މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,422 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1654 ވަނަ ޞަފްޙާ

ކޯވިޑް ބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު 87 އަށް

ކޯވިޑް ބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު 87 އަށް

ކޯވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ރާއްޖެ އިން ނިޔާވެ، މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު 87 އަށް އަރައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 83 އަހަރުގެ މީހަކު ނިޔާވެފައިވަނީ މިއަދު ހެނދުނު 06:37 ގައި ކަމަށެވެ. މިއީ ދިވެހި އަންހެނެކެވެ. މި ނިޔާވި މީހާއާއި އެކު ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 159 އަށް […]

ޖަލްވާން ޖާދުﷲ
މި ޙާލަތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލައި އިސްރާފުތައް ކުޑަކުރަންވީ ވަގުތު: ރައީސް

މި ޙާލަތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލައި އިސްރާފުތައް ކުޑަކުރަންވީ ވަގުތު: ރައީސް

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އެތައް ގެއްލުންތަކެއް ލިބިފައިވާ މި ޙާލަތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އިސްރާފުތައް ހުއްޓާލައި އެ ނުބައި އާދައާ ދުރުހެލިވާން އެންމެ މުނާޞަބު ވަގުތުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ މި އަހަރުގެ ދުންފަތުގެ އިލްތިމާސް ނުކުރާ ދުވަހުގެ މުނާޞަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި، އެމަނިކުފާނު ވަނީ ދުންފަތުގެ ނުރައްކާތެރިކަމާމެދު ރައްޔިތުން ހޭލުންތެރިކ...

އިބްރާހިމް އަސްވާޤް
އިންޑިޔާ ކާގޯ ފެރީން ގެންނަ މުދާ އަގުހެޔޮ، މިހާރު އޮންނަނީ ޖާގަ ނުލިބިފަ: ނިހާދު

އިންޑިޔާ ކާގޯ ފެރީން ގެންނަ މުދާ އަގުހެޔޮ، މިހާރު އޮންނަނީ ޖާގަ ނުލިބިފަ: ނިހާދު

މިދިޔަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީން ގެންނަ މުދާ އަގުހެޔޮކަމަށާއި މިހާރު އޮންނަނީ އެފެރީން ޖާގަނުލިބިފަކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ. މެންބަރު ނިހާދު މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާއި ދެމުދު ފެށި ފެރީގެ ޚިދުމަތް ހުއްޓިފައިވާކަމަށްބުނެ މީސްމީޑިޔާގައި ބަހުސްކުން ފެއްޓުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. އެބަހުސްއަށް ރައްދުދެއްވަމުން ނިހާދު ވިދާޅުވީ ދުވަސްކޮޅަކުން ބޯޓުތައްވެސް އިތުރުކުރަން ޖެހޭނެކަމ...

އަލީ އާދިލް
ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅު ގޯތިތައް ސާފުކުރުމަށް އަންގައިފި

ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅު ގޯތިތައް ސާފުކުރުމަށް އަންގައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅު ގޯތިތައް ސާފުކުރުމަށް އަންގައިފި އެވެ. ދިއްދޫ ކައުންސިލް އިދާރާއިން މިއެންގުން އަންގާފައިވަނީ އިއްޔެ ނެރުނު އިޢުލާނެއްގައެވެ. މި އިޢުލާނުގައި ބުނެފައިވަނީ، ދިއްދޫއަކީ ދިވެހިރާއްޖޭގެ ނިސްބަތުން ފާހަގަކުރެވޭ ފަދަ ސާފުތާހިރު އަދި ރީތި ރަށެއްގެ ގޮތުގައި ހެދުމަކީ ހަމަ ކޮންމެ ރައްޔިތެއްގެ އިތުރުން އެ ކައުންސިލުންވެސް ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމަށެވެ. އެގޮތުން ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅުގޯތިތަކުގައި ވިނަހެދި ގިނައަދަދަކަށް ކުނި ޖަމާވު...

އިބްރާހިމް އަސްވާޤް
އަންނަމަހުން ފެށިގެން އެމްޑަބްލިއުއެސްސީގެ ވަޒީފާތަކަށް ހުށަހެޅުން އޮންލައިން ކޮށް

އަންނަމަހުން ފެށިގެން އެމްޑަބްލިއުއެސްސީގެ ވަޒީފާތަކަށް ހުށަހެޅުން އޮންލައިން ކޮށް

މިފެށޭ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ވަޒީފާތަކަށް އެދި ހުށަހެޅޭނީ ހަމައެކަނި އޮންލައިން ކޮށް ކަމަށް އެ ކުންފުނިން ބުނެފި އެވެ. ރާއްޖޭގެ މައި ފެން ކުންފުނިންް ބުނީ އޮންލައިންކޮށް ވަޒީފާ އަށް އެދި ހުށަހެޅުމަށް www.mwsc.com.mv/Career  އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް، ވަޒީފާ އަށް އެދި ހުށަހެޅޭނެ ކަމަށެވެ. މިގޮތައް އޮންލައިންކޮން ވަޒީފާ އަށް އެދި ހުށަހެޅޭނެ ގޮތް ހަމަޖެއްސި ސަބަބަކީ، އެކުންފުނީގެ އޮންލައިން ހިދުމަތްތަކާއި […]

އަލީ އާދިލް
ދިއްދޫއިން 155 ރެންޑަމް ސާމްޕަލް ނަގައިފި

ދިއްދޫއިން 155 ރެންޑަމް ސާމްޕަލް ނަގައިފި

ކޯވިޑް ބަލީގެ ސަބަބުން އަދިވެސް މޮނިޓަރިން ހާލަތުގައި އޮތް ހއ. އަތޮޅުގެ ވެރިރަށް ދިއްދޫއިން އިއްޔެ 155 ރެންޑަމް ސާމްޕަލެއް ނަގައިފިއެވެ. އެރަށް މޮނިޓަރިން ހާލަތުގައި އޮންނަތާ މިއަދަށް އެއް މަސް ދުވަސް ހަމަވާނެއެވެ. ދިއްދޫއިން ޕޮޒިޓިވްވާ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސް މިވަގުތު އެރަށުގައި ތިބި އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 16 އެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް “ތިލަދުން”އަށް ވިދާޅުވީ، މިހާލަތުން އަރައި ގަތުމަށް މުޅި ދިއްދޫ ގުޅިގެން ގިނަ […]

ޔުމްނާ ޢަލީ
ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، އެއީ އުރައްޕެއް ނެތް އެއްޗެއް: ރާޢީ

ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، އެއީ އުރައްޕެއް ނެތް އެއްޗެއް: ރާޢީ

މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރުމަށް ހަވާލުކުރުމަށްފަހު، އެ މަސައްކަތްތަކާއި ހަވާލު ފަރާތްތަކުން ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، ކޮންޓްރެކްޓް އެއްބަސްވުންތަކަކީ އުރައްޕެއް ނެތް އެއްޗެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މެންބަރު ރާޢީ މިގޮތަށް ވިދާޅުވީ، އޭނާގެ ދާއިރާގައި ހިންގުމަށް ހަވާލުކުރެވިފައިވާ ބައެއް މަޝްރޫޢުތައް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާޢީ ވިދާޅުވީ، ކުމުންދޫ އަދ...

އަލީ އާދިލް
ކޯވިޑްގެ ހާލަތު ނުރައްކާ ވެއްޖެނަމަ، އެޑްމިޓް ކޮށްގެން ފަރުވާ ދޭނެ ވަކި ފެސިލިޓީއެއް ނެތް: ކޭއާރުއެޗް މެނޭޖަރ

ކޯވިޑްގެ ހާލަތު ނުރައްކާ ވެއްޖެނަމަ، އެޑްމިޓް ކޮށްގެން ފަރުވާ ދޭނެ ވަކި ފެސިލިޓީއެއް ނެތް: ކޭއާރުއެޗް މެނޭޖަރ

ބަލި ފެތުރި ނުރައްކާތެރިކަން ބޮޑުވެގެން ހިނގައްޖެ ހާލަތެއްގައި، ހދ. ކުޅުދުއްފުށީގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭނެ ވަކި ފެސިލިޓީއެއް ނެތްކަމަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ މެނޭޖަރު އަހްމަދު ދާވޫދު ވިދާޅުވެއްޖެ އެވެ. އަޙްމަދު ދާއޫދު މިހެން ވިދާޅުވީ ކޯވިޑް19 ގެ މިހާރުގެ ހާލަތު ބަޔާންކުރަން މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިޕޯސްޓުގައި އަޙްމަދު ދާޢޫދު ވިދާޅުވީ މިހާލަތުގައި އެންމެހާ ފަރާތްތަކުން ބަލި ފެތުރިގެން ހިނގައިދާނެ ހުރިހާ ކަމަކުން ރައްކާތެރިވެ ތިބުމަކީ މުހިންމު ކަ...

ޖަލްވާން ޖާދުﷲ
އިޒްރޭލާއި ގުޅުން ބާއްވާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ކުވައިތުން ފާސްކޮށްފި

އިޒްރޭލާއި ގުޅުން ބާއްވާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ކުވައިތުން ފާސްކޮށްފި

އިޒްރޭލާއި ގުޅުންބާއްވާ މުއާމަލާތް ކުރާ ފަރާތްތަށް ޖޫރިމަނާކޮށް ޖަލަށްލައި ހަރުކަށި އަދަބު ދިނުމަށް ކުވައިތުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ. ހުކުރު ދުވަހު ފާސްކުރެވުނު މި ބިލާއިއެކު ކުވައިތުގައި އުޅޭ ބޭރުފަރާތްތަކާއި ކުވައިތުގެ ރައްޔިތުން ހިމެނޭ ގޮތަށް ސީދާގޮތެއްގައި އަދި ނުސީދާގޮތެއްގައި އިޒްރޭލާއި އެއްވެސް ގުޅުމެއް ބާއްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅިގެންދެއެއެވެ. މީގެ ތެރޭގައި އިޒްރޭލަށް ދަތުރުކުރުމާއި އެއްވެސް ގޮތަކުން އިޒްރޭލަށް ސަޕޯޓުކޮށް ހަމްދަރުދީވުން ކުވައިތުގެ ރައްޔިތުން...

ތިލަދުން
ގައުމީ ސަލާމަތާގުޅޭ ވާހަކަތައް އެއްވެސް ގައުމެއްގައި ހިތަށް އެރިހާ ގޮތަކަށް ނުދެއްކޭ: އަހްމަދު

ގައުމީ ސަލާމަތާގުޅޭ ވާހަކަތައް އެއްވެސް ގައުމެއްގައި ހިތަށް އެރިހާ ގޮތަކަށް ނުދެއްކޭ: އަހްމަދު

ގައުމީ ސަލާމަތާގުޅޭ ކަންކަމުގައި އެއްވެސް ގައުމެއްގައި ހިތަށްއެރިހާ ގޮތަކަށް، ހިތަށް އެރިހާ ވާހަކައެއް ނުދެއްކޭ ކަަމަށް ބާރަށު ދާއިރާގެ މެންބަރު އަހްމަދު ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މެންބަރު އަޙްމަދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. މެންބަރު އަހްމަދު ވިދާޅުވީ، ގައުމީ ސަލާމަތާގުޅޭ ކަންކަމުގައި ކޮންމެ މީހަކު އެމީހަކު ހިތުހުރިހާ ވާހަކައެއް ބޭނުންހާ ގޮތަކަށް ދެއްކުމަކީ އެއްވެސް ގައުމެއްގައި ކުރެވޭ ކަމެއް ނޫން ކަމަށެވެ. Gaumee salaamathaa gulhey kankamuga konme meehaku emeehaku hithuhuri vaahak...

އަލީ އާދިލް
އެސްޓީއޯގެ އެހީގައި ބައިނަލްއަގުވާމީ ފެންވަރުގެ މެރިޓައިމް ކޯހެއް ހެދުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޓީއޯގެ އެހީގައި ބައިނަލްއަގުވާމީ ފެންވަރުގެ މެރިޓައިމް ކޯހެއް ހެދުމުގެ ފުރުސަތު ހުޅުވާލައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން، އެސްޓިއޯގެ ފުލް ސްކޮލަޝިޕްގެ ދަށުން ބައިނަލް އަޤުވާމީ ފެންވަރުގެ މެރިޓައިމް ކޯހެއް ފުރިހަމަ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެސްޓިއޯއިން ހުޅުވާލާފައިވާ މި ފުރުޞަތުގައި ފުރިހަމަ ކުރުމަށް ފުރުޞަތު ލިބިގެނަދާ ކޯހަކީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ޤަބޫލްކުރާ ފެންވަރުގެ ސެޓްފިކްޓެއް ލިބޭ ކޯހެކެވެ. މި ކޯހުގެ ނަމަކީ “ޕްރޮފިޝެންސީ ބޭސިކް އޮއިލް އެންޑް ކެމިކަލް ޓޭންކާ އޮޕަރޭޝަ...

އިބްރާހިމް ޚަލީލް
އުތުރުގެ 3 އަތޮޅުގެ ހާލަތު މޮނީޓާ ކުރުމަށް، ޢާޠިޔާ، ޢާޠިފް އަދި ޑރ. ޢަބްދުﷲ ރަޝީދު

އުތުރުގެ 3 އަތޮޅުގެ ހާލަތު މޮނީޓާ ކުރުމަށް، ޢާޠިޔާ، ޢާޠިފް އަދި ޑރ. ޢަބްދުﷲ ރަޝީދު

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އަތޮޅު ތެރޭގެ ހާލަތު މޮނީޓާ ކުރުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް އައްޔަން ކުރުމަށް ސަރުކާރުންވަނީ ނިންމަވާފަ އެވެ. އެގޮތުން މިނިސްޓްރީ އިފް ހެލްތްއިން މިނޫހަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ އުތުރުގެ 3 އަތޮޅަށް މިހާރު ހާލަތު މޮނީޓަރ ކުރުމަށް މިނިސްޓްރީތަކުގެ ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ހއ. އަތޮޅަށް ކަނޑައަޅުއްވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޢާއިޝަތު ޢާޠިޔާ ނަޞީރު އެވެ. ހދ....

އަލީ އާދިލް
ޢާއިލީ ވެރިކަން ނިމުނުކަމަށް ހީކޮށްގެން ތިބެވުނަސް އަދިވެސް އެކަން ބަދަލެއްނުވޭ: އަލީ

ޢާއިލީ ވެރިކަން ނިމުނުކަމަށް ހީކޮށްގެން ތިބެވުނަސް އަދިވެސް އެކަން ބަދަލެއްނުވޭ: އަލީ

ފެހި ޤާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު އުފެދުނު ފުރަތަމަ ވެރިކަމާއި ހަމައިން، އޭގެކުރީން ރާއްޖޭގައި ދިގުދެމިގެން ދިޔަ ޢާއިލީ ވެރިކަމެއްނިމި، ދެން ރާއްޖޭގައި ޢާއިލީ ވެރިކަން ނެތްކަމަށް ދިވެހިން ދެކިގެން ތިބި ނަމަވެސް، އަދި ވެސް އެކަމަށް ބަދަލު ނާންނަކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މެންބަރު ޢަލީ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ، 11 ނޮވެންބަރ 2008 އިން ފެށިގެން ޢާއިލީ ވެރިކަން ރާއްޖޭގައި ނިމުމަކަށް އައީ […]

އަލީ އާދިލް
ސަމާލުވޭ! މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ސަމާލުވޭ! މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ މިރޭގެ 21:00 އާ ހަމައަށެވެ. ރާއްޖޭގެ […]

ޖަލްވާން ޖާދުﷲ
ފިނޮޅަށް ގެއްލުން ދިނުމުން 5 ލައްކަ ރުފިޔާއިން ގިލި ލަންކަންފުށި ޖޫރިމަނާކޮށްފި

ފިނޮޅަށް ގެއްލުން ދިނުމުން 5 ލައްކަ ރުފިޔާއިން ގިލި ލަންކަންފުށި ޖޫރިމަނާކޮށްފި

ހިންމަފުށީ ކައިރީ އޮންނަ ފިނޮޅެއް ކޯރު ކަނޑައިގެން ގެއްލުން ދިން މައްސަލާގައި ގިލި ލަންކަންފުށި މޯލްޑިވްސް ޖޫރިމަނާކޮށްފިއެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު ބުނީ 21 ޖަނަވަރީ 2021 ގައި ކ. ހިންމަފުށްޓާއި ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓާއި ދެމެދު އޮންނަ ފިނޮޅަށް ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓުގެ މުވައްޒަފުންތަކެއް އަރައި، އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން އެ […]

ޝިއުނާ އާދަމް
ހދ. އަތޮޅުގެ 6 ރަށެއްގައި، ކޯވިޑް ބަލީގެ 71 މީހަކު!

ހދ. އަތޮޅުގެ 6 ރަށެއްގައި، ކޯވިޑް ބަލީގެ 71 މީހަކު!

އިއްޔެގެ ނިޔަަލަށް ހދ. އަތޮޅުގެ 7 ރަށެއްގައި ކޯވިޑް ބަލީގެ 71 އެކްޓިވް ކޭސް އެބަތިބި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. މިގޮތުން އެ ހޮސްޕިޓަލް އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު އެ 71 މީހުންގެ ތެރޭގައި ހިމެނެނެނީ ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި 38 މީހަކާއި، ކޮންޓެކްޓް ޓްރޭސީން ސާމްޕަލްތަކުން ޕޮޒިޓިވްވި 25 މީހަކާއި، ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި 7 މީހެއްގެ އިތުރުން ފްލޫ ކްލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި އެކަކެވެ. […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ރަހީނުކުރި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް، ފަރުވާއަށް މާލެ ފޮނުވަނީ

ކުޅުދުއްފުށީގައި ރަހީނުކުރި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް، ފަރުވާއަށް މާލެ ފޮނުވަނީ

ކުޅުދުއްފުށީ ސިޓީގައި ރޭގައި ހިނގި މާރާމާރީއެއްގައި ޒުވާނަަކަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުން ވިދާޅުވީ ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައިވާ ކަމަށް ރޭ 20:48 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ޒުވާނާ ރޭ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ކޭއާރުއެޗްއިން ވިދާޅުވީ، އެ ޒުވާނާ އެ ހޮސްޕިޓަލަށް ގެނެގޮސްފައިވަނީ ރޭ [...

ތިލަދުން
އަލީ އަޝްފާގު ކޯވިޑު-19 އަށް ޕޮޒިޓިވް، ހާލު ރަނގަޅު

އަލީ އަޝްފާގު ކޯވިޑު-19 އަށް ޕޮޒިޓިވް، ހާލު ރަނގަޅު

ދިވެހި ރާއްޖޭގެ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އަޝްފާގު ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށް މިއަދު ވަނީ ޓުވީޓެއް ކުރައްވާފަ އެވެ. މިޓުވީޓުގައި ދަގަނޑޭ ބުނެފައިވަނީ އޭނާ ޕޮޒިޓިވްވެފައިވަނީ ވޯލްޑް ކަޕް ކޮލިފައިން ގައި ޗައިނާގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ފުރުމުގެ ކުރިން ދުބާއީގައި އިއްޔެ ހެދި ޓެސްޓުން ކަމަށެވެ. ދަގަނޑޭ ބުނެފައިވާ ގޮތުގައި އޭނާގެ ހާލު އިރާދަކުރެއްވީތީ ރަނގަޅެވެ. ނަމަވެސް ކުރ...

ޔުމްނާ ޢަލީ