ފެރާރޯ ޗޮކްލެޓްއަށް ލިބޭ ދަރަޖަ ދިވެހިން ބާނާ މަހަށްވެސް ލިބެންޖެހޭނެ: ޢަލީ
ދިވެހި މަސްވެރިކަން މާކެޓް ނުކުރުމަކީ ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށާއި، ޗޮކްލެޓްގެ އިންޑަސްޓްރީގައި ފެރާރޯ ޗޮކްލެޓްއަށް އެ ދަރަޖަ ލިބުނީ މާކެޓް ކުރެވުމުން ކަމަށާއި، އެ ބީދައިން ދިވެހި މަސްވެރިކަމުން ބާނާ މަސް ވެސް މާކެޓްކޮށް ފެރާރޯ ޗޮކްލެޓްފަދަ މަގުބޫލު އެއްޗަކަށް ދިވެހިން ބާނާ މަސްވެސް ހަދަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ޢަލީ މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި، ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު […]