އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބޯ ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދައިފިއެވެ. މިއީ ސިޓީ މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.

އާދީއްތަ ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމްގައި މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވާއިރު ފައިންލެ މެޗުގަ ސިޓީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކުރުމަށް ފަހުއެވެ.

Ad
rt

ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ޓޮޓެންހަމްގެ ގޯލަށް ގިނަ ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ. ނަމަވެސް ސިޓީގެ ހަމަލާތަށް ހުއްޓުވުމުގައި ޓޮޓެންހަމްގެ ޑިފެންޑަރުންނާއި ކީޕަރ ލޮރިސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ސްޓާލިން ޓޮޓެންހަމްގެ އޭރިޔާތެރޭގައި ހުހަށްހުރެ ފޮނުވާލު ހަމަލާ ޓޮޓެންހަމްގެ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފައެވެ. އަދި ފިލް ފޮޑެން ހުހަށް ހުރެ ފޮނުވާލި ހަމަލާ ވަނީ ޓޮޓެންހަމްގެ ކީޕަ ލޮރިސް ދިފާއު ކޮށްފައެވެ. މަހްރޭޒް ފޮނުވާލު ބާރު ހަމަލާ ޓޮޓެންހަމްގެ ގޯލު ދަނޑި ކައިރިން ބޭރަށް ގޮސްފައިވާއިރު، ކެންސެލޯ ދޮނުވާލި ހަމަލާ ވެސް ލޮރިސް ވަނީ ދިފާއު ކޮށްފައެވެ.

މި މެޗުގައި ސިޓީން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ލަޕޯޓެއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ ޑިބްރޫނޭ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އިނގިރޭސި އެފްއޭއިން ވަނީ މި މެޗު ބަލުމަށް 8،000 ސަޕޯޓަރުން ދަނޑަށް ވައްދާފައެވެ. މި ތައްޓާއިއެކު ސިޓީ ވަނީ މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްގެން ލިވަޕޫލް ހަދާފައިވާ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. ސިޓީ އަދި ލިވަޕޫލް ވެސް މި މުބާރާތް ވަނީ އަށް ފަހަރު ކާމިޔާބު ކޮށްފައެވެ.