މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މިފްކޯއިން ގަންނާނީ ދޯންޏަކުން ހަތަރު ޓަނުގެ މަސް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މި ބަދަލު ގެނައީ ދެކުނުގައި މަސްވެރިކަން ވަރަށްބޮޑަށް ރަނގަޅުވެ މަސް ކިރާ ވަރު އިތުރުވުމުންނެވެ. މަސް ކިރުވަން ގިނަ އަދަދެއްގެ މަސް ދޯނިތައްކިޔޫގައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

މިފްކޯއިން ބުނީ މިހާރު އެ ކުންފުނީގެ ފްރީޒިން ކެޕޭސިޓީއަށްވުރެ ގިނައިން މަސް ކިރުވަމުން އަންނަ ކަމަށެވެ.

މި ބަދަލު ގެނައި ނަމަވެސް ކޫއްޑޫ އާއި އައްޑޫގައި މިހާރު ކިޔޫ ނަންބަރު ދޫކޮށްފައި ހުރި ދޯބިތަކުގެ ހުރިހާ މަހެއް ގަންނާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ދެކުނަށް މަސްވެރިކަން ރަނގަޅު ދުވަސްްވަރެއް ނަމަވެސް، މަސްވެރިން ބާނާ މަސް ފަސޭހައިން ކިރޭނެ ގޮތެއް ނެތުމުން މަސްވެރިން ދަނީ ބޮޑު ތަކުލީފެއް އުފުލަމުންނެވެ. އަދި ލޯބޯ ފިއްސައިގެން އެތައް ޚަރަދަކާއި، މަސައްކަތެއް ކޮށްގެން ބާނާ މަސްކޮޅުގެ ތާޒާކަން ވެސް ގެއްލި ހަމައަގު ނުލިބި ދިޔުމަކީ މަސްވެރިންގެ އިތުރު ކަންބޮޑުވުމެކެވެ.