މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,420 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1689 ވަނަ ޞަފްޙާ

ލީގު ކަޕުގެ ޗެމްޕިއަންކަން ސިޓީ ހޯދައިފި

ލީގު ކަޕުގެ ޗެމްޕިއަންކަން ސިޓީ ހޯދައިފި

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބޯ ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދައިފިއެވެ. މިއީ ސިޓީ މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އާދީއްތަ ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމްގައި މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވާއިރު ފައިންލެ މެޗުގަ ސިޓީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކުރުމަށް ފަހުއެވެ. ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ޓޮޓެންހަމްގެ ގޯލަށް ގިނަ ހަމަލާތަކެއް ވެސް […]

އިބްރާހިމް ޚަލީލް
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ތިން ނަމެއް ފޮނުވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ތިން ނަމެއް ފޮނުވައިފި

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވައިފިއެވެ. އެމަގާމަށް ކުރިމަތޮލުމަށް މިދިޔަ މަހުގެ 22 ގައި ކުރިމަތިލުމަށް ހުޅުވާލުމުން އެ މަގާމަށް އައްޔަން ކުރުމަށް ރައީސް ފޮނުވި ތިން ބޭފުޅުންނަކީ އަލްއުސްތާޒު ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަންބަރު: 5،843، އަލްއުސްތާޒު އާހިދު ރަޝީދު، ހ. ގުރުވަ އަދި މަރިޔަމް އަލީމް، ގ. ދާސްތާން އެވެ. މިލިސްޓްގެ ކުރީގައި އޮތް ޝިހާމް މުހައްމަދު ވަހީދުއަކީ […]

އާއިޝަތު ރަފާހް ޢަލީ
ވެމްކޯ "އަވަސްޕޭ" އަޕްގްރޭގް ކޮށްފި

ވެމްކޯ "އަވަސްޕޭ" އަޕްގްރޭގް ކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އޮންލައިން ޕޭަމަންޓް ޕްލެޓްފޯމް “އަވަސްޕޭ” އަޕްގްރޭޑް ކޮށް އަލުން ތައާރަފުކޮށްފިއެވެ. އަލަށް ތައާރަފު ކުރި ވެބްސައިޓަކީ މޯބައިލް ފޯނާއި އެހެން ޑިވައިސްތަކުންވެސް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެއް ކަމަށް ވެމްކޯއިންބުންޏެވެ. އަދި ބީއެމްއެލްގެ އިތުރުން އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ކާޑުތަކުންވެސް މިހާރު ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ވެބްސައިޓު މެދުވެރިކޮށް މިހާތަނަަށް ދައްކާފައި ހުރި ބިލުތަކުގެ ތަފްސީލާ...

އަޙްމަދު ވަހީދު
ގެއްލުނު ސަބްމެރިން ތިންބުރިވެފައި، ފަޅުވެރިން މަރުވެއްޖެ

ގެއްލުނު ސަބްމެރިން ތިންބުރިވެފައި، ފަޅުވެރިން މަރުވެއްޖެ

މިދިޔަ ބުދަ ދުވަހު ގެއްލުނު އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ސަބްމެރިން، ކަނޑު އަޑީގައި ތިންބުރިވެފައި އޮއްވާ ފެނިއްޖެއެވެ. އެ ގައުމުގެ ކަނޑުގެ ސިފައިން ބުނެފައިވާގޮތުގައި ސަބްމެރިންގައި ތިބި 53 ފަޅުވެރިން ވެސް ވަނީ މަރުވެފައެވެ. ކަނޑުގެ ސިފައިންގެ އޮފިޝަލުން ބުނެފައި ވަނީ ސަބްމެރިން އޮތް ތަނުގެ ސިގްނަލް އާދިއްތަ ދުވަހު ލިބެން ފެށި ކަމަށެވެ. އެއީ 800 މީޓަރު (2،600 ފޫޓު) ގެ އަޑިއެވެ. މި ސަބްމެރިން ފެތުނު ސަބަބެއް އަދި ނޭނގެ އެވެ. ސަބްމެރިންގައި ތިބި […]

އަޙްމަދު ވަހީދު
ދިއްދޫ ރައްޔިތުންގެ ޝަކުވާތަކުން އަދި ހައްލުވީ "ކޯރެއްގެ ކޯވަރެއް"!؟

ދިއްދޫ ރައްޔިތުންގެ ޝަކުވާތަކުން އަދި ހައްލުވީ "ކޯރެއްގެ ކޯވަރެއް"!؟

ހއ. ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަން ކުރާރަށެވެ. އެ އަތޮޅުގެ އާބާދީ ވެސް އެންމެ ބޮޑު ރަށެވެ. ދިއްދޫގެ ރައްޔިތުންނާއި ޒުވާނުން ފާހަގަވެފައިވަނީ ދިއްދޫއަށް ދިމާވެފައިވާ މައްސަލަތަކުގެ އަޑު އެކި ސިފަސިފާގައި އުފުލާ ބައެއްގެ ގޮތުގައެވެ. ކަމާބެހޭ ފަރާތްތަކާއި ބައްދަލު ކޮށްގެންނެވެ. ނުވަތަ މީސްމީޑިޔާގެ އެކި މަންސަތަކުގެ އޮޅިތައް މެދުވެރިކޮށެވެ. ނުވަތަ އަމިއްލަ އެކައުންޓްތައް މެދުވެރިކޮށެވެ. މިފަދަ އަޑު އުފުލުން ތަކުގެ ސަބަބުން ދިއްދޫއަށް ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރާއި އަދި...

އިބްރާހިމް ޚަލީލް
ނަމާދަށް ހުންނަ އިރު ޝައިޠާނާ އުނދަގޫ ކުރާނަމަ ކަންތައްކުރަންވީ ގޮތް

ނަމާދަށް ހުންނަ އިރު ޝައިޠާނާ އުނދަގޫ ކުރާނަމަ ކަންތައްކުރަންވީ ގޮތް

ނަމާދަކީ އެއްވެސް މުސްލިމަކު ދެބަސްނުވާނޭ ފަދައިން އެންމެ މަތިވެރި އެއް އަޅުކަމެވެ. އެއީ އިސްލާމް ދީނުގެ ދެވަނަ ރުކުނެވެ. ނަމާދުގެ ފަރުޟިއްޔަތަށް އިންކާރު ކުރާމީހާ ދީނުން ބޭރުވެއެވެ. ނަމާދަކީ ﷲއާއި އަޅާއާ ދެމެދު ވެވޭ ބައްދަލު ވުމެކެވެ. މިބައްދަލުވުމުގައި ތިމާގެ ހިތް-ނިޔަތް ޚާލިޞްކޮށް، ވީހާވެސް ބޮޑަށް ޚުޝޫޢަތްތެރިވެ ހުރެ ނަމާދު ކުރުމަށް މަސައްކަތްކުރަންވާނެއެވެ. މިކަމަށް ފަރުވާ ކުޑަކޮށްފި ނަމަ ކުރާ ނަމާދުތައް ﷲ ތަޢާލާ ގެ ޙަޟްރަތުގައި ޤަބޫލުނުވެވޭ ނަމާދުތަކަކަށް ވެދާނެއެވެ. ނަމާދު ނިމިގެންދާއިރު މ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ހަނިމާދޫއިން ނެގި ސާމްޕަލްތައް ނެގެޓިވް، މިރޭ ރެންޑަމް ސާމްޕަލް ނަގަނީ!

ހަނިމާދޫއިން ނެގި ސާމްޕަލްތައް ނެގެޓިވް، މިރޭ ރެންޑަމް ސާމްޕަލް ނަގަނީ!

ހަނިމާދޫން ފެނުނު ކޯވިޑް-19 ތިން ޕޮޒިޓިވްކޭހާއި ގުޅިގެން، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ނެގި އިތުރު ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މީހުން ޕޮޒިޓިވްވުމުން އެ މީހުންނާއި ބައްދަލުވި މީހުންގެ ގޮތުގައި 20 މީހެއްގެ ސާމްޕަލް ނެގިއެވެ. އެ ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ޕޮޒިޓިވްވި އަންހެންކުއްޖާގެ [...

ޝިއުނާ އާދަމް
ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެއްޖެ

ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެއްޖެ

ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ފޭދޫ ސިއްޙީ މަރުކަޒުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. އެ މީހާއަކީ މާލެއިން އެރަށަށް ގޮސް،  15 އޭޕްރިލް 2021 ވަނަ ދުވަހު ހޯމް ކަރަންޓީނުވި މީހެއް ކަމަށް ފޭދޫ ސިއްޙީ މަރުކަޒުން ވިދާޅުވެއެވެ. އެމީހާ ޕޮޒިޓިވް ވުމުން އެމީހާ ހުރިގެ އިތުރު 14 ދުވަހަށް ހޯމް ކަރަންޓީނު ކުރެވިފައިވާ ކަމަށް ވެސް އެރަށު […]

ޔުމްނާ ޢަލީ
އެމްޓީސީސީން ތިލަދުންމަތީ ރަށްތަކަށް ވަޒީފާގެ ފުރުސަތު، 50 އިންސައްތަ އަންހެނުންނަށް

އެމްޓީސީސީން ތިލަދުންމަތީ ރަށްތަކަށް ވަޒީފާގެ ފުރުސަތު، 50 އިންސައްތަ އަންހެނުންނަށް

އެމްޓީސީސީން އެކުންފުނީގެ 70 ވަޒީފާއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން އެކުންފުނިން ބުނީ، ވަޒީފާތަކަށް ހުޅުވާލާފައިވަނީ ހދ. ހއ. އަދި ށ އަތޮޅުގެ ރައްތަކަށް ހާއްސަ ކޮށްގެން ކަމަށެވެ. އަދި މި ވަޒީފާތަކުގެ 50 އިންސައްތަ ހާއްސަ ކޮށްފައިވަނީ، އަންހެނުންނަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި ވަޒީފާތަކަށް ކުރިމަތި ލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށް އެކަންޏެވެ. އެ ކުންފުނިން ހުޅުވާލި ވަޒީފާގެ ތެެރޭގައި ފެރީ ކޮންޑަކްޓާ އާއި ސްޕީޑްބޯޓް […]

އަޙްމަދު ވަހީދު
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ކޮމެޓީން ފާސްކޮށްފި

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ކޮމެޓީން ފާސްކޮށްފި

  ޕޭ ކޮމިޝަނުން ހުށަހެޅި ގޮތަށް ކައުންސިލަރުންގެ މުސާރަތައް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ. ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރުމަށްފަހު، ކައުންސިލަރުންގެ މުސާރަ މުރާޖައާ ކުރުމަށްފަހު ކައުންސިލަރުންނަށް ދޭ މުސާރައަށް ބަދަލު ގަނައުމަށް ޕޭ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަ 9 ދުވަހުއެވެ. މިއަދު މާލިއްޔަތު ކޮމިޓީން ފާސްކޮށްފައި ވަނީ، އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ 25،000 ރުފިޔާ އިން 28،000 ރުފިޔާއަށް ބޮޑުކުރާށެވެ. އެއީ 22،4...

އަލީ އާދިލް
އިންޑިއާއިން ރާއްޖެއަށް ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅުތަކެއް

އިންޑިއާއިން ރާއްޖެއަށް ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅުތަކެއް

އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ. މިގޮތުން މިއަދު އެޗްޕީއޭއިން އެންގި އެންގުމުގައި ބުނެފައިވަނީ މިހާލަތަކީ، ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރެވ...

ޔުމްނާ ޢަލީ
ރޭޕް ކުރުމާއި ޖިންސީ ގޯނާ ހުއްޓުވުމަށް ގޮވާލާ މަޖިލިހަށް ގަރާރެއް

ރޭޕް ކުރުމާއި ޖިންސީ ގޯނާ ހުއްޓުވުމަށް ގޮވާލާ މަޖިލިހަށް ގަރާރެއް

ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް އިތުރުވާތީ އެފަދަ މައްސަލަތައް މަދުކުރުމާއި އެފަދަ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. މިއަދު މަޖިލީހަށް ހުށަހެޅި މި ގަރާރަކީ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު މަޖިލީހަށް ހުށަހެޅުއްވި ގަރާރެކެވެ. އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރުކަން ވެސް ކުރަށްވާ އާދަމް ޝަރީފް ހުށަހަޅުއްވި ގަރާރުގައި ބުނެފައިވަނީ ރޭޕްކުރުމާއި ޖިންސީ ގޯނާ […]

އާއިޝަތު ރަފާހް ޢަލީ
ބުދަ ދުވަހުގެ ނިޔަލަށް މިފްކޯއިން ގަންނާނީ ދޯންޏަކުން ހަތަރު ޓަނު

ބުދަ ދުވަހުގެ ނިޔަލަށް މިފްކޯއިން ގަންނާނީ ދޯންޏަކުން ހަތަރު ޓަނު

މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މިފްކޯއިން ގަންނާނީ ދޯންޏަކުން ހަތަރު ޓަނުގެ މަސް ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މި ބަދަލު ގެނައީ ދެކުނުގައި މަސްވެރިކަން ވަރަށްބޮޑަށް ރަނގަޅުވެ މަސް ކިރާ ވަރު އިތުރުވުމުންނެވެ. މަސް ކިރުވަން ގިނަ އަދަދެއްގެ މަސް ދޯނިތައްކިޔޫގައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ. މިފްކޯއިން ބުނީ މިހާރު އެ ކުންފުނީގެ ފްރީޒިން ކެޕޭސިޓީއަށްވުރެ ގިނައިން މަސް ކިރުވަމުން އަންނަ ކަމަށެވެ. މި ބަދަލު ގެނައި ނަމަވެސް ކޫއްޑޫ […]

އަޙްމަދު ވަހީދު
އިންޑޮނޭޝިއާ ސަބްމެރީނުގައި ތިބި މީހުން ސަލާމަތް ނުކުރެވިދާނެ ކަމަށް ބުނެފި

އިންޑޮނޭޝިއާ ސަބްމެރީނުގައި ތިބި މީހުން ސަލާމަތް ނުކުރެވިދާނެ ކަމަށް ބުނެފި

އިންޑޮނީޝިއާގެ ގެއްލުނު ސަބްމެރިންގައި ތިބި މީހުން ސަލާމަތް ކުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެ ގައުމުން ބުނެފިއެވެ. އެ ގައުމުގެ ނޭވީގެ ވެރިޔާ ޔޫޑޯ މަރްގޮނޯ ވިދާޅުވީ ސަބްމެރިން އޮތީ ކަނޑުގެ 2،800 ފޫޓު އަޑީގައި ކަމަށެވެ. އެހެންކަމުން އެހާ އަޑީގައި އޮތް ސަބްމެރިނެއް ނެގުމުގެ ފަންނީ ގާބިލްކަން ނެތުމުން އޭގައި ތިބި މީހުންގެ ފުރާނަ ސަލާމަތް ކުރުުގެ ފުރުސަތު ވަރަށް ކުޑަކަމަށް އޭނާ ބުންޏެވެ. މަރްގޮނޯ ވިދާޅުވީ ގެއްލުނު ސަބްމެރިން އޮތްތަން މިހާރު ދެނެގަނެވިފައިވާ […]

އަޙްމަދު ވަހީދު
ރޯދައިން ލިބޭ ނަފްސާނީ ފައިދާތައް

ރޯދައިން ލިބޭ ނަފްސާނީ ފައިދާތައް

ރަމަޟާން މަހާއި އެމަހުގައި އަހަރެމެން އެންމެން މި ހިފާ ރޯދައިގެ ޖިސްމާނީ – ޞިއްޙީ ފައިދާތަކަކީ އަހަރެމެން ވަރަށް ގިނައިން އަޑު އަހާ ވާހަކަތަކެކެވެ. ރޯދައިގެ ސަބަބުން ހަށިގަނޑުގެ އާންމު ދުޅަހެޔޮކަން ރަނގަޅުވުން، ބަރުދަން ލުއިވުން، އާންމުބަލިތައް ޖެހުމުން ދުރުވުން، މައިދާގެ ބަލިތައް ޖެހުމުން ދުރުވުން، ހަކުރު ބައްޔާއި، އަލްޒައިމާސް ފަދަ ބަލިތަކުން ދުރުވާ ކަމަށްވެސް ސިއްޙީ ބައެއް މާހިރުން ވިދާޅުވެއެވެ. ނަމަވެސް ރޯދައިގެ ސަބަބުން ލިބޭ ސައިކޮލޮޖިކަލް ނުވަތަ ނަފްސާނި ފައިދާތަކުގެ ވާހަކަ ދެކެވެނީ ވަރަށް...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ފެށީ މިއަދު ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި، 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާސަރަހައްދަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ 16.94 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. އެމްޓީސީސީއާއި މި މަސައްކަތް […]

އަޙްމަދު ވަހީދު
ނިއުކާސަލުން ފަހު ވަގުތު ލިވަޕޫލަށް ލަނޑުދީފި

ނިއުކާސަލުން ފަހު ވަގުތު ލިވަޕޫލަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނހިރު ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުން ލިވަޕޫލް މޮޅުވާން ދަނިކޮށް މެޗުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ލަނޑުޖަހައި ނިއުކާސަލްއިން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފއެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ލިވަޕޫލުން ވަނީ […]

އިބްރާހިމް ޚަލީލް
އިންޑިޔާގައި ނަގާފައިވާ ކޯވިޑްގެ ބިޔަ ރާޅަށް ރާއްޖެއިން ސަމާލުވާންޖެހޭ: ޑރ. މަޢުރޫފް

އިންޑިޔާގައި ނަގާފައިވާ ކޯވިޑްގެ ބިޔަ ރާޅަށް ރާއްޖެއިން ސަމާލުވާންޖެހޭ: ޑރ. މަޢުރޫފް

އަވަށްޓެރި އިންޑިއާގައި ކޯވިޑް ބަލީގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، އެކަމާމެދު ރާއްޖެއިން ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ ކަމަށް އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު އީއެންޓީ ޑަކްޓަރު، ޑރ. މައުރޫފް ޙުސައިން ވިދާޅުވެއްޖެ އެވެ. ޑރ. މައުރޫފް މިހެން ވިދާޅުވީ، “އެންމެ ހާލަތު ގޯސް އިންޑިއާގެ މީހުންނަށް ރާއްޖޭގައި ހާއްސަ “ކަރަންޓީން ޕެކޭޖު””މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޚަބަރުގައިވާގޮތުން މެދު...

އަލީ އާދިލް