ޒުވާނުންގެ ބޮޑުބެރު ގްރޫޕެއް އުފަށްދަނީ
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޒުވާނުންގެ ބޮޑުބެރު ގްރޫޕެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. ޔޫތު މިނިސްޓްރީއިން މިއަދު ވިދާޅުވީ، ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށާއި، ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ބޮޑުބެރު ޖެހުމަށް ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުމަށް އެ މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ. މިޕްރޮގްރާމްގެ ތެރެއިން ހޮވާލެވޭ ޒުވާނުން ހިމަނައިގެން ނެޝަނަލް ޔޫތު ސެންޓަރގެ ބޮޑުބެރު ގްރޫޕެއް އުފެއްދުމަށް ހަމަޖެހިފައިވާކަމ...