ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މި މޭ މަހުގެ 30 ވާ އާދިއްތަ ދުވަހު ހުޅުއްވައިލައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުން ވިދާލުވީ ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، މިއަހަރު އަލަށް ދިވެހި ސަރުކާރުން ތަޢާރުފު ކުރައްވާ އިނާމެއް ކަމަށާއި މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާ...
ޖަލްވާން ޖާދުﷲ
ހިޔާ ފުލެޓު ލިބުނު ފަރާތްތަކުން، ފުލެޓުތައް ލިބުން ލަސްވާތީ، ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާ ޕެޓިޝަން ގައި ގިނަބަޔަކު ސޮއިކުރަމުން އެބަދެއެވެ. މިޕެޓިޝަނަކީ ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ބަޔަކު އިސްނަގައިގެން، “ހިޔާ ފްލެޓު ޔޫނިއަން” ގެ ނަމުގައި ކުރިއަށްގެންދާ ޕެޓިޝަނެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިޕެޓިޝަނުގައި ބުނެފައިވާގޮތުން ހައުސިންގް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ވަނީ ގިނަ ފަރާތްތަކަކަށް ފުލެޓު ނަންބަރުތައް ވެސް ދީފައިވާކަމަށައި މިހާ ހިސާބަށް މި އާދެވުނީ ވެ...
ޖަލްވާން ޖާދުﷲ
ހަރުކަށި ފިޔަވަޅުތަކާއި އެކު މިސްކިތްތައް ބަންދުކުރުން ބަލައި ނުގަނެވޭ ކަމަށާއި ރާއްޖޭގެ މިސްކިތްތައް ހުޅުވައިދިނުމަށް ކަމާބެހޭ އިދާރާތަކަށް އަލީ ރަމީޒް ގޮވާލައްވައިފި އެވެ. އަލީ ރަމީޒް މިހެން ގޮވާލައިފައިވަނީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ މިސްކިތްތަކަށް އެއްގޮތަކަށްވެސް ނުވަދެވޭ ގޮތަށް މިހާ ހަރުކަށިކޮށް މިސްކިތްތަށް ބަންދުކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން އަލީގެ މި ޕޯސްޓުގައި ބުނެފައިވަނީ އަޅުގަނޑުމެންގެ ތެރ...
ޖަލްވާން ޖާދުﷲ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން، ކޯވިޑް ބަލީގެ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި ގާއިމުކޮށްފައި ހުންނަ މެޑިކަލް ފެސިލިޓީއިން ފާހަގަ ކުރެވުނު ކަންކަން އާންމުކޮށްފިއެވެ. މިކަންކަން ހާމަކޮށްފައި ވަނީ އެ ކޮމިޝަނުން މިއަދު އާންމު ކުރި ނޫސްބަޔާނެއް މެދުވެރިކޮށެވެ. އަދި އެއީ މިމަހުގެ 25 ވަނަ ދުވަހު އެ ކޮމިޝަނުން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ޒިޔާރަތްކުރުމަށްފަހު، އެ ތަނުން ދެނެގަނެވުނު ކަންތައް ފާހަގަކޮށް ނެރެފައިވާ ބަޔާނެކެވެ. އެޗްއާރުސީއެމް އިން ވިދާޅުވީ، އެ ކޮމި...
ޝިއުނާ އާދަމް
ހދ.ކުމުންދޫ ކައުންސިލާއި އެރަށު ބީޗްސިޓީ ސްޕޯޓްސް ކުލަބް ގުޅިގެން “ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖް 2021” ގެ ނަމުގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެމްޑަބްލިއުއެސްސީން ހޯދައިފިއެވެ. 27 މެއި 2021 ވީ ބުރާސްފަތި ދުވަހު ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވެއެވެ. ވުމާއިއެކު ނަތީޖާނެރެން ޖެހި ޕެނަލްޓީގައި އެމްޑަބްލިއުއެސްސީ ޓީމުން ފެނަކަ މައްޗަށް ކުރި ހޯދާފައިވަނީ 4-3 […]
އިބްރާހިމް ޚަލީލް
ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު ދެމީހަކު ނިޔާވެ، މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 155 އަށް އަރައިފިއެވެ. ނިޔާވި 155 ވަނަ މީހާއަކީ 61 އަހަރުގެ މީހާއަކީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު މެންދުރުފަހު 2:14 ގައެވެ. މިބަލީގައި ނިޔާވި 154 ވަނަ މީހާއަކީ 69 އަހަރުގެ އަންހެނެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅު ގޮތުގައި އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް11ގައި ފަރުވާ ދެމުން […]
ޔުމްނާ ޢަލީ
މި ލިޔުމުގައި އަޅުގަނޑު ބަލައިލާފައިވާނީ ރަށެއްގެ ވެއްޓަށް މަސްތުވާތަކެތީގެ ސަބަބުން ކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ. އެކަން ފެތުރިގެން ދިޔަގޮތާއި އަދި މީގެ އިތުރުން އެކަމުގެ ސަބަބުން ވެއްޓަށް އުފަންވެގެންދިޔަ ނޭދެވޭ އަމަލުތަކުގެ މައްޗަށެވެ. މި ލިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ މިއަދާ ހަމައަށް މި ވަބާ ފެތުރިފައި ނުވާ ރަށްރަށް، މިފަދަ ހާލަތަކަށް ވެއްޓުމުގެ ކުރިން، ކަންތައް ވެގެންދާގޮތް ދެނެގަނެ މި ކަންކަމުން މިންޖުވުމަށްޓަކައި މަސައްކަތް ކުރުމަށް ހިތްވަރުދީ އެކަމަށް ލޯތައް ހުޅުވައިލުމެވެ....
އިބްރާހިމް ޚަލީލް
ހުއްޓުމެއްނެތި ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް ބަލީގައި އަނެއްކާ ވެސް އިތުރު ދެމީހުން ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެފައި ވާކަމަށެވެ. އެ ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. ދެ މީހުން ވެސް ނިޔާވީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. 47 އަހަރުގެ މީހާ ނިޔާވީ މިއަދުގެ ހެނދުނު 5:55 ގައެވެ. 54 އަހަރުގެ މީހާ ނިޔާވީ ރޭ މެންދަމު 2:15 ގައެވެ. […]
ޙުސައިން ޝަހުދީ
ވަޤުތަކީ ﷲ ޞުބުޙާނަހޫ ވަޠަޢާލާ އަހަރެމެންނަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން އެންމެ އަގުހުރި އެއް ނިޢުމަތެކެވެ. ވަރަށް ފަސޭހައިން އެއާމެދު ޣާފިލު ވެވޭ ނިޢުމަތެކެވެ. ޢަބްދުﷲ އިބްނު ޢައްބާސް ރަޟިޔައްﷲ ޢަންހު ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީސް ފުޅެއްގައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. نِعْمَتَانِ مَغْبُونٌ فِيْهِمَا كَثِيْرٌ مِنَ النَّاِس: الصِّحَّةُ وَالْفَرَاغُ “ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކޮށްފައިވާ) ދެ ނިޢުމަތެއްވެއެވެ. އެއީ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކުރީގެ ތުލުސްދޫ ދާއިރާގެ މެންބަރު، މުޙައްމަދު ވަޙީދު އިބްރާޙީމް (ލޯޔަރު ވައްޑެ) ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. މަޝްހޫރު ޤާނޫނީ ވަކީލު، ވައްޑޭގެ ފާޑުކިޔުން ރައީސް ޞާލިޙަށް އަމާޒުކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ޞާލިޙްގެ މައްޗަށް، ރައީސް ޞާލިޙަށްވުރެ ބޮޑު މުސާރަ ދެއްވާފައި ބޭރުގައުމެއްގެ ރައީސްކަން ކުރެއްވި ތަޖުރިބާކާރު ބޭފުޅަކު ނުލައްވާނަންތޯ ސުވާލުކުރައްވާ ވައްޑޭ ކުރެއްވި އެ ޓްވީޓްގައި ވަނީ، ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް މަސައްކަތް...
އަލީ އާދިލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ނިޔާވާ، ކުޅުއްފުށީ ސިޓީ ފިޔަވައި އެހެން ރަށްރަށަށް ނިސްބަތްވާ މީހުންގެ ކަށުކަމާކެމީގެ ކަންތަކަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ހެޔޮއެދޭ ފަރާތަކުން ފޯރުކޮށްދޭން ފަށައިފިއެވެ. މިގޮތުން އެ ފަރާތުން މިހާތަނަށް ނިޔާވި 6 މީހެއްގެ ކަށުކަމާކެމީގެ ކަންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް ކޭއާރުއެޗްއިން މައުލޫމާތު ދެއްވައެވެ. މިކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް ކޭއާރުއެޗްގެ މެނޭޖަރު އަހްމަދު ދާއޫދުއަށް ގުޅާލުމުން އޭނާ “ތިލަދުން”އަށް ވިދާޅުވީ، އާން...
ޔުމްނާ ޢަލީ
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ކުރިއަށް އޮތް 3 ދުވަހަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ 3 ދުވަސް ކަމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ. މީގެ އިތުރުން ކޮޅިގަނޑުގައި 50 މޭލަށް...
ޖަލްވާން ޖާދުﷲ
ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ވ. އަތޮޅަށް 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށާއި ބައެއް ރަށްރަށަ،ް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ މެންދަމު 01:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން […]
ޖަލްވާން ޖާދުﷲ
ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެެ. އަދި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަހައްދެއް...
އަޙްމަދު ވަހީދު
ވެމްކޯއިން އަންގާފައިވާ މިންގަނޑުަތަކާ އެއްގޮތަށް ކުނި ބަންދު ނުކުރާތީ އެ ކުންފުނީގެ ވެށި ފާރަވެރިންނަށް އަނިޔާ ލިބެމުން އަންނަ ކަމަށް އެ ކުންފުނިންބުނެފިއެވެ. ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ވެށި ފާރަވެރިއެއް ކަމަށްވާ އަފްރާހު މޫސާ ކުނި ނެގުމުގެ ތެރޭގައި އަތަށް މުށި ވަދެ ނާރުތަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް އެފަދަ ތިން ހާދިސާ ހިނގާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، ބައެއް ގެތަކުން ބިއްލޫރިއާއި ދަނގަޑާއި އެނޫންވެސް […]
އަޙްމަދު ވަހީދު
ކަނޑިތީމުން އިތުރު 22 މީހަކުއަށް ކޯވިޑް-19 ޕޮޒިޓިވްވެއްޖެއެވެ. އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 95 އަރާފައެވެ. ކަނޑިތީމު ސިއްހީ މަރުކަޒުން ހާމަކުރަށްވާފައިވާ، އެރަށުގެ ކޯވިޑް ބަލީގެ ހާލަތު އަންގައިދޭ މައުލޫމާތު ތަކަށް ބަލާއިރު މިހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 2:00އާއި ހަމައަށް އެރަށުން 895 ސާމްޕަލެއްވަނީ ނަގައިފައެވެ. އެންމެފަހުން ނެގި 81 ސާމްޕަލްގެ ތެރެއިން 58 ސާމަޕްލް ނެގަޓިވްވެފައިވާއިރު ނަތީޖާ ނުލިބޭ އެއް ސާމްޕަލްވެއެވެ. ކަނޑިތީމުގައި މިވަގުތު 289 މީހެއް ހޯމް […]
އައިޝަތު އިލްމާ އަދުނާން
ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންނަށް ބަލިން އިމިއުނިޓީ ލިބިދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ނިއުޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުގައި 2 ދިރާސާއަކުން މިކަމުގެ ފުރުސަތު އޮތް ކަން ވަނީ ހާމަވެފައެވެ. އެގޮތުން އެ ދިރާސާތަކުން ދައްކާގޮތުގައި ވެކްސިން ނުޖަހާމީހަކު ޕޮޒިޓިވް ވުމުން އެއް އަހަަރަށް އިމިއުނިޓީ ލިބޭއިރު ވެކްސިން ފުރިހަމަ ކޮށްފައިވާ މީހަކަށް އެ ބަލި ޖެހުމުން އުމުރަށް އިމިއުނިޓީ ލިބުމަކީ ވެދާނެ ކަމެއްކަމަށް ވެއެވެ. މިއާއި އެކު ކޯވިޑް...
އަޙްމަދު ވަހީދު
ށ. ފޯކައިދޫން އިތުރު 2 މީހަކު ޕޮޒިޓިވްވެ، އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 4 އަރައިފިއެވެ. ފޯކައިދޫން އަލަށް ޕޮޒިިޓިވްވި 2 މީހުންނަނީ ހޯމްކަރަންޓީންގެ މުއްދަތު ފުރިހަމަކުރަމުންދާ ދެމީހުން ކަމަށް ފޯކައިދޫ ހެލްތުސެންޓަރގެ މެނޭޖަރު އަހުމަދު އަންވަރު “ތިލަދުން”އަށް ވިދާޅުވިއެވެ. އެ މީހުން ކޯވިޑް-19 އަށް ޓެސްޓްކުރީ ބައްޔަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެމީހުންގެ ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު، މި މީހުން ހޯމްކަރަންޓީނުގައި ތިބީ މީހުން އުޅޭ ގެއެއްގައި ވަކީން ނެވެ....
އައިޝަތު އިލްމާ އަދުނާން