މާދަމާއިންފެށިގެން، ޗައިނާ ސަރުކާރުން ހަދިޔާކުރި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ކޯވިޑް ވެކްސިންގެ ފުރަތަަމަ ޑޯޒް ދިނުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށެވެ. މިގޮތުން މާދަމާ ވެކްސިން ޖަހަން ފަށާއިރު ޖަހާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ)އިން ހުއްދަ ދީފައިވާ ޗައިނާގެ ސިނޯފާމް ވެކްސިން ކަމަށް އެ […]
ޖަލްވާން ޖާދުﷲ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި، އަދި އެއީ ސަރުކާރުން އަންގައިގެން އޭނާގެ އަބުރުކަތިލުމަށް ކުރާކަމެއްކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ އޭސީސީއަށް ހާޒިރު ކުރަނީ ސަރުކާރުން އަންގައިގެން އޭނާގެ ކެމްޕެއިނަށް ހުރަސް އެޅުމަށް ކަމަށެވެ. “އަޅ...
އަލީ އާދިލް
އިސްރާއީލުގެ އާއްމު އިންތިޚާބާ ކައިރިވެފައި ވަނިކޮށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ. އެ ގައުމުގެ އާއްމު އިންތިޚާބު އަންނަ އަންގާރަ ދުވަހު އޮންނާނެއެވެ. މިދިޔަ އަހަރުން ފެށިގެން އެ ގައުމުގައި މުޒާހަރާތައް ދަނީ ކުރިއަށެވެ. އެ ހުރިހާ އެއްވުމެއްގައިވެސް ރައްޔިތުން ގޮވަމުން ދަނީ ނަތަންޔާހޫގެ އިސްތިއުފާއަށެވެ. މި މުޒާހަރާތައް ފަށާފައިވަނީ ކޮވިޑް އާ ގުޅިގެން ނަތަންޔާހޫގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވުމުންނެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރު...
އަޙްމަދު ވަހީދު
އުރީދޫގެ މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ސާމާނު ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށް އުރީދޫ އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބަޔަކު ވިޔަފާރިކުރަން ބޭނުންވާނެ ކަމަށާއި ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރު ކުރުމަށް ދަތިތަކަކާއިކުރިމަތިމަތިވެފައިވާ މި ދަނޑިވަޅުގައި މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ސާމާނު ފަސޭހަކާމާއެކު ގަނެލެވޭނެ ކަމަށެވެ. އުރީދޫ އިން ވަނީ މޫލީގައި ރޯދައަށް ހާއްސަ ސެކްޝަނެއްވެސް ހަދާފައެވެ. “ރޯ...
އަޙްމަދު ވަހީދު
ކޯވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން، ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓް ކުރި މާބަނޑުމީހާ ބަލިން ރަނގަޅުވެއްޖެއެވެ. އޭނާ ބަލިން ރަނގަޅު ވުމާއެކު މިއަދު ވަނީ އެ ސެންޓަރުން ދޫކޮށްލާފައެވެ. އެއީ ބަނޑަށް 36 ހަފްތާގެ ވެފައިވާ މާބަނޑު މީހެކެވެ. އަދި އެއީ އެ ސެންޓަރުން ފަރުވާ ދިނުމަށްފަހު ދޫކޮށްލި 14 ވަނަ ކޯވިޑް ބަލިމީހާއެވެ. ށ. ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ”ތިލަދުން”އަށް ވިދާޅުވީ، ،ިވަގުތު ވެސް ކޯވިޑް ބަލީގެ […]
ޙުސައިން ޝަހުދީ
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިސްވެރިން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރަން ނިންމައިފި އެވެ. އިގްތިސޯދީ ކޮމެޓީގެ މުގައްރިރުގެ ނައިބު އަދި މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑޭ) މީޑިއާތަކަށް ވިދާޅުވީ، އެޗްޕީއޭ މަޖިލީހަށް ހާޒިރުކުރަން ނިންމާފައި ވަނީ ކޯވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަލުތަކާއި ވިޔަފާރިތަކަަށް ގެއްލުންތައް ވަމުންދާތީ ކަމަށެވެ. އެޗްޕީއޭ ކޮމިޓީއަށް ހާޒިރު ކުރުމަށް އެޖެންޑާކޮށްފައިވަނީ މާދަމާ އަށެވެ. އެޗްޕީއޭގެ އިސްވެރިން މަޖިލީހަށް...
ޔުމްނާ ޢަލީ
ސިނަމާލެ ބްރިޖްގައި ލޭނެއް މަދުކުރެވިފައި ނުވާނެ ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސިނަމާލެ ބްރިޖް ބިނާކޮށް، އެ މަޝްރޫޢު ކާމިޔާބު ކަމާއެކު ނިންމާލުމުގެ އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ޑރ. މުޢިއްޒު މިހެން ވިދާޅުވީ މިއަދު މެންދުރު ”މުޢިއްޒު ޓީވީ”އިން ގެނެސްދިން ފޭސްބުކް ލައިވް ޕްރޮގްރާމް ”ލަންޗް ބްރޭކް”ގަ...
އަލީ އާދިލް
ހއ. ފިއްލަދޫ އާއި ހއ. ވަށަފަރު ފަޅުތެރެއިން މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ލައްގާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް “ތިލަދުން” އަށް މަޢުލޫމާތުދެމުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވަނީ މިއަދު 11 ޖަހާކަންހާއިރު މަހަށް ގޮސް އެންބުރި އެރަށަށް އައި ދޯންޏަކަށްކަމަށެވެ. އަދި އެތަކެތި ބަންދުކޮށްފައި ހުރި 50 ޕެކެޓް އެރަށުން ފެނިފައިވާކަމަށާއި ޕެކެޓެއްގައި 1 ކިލޯ ހުރިކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. ހއ. ވަށަފަރު ކައުންސިލްގެ ރައީސް މ...
އަލީ އާދިލް
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި ތ.ވިލުފުށި، އަތަމާގެ، އަލްފާޟިލް ޙުސައިން ފިޔާޒް މޫސާ އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ. މީގެ 21 އަހަރު ކުރިން ނޫސްވެރިކަން ފެއްޓެވި ފިޔާޒު، އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވަނީ 31 އޮކްޓޫބަރު 2019 ގައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ އެކަން “ތިލަދުން” އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. މިމަގާމުން ފިޔާޒް އިސްތިއުފާދެއްވި ވަކި ސަބަބެއް ރައީސް އޮފީހުންވެސް ހާމައެއް ނުކުރެއެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ ޤ...
އަލީ އާދިލް
10:30 ވަންދެން ކެފޭ/ރެސްޓޯރަންޓުތައް ހުޅުވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ހުއްދަ ދީފި އެވެ. ރޭގަނޑު 8:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭ އާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެޗްޕީއޭއިން އެންގި އެންގުންމަށް ބަދަލުގެނައީ މިއަދު ނެރުނު އިޢުލާނަކުންނެވެ. މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން، […]
އަލީ އާދިލް
ހދ. ނޮޅިވަރަމު ސަރުކާރު މުއައްސަސާތަކުގެ މެދުގައި، ”ޕޮލިސް މަސްރޭސް 2021” ގެ ނަމުގައި މަސްރޭހެއް ކުރިއަށް ގެންގޮސްފިއެވެ. މި މަސްރޭހަކީ ނޮޅިވަރަމު ޕޮލިސް ސްޓޭޝަންއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސްރޭހެކެވެ. މި މަސްރޭސް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި، ނޮޅިވަރަމުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި އަދި އެކުވެރިކަން އިތުރަށް ދެމެހެއްޓުން ހިމެނެއެވެ. މީގެއިތުރުން ސަރުކާރު މުއައްސަސާތަކަކީ ގުޅިގެން މަސައްކަތްކުރާ އަދި މަސައްކަތްކުރެވޭނެ ބައެއްކަ...
ޙުސައިން ޝަހުދީ
ދުނިޔޭގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި މި ގެނެސްދެނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން 2016 އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަދި ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމުޚިދުމަތުގެ އިނާމު ހާސިލްކުރައްވާފައިވާ ތިލަދުންމަތީގެ ފަޙްރުވެރި ދަރިއެއްގެ ވާހަކަ އެވެ. ހއ. އުތީމު، އަލިމަސްގެ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން ގެ ވާހަކަ އެވެ. އުތީމު އާދަމް ޢަބްދުއްރަޙްމާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުނ...
ތިލަދުން
ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 66 އަށް އަރައިފި އެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 66 އަށް އަރާފައިވަނީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެމުން ގެންދިޔަ 66 އަހަރުގެ ފިރިހެނަކު ނިޔާވުމާއި ގުޅިގެންނެވެ. އެޗްޕީއޭ އިން މިއަދު ބުނީ، ހަބަރު ހުސްވެގެން އައިޖީއެމްއެޗުގެ އީއާރަށް ރޭ 8:25 ގައި ގެންދިޔަ މީހަކު ރޭ 8:45 ގައި ނިޔާވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެއީ ކޮވިޑު ބަލީގައި ނިޔާވި […]
އިބްރާހިމް އަސްވާޤް
ހއ. ކެލާގައި ގާއިމުކުރާ މަސްމާރުކޭޓުގެ ބިންގާ އަޅައިފިއެވެ. އިއްޔެ ހަވީރު 17:00 ގައި އެރަށުގައި ބޭއްވި ކެލާ މަސްމާރުކޭޓް ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފްއާއި، ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާންއާއި، ކައުންސިލް މެންބަރު މިޒްނާ ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތް، ޝަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މިހާރު ހަވާލުކޮށްފައިވާއިރު، މި މަސައްކަތުގެ އެއްބަސްވުމުގައި ކެލާ ކައުންސިލާއި އެކުންފުންޏާއި ދެމެދު ސޮއިކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވ...
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ސެލްޓަގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ރެއާލުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޓޯނީ ކްރޫސްގެ އެހީތެރިކަމާއިއެކު މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ރެއާލްގެ ފޯވާޑް […]
އިބްރާހިމް ޚަލީލް
އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ ކުޅުމެޗްގައި އެވަޓަންގެ މައްޗަށް ކުރި ހޯދައި، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް މެންޗެސްޓާ ސިޓީ ކަށަވަރުކޮށްފިއެވެ. އެވަޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި، ސިޓީއިން އެ ޓީމު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ސިޓީއަށް ލަނޑެއް ޖެހުނީ މެޗް ނިމެން ކައިރިވެފައި ވަނިކޮށެވެ. މިގޮތުން މެޗްގެ 84 ވަނަ މިނިޓްގައި ސިޓީގެ ފުރަތަމަ ލަނޑު ޖަހައިދީ، ލީޑް ނަގައިދިނީ އިލްކާއި ގުންޑޮގާނެވެ. […]
ހުސައިން ހަބީބް
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން މަސައްކަތެއް ކުރުމަށްޓަކައި ކުޅުދުއްފުށީ ސިޓީއަށް ދިޔަ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ”ތިލަދުން”އަށް ވިދާޅުވީ، ރަސްމީކޮށް ނޫންނަމަ ވެސް އެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ. ޕޮޒިޓިވްވި ބިދޭސީ މީހާއަކީ 72 ގަޑިއިރު ނުވާ ޕީސީއާރު ނަތީޖާއަކާއެކު ރާއްޖެއައި މީހެއް ކަމަށާއި، އެމީހާ ކުޅުދުއްފުއްޓަށް ދަތުރުކުރީ މާލޭން ވެސް ކޯވިޑްއަށް ޓެސްޓް ކުރުމަށ...
ޝިއުނާ އާދަމް
ހއ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން ކޯވިޑް-19އަށް އިތުރު މީހަކު ޕޮޒިޓިވްވެ ވެއްޖެއެވެ. އެހެންކަމުން އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 11 ކުއްޖަކާއި، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި 5 މީހަކު މިހާތަނަށް މިވަނީ ކޯވިޑްއަށް ޕޮޒިޓިވް ވެފައެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، ހއ. އަމާންވެށިން އިތުރު މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެއީ އެތަނުގައި ކުދިން ބަލަހައްޓާ މީހެއްކަމަށް ވެސް އޭނާ […]
ޙުސައިން ޝަހުދީ