ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ކުއްވެރިކޮށް، ދިއްދޫ ކައުންސިލުން ބަޔާނެއް ނެރެފި
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ކުއްވެރިކޮށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން ނޫސް ބަޔާނެއް ނެރެފި އެވެ. މިއީ ދިއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުން އިންތިހާބުވެ ހުވާކުރެއްވުމަށްފަހު އެކައުންސިލުން ނެރުނު ފުރަތަމަ ބަޔާނެވެ. އެކައުންސިލުން މިއަދު ނެރުނު އެބަޔާނުގައި ބުނެފައިވަނީ، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމުގެ ނިޔަތުގައި، 6 މޭ 2021 ވަނަ ދުވަހުގެ ރޭ އެ މަނިކުފާނުގެ ގެކޮޅު ކައިރިން ކާރަށް އަރާ...