަންގްލަދޭޝްއާއި ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުން ތަކުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުން މިހާރު ބަންގްލަދޭޝްއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ބައިވެރިވެވަޑ...
ޖަލްވާން ޖާދުﷲ
އއ. ހިމަންދޫ އާއި ރަސްދޫގެ އާ އިންޖީނު ގޭގެ ބިންގާ މިއަދު އަޅައިފިއެވެ. މި ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނިން ހިދުމަތް ދެމުންގެންދާ ރަށްތަކުގެ ތެރެއިން ހިމަންދޫ އަކީ ރަށަށް އަންނަމުންދާ ތަރައްގީއާއި ކުރިއެރުމަށް ބަލާއިރު، އެރަށަށް ކަރަންޓުގެ ހިދުމަތްދޭ އިންޖީނުގެ ކުޑަވެ، އިތުރު އިންޖީނު ބަހައްޓާނެ ޖާގައެއް ނެތް ރަށެއް ކަމަަށެވެ. އެހެންކަމުން އެ ރަށަށް އަންނަމުންދާ […]
އަޙްމަދު ވަހީދު
ހދ. ހިރިމަރަދޫގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު އުމުރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހދ. ހިރިމަރަދޫ، ހިޔާވަހި އަހުމަދު ނަބީހު ފެބްރުއަރީ، 2016 ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް އެރަށުން އޭނާ ހައްޔަރުކޮށް ސުވާލު ކުރުމަށް ފަހު އެރަށު ހޮޅުއަށި ސަރަހައްދުގައި މަސްތުވާތަކެތި ހުންނާނެ ކަމަށް އޭނާ ބުނުމުން އެ ސަރަހައްދުގައި ހުރި ހޮޅުގަނޑެއްގެ ތެރެއިން ފުލުހުންނަށް އޭނާ ދެއްކި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނެވެ...
އަލީ އާދިލް
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 5 ރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓަން ނިންމައި، އެ ރިސޯޓްތައް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ. އީސީން މިއަދުކުރި ޢިއުލާނެއްގައި ބުނީ، އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓުތަކުގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ވޯޓުފޮށި ބެހެއްޓޭ އަދަ...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޭޓާ ސެންޓަރެއް ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުއްވައިދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ނަޖީބް ޚާން އާއި އެ ކުންފުނީގެ ޗީފް ޓެކްނޮލަޖީ އޮފިސަރު އެމްއެސް ތަންވަރުއެެވެ. އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މިއީ ޓިޔާ ތްރީގެ ޑޭޓާ ސެންޓަރެއް ކަމަށެވެ. އެގޮތުން މި ސެންޓަރުން ކަރަންޓު ދިޔަ ނަމަވެސް 14 ދުވަހު އަމިއްލައަށްކަރަންޓު ދެވޭ ކެޕޭސިޓީއެއް އެ ސެންޓަރުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ […]
އަޙްމަދު ވަހީދު
ދިވެހި އަސްކަރިއްޔާއަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި، އިޙްތިރާމާއި، ޤަދަރު ނަގާލުމަށް ފުރުޞަތު ނުދޭނެ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އިން ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓްރީއިން މިހެން ވިދާޅުވީ، ދާދި ދެންމެއަކު އާންމުކުރެއްވި ނޫސް ބަޔާނެއްގަ އެވެ. އެ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓާ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަތިވެރި ޒިންމާ ކޮނޑުގައި އަޅައިގެން ތިބި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އިސް އޮ...
އަލީ އާދިލް
ސަރުކާރުގެ ސްކޫލުތަކުގައި ހުރި އެއާކޮންޑިޝަންތައް ތިމާވެއްޓާ ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާއްދާއެއް ބޭނުންކުރާ އެއާކޮންޑިޝަންތަކަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސް ވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު ސޮއިކުރީ މިއަދުއެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، ސަރުކާރުގެ ސްކޫލުތަކުގައި ހުރި އެޗް.ސީ.އެފް.ސީ 22 ގޭސް އެކުލެވޭ އެއަރކޮންޑިޝަނަރތައް، ތިމާވެއްޓާ ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާ...
ޖަލްވާން ޖާދުﷲ
މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ހއ. ބާރަށުގެ 61 ގޭބިސީއަކަށް ކެއާ ޕެކޭޖު ފޮނުވައިފިއެވެ. ކޯވިޑް-19ގެ ކޭސްތަކެއްފެނި، މިމަހުގެ 1 ވަނަ ދުވަހުގެ ރޭ މޮނިޓަރިން ހާލަތަށް ގެނެވުނު ބާރަށް އަދި ވެސް އޮތީ އެހާލަތުގައި، އަރާފޭބުން މަނާ ކޮށްފައެވެ. ބާރަށު ކައުންސިލްގެ ނައިބް ރައީސް ޢަލީ ޝަމީމް ”ތިލަދުން”އަށް ވިދާޅުވީ، ޖެންޑާ މިނިސްޓަރީގެ ފަރާތުން މިއަދު އެރަށަށް ފޮނުވި ކެއާ ޕެކޭޖްތައް ރަށަށް ލިބުމާއެކު އެ ޕެކޭޖްތަކުގެ ހައްގުވެރިންނަށް ހަވާލުކުރެވިފަ ވާކަމަށެވެ. […]
ޝިއުނާ އާދަމް
ހދ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން ކޯވިޑް-19އަށް ޕޮޒިޓިވްވި ކުދިންނާއި، މީހުންގެ ޢަދަދު 15 އަށް އަރައިފިއެވެ. ހއ. އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 11 ކުއްޖަކު ޕޮޒިޓިވްވެފައިވާއިރު، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި 4 މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، ހއ. އަމާންވެށިން މިހާތަނަށް ޕޮޒިޓިވްވި ޢަދަދު 15 އަށް އަރާފައިވާ ކަމަށެވެ. ”އަމާންވެށިން ވަނީ 11 ކުއްޖަކާއި، […]
ޔުމްނާ ޢަލީ
ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ދުނިޔެ ހުއްޓުމަކަށް އައިސް އެކި ގައުމުތައް ފުރަބަނދުްކޮށް ދަތުރުފަތުރުގެ ނިޒާމް ހުއްޓާލާ އަސާސީ އެތައް ޚިދުމަތްތަކެއް މެދުކެނޑުމާއި ގުޅިގެން ދިމާވި ދަތި ހާލަތުގައި ، ދެކުނު އޭޝިއާގެ 228،000 ކުޑަ ކުދިން މިދިޔަ އަަހަރު މަރުވެފައިވާ ކަމަށް އދ. ގެ ރިޕޯޓުތަކުން ދައްކައިފިއެވެ. ޔުނިސެފްއާ ގުޅިގެން އދ. އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މި ޕެންޑެމިކްގެ ސަބަބުން ނުސީދާ ގޮތެއްގައި މަރުވި ކުދިންގެ އިތުރުން މި ސަރަހައްދުގައި 11،000 ދަރިން ވަނީ ބައިގެންދިއުުމުން […]
އަޙްމަދު ވަހީދު
ހއ. ކެލާގައި މަސް މާރުކޭޓެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަސައްކަތް، ޝަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި ކެލާ ކައުންސިލާއި އެކުންފުންޏާއި ދެމެދު ސޮއިކޮށްފައި ވަނީ އިއްޔެއެވެ. 180 ދުވަސް ތެރޭގައި ނިންމަން ޖެހޭގޮތަށް ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 2,815,320 ރުފިޔާ އެވެ. ކެލާގައި މަސް މާރުކޭޓެއް އެޅުމަށް، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެ މަޝްރޫޢު އެރަށު ކައުންސިލާ ހަވާލުކުރީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އިދާރ...
ޔުމްނާ ޢަލީ