މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,422 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1668 ވަނަ ޞަފްޙާ

ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިންޑިއާ މީހަކު ނިޔާވެއްޖެ

ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިންޑިއާ މީހަކު ނިޔާވެއްޖެ

ރާއްޖެގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިންޑިއާ ރައްޔިތަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އިންޑިއާ މީހަކު މިއަދު ހެނދުނު ނިޔާވެފަވާ ކަމަށެވެ. އެއީ 51 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާ ނިޔާވީ ހެނދުނު 8:44 ގައެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 109 ވަނަ މީހާއެވެ. ރާއްޖޭގައި މިބަލީގެ ހާލަތު އަދިވެސް ވަރަށް ގޯސްކޮށް އޮތްއިރު، އިއްޔެ ވެސް އިތުރު 1465 […]

ޖަލްވާން ޖާދުﷲ
ކޯވިޑް ބަލީގައި ލާމުން 2 މީހަކު، މާލެއިން އެކަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި ލާމުން 2 މީހަކު، މާލެއިން އެކަކު ނިޔާވެއްޖެ

ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ތިން މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ލ. ކޯވިޑް މެނޭޖެމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކާއި، އައިޖީއެމްއެޗް އެމެޖެންސީއަށް ގެނެވުނު މީހަކު ކޯވިޑް ބަލީގައި ނިޔާވެފަވާ ކަމަށެވެ. ލ. ކޯވިޑް މެނޭޖެމަންޓް ފެސިލިޓީގައި ނިޔާވި އެކަކު ނިޔާވީ ރޭ މެންދަމުން އަނބުރާ 1:54 ގައެވެ. އެއީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ފެސިލިޓީގައި ނިޔާވި […]

ޙުސައިން ޝަހުދީ
އެމެރިކާގެ ރައީސް ޖޯ ބައިޑަންއަކީ ޒަޔަނިސްޓެއް

އެމެރިކާގެ ރައީސް ޖޯ ބައިޑަންއަކީ ޒަޔަނިސްޓެއް

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އޭނާ 2007 ވަނަ އަހަރު ދިން އިންޓަރވިއު އެއްގައި ބުނެފައިވަނީ އޭނާއަކީ ޒަޔަނިސްޓެއް ކަމާއި، ޒަޔަނިސްޓަކަށް ނުވަތަ ސިހްޔޫނީ އަކަށް ވުމަށް ޔަހޫދީ އަކަށް ވާންނުޖެހޭނެ ކަމަށެވެ.  މުސްލިމުންނަށް އެތައް ދަޅައެށް ދެއްކުމަށްފަހު އެމެރިކާގެ ވެރިކަމަށް އައިސް މިހާރުވެސް ޖޯ ބައިޑަން ގެންދަނީ އިޒްރޭލަށް ފާޅުގައި ތާއީދުކުރާކަން ހާމަކުރަމުންނެވެ.  ޖޯ ބައިޑަން ގަބޫލުކުރާގޮތުގައި އިޒްރޭލަށް ތާއީދުކުރުމަކީ އެމެރިކާއިން ކޮންމެހެން ކުރަންޖެހޭ ކަމަކެވެ. އަދި އިޒްރޭލު ނެތްނަމަ އ...

ތިލަދުން
ފަލަސްތީނުގެ ދިފާއުގައި ތިލަދުންމަތީގެ ރަށްތަކުގައި އަޑުއުފުލައިފި

ފަލަސްތީނުގެ ދިފާއުގައި ތިލަދުންމަތީގެ ރަށްތަކުގައި އަޑުއުފުލައިފި

މުސްލިމުންގެ ފުރަތަމަ ޤިބުލަ ކަމުގައިވާ މަސްޖިދުލް އަޤްޞާ ހުރި ފަލަސްތީނުގެ މާތްބިމުގައި ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އިޒްރޭލުން އަނިޔާވެރި ޢަމަލުތައް ހިންގާ ކޮންމެ ފަހަރަކު ދިވެހިން ނުކުމެ އެކަމާއި ދެކޮޅަށް އަޑުއުފުލާކަމީ ފެންނަން އޮތް ހަޤީޤަތެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ދިވެހިންގެ ހިތްތަކުގައި ފަލަސްތީނުގެ މުސްލިމުންނަށް އޮންނަ ލޯބި ފެނިގެންދަނީ އިންތިހާއަށެވެ. ފާއިތުވި ރަމަޟާން މަހުގެ ފަހުކޮޅުން ފެށިގެން ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގ...

އިބްރާހިމް ޚަލީލް
މޮނިޓަރިން ހާލަތުގައި ވެސް ކޭއާރުއެޗްއިން ފަހި ހިދުމަތްތަކެއް، ރައްޔިތުން އުފަލުން!

މޮނިޓަރިން ހާލަތުގައި ވެސް ކޭއާރުއެޗްއިން ފަހި ހިދުމަތްތަކެއް، ރައްޔިތުން އުފަލުން!

މާލެ ފިޔަވައި، ރާއްޖޭގެ އެއް ރަށަކުން އެންމެ ގިނަ ބަޔަކު ތަފާތު ގިނަ ޚިދުމަތްތަކެއް ހޯދާ ރަށަކީ ހދ. ކުޅުދުއްފުށީ ސިޓީއެވެ. މުޅި ރާއްޖެއަށް ފެތުރިފައިވާ ކޯވިޑްގެ ނާންމާ ކަމުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިންނަށްލެވޭ ކޮންމެ ފަހަރަކު ސިފަކުރެވެނީ އުތުރުގެ “ހިތް” ހުއްޓުނީ ކަމުގައެވެ. އުތުރުގެ “ހިތް” ހުއްޓުނީ ކަމަށް ދަންނަވަންޖެހެނީ ތިލަދުންމަތީގެ ތިން އަތޮޅާއި، ކޯވިޑްގެ ހާލަތުގެ ސަބަބުން އެހެން ބައެއް އަތޮޅުތަކުން ވެސް ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާ ހދ. ކުޅުދުއްފުށީ ސިޓީ ބަންދު […]

ޙުސައިން ޝަހުދީ
ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވެ މުރައިދޫ މޮނިޓަރިން ހާލަތަށް

ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވެ މުރައިދޫ މޮނިޓަރިން ހާލަތަށް

ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ހއ. މުރައިދޫ ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މުރައިދޫ މޮނިޓަރިން ހާލަތަށް ގެނައީ މިއަދު ހަވީރު 16:18 އިން ފެށިގެންނެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ހުރެގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެއްކަމަށެވެ. “ބަލީގެ އަލާމާތް ފެނިގެން ސިއްހީ މަރުކަޒަށް ދެއްކައި، ޓެސްޓް ކުރަން ސާމްޕަލް ނެގީ، މިއަދު ނ...

ޙުސައިން ޝަހުދީ
އިންޑިއާ ވޭރިއަންޓުގައި އާ އަލާމަތްތަކެއް

އިންޑިއާ ވޭރިއަންޓުގައި އާ އަލާމަތްތަކެއް

އިންޑިއާއިން މިހާރު ކޯވިޑް-19 ޖެހޭ މީހުންގެ ފަރާތުން އާ އަލާމާތްތަކެއް ފެންނަ ކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ބުނެފިއެވެ. އެ ގައުމުގެ ސިއްހީ ފަރާތްތަކުން ބުނާގޮތުގައި ބައެއް ބަލިމީހުންނަށް އަނގަ ހިކުމާއި ދޫ ކަހައި އުނދަގޫވުން ކަހަލަ ކަންކަން ދިމާވާ ކަމަށެވެ. އަދި މަދު ކޭސްތަކެއްގައި އަނގައިގެ ތެރެއިން އަލްސާސް (ރޫތަކެއް ހެން ހުރުން) ފެންނަ ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން މި އަލާމާތްތަކަށް ސަމާލުވުމަށް އެ ފަރާތްތަކުން ދަނީބުނަމުންނެވެ. މީގެ އިތުރުން މީގެ […]

އަޙްމަދު ވަހީދު
ސްކޫލް ބަންދާ ދިމާކޮށް އިންޑިއާގެ 2 މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތަކެއް

ސްކޫލް ބަންދާ ދިމާކޮށް އިންޑިއާގެ 2 މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތަކެއް

ސްކޫލް ބަންދާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަންއިން އިންޑިއާގެ ދެ މަންޒިލަކަށް ދަތުރުތަކެއް ރާވައިފިއެވެ. މޯލްޑިވިއަންއިން ބުނީ އެ ދަތުރުތައް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 24ވަނަ ދުވަހު ކަމަށެވެ. އެގޮތުން ދަތުރު ކުރާ މަންޒިލްތަކަކީ އިންޑިއާގެ ޓްރިވެންޑްރަމްއާއިކޮޗިންއެވެ. މި ފްލައިޓުން ޓިކެޓް ނަގަން ބޭނުންވާ މީހުންނަށް މޯލްޑިވިއަންގެ އީމެއިލް cc@iasl.aero އަށް މެއިލް ފޮނުވައިގެން ނުވަތަ ވައިބާ މޯލްޑިވިއަންގެ މޮބައިލްއެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެއެވެ. https://twitter.com/M...

އަޙްމަދު ވަހީދު
ނަރުދޫ އާއި ކުމުންދޫން ވެސް ފަލަސްތީނުގެ ދިފާއުގައި ބަޔާން ނެރެފި

ނަރުދޫ އާއި ކުމުންދޫން ވެސް ފަލަސްތީނުގެ ދިފާއުގައި ބަޔާން ނެރެފި

އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ނުރައްކާތެރި، ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ހދ.ކުމުންދޫ ކައުންސިލުންނާއި ށ.ނަރުދޫ ކައުންސިލުން ވެސް ބަޔާން ނެރެފިއެވެ. މުޅި އިސްލާމީ އުއްމަތް ފަލަސްތީނުގެ ރައްޔިތުނާއި މަސްޖިދުލް އަޤްޞާ ދިފާއުގައި ތެދުވުމަށް ދެ ކައުންސިލްގެ ބަޔާންގައި ގޮވާލައިފައިވެއެވެ. އަދި،  ޔަހޫދީ އިޒްރޭލްގެ ޓެރަރިސްޓް ހަމަލާތަކުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކޮށް، ގެދޮރުތައް ސުންނާފަތިކޮށް ހިދުމަތްތަަކުން މަހުރޫމްވެފައިވާއިރު އިޒްރޭލްގެ ހަމަލާތައް ބައިނަލްއަގްވާމީ ފެ...

އައިޝަތު އިލްމާ އަދުނާން
ނަޝީދަކީ މަރަންޖެހޭ މީހެއްކަމަށް، ސަލާމަތީ ބާރުތަކުގެ އިސްސަފުގައި ތިބި ބައެއް މީހުން އެބަބުނޭ: މުހައްމަދު ރަޝީދު

ނަޝީދަކީ މަރަންޖެހޭ މީހެއްކަމަށް، ސަލާމަތީ ބާރުތަކުގެ އިސްސަފުގައި ތިބި ބައެއް މީހުން އެބަބުނޭ: މުހައްމަދު ރަޝީދު

ކުރީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ މަރަންޖެހޭ މީހެއްކަމަށް، ސިފައިންނާއި، ފުލުހުންގެ އިސްސަފުގައި ތިބި ބައެއް މީހުން ބުނާކަމަށް މައްޗަށް ގޯޅި އުތުރުދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މެންބަރު ރަޝީދު މިހެން ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވަން ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް މިއަދު ހުށަހެޅުއް ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ...

އަލީ އާދިލް
ދެބިލެއް ރައީސް ތަޞްދީޤުކުރައްވައިފި

ދެބިލެއް ރައީސް ތަޞްދީޤުކުރައްވައިފި

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި އެވެ. ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލަކީ، މި ހުސްވި އެޕްރީލް މަހުގެ 27 ވިީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަކީ (ޤާނޫނު ނަންބަރު 8/2021) ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުމާއި ކަމާގުޅޭ އެންމެހައި […]

ތިލަދުން
މާފަހިން ދިއްދޫއަށް މޭވާގެ ބާވަތްތައް ހަދިޔާކޮށްފި

މާފަހިން ދިއްދޫއަށް މޭވާގެ ބާވަތްތައް ހަދިޔާކޮށްފި

ހއ. މާފަހިން ހއ. ދިއްދޫ ކައުންސިލަށް ދޮންކޭލާއި ފަޅޯ ހަދިޔާކޮށްފިއެވެ. ހއ.ދިއްދޫގައި ކޯވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ ރަށުގެ ގިނަ އަދަދެއްގެ ގޭތަކެއްވަނީ ކަރަންޓީނުކުރެވިފައެެވެ. ޖުމްލަ 111 ފަރާތެއް ދިއްދޫއިން ޕޮޒިޓްވްވެފައިވާއިރު ކޯވިޑް ޖެހިގެން އެރަށުން މީހަކުވެސްވަނީ ނިޔާވެފައެވެ. ދިއްދޫއަށް ކުރިމަތިވެފައިވާ މިފަދަ ހައްސާސްް ދަނޑިވަޅެއްގައި ރަށުގެ އާންމު ރައްޔިތުންނާއި ޖަމިއްޔާތަކުގެ ފަރާތުން އެކިއެކި އެހީތައް ކަަރަންޓީނުކޮށްފައިވާ ގެތަކަށްދަނީ ފޯރުކޮށްދެމުންނެވެ. ހއ. މާފައްސަކީ ޞަލާހް ޝިހާ...

އައިޝަތު އިލްމާ އަދުނާން
މަކުނުދޫއިން 4 މީހަކު ޕޮޒިޓިވްވެއްޖެ

މަކުނުދޫއިން 4 މީހަކު ޕޮޒިޓިވްވެއްޖެ

ހދ.މަކުނުދުއިން 4 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެވެ. 2021 މެއި 04 ވަނަ ދުވަހު ފެށިގެން ހޯމް ކަރަންޓީނުގައި ހުރި 3 ފަރާތަކާއި 2021 މެއި 08 ދުވަހު އައިސޮލޭޓްކުރެވިފައިވާ ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް މަކުނުދޫ ސިއްހީ މަރުކަޒުން ހާމަކުރެއެެވެ. އެގޮތުން، ޕޮޒިޓްވެފައިވާ މިމީހުންނާއި ބައްދަލުވެފައިވާނަމަ މަކުނުދޫ ސިއްހީ މަރުކަޒަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް މަކުނުދޫ ސިއްހީ މަރުކަޒުން އެދެއެވެ. އަދި، މިމުއްދަތުގެތެރޭގައި ކޯވިޑަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެނ...

އައިޝަތު އިލްމާ އަދުނާން
އިޒްރޭލުން ހިންގާ ޢުދުވާނީ ޖަރީމާތައް ހުޓާލުމަށް، ދިވެހި ދައުލަތުން އަޑުއުފުލަދީ: ވައިކަރަދޫ ކައުންސިލް

އިޒްރޭލުން ހިންގާ ޢުދުވާނީ ޖަރީމާތައް ހުޓާލުމަށް، ދިވެހި ދައުލަތުން އަޑުއުފުލަދީ: ވައިކަރަދޫ ކައުންސިލް

އިޒްރޭލުން ހިންގާ ޢުދުވާނީ ޖަރީމާތައް ހުޓާލުމަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޑުއުފުލާދިނުމަށް ދިވެހި ދައުލަތަށް ހދ. ވައިކަރަދޫ ކައުންސިލުން ގޮވާލައިފި އެވެ. އެކައުންސިލުން މިހެން ގޮވާލާފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލްގެ ދައުލަތުން ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް ވައިކަރަދޫ ކައުންސިލުން ނެރުނު ބަޔާނެއްގަ އެވެ. އެބަޔާނުގައި ބުނެފައިވަނީ، ރަމަޟާންމަހާ ދިމާކޮށް އިޒްރޭލްގެ ހަމަލާތައް ވަރުގަދަކުރުމުގެ ސަބަބުން ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުވ...

އައިޝަތު އިލްމާ އަދުނާން
ދިވެހި ރާއްޖޭގެ ރައްޔިތުން ތިބޭނީ ފަލަސްޠީނާއި އެކު: ރައީސް

ދިވެހި ރާއްޖޭގެ ރައްޔިތުން ތިބޭނީ ފަލަސްޠީނާއި އެކު: ރައީސް

ދިވެހި ރާއްޖޭގެ ރައްޔިތުން ތިބޭނީ ފަލަސްޠީނާއި އެކުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ފަލްސްޠީންގެ ދިދަ ހިމަނުއްވާ މިއަދު ކުރި ޓުވީޓެއްގަ އެވެ. މިޓުވީޓުގައި ރައީސް ވަނީ ފަލަސްޠީން މިނިވަން ކުރުމަށްވެސް ގޮވާލާފަ އެވެ. އަދި ދިވެހި ރައްޔިތުން ތިބޭނީ ފަލަސްޠީން ރައްޔިތުންނާއި އެކުކަމަށް ވިދާޅުވެފައިވެއެވެ. The people of Maldives stand in solidarity with Palestine. #FreePalestine pic.twitter.com/lBGEG0jhXY — Ibrahim Mohamed Solih (@ibusolih) May […]

އިބްރާހިމް އަސްވާޤް
ކްލައިމެޓް އިމަރޖަންސީ ބިލު ތަސްދީޤު ކުރައްވައިފި

ކްލައިމެޓް އިމަރޖަންސީ ބިލު ތަސްދީޤު ކުރައްވައިފި

ކްލައިމެޓް އިމަރޖަންސީ ބިލު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ތަޞްދީޤުކުރައްވައިފިއެވެ. ކްލައިމެޓް އިމަރޖަންސީ ބިލަކީ މިދިޔަ މަހުގެ 29 ވި ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ކުލައިމެޓް އެމަރޖެންސީގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. އެއާއިއެކު މި ޤާނޫނަށް ޢަމަލުކުރަން ފެށުނީއެވެ. ކްލައިމެޓް އިމަރޖަންސީ ޤާނޫނަކީ (ޤ...

އިބްރާހިމް އަސްވާޤް
ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅު: މާރަންދޫ ކައުންސިލް

ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅު: މާރަންދޫ ކައުންސިލް

ފަލަސްތީނުގެ ބިމަށް ނުހައްގުންވެރިވެގަތުމަށް އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހއ.މާރަންދޫގެ ކައުންސިލުން ބަޔާނެއް ނެރެފިއެވެ. މާރަންދޫ ކައުންސިލްގެ 5 މެމްބަރުން ސޮއިކޮށް ނެރެފައިވާ ބަޔާނުގައި، ފަލަސްތީނަށް އަމާޒްކޮށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތްކުރުމުގެ ގޮތުން ކުރެވުންހުރި ހުރިހާ މަސައްކަތެއްކުރާނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކުރުމުގ...

އައިޝަތު އިލްމާ އަދުނާން
މިހާލަތަށް މިއައީ ސަރުކާރުތަކުންނާއި، މަޖިލިސްތަކުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމުން: ޔާސިރު

މިހާލަތަށް މިއައީ ސަރުކާރުތަކުންނާއި، މަޖިލިސްތަކުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމުން: ޔާސިރު

ދިވެހިރާއްޖެ މިއަދު މިދެކޭ ނާންމާ ދުވަސްތައް އައީ ރާއްޖޭގައި އުފެދުނު ސަރުކާރުތަކުންނާއި، ރައްޔިތުންގެ މަޖިލިސްގެ ދައުރުތަކަށް އިންތިޚާބުވި މެންބަރުން އަދާކުރަންޖެހޭ ޒިންމާއަށް އިހުމާލުވެފައި އޮތުމުންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވަން ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް މިއަދު ހުށަހެޅުއް ކުއްލި މައްސަލައ...

އަލީ އާދިލް