ކޯވިޑްގެ ސަބަބުން ފުރަބަންދުގެ ހާލަތުގައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ހއ. ދިއްދޫއިން އެންމެ ފަހުން ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވެއްޖެއެވެ. ދިއްދޫގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް އެރަށުން ވަނީ ހުސްވި މަހުގެ 30 ވަނަ ދުވަހު 155 ރެންޑަމް ސާމްޕަލެއް ނަގާފައެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ ލިބުނީ ރޭގެ ތަންކޮޅެއް ދަންވިފަހުންނެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް “ތިލަދުން”އަށް ވިދާޅުވީ، އެ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާ ކަމަށާއި، 155 ރެންޑަމް ސާމްޕަލް […]
ޙުސައިން ޝަހުދީ
ކުނިވަސްދުވާތީ ބެލިއިރު، 27 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ފުލުހުން ބުނީ ގަލޮޅުގެ ގެއެއްގައި ކުނިވަސް ދުވާތީ ބެލިއިރު މަރުވެ ގިނަ ދުވަސްވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ 27 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ 2:33 ގައިކަމަށް ފުލުހުން ވިދާޅުވި އެވެ. އެ ސީނު ޕްރޮސެސްކޮށް ބަލަންޖެހޭ ކަންކަން ބެލުމުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ […]
އަލީ އާދިލް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ގެ އިމަޖެންސީ ރޫމަށް މިރޭ ގެންދިޔަ 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިކުއްޖާ ވަނީ ކޯވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިއީ ހދ. ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. މިއާއި އެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިވަނީ 170 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވެސް ގިނައިން ނިޔާވަމުން އައިސްފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ. މިއީ މި ބަލީގައި […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓް ކުރި މީހަކު ހައްޔަރުކޮށްފިއެވެ. މިކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓް ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ ފަރާތުންނެވެ. މިފަދަ އިންޒާރުތަކާއި ނިރުބުވެރިކަމާއި ގުޅުން ހުރި ކަންކަން ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާ ރައްޔިތުންގެ ސަ...
އަލީ އާދިލް
ހދ. ކުޅުދުއްފުށި ސިޓީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ފަރި ރީތި ފިހާރަތަކުގެ ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަނެއް ފަށައިފިއެވެ. “ފަރި ޕްރޮމޯޝަން 2021” ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އެ ފިހާރައިން ވިޔަފާރިކުރުމަށްފަހު އޮންލައިންކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައެވެ. މި ޕްރޮމޯޝަނުގައި މަސް ނިމޭއިރު އެންމެ ގިނައިން ފައިސާ ދައްކާ ކަސްޓަމަރަށް ހާއްސަ އިނާމެއް ވަނީ ހުށަހަޅައިފައެވެ. 1 ޖޫން މިއަދުން ފެށިގެން ކުރިއަށް އޮތް 6 މަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ […...
ތިލަދުން
ކޯވިޑް ބަލީގައި މިއަދު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 8 އަށް އަރައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަހުން ނިޔާވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. މިއަދު ނިޔާވި 7 ވަނަ މީހާއަކީ 42 އަހަރުގެ އަންހެނެކެވެ. 6 ވަނަ މީހާގެ އުމުރަކީ 66 އަހަރެވެ. އެއީ ފިރިހެނެކެވެ. މިބަލީގައި ރާއްޖެއިން ދުނިޔެ ދޫކުރި މީހުންގެ އަދަދު މިހާރު ވަނީ 169އަށް އަރާފައެވެ. ކޯވިޑް ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ […]
ޝިއުނާ އާދަމް
އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ. އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ނަފްރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކަމާބެހޭ ބިލެއް ހުށަހަޅާފައިވާ ކަމ...
ޝިއުނާ އާދަމް
ކޯވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ށ. އަތޮޅުގެ ކަނޑިތީމަށާއި، ގޮއިދޫއަށް އެ އަތޮޅުގެ ފޭދޫގެ އަމިއްލަ ހެޔޮއެދޭ ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެގޮތުން މިއަދު ވަނީ ށ. ފޭދޫ އުފާ، އަޙްމަދު ފާއިޒް ގެ ފަރާތުން އެ 2 ރަށުގެ ރައްޔިތުންނަށް ރޯ މަސް ހަދިޔާ ކޮށްފައެވެ. މިއެހީތެރިކަން ފޯރުކޮށްދިން ފާއިޒު “ތިލަދުން”އަށް ބުނީ މިވަގުތު ކޯވިޑް-19 ގެ ކޭސްތައް ފެނުމައި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލެވިފައިވާ ށ. އަތޮޅުގެ 2 […]
އަޙްމަދު އަރުޝަމް
ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނު ގެ 7 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ކަނޑައެޅުމާއި ބެހޭ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްލާހު ގެންނަވައިފިއެވެ. މި ގަރާރަށް ރައީސް އިސްލާހު ގެންނެވީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ މަޑުޖެހުމަށް ރިޢާޔަތްކޮށް އަދި މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަ...
އައިޝަތު އިލްމާ އަދުނާން
ހއ. ހޯރަފުށީ ރޯޝަނީގޭގައި މެއި 31 ވަނަ ދުވަހު ހިނގާފައިވަނީ އަލިފާނުގެ ހާދިސާއެއްކަމަށާއި، އެކަން ކައިރިން ބަލައި އެ ހާދިސާގައި އެގޭގައި އުޅޭ ބަންގްލަދޭޝްމީހާއަށް ފުރިހަމަ އެހީތެރިކަން ވަނީ ފޯރުކޮށް ދެވިފައިކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ. އެ ހާދިސާއާއި ގުޅިގެން ކަންހިނގާދިޔަ ގޮތް ސާފުކޮށް ދިނުމަށް ހޯރަފުށީ ކައުންސިލުން ވަނީ މިއަދު ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، 31 މެއި 2021 ވީ ހޯމަދުވަހުގެ ހެނދުނު 10:30 ގައި ހޯރަފުށީ ރޯޝަނީގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއ...
ޔުމްނާ ޢަލީ
މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅު ކަމަށް މާމިނގިލީ ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، އެ މަނިކުފާނު އިންނަވާ ޖުމްހޫރީ ޕާޓީގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. އެ އިސްލާޙް ހިމެނޭ ބިލުގެ ފުރަތަމަ ސަފްހާ އެ ގްރޫޕްގައި ހިއްސާކުރަށް ވަމުން ޤާސިމް ވިދާޅުވެފައި ވަނީ “މި އިސްލާޙް […]
ތިލަދުން
ގޭގައި ތިބެން ބާރު އެޅުމަށް މާދަމާއިން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ. އުރީދޫ އިން ބުނީ މި އޮފާތަކުގެ ތެރޭގައި ޑަބަލް ޑޭޓާ، ހިލޭ ވައިބާ އަދި ހިލޭ ފޭސްބުކް ފަދަ ހާއްސަ އޮފާތަކެއް ހިމެނޭނެ ކަމަށެވެ. އަދި މި އޮފާތައް އަލުން ފޯރުކޮށްދިނުމަށްނިންމީ، ކޯވިޑް-19 އާ ގުޅިގެން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތެއްލިބުމަކީ މުހިންމު ކަމެއް...
އަޙްމަދު ވަހީދު
ހިޔާ ފްލެޓްތަކުގެ ކުލިކުޑަކޮށް، ފިނިޝިންގެ މަސައްކަތް ނިންމާ މުއްދަތު އިތުރުކޮށް، މި ފެށުނު ޖޫން މަސް ނިމުމުގެ ކުރީން ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާ ތައްޔާރުކުރި ޕެޓިޝަން ކަމާއި ގުޅޭ އިދާރާތަކަށް ހުށަހަޅައިފި އެވެ. މިޕެޓިޝަނަކީ ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ބަޔަކު އިސްނަގައިގެން، “ހިޔާ ފްލެޓު ޔޫނިއަން” ގެ ނަމުގައި އެފަރާތުގެ ކަންބޮޑުވުންތަށް ދައުލަތުގެ ކަމާއި ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ފެށި ޕެޓިޝަނެކެވެ. މި ޕެޓިޝަނުގެ މަސައް...
ތިލަދުން
ދޭތެރެ ދޭތެރެއިން ހޯމް ކަރަންޓީނުގައި ތިބޭ މީހުން ޕޮޒިޓިވްވި ނަމަވެސް، ކަރަންޓީނުގައި ތިބޭ މީހުން ކަރަންޓީނު އުސޫލުތަކަށް ތަބާވެތިބުމާއި، ކަމާގުޅުންހުރި ފަރާތްތަކުން އެފަދަ މީހުންގެ ކަންކަން ކައިރިން ބަލަމުންދާތީއާއިއެކު ދިއްދޫ އޮތީ މާބޮޑު ހާސްކަމެއްނެތިއެވެ. ނަމަވެސް ހުސްވި މޭމަހުގެ 1 ވަނަ ދުވަސް ވެގެން ދިޔައީ މުޅި ދިއްދޫ ސިހުނު ދުވަހަކަށެވެ. އެ ދުވަހަކީ އެރަށު ފްލޫ ކުލިނަކަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އެ މީހާއަކީ ފަހުގެ ތާރީޚެއްގައި ރަށުން ބޭރަށް ދަތުރެއްވެސް ނުކޮށް ހުރިމީހެއ...
ޙުސައިން ޝަހުދީ
މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާތަކެއް ދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ޒަހަމްކޮށްލި މީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ފުލުހުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް […]
ޔުމްނާ ޢަލީ
ހދ. ހަނިމާދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރ ރަސްމީކޮށް ހުޅުވާފައިވަނީ 31 މާޗް 2019 ގައެވެ. އެ ސެންޓަރު ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހެވެ. އެދުވަސްވަރު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ތިލަދުން މައްޗަށް ކުރެއްވި ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގެން އެ ސެންޓަރ ރަސްމީކޮށް ހުޅުއްވައި ދެއްވި ނަމަވެސް އެތަނުގައި ޚިދުމަތް ދޭން ފަށާފައިވަނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ. ހަނިމާދޫގައި...
އިބްރާހިމް ޚަލީލް
ކޯވިޑް ބަލީގައި ޒޯން “ބީ” ރީޖަނަލް ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ރ. ހުޅުދުއްފާރު މީހަކު ނިޔާވެއްޖެއެވެ. ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އެ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ޒޯން “ބީ” ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ރ. ހުޅުދުއްފާރަށް ނިސްބަތްވާ މީހަކު ނިޔާވެފައިވާ ކަމަށެވެ. އެއީ 87 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު ފަތިހު 04:40 ގައެވެ. މިއީ ކޯވިޑް ބަލީގައި މިއަދު ނިޔާވި 3 ވަނަ މީހާއެވެ. މިއަދު ދެން ނިޔާވީ […]
ޙުސައިން ޝަހުދީ
ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނެކެވެ. މި ދެ މީހުން ވެސް ނިޔާވެފައި ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައެވެ. މިބަލީގައި އިތުރު ދެ މީހަކު ނިޔާވުމުން ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 163 އަށް އަރާފައެވެ. އިއްޔެ ވެސް މިބަލީގައި ތިން މީހަކު ނިޔާވިއެވެ. މިބަލީގައި މިމަހު ނިޔާވި މީހުންގެ ޢަދަދަކީ 3 އެވެ. […]
ޔުމްނާ ޢަލީ